ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް – ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް – ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ގައިގައި ބަޔަކު "ޕްރައިޒް ޓެގެއް" (އަގެއް ޖަހައިގެން) އުޅުނު ނަމަވެސް ސިފައިން އެކަމަށް ދީލައި ނުލާނެ ކަމަށާއި ސިފައިން އަބަދުވެސް ތިބެނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުގައި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެ ބޮޑު އުދުވާނީ ހަމަލާ އަކީ 03 ނޮވެމްބަރ 1988 ގައި ކުރިމަތިވި ހާދިސާކަން ހަނދާން ކޮށްދެއްވާ މޭޖާ ޖެނެރަލް ޝިޔާމް ވިދާޅުވީ އެދުވަހު ސިފައިންގެ އާއި ދިމާއަށް ބަޑި ޖަހަމުން ދަނިކޮށް ސިފައިންގެ އިން ނިކުތީ ހިތްވަރުގަދަ ކަމުގެ ނަމޫނާ ސިފައިންތަކެއް ކަމަށެވެ.

"ހިތްވަރުގަދަ މީހާ އަކީ އެއްވެސް ހާލެއްގައި އެމީހާ ކުރިމަތިލާ ނުރައްކަލުން ކަނޑައެޅިގެން ސަލާމަތްވާނެ ކަން އެނގިހުރެ ނިކުންނާނެ މީހާއެއް ނޫން. ހިތްވަރުގަދަ މީހާ އަކީ ކުރިމަތިލާ ހާދިސާ އަކުން އޭނާ އަށް ލިބިދާނެ ނުރައްކަލާއި ހުރިހާ ގެއްލުމެއް އެނގިހުރެ އެހެން ނަމަވެސް އޭނާ އަށް ވާޖިބުވެފައިވާ ކަމެއް ކުރަން ގައުމާއި ދީނަށްޓަކައި ނިކުންނަ މީހާ. އެއީ ހިތްވަރުގަދަ މީހާ." މޭޖާ ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަހަކަށް އައިސް ކުރިމަތިލާން ޖެހޭ އުދުވާންތަކަކީ އެހެން ސިފައެއްގައި އަންނަ އުދުވާންތަކެއް ކަމަށެވެ.

"ބަސް އަހަންވީ ބަސް ގަބޫލު ކުރަން ޖެހެނީ ކާކުގެ ކަން ނޭނގޭ ހިސާބަށް މިވަނީ ގޮސްފައި. އަމިއްލަ އެދުމާއި އަމިއްލަ ފައިދާއަށްޓަކައި އަމިއްލަ ގައުމުގައި ވެސް ޕްރައިޒް ޓެގެއް ޖަހާފައި ދޫކޮށްލަން ތައްޔާރަށް ތިބި މީހުން މިއަދު އެބަތިބި" ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހޯހޯ.. ތި އުޅުއްވަނީ އޮޅިފުޅުވެގެން. ސިފައިން ތިބީ ޔާމީނު ފަހަތަކު ނޫން. ސިފައިން ތިބޭނީ ގާނޫނު އަސާސީ ފަހަތުގަ. ހުވާކުރީ ޔާމީނު ހިމާޔަތް ކުރާކަށްނޫން. ގާނޫނު ނަގަހަށްޓަން.

  2. އަދި އެއްފަހަރު ސިފއިންގެ ހުވާ ބަލާލުމަށް ތިބޭފުޅާއަށް އިހްލާސްތެރިކަމާއެކު ގޮވާލަން

  3. ތިވަރައްބޮޑުމައްސަލައެއް ސިފައިން ތިބެންޖެހޭނި ރަތްއިތުންފަހަތުގަ

  4. ތިހެން ނުބުނެ އަހަރުމެން ތިބެނީ އެއިރެއްގައި ވެރިކަން ކުރާ ރައިސެއްގެ ފަހަތުގައޭ ބުނިނަމަ މާ ތާހިރުވީސް. މިހާރު ޔަގީންވެއްގެ ސިފައިން ތިތިބީ ގަނެފަކަން. 2018 އަށް ބޮޑީގާޑުން ޔަގީން

  5. ސިފައިން ނުވިކޭނެ، ތިބޭނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށް ޗީފް ޝިޔާމް ވިދާޅުވާނަމަ އެކަމަކީ އެއީ ަމަމެން އުފާ ކުރާ ކަމެކޭ. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ހީވޭތޭ ކަމެއް ހެން ދެން ތަމެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ކާޅު ހެދުން ލައިގެން ދޯ. މަމެންގެ ވެެރިކަން ތަމެންނަށް ވައްޓައެއް ނުލެވޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ދެން ތަމެން ވެސް ގުޅެންވީއޭ މަމެން ޕިންކީން ނާއި އެނޫން އެއްވެސް ގޮތެއް ނެތޭ އޯއް އޯއް އޯއް ޓްރައި ޓު އަންޑަރސްޓޭންޑް މީ ދިސް އިޒް ދަ ފީލިންގް ގިވް ޔުއަރ ހޭންޑް ޓު މީ ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..

    • މީ އަޅެފަހެ ރާއްޖެ ގެރިއެއްތަ. އިންސާނުން ވާހަކަ ދައްކާގޮތާ ތަފާތު. ހެއްހެއް
      މިހާރު ތިބުނި ބަހަކުން ވިކިފަ ތިބިކަން ކަށަވަރު ވެއްޖެ

  6. މީހަކަށް ކަނދުރާ އަކަށް ސިފައިން ބަލާކަށް ނުޖެހޭނެ. އިސްލާމް ދީނުން ބޭރު ވާން ނުއުޅޭހާހިނދަކު ދިވެހި ރައީސްގެ ދިފާއުުގަ ދިވެހި ސިފައިން އަދި ފުލުހުން ތިބެންވާނީ. ސިފައިން ފުލުހުން ކުރަމުންގެންދާ ބުރަ މަސައްކަތަށް އައްސަރި ބަހާއި ސާބަސް.

  7. ނެޝަނަލިސްޓް

    ތިއޮތީ ވިކިފައި! ސިފައިން ތިބެންޖެހޭނީ ވަކި ފަރުދަކާ އެކަކު ނޫން، ގާނޫން އަސާސީ ގެ ދިފާއުގައި!