ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އިންތިހާއަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅުގައި ފުދުންތެރިކަން ހުރި ފަރާތްތަކުން ސަރުކާރަށް އެހީވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ދަތިކަން ކުރިމަތިވެފައިވާ މިދަނޑިވަޅަކީ ފުދުންތެރިކަން ހުރި މީހުން ދައުލަތަށް އެއްޗެއް ދިއްކޮށްލަންވީ ވަގުތު ކަމަށެވެ. އީވާ ވިދާޅުވީ މިއަދު މުޅި ދުނިޔެ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާއިރު ރާއްޖެ ފަދަ ކުޑަ ގައުމަކުން މި އަނދަވަޅުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވެގެން ދާނެ ކަމަށެވެ. އީވާ ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އިންކަމް ޓެކްސް ނެގުމަކީ ރަނގަޅު ވަގުތުތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު ދަންނަވާލަން ބޭނުން މިއީއޭ އިންކަމް ޓެކްސް ނަގަންވި ވަގުތަކީ، ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއް ދޭންވީ ވަގުތަކީ މިއީއޭ އިއްޒަތްތެރި ރައީސް. އިންކަމް ޓެކްސް އަކީ ގެއަށް ގެންނަ ފައިސާއިން ނަގާ އެއްޗެއް. 60،000 ރުފިޔާ މިވަގުތު ގެއަށް ގެނެވޭ ހާލަތުގައި ހުރިއްޔާ މިއީ ދައުލަތަށް އެ ޓެކްސް ދައްކަންވީ ވަގުތޭ އަޅުގަނޑު ދަންނަވާނީ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަނެ ވިޔަފާރިތަކަށް އެހީވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާ ސަޕޯޓު ޕްރޮގްރާމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް މިއަދު އަޑު އިވެމުން ދަނީ 11،000 ރިސޯޓު މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާ ވާހަކަ ކަމަށާއި އެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން ދޭ އެހީގެ ޕެކޭޖަކީ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ފޯރުކޮށްދޭ އެހީއަކަށް ވާންޖެހޭނެ ކަމަށެވެ.

"ސަރުކާރުން އިއުލާން ކުރި ޕެކޭޖްގެ ތެރޭގައި ހިމެނޭ ވިޔަފާރިތަކަށް އެހީފޯރުކޮށްދިނުން. ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭ އިރު، އެ ވާން ޖެހޭނެ މުސާރަ ދިނުމަށްޓަކައި ފޯރުކޯށްދޭ އެހީއަކަށް. ނަމަވެސް އެއީ ކުރު ރާސްތާ އެހީއެއް. ކުރުރާސްތާ އެހީވުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް. ވަޒީފާ އާއި އާމްދަނީ ގެއްލޭ މީހުންނަށް ކުރު ރާސްތާގެ އެހީ ދިނުމަށް އަޅުގަނޑުމެން ތިބެން ޖެހޭނީ ތައްޔާރަށް. އަދި ވިޔަފާރިތަކަށް އާމްދަނީއެއް ދިނީމަ، ވިޔަފާރިތަކަށް ފައިސާއެއް ދިނީމަ، ވިޔަފާރިތަކަށް ސަރުކާރުން އެހީއެއް ދިނީމަ އެ ހަރަދު ކުރަނީ މުސާރަ ދޭންތޯ އަޅުގަނޑުމެން ފުރިހަމައަށް ފާރަވެރިވާން ޖެހޭ. ވިޔަފާރިތަކަށް ފާރަވެރިވެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭނެ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އިގްތިސޯދީ "ހިލި" ގަތުމުން ރާއްޖެ އަރައިގަތުމަށް މަސައްކަތް ކުރާއިރު އިގްތިސޯދު އެހެން ދިމާލަކަށް ވެސް ފަހަރުގައި ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެގޮތުން އިގްތިސޯދު ވެސް ލާމަރުކަޒު ކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ދިވެހިންގެ އިގްތިސޯދު ބައްޓަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތާ އަބަދަށް ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަން އެނގޭ ކަމަށް އީވާގެ ވާހަކައިގައ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސާފު ވެއްޖެ

    ޢީވާ މެންގެ ބޮޑު މުސާރަ އިން އެހީވާންވީ ވަގުތު

    25
    • އަނެއްދިވެހިރާއްޖެ

      ތިބޭފުޅާ ތިޔަވިދާޅުވީ ހަމަތެދެއް. މީ ހަމަ އީވާމެންގެ ބޮޑު މުސާރަ އިން އެހީވާންވީ ވަގުތު. ކީއްތަވާނީ އެވަރުކަމެއް ކޮއްދިނިއްޔާ.

  2. މުގައްދަރު

    ތިޔައީ ތިޔަބުނާ މޮޅުޑިމޮކްރަސީގެ މޮޅުކަން ރައްޔަތުން ހެސްކިޔާފަ ގުދުބިންދާލައިގެން ހޯދާރުފިޔާކޮޅު އެކި އެކި ނަންނަމުގަ ޖިޒީ ނަގައިގެން ފާޑު ފާޑުގެ ނަންނަމުގަ ސިޔާސީ މަގާމް ތަކެއް ހަދައިފަ ރައްޔަތުމީހާ ކުރާމަސައްކަތުން ނަގާ ޖިޒީގެ ރުފިޔާ ކޮޅުން މުސާރަޔާ އިނާޔަތާ ނަގައިގެން އެވަރުންވެސް ނުފުދިގެން ރައްޔަތުންނައް ދަތިކުރުން 2008 އައް ހަމަޔައް މިގައުމު ހިންގަމުން އައީކީ ތިޔަބުނާ ޒާއްޒާތުގެ ޖިޒީ އެއް ނަގައިގެންނެއް ނޫން ނުކުކުރެވޭ ވަރު ކަން ކަމާ ކުރެވިދާނޭ ކިޔާފަ ހަވާލްވާންވޭތަ ތިޔަ ބައިމީހުންކިޔާ ގޮތައް ތިޔައޮތީ ދިމާވެފައި ނުފޯރާ ފޮތިން ފޫގަޅަން ވީހަ ވާނެ ހައެތި ތިޔަ ވަނީ ވައްސަލާމް

    24
  3. ވަލީދު

    ސަރުކާރުން އުޅެނީީ ތަނަވަސް މީހުން ގެ ހަލާކަށް މުއްސަދިން ބޭޒާރުކޮށް މަގުމަތި ކުރުމަކީ މި ސަރުކާރުގެ އަމާޒު ވިސްނާލައްވާ

    17
    2
  4. ހެއްރަބޭ

    ޑުނިޔޭގެ ނިސްބަތުން އަމިއްލައަށް ފާސްކޮށްގެން ތިނަގާ ބޮޑު މުސާރަ ކުޑަކޮށްބަލަ. ޅަނދުހަޔާތް ކޮބާ

    13
  5. ގަނޑުވަރު މިރުސް

    އީވާ ދަރިފުޅާ ދޫންޏާއެވެ. ކުޑަދުލުގައި ހިފައިގެން ނުދަމާށެވެ.

  6. ކޮރަލް

    މަޖްލިސް މުސާރަ ކުޑަ ކުރީ 80 ހާހުން 70 ހާހަށެވެ. މިއީ 30 ހާހައް މުސާރަ އާއިނާޔަތް ކުޑަ ކުރަން ވީ ވަގުތެވެ.

  7. ހުސޭނުބޭ

    މަކަރުވެރި ވާހަކަދެއްކުން ހުއްޓާލާފައި ކަމަނާއާއި ކަމަނާގެ އާއިލާގެ މުއްސަދިކަމުން ދައުލަތަށް އެއްޗެއް ނުދިނަސް ރައްޔިތުންނަށް ކޮންމެވެސް އެއްޗެއް ޞަދަގާތްކޮށްބަލަ! ތިމާގެ ކިބާގައި އިޚްލާޞްތެރިކަމެއް ހުރިއްޔާ!

  8. . ޗީ

    ޗީޑި ވާހަކަ ނުދައްކާ އީވާއްކަމަކު!

  9. އަލިފު!

    މިވަގުތަކީ އެމްޑީޕީގެ ސަޕޯޓުގެ ހިއްސާ އޮންނަފަރާތްތަކަށް ބަދަލުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ދީފައިވާ އެތައް ބިލިޔަން ރުފިޔާއެއް އަނބުރައި ދައުލަތައް ނަގަންވީ ވަގުތު! 2019 ވަނައަހަރުގެ ބަޖެޓުން ވަނީ 5 ބިލިޔަން އެފަރާތްތަކަށް ދީފައެވެ. މިފައިސާތައް އަވަހަށް ސަރުކާރަށް ނަގަންވީ! މީގެއިތުރުން ތިރީސްހާސް ރުފިޔާއަށްވުރެ މަތީގެ މުސާރަތައް 25 ޕަސަންޓަށް ދައްކުރަންވެސްޖެހޭ!

  10. ހަސަނު ރަސްދ

    މިއަދު ކަލޭމެން ނޫންބަޔަކު ވެރިކަމުގަ ތިބިނަމަ ކަލޭމެންގެ ގޮވާނީ އެއްވެސް އެހީއެއް ސަރުކާރަށް ނުދޭން. ކަލޭމެން ގޮވާނެ ސަރުކާރުގަ ފައިސާ ހުންނާނެއޭ. ވަގު އާއިލާ.

  11. ރ ސީނު

    މިހާރު ރަނގަޅުވާނެ ޓުއަރިޒްމް ބޮއިކަޓްކުރަން ގޮވާލަން އަންނަނެ މީހެއްނުވާނެ ތިބޭފުޅުން މީގެ ދެއަހަރު ކުރިން އިންދި އޮއްތަކުގެ މޭވާ ވރަށް ހިތިރަހަ ދިވެހިރައްޔިތުންނަށް މިލިބެމުންދަނީ ތިބޭފުޅުންގެ ވެރިކަމުގާ ކުދިން ސްކޫލަށް ނުފޮނުވަން ގޮވުމާ ގައުމު ހުއްޓުވަން ގޮވުމާ ގައުމުގެ އިގްތިސާދު އިދަޖައްސާލަން ކުރިމަސައްކަތް ހަނދާން އެބހުރިތަ ﷲހުގެ ކުޅަދުމްވަންތަ ކަން ދެކިބަލަ މިބަލާ މުސީބާތް ލަސްތަ އައިދެން ދެންވެސް ތައުބާވެ ﷲ ދުއާކޮށް މި ބަލަ މުސީބާތުންނާ މިއަނިޔާވެރި ވެރިކަމުން މިގައުމާ ދީން ރައްކާތެރިކޮށް އިންޑިޔާގެ އަޅުވެތި ދަންތުރައިން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހޒުރަތުގާ ދުއާދަންނަވަން އާމީން

    10
  12. ހަސަން

    ވިއްސާރަވެއްޖެއްޔާގޭތެއަށްވެހެނީވާރޭ
    ޕެންޝަންހުރިފައިސާއިންލޯލާރިއެއްވެސް
    ލިބޭނެގޮތެއްނެތް އަޅުގަނޑުމެންގެމުސާރަ
    އިންކެޑިފައިސާދިނިއްޔާކީއްތޯވާނީ

  13. ޙަމަހަމަ

    ސިޔާސީވެރިން ވެރިކަމަށް އަރުވާ މު އްސަނދިކޮށްދެނީވެސް ތި ބުނާ މީހުން. ކަލޭމެންގެ ބޭނުމެ އް ނެތްކަން ވަރަށް ސާފު.

  14. Anonymous

    ލާދީނީ މުރުތައްދުން މިގައުމުން ބޭރުކުރަންވީ

  15. މުހުންމާ

    އީވާމެން މޮޔަނުގޮވާ، މިވަގުތަކީ އިވާމެންގެ މުސާރަ %50 ކުޑަކުރަންވީ ވަގުތު. މިވަގުތަކީ އީވާމެންނަށް މަޖިލީހަށް ގެންދާ އަގުބޮޑު ސައިފޮދު ހުއްޓާލަންވީ ވަގުތު، މިވަގުތަކީ އިވާމެން މަޖިލިސް ޖަލްސާތަަކަށްދާން ކާރުތަކަށް ތެޔޮއަޅަން ބައިތުލްމާލުން ކުރާ ހޭދަ ހުއްޓާލަންވީ ވަގުތު، މާލެ އަކީ ވަރަށް ކުޑަކުޑަ ތަނެއް، ހިނގާފައި ނުދެވޭނޭ ހަމައެއްވެސް ތަނެއް މާލޭގައި ނުހުންނާނެ. މިވަގުތަކީ މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ވަޒީރުންނާއި ޑިފެންސް ޕޮލިސްގެ ޖެނެރަލުންނާއި ދައުލަތުގެ ވަޒީރުންނާއި ނައިބުންނާއި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ފަދަ ބޭފުޅުންގެ މުސާރަ %50 އަށްކުޑަކުރަންވީ ވަގުތު، މިއިން ކޮންމެ ބޭފުޅަކީ ބައިތުލްމާލުން ބޮޑު މުސާރަދީ އެކޮމޮޑޭޝަންދީ ބޭސްފަރުވާދީ ބަލަހައްޓާމީހުން.
    އިންކަމްޓެކްސް ނަގައިގެން އަނެއްކާ ތިއުޅެނީ ރައްޔިތުން ތިބިހާލަށްވުރެން ނިކަމެތި ހާލަކަށް ގެންދަން.
    ގާނޫނޫ އިސްލާހުކޮށް ވަރުބަލިވާއިރުވެސް މިރާއްޖޭގައި އެގާނޫނު ތަންފީޒުވާނެވަރުގެ ގާނޫނެއް ނުހެދޭ. ޝޭމްޕޫފުޅިއެއްވަގަށް ނަގާމީހާ ބުރީހަންނެގޭއިރު، ސަރުކާރުގެ ބައިތުލްމާލު ކައިހުސްކޮށްގެން ތިބިމީހުން އެތިބީ ގޭގައި އަރާމުގައި.
    ޓުއަރިޒަމް ސެކްޓާގައި ތިބި ހުރިހާ މުވައްޒިފުން ގެ މުސާރަ އުނިކުރެވި ބައެއްމީހުންގެ ވަޒީގާގެއްލި މަގުމަތިވަމުންދާއިރުވެސް ދައުލަތުގެ ވެރިން ބަލަނީ ލަންޑަނުގައި ތިބެގެންވެސް މަޖިލިސްހިންގޭކަން ދައްކަން.

  16. ފާއިޒް

    ދައުލަތުގަ ނެތް ކަމެއް ކޮން ފަރުދެއްގައިބާ ހުރީ. ދައުލަތް ހިންގަން ނޭގޭނަމަ އިސްތިއުފާ ދީފަގެއަށް ވަޑައިގަންނަވާ. ސުނާމީ އިރު މާމަދުން ދައުލަތަށް ލިބެނީ. އެކަމު އެކަން ވެސް މެނޭކްކުރެވުނު. ހަފިތާއެއް ވާއިރަށް ހުސްވީ ކޮންތާކަށް އަޅާ. ޔާމީން ހުސްކުރި ވާހަކަ ކިޔާއިރު އޭނަ ކުރިން ކަންތައްތައް ފެނޭ. ކަލޭމެންކުރާ އެއްކަމެއްވެސް ނެތް

  17. ޢަހުމަދު

    ރައްޔިތުން މުދަލުން 6% އާއި 12% 15% އިން ފޭރިގަންފަ އަދިވެސް ކެވޭވަރު މަދީތަ.

  18. ބްރޯ

    ދަވްލަތުން 80000 މަހަކު ނަގައިގެން އުޅޭ މީހުން އެ ފައިސާ ހައްގުވާގޮތެއްނޭގެ .މިމީހުން އެހެން މީހުނަށް ގޮވާއިރު 30000 އަށް ކުޑަކޮށްފަ ބާކީ ރައްޔިތުންގެ ހައްގުގާ ދޫކޮށްލިއްޔާ ވާނީ ކީއް .އަނގައެއް އޮތީމަ މިމީހުން ކޮންމެ ވަހަކައެއް ވެސް ދައްކަފާނެ . ރައްޔިތު ތަނަވަސްމިހާއަތު ހުރި ފަިސާކޮޅުވެސް ދީގެން މިމީހުންގެ ޖީބު ފުރަންމިޖެހެނީ ލަދު ކޮބާ؟

  19. ޙަސަނާ

    މީ އިސްލާމީ ގައުމެއް ކަލޭމެން ފެށުނީއްސުރެ މައުމޫނު ވެރިކަމައް އެރީއްސުރެ މައުމޫނާ ދިމާކޮއް ނުގޮވާ އެއްޗެއް ނެތް ބޭރު ފަރަންޖީންނާގުޅިގެން ވެރިކަމައް ތިއާއިލާއިން މީހަކުގެންނަންތެޅިބޭލީ އޭރުވެސް ގޮވީ ޓުއަރިޒަމް ބޮއިކޮޓު ކޮއްދޭށޭ އެމީހުން އެދުނީ ގައެރުދީންތަކުގެ މީހުނައް މިތަނުންޖާގަދިނުމައް ކަލޭމެން ބުނީ އާއެކޭ ޖާގަ ދޭނަމޭ މިެަދު ހުރިހާބާރެއް ލިބުނީމަ ތިއުޅެނީ އެކަންނުކުރެވިގެން ޓެރަރިޒަމްގެ ގާނޫނެއްހަދާ ގެން އޭގެބޭނުމްހިފައިގެން މިތާގަ އޮތް އިސްލާމްދީން ހަރާބުކުރަމުންތިދަނީ މިއަދުމިއޮތީ ތިޔަ ނުބައި އާއިލާއިން އެދުނުގޮތައް ތުއަރިޒަމް ބޮއިކޮޓުވެފަ ފުރަތަމަވެސް ތިޔަ އާއިލާއިން ސަރުކާރުން މުސާރަނަގަމުން ދައުލަތުގެ ފައިސާ ބޭނުންކުރުންހުއްޓާލަބަލަ ﷲ ކަލޭމެންގެ ނުބައިމަކަރުން މިގައުމު ސަލާމަތްކުރައްވާނެ ...އިސްލާމީ ގައުމެއްގެ ގާނޫނުހަދާ މަޖުލިހުގަ ވަދެ ތިހުންނަނީ އަންހެނާގެ އައުރައަކީ ކޮބާކަންވެސް ނޭގޭ ހާލުގަ ދީނައް ފުރައްސާރަކުރަން ކުރުމުގެ ބޭނުމުގަ ޕީސްޓީވީ ކަޑާލީގެސީދާތިޔަ ނުބައި އާއިލާގެ ރޭވުމައްކަންޔަގީން...

  20. ދަވާލި19

    ބަލަގަ ދައުލައް ހިންގަން ތިޔަ އުޅެނީ ފުދުންތެރިން އަތުން ހޯދައިގެންތަ ކިހާދެރަކަމެއް ކަމަނާ މުސްކުޅިން ކިޔާ އުޅޭ ނުވީކަން ވަންދޫ ކަޅުބެއައްވެސް ނުވިއޭ