ޕެންޝަން ފަންޑުގައި ހުރި ފައިސާ ރައްޔިތުންނަށް ލިބިގެންދާނެ ގޮތެއް ހަދަން ޖެހޭ ކަަމަށާއި އެ ފައިސާ ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހަދަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލައަށް ބަހުސް ކުރައްވާ ވާހަކަދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ޕެންޝަން ފަންޑުގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ. އަދި އެފައިސާ ހައްގުވާ ފަރާތްތަކަށް ޕެންޝަން ފަންޑުން ކޮންމެވެސް މިންވަރެއް ލިބިގެން ދިއުމަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތު މީހާއަށް ސީދާ ގޮތުން ފައިދާވާނެ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގައި އެބަ ތިއްބެވި ޕެންޝަންގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުން، އެކަށީގެންވާ ފައިސާ އެބޭފުޅުންގެ ޕެންޝަން ފައިސާގައި އެބަހުރި. އެހެންވީމަ މިތަނުގައި ބައެއް އެހެން ބޭފުޅުންވެސް ހުށަހެޅުއްވި ގޮތަށް އަޅުގަނޑު ދެކޭ ގޮތުގައި ޕެންޝަން ފަންޑުންވެސް އެބަޖެހޭ އޭގެ ހައްގުވެރިންނަށް ކޮންމެވެސް މިންވަރެއްގެ އާމްދަނީއެއް ލިބިގެން ނުވަތަ ފައިސާއެއް ލިބިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ރޭވިގެން މަސައްކަތް ކުރެވެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާ އޭގެ ހައްގުވެރިންނަށް ދެވިއްޖެ ކަމަށްވާ ނަމަ ކުރިޔަށް އޮތްތަނުގައި ދިމާވެދާނެ ތަފާތު އެކި ގޮންޖެހުންތަކުން އަރައިގަނެވިދާނެ ކަމަށެވެ.

އަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކީ ކޮންމެހެންވެސް މި ދަނޑިވަޅުގައި މަޖިލީހުގައި ބަހުސް ކުރެވެންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ތަފާތު ސްޓިއުމިލަސް ޕެކޭޖުތައް ތައާރަފް ކޮށްފައިވާ ކަމަށާއި އެ ޕެކޭޖުތަކުން ރައްޔިތުންނަށް ސީދާ ގޮތުން ފައިދާވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕެކޭޖުތަކުން ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކުގައި ފައިދާ ކުރޭތޯ ސަރުކާރުން ބަލަންޖެހޭ ކަމަށެވެ.

އަލީ އާޒިމް ހުށަހަޅުއްވާ މައްސަލައިގައި ވިދާޅުވެފައި ވަނީ، އެ އިގްތިސާދީ އެހީގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ޕްރޮގްރާމުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް އުޖޫރަ ދޭން ޖެހޭނީ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރަން ޝަރުތުކޮށް، ކުރާ މަސައްކަތެއްގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތަކަށް ރާވައިގެން ކަމަށް މައްސަލައިގެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ. މި ހާލަތުގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަހަށް އެ ދާއިރާތަކުން މަސައްކަތްތައް ފަށަން ޖެހިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު ކުރެވިދާނެ މަސައްކަތްތަކުގެ ގޮތުގައި ދެ ކަމެއް ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޮޑެތި ރަށްރަށް ފާހަގަކޮށް، ދަނޑުވެރިކަން ފުޅާކުރަން ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮގްރާމުތައް އެ ރަށްރަށުގައި ހިންގުމެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ދޭން ކަނޑައަޅާފައިވާ ޕެކޭޖުގައި މަސް ރައްކާ ކުރެވޭނެ ގޮތް ހަދައި ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމެނިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސާނީ

    އާދަމް ޝަރީފް އުމަރު ވަރެއް ނެތް

    64
    2
  2. ކައްޕިތާން

    ތިޔަ ވިދާޅުވާ ފަންޑުގައި ތިޔަ ވިދާޅުވާ ވަރައް ފައިސާ އެބްހުރިތޯ ކަރުދާހުން އެކަނި ކަންނޭންގޭ ނޫންތޯ ތިޔަ ފައިސާ ހުރިކަމައްވަނީ އެކި ފަންޑް ހަދައިގެން ހިއްސާގަތުމާ ކުޅިވަރައް ކިހާ ފައިސާއެއް ޙަރަދު ވީތޯ ބައްލަވާ އެންމެ ފުރަތަމަ މިގައުމުގަ ކޮންމެކަމެއް ހުދުކާފޫރައްވެނިމެނީ ޒިންމާވާނެ މީހަކު ނެތް އެއޮއްބޮޑު ޝިޕިންގް ލައިން ދިޔައީ މިހެންގޮސް ބައްލަވާ ތިޔަ ހަވީރް ކިޔާ ނޫސް އުވާލީވެސް މިކަހަލަ ޙަބަރުތައް ޒުވާން ޖީލައް ފޮރުވަންވެގެން އެނޫންތައް ބައްލަވާ ކިހާ ލޯނެއް އެކި ކަންކަމުގަ ނަގާވައިވޭތޯ ރައްޔަތުންގެ ނަމުގައި

    24
    3
    • ރާކަނި

      މިވަގުތު އެފަންޑްގައި ހުރި ފައިސާ ބޭނުން ކުރުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވާނެއެވެ. ސަބަބަކީ ސަރުކާރުން ހުށަހެޅުއްވި 2500 މިލިއަން ރުފިޔާގެ ޕެކޭޖްއަށް ފަންޑު ކުރަން އެފަންޑް ބޭނުން ކުރެވިދާނެތީއެވެ. މިނޫނަސް ޤަވްމަށް ދިމާވާ ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުންނަނީ މިބާވަތުގެ ފަންޑްތަކެެވެ. ވީއިރު ފަންޑް ހުސްކޮށްލަން ނުވަތަ ބޭނުންކުރަން ނެގުމަކީ ރަގަޅުކަމެއް ނޫނެވެ. އޭގެ ބަދަލުގައި ފަންޑްގައި ހުރި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި އަބުރާ ލިބޭގޮތަށް ބޭންކްތައް މެދުވެރިކޮށް ފައިސާ ބަހައްޓާފައިވާ ފަރާތްތަކަށް ދެވިދާނެއެވެ. އޭރުވެސް އެފަރާތްތަކަށް ހިތްހަމަޖެހުމަކަށް ވާނެކަމަށް ދެކެމެވެ.

      6
      23
  3. ޢަހަދު

    ޢަހަރެމެންގެ ފައިސާ އަހަރެމެންގެ ލޯނުތައް ދައްކައިދީ

    33
    3
  4. ާާ އަލީސާކިރު

    ޥަރައްރަގަޅު ވާހަކައެއް އަހަރެންވެސް ހުންނާނެ ތިފަންޑުގަ ބައިވަރު ރުފިޔާ

    36
    1
  5. ފުނަދޫ

    އަހަރެންވެސް ތިފަންޑުގަ ހުނާނެ ދީފިއްޔާ ކުޑަވިޔަފާރިއެއް ކޮލާވަރައް ފައިސާކޮޅެއް އޭތިމިހާރު އެދެނީކީ އޭގެހައްގުވެރިންނަކައްނޫން އަހަރއމެންގެ ރުފިޔާތައް ނާޖާއިޒުގޮތުގަ އޭގެހައްގުވެރިންތިއްބަ އެކަމާނުވެސް ބެހޭބަޔަކައް އެ އެދެނީ ވަޒީފާއަދާކުރާ މީހުންގެ ހައްގުތަކައް އަރައިގައްނަނީ

    14
  6. އެލެކްސް

    އަހަރެންގެ ފަންޑުގައިއެބަހުރި 9ލައްކަ ރުފިޔާ، އުމުރަށްބަލާފަ އެފައިސާ ލިބޭނެކަމަށް ލަފާކުރެވެނީ އަދި 8 އަހަރުފަހުން، އެކަމަކު މިހާރުއަދާކުރަމުން އައި ވަޒީފާ މިވަނީ ގެއްލިފަ،ގޭގަ މިއިނީ! ދެލޯނެއްއެބައޮތްދައްކަންޖެހޭ، އެހެންވީމަ 6 މަސްވަންދެން 20000ރުފިޔާ ލިބޭގޮތެއްވެއްޖެއްޔާމު ވަރަށްރަނގަޅު!

    13
  7. އެހެންތަ ހީވަނީ

    އެމީހަކު މަސައްކަތް ކޮއްގެން ހޯދިފައިސާޢިން ބޭނުންކުރާނީވެސް އެމީހަކު މުސްކުޅިވެ ގައިބާރުދެރަވެ މަސައްކަތް ނުކުރެވޭ ބަލިހާލުގަ އޮންނަށް ޖެހޭ ދުވަހުވެސް ތިޕެންޝަން ފައިސާގެ ބޭނުމެއް ނުހިފޭނެ .ކާކުތަ ވިސްނަނީ ބަފައިއެއްކުރި ޕެންޝަން ފައިސާއިން ދިރިއުޅޭން އެއެއްކުރިހާ ފައިސާ ތަށް ލިބޭނީ ދަރިންނަށް ކޯޓުތަކަށް ގޮސް އެތަށް ސަކަރާތެއް ޖަހާ ފަހުން އަތްބަކުހުރިނަމަ އެމީހެއްގެ ސޮޔަކާ ދަރިންގެ ސޮޔަކާ ހުރިހާ އެއްޗެއް ހޯދައިގެން ފައިސާ ކޮޅު ލިބޭނީ .ބުރަމަސައްކަތް ކޮއް ފައިސާ ހޯދިމީހާ ދުނިޔެ އަޅާ ދާނީ ގައިބާރު ދެރަވާ ދުވަހު ދުނިޔޭގަ ގަނަ ތެލިފަ . ހައްޖަށް ދާން ނަމަވެސް އެއްވެފަ ހުރިފައިސާ އެމީހަކު ބޭނުންވީމަ ދީބަލަ .އައިލާ ގޮވައިގެން ހައްޖަށް ދެވޭނެ ހާ ފައިސާ އެއް ކުރެވިފަ ތިބޭ މީހުން ވެސް ތިބޭ އިރު . ކީއް ކުރަން އެއް ކުރާހާ ބައިވަރު ގަޑެއް ދަރިންނެއް ނުވިސްނާނެ ބަހައިގެން ލިބޭ ޕެންޝަން ފައިސާ ކޮޅުން ދިރިއުޅޭ ކަށް .

    13
    1
  8. ސައީދު

    އާދަމް ޝަރީފް މާބޮޑަށް ނުފުއްޕާތި ކަލޭމެން ރައްޔިތުންނަށް ދިން އަނިޔާއާއި، ކުރި ވައްކަން ވަރަށް ރަގަޅަށް ރައްޔިތުންނަށް އެގޭ. މިކަހަލަ ހުޟޫރަތް ތެރި ވަގުތުގައި މާސިޔާސިވެގެން ނޫޅޭތި. ތީކޮންބައެއްކަން ރައްޔިތުން ދަނޭ:

    2
    32
    • އަލީ

      ފުއްޕަނީތަ އެ. އާދަން ސަރީފެއްކަމަކު އެކިޔަނީ ތެދު ވާހަކައެކޭ ބީތާޔާ. އެ ފައިސާ އަކީ ވަކި ވަކި ފަރުދުންގެ އަމިއްލަ ފައިސާއޭ

      10
  9. ޢުންމު

    ރާއްޖޭގެ ރައީސްގެ އަރިހުގައި ދަންނަވަން އަޅުގަނދުމެންކަހަލަ މާލަޭގައި ކުއްޔައް އުޅޭމީހުންގެ ގޭކުލި ދެއްކޭނެ ފަދަ ގޮތެއް އަޅުގަނޑުމެންގެ ޕެންޝަން ފައިސާއިން ހަމަޖައްސާދީވބަލާށޭ. ޢެފައިސާހުރެ އަޅުގަނޑުމެން މަގުމަތި ވިޔަ ނުދެއްވާ

    20
  10. އަލީ

    ކޮންމެވެސް ވަރެއް ލިބޭނެގޮތް ހައްދަވާ ދެއްވާ އެއީހަމަ އަޅުގަނޑުމެންގެ ފައިސާ

    28
    1
  11. ޙަމަހަމަ

    ޕެންޝަން ފަންޑު ލާރި އެ އްފަހަރާ ދޫކުރުމުގެ ގާބިލުކަމެ އް ނުހުންނާނެ ސަރުކާރަކު. ޢެ އީ ބޭންކެ އްގަ ރަ އްކާކޮ އްފަހުރި ހުރިހާ އެންމެންގެ ލާރި އެ އްފަހަރާ ބޭންކުން ނަގަން ދިމާކުރުން ކަހަލަ ކަމެ އް. ެްެެްެެްެެްެްެެެްެެްެެްެެްެްެެެްެެްެެްެެްެްެެެްެެްެެްެެްެްެ

    7
    5
  12. އަހްމަދު

    މިފަދަދަތިއުނދަގޫވަގުތެއްގަ މިކަހަލަގޮތަކުންނަމަވެސް އެއްޗެއްލިބުން މުހިންމު ކުރިޔައްމިއޮތް ބަރަކާތްތެރި މަހައްޓަކާވެސް މަޖިލިސްގެރައީސްގެ ދީލަތިކަމާއެކުނަމަވެސް ރައްޔިތުންނައް ކޮންމެވެސްމިންވަރެއްގެ ތަނަވަސްކަމެއްހޯއްދަވާ ދެއްވާނެކަމައް އުންމީދުކުރަން ޝުކުރިއްޔާ

  13. ރިސޯޓްމީހާ

    ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ވަޒީފާ އަދާކުރި މުވައްޒިފު އަތުން ކަނޑާފައިވާ %7 އެމީހާއަށް ލިބޭނޭ ގޮތް ހަދަންވީ. އެއީ ހަމަ އެމީހާގެ ހައްގެއް. ވަޒީފާދިންފަރާތުން ލިބުނު %7 ސަރުކާރަށްނަގާ، އަޅުގަނޑުމެން ބުރަ މަސައްކަތުން ހޯދި ފައިސާކޮޅު ލިބޭނޭގޮތް ހައްދަވާ ދެއްވާ.

  14. ޢޭތި

    އެފައިސާ ހުރި އަދަދަށް ދޫކުރެވޭނެ ކަމަކަށް ގަބޫލުނުކުރެވޭ. ޢެއީ ފެންނަން ހުރި އަދަދުތަކެއް. މިހާރު އޮތް އުސޫލުން އެއިން އެތިކޮޅެއް އަހަރކު ބަޔަކަށް މި ދެނީ. މިކަމަކީ ވެސް އިންވެސްޓެއް ކަހަލަ ކަމެއް

  15. ރަނާ

    ތި ފައިސާކޮޅު ދީބަލަ ބޯހިޔާވައްސެއް ހަދަން. އަޅުގަނޑާ ، ފިރިމީހާގެ ޕެންޝަން ފަންޑުގަ ޖުމްލަ ފަސްލައްކަ އެބަހުރި ގޯއްޗެއް ލިބިފަ އިންނަތާ 20 އަހަރުވެއްޖެ، ހައްޖާ ދާކަށްވެސް އެއިން ލާރިއެއް ލިބޭގޮތެއްނުވި، ފިރިމީހާ ފަރުޟު ޙައްޖުވެފަ ހުރެގެން ، އަޅުގަނޑު އަތުގަ އެބުނާ ޢަދަދަށް ފައިސާ ނެތިގެން.
    އެހެންވީމާ އެއީ ނެތް އެއްޗެކޭ އެއްފަދަ.