އއ. އަތޮޅުގައި ހިންގަމުންދާ ސަފާރީ އައިލެންޑް ރިސޯޓު ބަންދުކުރަން ނިންމައި އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ އެކީ ލިބޭ ގޮތަށް ގެއަށް ފޮނުވާލަން ނިންމައިފިއެވެ.

ސަފާރީ އައިލެންޑް ރިސޯޓަކީ ހެޕީ މާކެޓުން ހިންގާ ރިސޯޓެކެވެ.

މިއީ މުވައްޒަފުންނަށް މުސާރަ އެކީ ލިބޭ ގޮތަށް ބަންދު ކުރާ ފުރަތަމަ ރިސޯޓެވެ.

އެ ރިސޯޓުގައި 300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެެ.

ސަފާރީ އައިލެންޑް ޓީމުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭޕްރިލް ދެ ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާއިރު، ހުރިހާ މުވައްޒަފުންވެސް މުސާރަ (ޕޭލް ލީވް) އާއެކު ގޭގައި މަޑު ކުރުމަށް އެދޭ ކަމަށެވެ.

"މި އުނދަގޫ ދުވަސްތަކުގައި އާއިލާ ރަނގަޅަށް ބެލެހެއްޓުމަށް އެދެން". އެ ޕޯސްޓުގައި ވެއެވެ.

އަދި މީގެ އިތުރުން، ކޮންމެ މަހެއްގެ ފަހުކޮޅު މުސާރަ އެކީ މުވައްޒަފުންގެ އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ސަފާރީ އައިލެންޑު ރިސޯޓުން މިގޮތަށް ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން މިހާރުވެސް ރާއްޖޭގައި 50 އަށްވުރެ ގިނަ ރިސޯޓުތައް ބަންދުކޮށްފައި ވަނީ މުވައްޒަފުންނަށް ނޯ ޕޭ ލީވް ދޭ ގޮތަށެވެ. އަދި ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކޮށްފައިވާއިރު، ބައެއް ރިސޯޓުތަކުގައި މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީވެސް މުސާރަ ނުލިބޭ ގޮތަށެވެ.

މިފަދަ މައްސަލަތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއްވެސް ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތުނިޔަ

    ހާދަ ރަނގަޅޭ...ވިޔަފާރީގައި ބަރަކާތްލައްވާށި!

    29
    1
  2. މާލެ ބޭބެ

    ދިވެހިކިތައް މުވައްޒަފުންތޯ
    ބޭރުގެ ކިތައް މުވައްޒަފުންތޯ...
    އެވްރެޖް މުސާރައަކީ ކިހާވަރެއްތޯ...
    މެނޭޖްމަންޓަށް ޝުކުރިއްޔާ.... އަސްލުގަ އެހެން ރިސޯޓްތަކަށްވެސް މިކަންކުރެވޭނެ..

    18
    2
  3. ޙަމަދ

    ހަގީގަތް ޔަގީން ކޮއްބަލަ. ބައެއް މީހުން ނޯޕޭ. ބައެއް މީހުން ހާފް ޕޭ.

    7
    3
  4. ފައްސި

    ގޯ ހެޕީމާކެޓް... ޝުކުރިއްޔާ (އާއްމުފަރުދެއްގެ ހައިސިއްޔަތުން)

    18
  5. Anonymous

    ހެޕީމާކެޓަކީ ނަމޫނާބައެއް. ދިވެހި ރައްޔިތުން ނަށް ޓަކައި ޤުރްބާންވާބައެއް. ﷲ މިބޭފުޅުންގެ މުދަލުގައި ބަރަކާތް ލައްވާ މުދާ އިތުރު ކުރައްވާ ފުރިހަމަ ޞިއްޙަތެއްގައި ލައްވާ ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ އާމީން. ރިސޯޓް އޯނަރުން މުއްސަދިން ނަމޫނާ ނަންގަވާ. މުވައްޒަފުން ގެ ޤުރްބާނީ ގެ އަގުވަޒަން ކުރަށްވާ.ޙާލުގައި ޖެހުނު ދުވަހު އޯގާތެރިވެ ލައްވާ.ސަރުކާރުންވެސް ކޮންމެސް އިނާޔަތްތެއް ދެއްވާ މިކުދިން ކޮޅަށް.

  6. ވިސްނާ

    ހަމަކިރިޔާ ކަލޯ މެން ބޭޒާރުނުވެ ތިސަލާ މަތްވީ ދެންބުނާނީ ވަރަށް ބޮޑަށް ޝުކުރިއްޔާ!

    4
    1
  7. އުންމީދު

    ދިވެހި ބައެއް މުވައްޒި ފުނަށް އިހުމާލު ވެވިފަ ވާކަން ހިތާމައާއި އެކު ފާހަގަކުރަން ކުރިއަށް އޮތް ދުވަސްތަކުގައި މިބުނިކަންތައް ނުވާނެ ކަމަށް އުންމީދުކުރަން އަބަދުވެސް އެމުއަޒަފަކަށް ހައްޤު ވާމިންވަރު ދިނުން އެދެމެވެ.