ރިސޯޓެއް ހަދަމުން ދިޔަ ރަށަކުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ބިދޭސީއެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އަތޮޅު އޮޅުހަލި ގައި ތަރައްޤީ ކުރަމުންދާ ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ހޯދަމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މޫދަށް ފޭބި ބިދޭސީ މީހާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިރޭ 20:25 ހާއިރު ކަމަށެވެ.

އޭނާ މޫދަށް ފޭބީ ކީއްކުރަން ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޒުލޭ

  މީކިހިނެެއްވާ ކަމެއްބާ އަނެެއްކާ

 2. ތިޔޭ އެއްކަލަ

  ދެން މޫދަށް ފައިބަނީ ކީއްކުރަންތަ؟ ފަތާކަށް ނޫންތަ. ފަހަރެއްގަ ވެދާނެ ސައި ބޯން ކަމަށްވެސް ނޫނީ ކުރާނެ ކަމެއް ނެތިގެން ނިދަން ވެގެން މޫދަށް އެރުނީ ކަމަށް.

  • ކަކުނި

   ކޮންމެެެ ކަމަކުން މަޖާނުވެ ބަލަަ.