މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިދިޔަ އަހަރު ވެސް ސިފައިންގެ ބަދަހި ސަފުތަކުގެ ސަބަބުން އެތައް ނުރައްކަލަކުން ގައުމު ސަލާމަތް ކުރެވުނު ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިދިޔަ އަހަރަކީ ވަރަށް ކާމިޔާބު އަހަރެއް. ޤާނޫނީ ވާޖިބު އަދާކުރުމުގައި ނަމޫނާ އަހަރެއް. ސިފައިންގެ ބަދަހި ސަފުތަކުގެ ސަބަބުން އެތައް ނުރައްކަލަކުން ގައުމު ސަލާމަތް ކުރެވުނު އަހަރެއް." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުތޫރަތްތެރި ކޮންމެ ވަގުތެއްގައި ގައުމުގެ ދިފާޢުގައި ސިފައިން ކުރި މަސައްކަތައް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ގެންނަން އުޅުނު ބަޣާވާތް ނަކާމިޔާބު ކޮށްލީ ދިވެހި ސިފައިން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވެސް ވިދާޅުވިއެވެ.

"ސިފައިންގެ ލަޝްކަރު ދަނީ ކުރިއަރަމުން ހަރުދަނާ ވަމުން. ދިވެހި ސިފައިންނަކީ މިލޮބުވެރި ވަތަނާއި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ވަރުގަދަ ލަޝްކަރެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ އެތައް ނުރައްކަލަކުން ގައުމު ސަލާމަތްކޮށް އަމިއްލަ ފުރާނަފުޅަށް އަމިއްލަ ނަފްސަށް ބެއްލެވުމެއް ނެތި ވޭތުވެދިޔަތަނުގައި ރައީސް ޔާމީން ކޮށްދެއްވި ޚިދުމަތްތައް ވެސް ތާރީޚްގައި ރަން އަކުރުން ލިޔެވޭނެ ކަމަށެވެ.

އެކެއް ފެބްރުއަރީގެ ބަޣާވަތް ނާކާމިޔާބުވީ ސިފައިންގެ އިހްލާސްތެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއި އެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމަނިކުފާނު ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ގެންގުޅުއްވީ އުތުރު ގަޑުބަޑު ނާކާމިޔާބު ކޮށްލުމުގައި މުހައްމަދު އަމީން ގެންގުޅުއްވި ފަދަ އުކުޅުތަކެއް. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ކުރުމުގައި އިބްރާހިމް ނާސިރު ބޭނުންކުރެއްވި ފަދަ އުކުޅުތަކެއް." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ ކަނޑުގައި ހިނގަމުންދާ އޮއެވަރުގެ ސަބަބުން ދިވެހި ސިފައިން މަސައްކަތް ކުރަން ޖެހޭ ސިޔާސަތައް ބަދަލު ގެނެވި އެސިޔާސަތުގެ ދަށުން ވަނީ މަސައްކަތްތައް ފެށިފައި ކަމަށާއި މިމައްސަލަތުގައި ރައީސް ޔާމީން ހާއްސަކޮށް ވެލްފެއާގެ ކަންތައްތައް ރަނގަޅު ކުރުމުގައި ދެއްވި ލަފާފުޅަށް ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަފީގާ އަޅެފަހެ ކަލޭމެން ތިޔަ އުޅެނީ ދިވެހި ރައްޔިތުުންނާ އެކު ހަގުރާމަ އިޢުލާން ކޮށްގެންތަ

  2. މިގައުމު ވަގުންގެ ކިބައިންވެސް ސަލާމަތް ކޮށްދެވޭނީވެސް ސިފައިންނަށް.