ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ހުޅުލެ އައިލޭންޑް ހޮޓެލްގައި އެކަހެރި ކޮށްފައި ތިބި މީހުން އިތުރު 14 ދުވަހަށް ކަރަންޓީން ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، އެޗްއައިއެޗުގައި އެކަހެރިކޮށްފައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން، އޭނާއާއި ދިމާވި މީހުން ދިމާވި ދުވަހުން ފެށިގެން 14 ދުވަހަށް ކަރަންޓީން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"މިހާރު ޓެކު [ޓެކްނިކަލް] ޓީމުގެ ޑިސިޝަން އަދި އެޗްޕީއޭގެ ފަރާރުން މި ނިންމުނީ، އިތުރު 14 ދުވަސް ވަންދެކަށް އެކުދިން އައިސޮލޭޝަންގައި ތިބެންޖެހޭ ކަމަށް. މިކަމަކީ އުނދަގޫ ޑިސިޝަނެއް ހުރިހާ ގޮތަކަށް ބެލި ކަމުގައި ވިއަސް. އެކުދިންގެ އާއިލާއަށްވެސް އެކުދިންނަށްވެސް. އަދި މި ކުރެވުނު ކަންތަކާއި ހުރެ ދިމާވާނެ ދަތިތައްވެސް އަޅުގަނޑުމެންނަށް އިނގޭ" މަބްރޫކު ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި މިކަމާއި ގުޅިގެން ސަރުކާރުގެ ވިސްނުން ހުރީ އެކުދިންނާއި އެކުދިންގެ އާއިލާގެ ސަލާމްތަށާއި މުޅި މުޖްތަމައުގެ ސަލާމަތައް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެކަން ނިންމާފައިވަނީ އެންމެންގެ ސަލާމަތައް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 17 މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާއިރު، އޭގެ ތެރެއިން 13 މީހަކަށް ފަރުވާ ދެވި ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ ދެ ދިވެހިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޖާ

    މަ ހަމަ ހައިރާން ވެއްޖެ. އައިސޮލޭޝަންގަ ތިބޭ މީހުން ކީއްވެ އެކަކު އަނެކަކާ ދިމާވާންވީ. އެންމެން ތިބެނީ އެއްރޫމަކަށް ލާފަތަ؟

    10
  2. ށަލޯޕީ

    ތީތި ކަޑަ.ފަރްކޮޅުގަވެސް ޓެސްޓު ނަތޖާ ލިބެންދެން ހުރިހާ އެމްމެން އެއްތަނެއްގަ ތިބީ

    • އެމްޑީޕީ ބުރޯ

      ކޮންމެމީހަކަށް ވަކިން ރޫމެއް ދީފަ ބޭރަށް ނުނިކުންނާށޭ ބުނީމަވެސް އެންމެންގޮސްސަ ތިބެނީ ކުޅިވަރުކުކުޅެ މަޖާނަގަން އެމީހުނަށް ހީވާކަހަލަ މިއުޅެނީ ޕިކްނިކް އާދެވިގެންނޭ !

  3. ާަަބިސް

    މިކަން ކުރި މީހުނަން ފިޔަވަޅު އަޅު އްވާ

  4. މ

    މިހާރު ވެސް ބައެއް ކުދިން ގެއަށް ފޮނުވާ ސިލްވަރ ބީމް ކުއްޖަކުވެސް ގެއަށް ފޮނުވީ .. އޭނާ އާއެކު އައި އެހެން ކުދިން ކަރަންޓީން ކުރީ