ބޭކާސް ފެންޓަސީ ހުޅުމާލޭގެ ހުރިހާ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ބޭކާސް ފެންޓަސީ އިން އިއްޔެ އެތަނުގެ މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19 ހާލަތުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތައްވެސް ހުއްޓުމަކަށް އައިސްފައިިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެ ބޭކަރީ އަށްވެސް އޭގެ ގެއްލުން ދައްކަމުންދާ ކަމަށެވެ.

އެހެންކަމުން، މި މަހުގެ 31ން ފެށިގެން ހުޅުމާލޭގައި ހުންނަ ބޭކަރީ ބަންދު ކުރާނެ ކަމަށާއި އަދި އެ ދުވަހުން ފެށިގެން ތަނުގެ ވިޔަފާރި އާއި އެންމެހައި މުވައްޒަފުންގެ ވަޒީފާވެސް ނިމުމަކަށް އަންނާނެކަމަަށް ވަނީ އަންގާފައެވެ.

ބޭކާސް ފެންޓަސީ ހުޅުމާލެ ބަންދުކުރަން ނިންމި ނަމަވެސް އެތަނުގެ މެނޭޖްމަންޓުން ބުނެފައި ވަނީ މިގޮތަށް ކަންތައް ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށާއި ނަމަވެސް، އޭޕްރިލް މަހުގެ މުސާރަވެސް އެތަނުގެ މުވައްޒަފުންނަށް ހަމަޖައްސައިދޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސް، އެތައް މިލިއަން ބައެއްގެ ވަޒީފާތައް ދަނީ ގެއްލެމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މީދާ

    ތީ އަހަރުމެން ފުރަތަމަވެސް ޔަގީންކުރިގޮތް! އިބްރާހިމްރަޝީދަކީ އިސްޓާފުންނަށް އެއްވެސް ކަހަލަ ލޯތްބެއް އޮންނަމީހެއްނޫން!

    52
    1
  2. ބަލާ އެއް

    ހިޔާލު އަންނަނީ..

  3. ޠުނސ

    މަޖުބޫރިވީމަ އެކަން އެންމެ ގެއްލުން ކުޑަ ގޮތަކަށް ކަން ކުރެވޭތޯ ބަލާނެ. މާލެ އާއި އަޅާ ބަލާއިރު ހުޅުމާލެ މަގުތަކުން މީހުން އުޅޭ މިންވަރު ނިސްބަތުން މަދު. އެހެންވީމަ ވިޔަފާރި ނުވާނެ. ކިތައްމެހާވެސް ދެރަ.

    10
    3
  4. ވިސްނާ

    ބަޔަކަށް ދެރަގޮތެއް ހެދުމުން ވަކި މޮޅެއް ނުވާނެ. ﷲގެ ރަހުމަތް ފުޅުން އެ މުވައްޒަފުންނަށް އެއަށްްވުރެ ރަނގަޅު ވަޒީފާއެއް ދެއްވާނެ.

    33
  5. ކޮރަލް

    މުވައްޒަފުން ވަކިކޮށްފަ ތަނައް ކުލި ދައްކާނަމަ އެއީ މައްސަލަ އެކެވެ. އެކަން ބަލާލަ ބަލާށެވެ.

    15
  6. އިބުރާހިމް

    ދަމާސް ގަވެސް މީހުން ވަކިކޮންފި

    12
    1
  7. ޢަލީ

    މުވަ އްޒަފުންދެކެ ލޯބިވިޔަސް ތަންނުހިންގުނީމަޖެހޭނީ ވަކިކުރަން. ސަރުކާރުގެ ކުންފުނިތަކުން މަގާމްނެތިގެންނޭކިޔާ ކީ އްވެ ވަކިކުރަނީ މިސަރުކާރުގަވެސް ކިތަންމެ ބަޔަކު ފެނަކައިން ވަކިކުރި.

    15
    1
  8. ކުރީގެ ފެންޓަސީ މުވައްޒަފު

    ފެންޓަސީން އަބަދު ވެސް މުވައްޒަފުންނާ ދޭތެރޭގައި ވަރަށް ދެރަ ކޮށް ކަންތައް ކުރަނީ. ސަބަބު ބުނެ ނުދީ ވެސް ވަޒީފާއިން ވަކި ކުރޭ.

    15
    3
  9. Anonymous

    ޢެހެން ވިޔަސް ހެވެންނު ޤަ އުމުގެ ރަ އީސްްް އަކަށްް މިހުރިމީހާ މި އަންގަނީ މީ އިޤްސާދީ . ކަމެެްއްނޫނޭ

    18
    2
    • އަލީ

      ބަލަ އިގްތިސާދަކީ ކޮބައިކަން ނޭނގޭ ގުބޮލެއްގެ ވާހަކަ ތި ދައްކަނީ... އޭނަ ބުނާނީ އެހެންނު؟

  10. ސަމާލު

    އެކަމުވެސް މިހާލަތުގައ މީ އިޤްތިސާދީ ކަމެއްނޫން ކަމަށް އަންގަނީ ފައިސާ ވެސް އެބަހުރި ކަމަށްްް ދެންނޭނގެ.....
    އެއީ އޮޅިގެން....ކަމަށް ވާނި

    4
    2
  11. ހަމަ ބުނެލީ

    ކުރީގެ ފެންޓަސީ މީހާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރީމަ ކީިއްވެތަ ލޭބަރ ރިލޭޝަންސްއަށް މައްސަލަ ނުޖެއްސީ؟؟ ޔަގީނޭ ކޮންމެވެސް ގަވާއިދާއި ހިލާފް ކަމެެއް ކުރީމަކަން ކަނޑާލި

  12. ނާން

    ފެންޓަސީ އަކީ މުވައްޒަފުންނަށް ވ ރަހުމް ކުޑަ މެނޭޖްމަންޓެއް އޮތް ތަނެއް އެތާގެ އެޗް އާރ ގަ ތިމާ އަށް ތިމާ ފެނިފަ ތިބޭނީ ބޭ މީހުން