ގދ. ތިނަދޫއިން ރޯގާގެ އަލާމާތްތަކެއް ފެނިގެން ކޮވިޑް-19 އަށް ޓެސްޓު ކުރި މީހާގެ ނަތިޖާ ނައްސި (ނެގެޓިވް) ވެއްޖެއެވެ.

އެ މީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ އެރަށު މީހެކެވެ. އެ މީހާ ތިނަދޫއަށް އައިސްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ މީހާގެ ނަތީޖާ ނައްސިވެފައިވާކަން، އެރަށު ހޮސްޕިޓަލުން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

އެ މީހާގެ ގައިން ރޯގާގެ އަލާމާތްތަކެއް ފެނިގެން އެ މީހާ ދިރިއުޅެމުންދާ ގެވެސް ވަނީ ކަރަންޓިންކޮށްފައެވެ. އެ ގެ ކަރަންޓިންކޮށްފައި ވަނީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ފޮނުވާފައިވާ އެންގުނުގައި ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭތީ އިތުރަށް ބަލަންޖެހޭ ބެލުންތަކާއި އަދި ފަރުވާދޭން ޖެހޭނަމަ ފަރުވާދިނުމަަށް ކަމަށެވެ.

އެރަށު ކައުންސިލް މެންބަރު އަމްޖަދު "ވަގުތު"އަަށް ވިދާޅުވީ، އެ ގެ ހުރީ ކަރަންޓީންކޮށްފައި ކަމަށާއި، ނަމަވެސް އެއިން ކޮވިޑް-19 އަށް ޝައްކު ކުރެވުނު އެ މީހާގެ ނަތީޖާ ()ނައްސިވެފައިވާ ކަމަށެވެ.

"އެއީ ރިސޯޓެއްގައި ހުރި މީހެއް، އެ މީހާ މިކޮޅަށް ޑޮކްޓަރަށް ދައްކައި، ޝައްކުތަކެއް ވެގެން އެ ގެ ކަރަންޓިން ކުރީ، އެ ގެ ކަރަންޓީން ކުރީ މީގެ ދެ ދުވަސް ކުރިން، އިއްޔެ ނަތީޖާ ލިބިފައިވާކަމަށް ވަނީ، ނަތީޖާ ނެގެޓިވް". އޭނާ ވިދާޅުވިއެވެ.

އެރަށު ހޮސްޕިޓަލްގެ މެނޭޖަރ ސައީދު "ވަގުތު"އަށް ވިދާޅުވީ، ގައިޑްލައިން އިންނަގޮތުން ނަތީޖާ ނައްސިވިޔަސް އަދި ވަކި މުއްދަތެއް ވަންދެން އެގޭގެ މީހުން އެކަހެރިވެ ތިބެން ޖެހޭ ކަމަށެވެ.

"އެހެންވީމަ އެގޮތަށް އެ ކުރިއަށްދާނީ، އެއީ ރިސޯޓެއްގައި މަސައްކަތް ކުރި މީހެއް، މި މަހުގެ ނުވަ ވަނަ ދުވަހު އެ މީހާ ރަށަށް ޗުއްޓީއަށް އައީ، ރިސޯޓެއްގައި މަސައްކަތް ކުރީމަ، އެކަހަލަ އަލާމާތެއް ފެނުނީމަ ސާވަޔަލެންސްއަށް ބޮޑަށް ޓެސްޓު ކުރެވުނީ". ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު