މާފުށީގައި ހައްޔަރުކޮށްފައި ހުންނަވަނީ އެއްވެސް މީހަކާ ވާހަކަ ނުދެއްކެވޭ ގޮތަށް ކަމަށާއި އެގޮތަށް އޮންނަވަން ޖެހުމުން "ސިކުނޑި މޮޔަވެދާނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ސައީދު މިހެން ވިދާޅުވީ އޭނާ އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބްދުﷲ ސައީދު ވިދާޅުވީ ގާނޫނާ ހިލާފަށް އޭނާ ހައްޔަރުކޮށް އަމަލު ކުރަމުންދަނީ އެންޓިޓޯޗަރ ގާނޫނާ ހިލާފަށް ކަމަށެވެ. އަބްދުﷲ ސައީދު ވިދާޅުވީ އޭނާ އެކަހެރިކޮށް ބަންދުކޮށްފައި ބޭއްވި ނަމަވެސް ހައްޔަރުކޮށްފައި ތިއްބެވި ރައްޔިތުން މަޖިލީހުގެ އެހެން މެމްބަރުންނަށް ވެސް އެހެން މީހުންނާ ވާހަކަ ދެއްކެވޭ ކަމަށެވެ.

އަބްދުﷲ ސައީދުގެ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ ބައްލަވަން އިންނެވި ގާޒީ އާދަމް އާރިފު ވިދާޅުވީ އަބްދުﷲ ސައީދު ހައްޔަރު ކުރެވިފައި ހުންނެވީ ބަލަމުންދާ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، އެއްވެސް މީހަކާ ވާހަކަ ނުދެއްކޭ ގޮތަށް އެކަހަރިކޮށް ބާއްވަން އެ ކޯޓުގެ ގާޒީއަކު އަމުރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެގޮތަށް ކަން ހިނގާ ނަމަ އެއީ ގާނޫނާ ހިލާފަށް ކުރައްވާ ކަމަކަށް ވެދާނެ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

މި އަޑުއެހުމުގައި، ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަބްދުﷲ ސައީދު ވިދާޅުވީ ޝަރީއަތް ކުރެވެމުންދަނީ އަދި އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ވެސް ހިލާފަށް ކަމަށެވެ.

މައުމޫނާއި އަބްދުﷲ ސައީދު އަދީ އަލީ ހަމީދުގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަށް އެބޭފުޅުން އިންކާރު ކުރެއްވި ނަމަވެސް ފަނޑިޔާރު މިއަދު ނިންމެވީ މަދަނީ މިންގަނޑުތަކަށް ބަލާއިރު އެބޭފުޅުންގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ސާރީ

    ކަލޭ އަމިއްލައަށް ކުރި ކަމަކުން ދޯ މޮޔަވާނީ...

  2. ޑރ

    ބަގާވާތް ކުރިއިރު ނޭންގޭތަ. ރިސްވަތު ހިފިއިރު ނޭންގޭދޯ ތިހެންވާނެ ކަމެއް. ހިލިހިލާ ޖަހާފަ ބާއްވަންވީ.

  3. ހަސީން

    މަނިކުފާނު ދޫކޮށްލައިފިނަމަ މިގައުމު މޮޔަވެދާނެ އެއްމެ މީހަކަށްވުރެ މި ގައުމު މާ މުހިއްމު...

  4. ޕޮފުބާ

    ރިސްފަތު ކާމީހުން ކަށްވަޅުން ތެދުވާނީ ޖިންނި މޮޔަ ވެގެންވާހާލުގަ

  5. ގުރާގެ ދޫ

    މޮޔަވީމަ ލާނެ ރަށެއް ވެސް އެބައޮތޯ

  6. ާއދ.

    ކަލޭ މޮޔައެއްނުވޭތަ ތިހުރިހާފައިސާ ނެގިއިރު

  7. ޗަކޮޮްނޮރިސް

    ބައިނަލްއަގުވާމީ މުއާހަދާ ތަކުގަ އޮންނަނީ ހިތައްއަރާއިރަށް ޖަލުގަ ތިބޭކުށްވެރިން ދޫކޮށްލަންތަ؟ ގައުމު ގެވަލިއްޔުލް އަމްރާ ދެކޮޅައް ރިޝްވަތުހިފާގައުމު އިނދަޖައްސާލަންތަ؟ އެފަދަކަންކަން ކޮށްފިނަމަ މިރާއްޖޭގަ ހައްޔަރުކޮށްފަ ބަހަޓަނީ. ޏުބައިނުލަފާމީހުން ފަރަންޖީން ނަމަމިހާރު ދުނިޔޭން ވަސްވެސްނުފެންނާނެ.

  8. ހަފީޒް

    ލާރިގަނޑު ހިތައްއަރާފަދޯ.

  9. މުހައްމަދު

    މޮޔަފުޅު ވިއްޔާ އަހަރެމެންނަށް ރަނގަޅީވެސް. އެއީ އެވަރުގެ ޒިންމާދާރު ކަމަކާ ހަވާލުކުރޭެމާ ބުއްދި ހަމާގައި ހުރެ ދުނިޔެ ފެނުމުން މޮޔަފުޅު ވެގަތީމާ !

  10. ނަޖީ

    މޮޔަވީމަނޫންތޯ ޖަލަޣްލާންޖެހުނީ

  11. ބާބޫ ނާޒް

    ރިސްވަތު ހިފިއިރު ޖަލަށް ވަންނަން ޖެހޭނެ ކަމެށް ކަލެޔަކަށް ނުވިސްނުނުދޯ ލާރިގަނޑުގެ ބޭނުން ނުހިފިގެން މޮޔަބޮލަށް އެރީދޯ ތިވަރަށް ކޮސްނުގޮވާ ތޭރިތަކުގެ ކައިރީގަ މަޑުންހުރެބަލަ ދެން މޮޔަވެދާނެކަމަށް ތިޔަގޮވަނީ މުޒާހަރާކުރާނެ ބަޔަކު ހޯދަންތަ؟

  12. ަހައިތަމް

    ކަންކަމާ ނުބެހޭ މަގުމައްޗަ ނުކުން މީހުންނަށް ދިމާވަނީ މިގޮތައް ......ވިސްނާލީމާ އެގޭ ނެއް ތިމަންނަޔަކީ ޒިންމާދާރު ބައްޕަ،ނުވަތަ މަންމަ،ނުވަތަ ދަރިން، ނަވަތަ އަނބެ ހުރި ކަން އެގެން ޖެހޭ .....ނުވިސްނަށް ހުރިހާ މީހުންނަ ވާނީ ރަނގަޅަ ދެން ކޮންވާހަކައެ ދައްކާކަ

  13. އަފްސީން

    ބަލާބަލަ ރިޝްވަތުޖާޑީ!

  14. ޔާން

    ބަލަ މަނިކުފާނު ސިކުޑިފުޅު މޮޔަވެގެން ކުރެވުނު ކަމަކުން ނޫންތޯ. ތިހާލު ކޮޅުގާ ޖެހުނީ

  15. ބަކުރުބެ

    ޖަލަކީ ޢާއިލާއާއި ރަހުމަތްތެރީންނާއި އެކު ވަގުތު ހޭދަކުރާ ހޮޅުއައްޓެއް ނޫން އެންމެ ރަނގަޅުގޮތަކީ ޖަލަށް ދާންޖެހޭފަދަ ޢަމަލުތަކާއި ދުރުހެލިވުން

  16. ބުރޯ

    އެހެންތޯ! މާޒީގެ ތެރެއަށް ފުންކޮށް ވިސްނާލާ ތިބާ ކުޅަކަންތަށް ތަށް ތިބާ އާއި ތިޔޮތީ ބަށްދަލު ކޮށްފަ ހީކުރީ ދޯ ތާ އަބަދަށް އިތްޒަތާ ބޮޑާކަމުގަ ހުރެވިދާނެކަމަށް ހަމަހިލާއެހެނަކުން ނުވާނެ! ދެން ތިޔަތާގަ އޮވޭ!!! ކޮންމެވެސް ދުވަހަކުން ސަލާމަތް ވެދާނެ ތޯޗެއް...ވ ސަލާމް.

  17. އައިކުޑް

    ޖަލުގައި އެކަނި ބަހައްޓާ ނަމަ، ސިކުނޑި މޮޔަވާނެ ކަމަށް ތަމެން މިއަދު ބުނަން އެބައިނގޭ ދޯ. ދެން ތަމެން ގައުމަށް ގައްދާރުވާން ވެގެން އިދިކޮޅު ބޮޑޭ އާއި ގުޅިގެން 5 މިިލިއަން ޑޮލަރުގެ ކަޓެއް ކައްވާލައިގެން ކޮން ދަނަހަލާލު ކޯޓް އަމުރެއްތޭ ނެރެގެން އުޅުނީ ތަމެން ހީކުރީ މީ ޕާކިސްތާނު ކަމަށްތޭ މަހަށް ދޭބަލަ ދެން ތަމެން މަހަށް މަހަށް މަހަށް ދޭބަލަ. ތިބޭ ޖަލުގައި އެކަނި ނޫން ދެކަނި ވިޔަސް ނޯ ވޮރީސް މަމެން ނަށް. އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި..

  18. ޜަސީދު

    ހަމަތިގޮތައް މޮޔަވާނެ މީހުން ތިބޭނެކަން ތިބޭފުލާ ފަޑިޔާރުކަމުގަ ހުރިއިރު އިގުން ނަމަ ކިތައޮމީހުން މުޔަނުވެ ސަލާމައް ވިސްތޯ

  19. ރެޓޭ

    މިއަދު ވާނީ މޮޔަތާ! އަދި ކޮބާ ކަލޭ ކޮށްގެން ތިޔައުޅޭ ބޮޑު ފާފައިގެ ސަބަބުން އާޚިރަތް ދުވަހު ކަންހުރި ގޮތަކީ؟ ﷲ އެ ފާފަ ނުފުއްސަވައިފިނަމަ ކީއްކުރާނީ؟

  20. މަރިޔަމް

    ބަޣާވާތް ކުރިއިރު ނޭގޭތަ މޮޔަވަނެކަން ދިވެހިރައްޔެތުން މޮޔަކޮށްފަ ޤައުމު ހަލާކު ކޮށްފަ ތހިވަނީ ހަމަ ރަގަޅަށް.. ކޮމމެ އިންސާނަކުވެސް ކުރާ ކުށުގެ ޖަޒާ ދެދުނިޔެއިން ދައްކާވާނެ މިދުނިޔޭގެ އަޒާބު ނިމެންދެން ހިތްވަރު ކޮށްލައްވާ.. ހެހެހެ

  21. އަފީ

    01 ފެބްރުއަރީ ގައި ހުކުމް ނެރުނުއިރު ކަލޭ ހުރީ މޮޔަވެފަ! ދެން އިތުރަށް ކަލޭ ވާނެ މޮޔައެއް ނެތް!

  22. ހުސޭނުބޭ

    ބަލަގަ ތި ޖަލަކަށް ގެންދަންޖެނުނީ ލާރިޔާގެން ބޫތުކައިގެން 15 މިލިއަން ޑޮލަރާހުރެ މޮޔަވީމާ އެ މޮޔަ ފިލުވާލަންނޫންތޯއެވެ.

  23. ޢަމަލުކުރަމާ

    މޮޔަ ވީމަ ގުރާދޫ އަށް ބަދަލު ކޮށް ދޭނެ

  24. އެއްމެން

    ކުރީގަވެސް މޮޔަވެފަ ހުރިކަމަށް އައްނި އަވައިގަ ޖެހިފަ ތިބިމޭހުން ބަލަމުން ދިޔައީ. މިހާރު ބާކީ ތިބި މީހުންވެސް ގަބޫލު ކުރަނީ އެގޮތަށް. މައުމޫނުގެ ދުވަސްވަރު ކިޔެވުމުގެ ފުރުސަތު ލިބުމަކީ މައުމޫނު ބޭނުންހާ ގޮތަކަށް ހުކުންތައް ނެރެގެން މައުމޫނުގެ ޒަމާނުގެ ހެން އެހުކުންތަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫންކަން ނެއެނގުނީ ކީއްވެގެން. ހަމަ ރަނގަޅަށް މޮޔަވެފަ ހުރީމަ.

  25. އެއްމެން

    ކުރީގަވެސް މޮޔަވެފަ ހުރިކަމަށް އައްނި އަވައިގަ ޖެހިފަ ތިބިމީހުން ބަލަމުން ދިޔައީ. މިހާރު ބާކީ ތިބި މީހުންވެސް ގަބޫލު ކުރަނީ އެގޮތަށް. މައުމޫނުގެ ދުވަސްވަރު ކިޔެވުމުގެ ފުރުސަތު ލިބުމަކީ މައުމޫނު ބޭނުންހާ ގޮތަކަށް ހުކުންތައް ނެރެގެން މައުމޫނުގެ ޒަމާނުގެ ހެން އެހުކުންތަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫންކަން ނެއެނގުނީ ކީއްވެގެން. ހަމަ ރަނގަޅަށް މޮޔަވެފަ ހުރީމަ.

  26. ރާބޮކި

    ކަލޯ ތިޔަމޮޔަވަނީ ގެއްލުނު އެއްޗެއްގެ ބޮޑުކަމުން

  27. އަޙްމަދް

    عبدالله ސަޢީދު އާއި މައުމޫނު ދެން ހަމްދަރްދީ ހޯއްދަވަން ތިއުޅުއްވަނީ.
    ދެން ތިފާޑަކަށް އުޅުއްވާނެ ކަމެތް ނެތް!
    ދެން ޖަލުގައި މަޑުކުރައްވާ.

  28. ބުއްސު

    މަނިކުފާނުތީ މިހާރުވެސް ސިކުނޑީގެ ބަޔަށް ވަގަށް ބޭސްްކުރަމުންދާ ބޭފުޅެއް.

  29. ގޮހޮޑާ

    މީގެކުރީން މިގައުލުގެ ވެރިކަން ކުރި ބޭފުޅަކުވެސް ވިދާޅުވި ތިމަންމަނިކުފާނު މީ ހަމަބުއްދިި ފިލާފައި ހުރި މީހެކޭ. ދެން ވިދާޅުވާންފެށީ ބޮވެން ޖެހޭނޭ ދެންފެނުނީ ބޭރުގެ ނޫހެއްގައި ސޫލާސިރާޒް ހިއްޕަވައިގެން އުޅުއްވި ވާހަކަ. އަނެއް ދުވަހު ޕޯޑިއަމަށް އަރާ ހުންނަވާ ވިދާޅުވީ ސުދާރަށް ގުދުވެއޮވެ ނުދާނެރުން ގޮދާ ދިޔާމާ ވާގޮތް އެނގިވަޑައިގަންނަވާ ވާހަކަ އެންމެ ފަހުން ނިންމާލަމުން ވިދާޅުވީ ދޮންމީހުން އުޅޭ ގޮތަށް އުޅެގެންނޭ މިކަން ވާނީ. އެހެންވީމާ މަނިކުފާނުވެސް އަމިއްލަފުޅަށް ތިމާމިހުރީ މޮޔަވެފައިއޭ ބުނީމާ އެނިމުނީ ދެން ނެގި ރިޝްވަތެއްވެސް ނޯންނާނެ. ހިނގާނެ ގާނޫނެއްވެސް ނޯންނާނެ

  30. ދިވެހިން

    ގަމުގެވަރަށް އިސް މަގާމެއް ހަވާލްކުރެވިފައިވާ މީހަކު އެމަގާމުގެ ބޭނުން ނަހަމަ ގޮތުގައިހިފުމަކީ ގައުމަށް ކިހާބޮޑު ނުރައްކަލެއް
    އޮތް ކަމެއްކަން އެނގިހުރެ އެކަމަށް އެއްވެސް
    އަޅާލުމެއްނެތި އަމިއްލަ މަސްލަހަތު ކުރިއަށް
    ނެރުނީތީ ހަމަ ހައިރާން ވަމެވެ.