ބްރިޖުވިއު ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގަމުން ދިޔަ އެކުންފުނީގެ ނިއުޕޯޓް ކެފޭ ރެސްޓޯރެންޓު ހުސް ހުސް ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ނިއު ޕޯޓް ވިއު ހިންގާ ބިން، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ތިން އަހަރަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ މަންޒަރު ބަލަން ޕްލެޓްފޯމެއް ތަރައްގީކުރަންށާއި، ރެސްޓޯރެންޓެއް ހެދުމަށެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.

ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދާ ކަމަށް ބުނެ މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.

އަދި އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، އެ އެއްބަސްވުން ބާތިލް ކުރުމަށްފަހުވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި، އެކަމަށް އަރާފައިވާ ޖޫރިމަނާގެ އިތުރުން ބަދަލު ނަގައިދިނުމަށްއެދިއެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ އެދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ނިއު ޕޯޓް ހުސްކޮށް، ދައުލަތާއި ހަވާލު ކުރުމަށާއި އަދި ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ސާބިތުވާ 1.1 މިލިއަން ރުފިޔާ މިލިއަން ރުފިޔާ އާއި ބިން ހަވާލު ކުރުމާއި ހަމައަށް އަރާ ޖޫރިމަނާ ވެސް ދެއްކުމަށް ޙުކުމް ކުރާކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެތަނުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާތީ އެއްބަސްވުން ބާތިލް ކުރުމަށް ސަރުކާރަށް ލިބޭ އިހްތިޔާރުގެ ދަށުން ކަމަށެވެ.

އަދި އެ އެއްބަސްވުން ބާތިލް ކުރުމަށް ފަހު އެ ބިން ބޭނުން ކުރުމުގެ ހައްގު ސްޓްރާޑާ ކުންފުންޏަށް ލިބިގެން ނުވާނެ ކަމަށް އެ ހުކުމްގައި ވެއެވެ. ސްޓާޑާއިން ވަނީ އެ ހުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލްކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުުރުމުގެ އަމުރަކަށް

ހައިކޯޓުގައި މިހާރުވެސް އޮތް އެ މައްސަލަ ސްޓްރާޑާ ކުންފުނިން ހައިކޯޓުގައި އެދުނު ފަދައިން ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ބުނެފައިވާކަން އެނގިފައިވެއެވެ.

އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ބުނިއިރު ޕްލޭނިން މިނިސްޓްރީގެ އިސްވެރިންތަކެއް ދާދިފަހުން ވަނީ އެތަނުގައި ތަޅު އަޅާވަފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑަކައިތި

    ނިއުފޯޓް ހުރިތަނުން އެތަންނަގައި ބިންސާފުކުރަންޖެހޭކަމަށްދެކެން ދައުލަތަށް ދައްކަންޖެހެ ބިމުކުލި ނުދައްކާ އޮތްއިރު އެތަންނަގައި ބިންހުސްކުރަންޖެހޭކަމަށްދެކެން

    3
    1