އިތުރު ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މޯލްޑިވިއަން ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މޯލްޑިވިއަން ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.

"މޯލްޑިވިއަން ސަފާރީ ކިޔާ ސަފާރީ ބޯޓެއް، އެ ބޯޓުގައި ހުރި ދިވެއްސެއް ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގުމަށްޓަކައި މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ހަތަރު އުޅަނދެއް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ ވީއެސްޖީ ގްލޯރީ ކާގޯ، އާކް ނޯބަލް ސަފާރީ، އައިލެންޑް ސަފާރީ އަދި އެސްވައި ސްޓާސް އެންޑް ސަފާރީއެވެ.

ރާއްޖެ އިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ފައްސވެފައި ވެއެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބި ކޮވިޑް-19 ގެ ދެބަލި މީހުންނެވެ. އެއީ ދެދިވެހިންނެވެ. އެދެމީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދެމީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޏަމްޏަމް

    މުޅި ދުނިޔެ މި ނުރައް ކާތެރި ވަބާ އިން ސަލާމަތް ކޮށްދެއްވާ އަދި ފައްސިވި ހުރިހާ މީހުންނަށް ހެޔޮ ދުޢާ ކޮއްދެން!

    5
    1
    • އާމިނާ

      މި ކޮމެންޓަށް ޑިސްލައިކު ކުރި މީހަކަށް ސަލާން!?

  2. ޟީ

    ކުދިންނޭ އަވަހަށް ރަޖާލާ! ކަމަ ކުނުދާނެ ކޮފީއަ ކަށް ދާން! ކަމަ ކުނުދާނެ ބޭރަށްގޮސް އަނގައަށް އެ ކި ގޮތްގޮތަށް ހަދައިގެން ސެލްފީނަގަން! ފަރުދީ ޒިންމާ އަދާ ކުރުމުގެ ނަމޫނާ އަ ކަށްވޭ! މި ކޮމެންޓު ކަމުނުދިޔަސް ދިޔަޔަސް މި ނަސޭހަތް އަޑުއަހާ!

  3. ދަލައިކާއްތަ

    ކުދިންނޭ ހޭލުންތެރިވޭ. ބޭރަށްނުދޭ. ފަރުދީ ޒިންމާ އަދާ ކުރުމުގެ ނަމޫނާ ބަޔަ ކަށްވޭ. މީޖޯ ކެއް ނޫން. ދައިތަގެ ނަސޭހަތް ކަމުދިޔަޔަސް ނުދިޔަޔަސް ބަސްއަހާ.?

  4. ރެޑްމޭން

    ދިވެހިން ބޭރުގަ ތިއްބާ މިތަނަށް މި ދަނޑިވަޅުގައި ނުގެނެސްބަލަ. އެލެކުސް ގައުމު ވިޔަސް ހެޔޮ

    10
    • އާމިނާ

      ދޯ ރެޑްމޭން!

  5. އާމިނާ

    މި ކޮމެންޓަށް ޑިސްލައިކު ކުރި މީހަކަށް ސަލާން!?