އިންޓަނެޓް އަގަށް އޭޕްރީލް 01 ގައި ބަދަލު އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫލް އަބްދުލްއަޒީޒް ވިދާޅުވީ އިންޓަނެޓް އަގަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ވާހަކައެއް މިހާރު ދައްކައި ނިމިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އިންޓަނެޓް އަގަށް ގެންނަން ބަދަލުތައް ޓެލެކޮމް ކުންފުނިތަކުން ކުރިއަށް އޮތް ދެދުވަސް ތެރޭގައި ހާމަކުރާނެ ކަމަށެވެ.
"އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ވަނީ ނިމިފައި. އޭޕްރީލް 01 އިން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް އެބޭފުޅުން ވިދާޅުވެފައިވޭ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދެ ދުވަހު ޓެލެކޮމް ކުންފުނިތަކުން ހާމަކުރާނެ" މަބްރޫކް ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގަށް ބަދަލެއް ގެންނަން ތައްޔާރު ވަމުން މިދަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުން އިންޓަނެޓްގެ އަގު ބޮޑުކަމުގެ ޝަކުވާ އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންޓަނެޓް އަގުބޮޑު ކަމުގެ ޝަކުވާ ހުއްޓުމެއްނެތި ދިވެހިން ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ. އެވައުދު ފުއްދުމަށް މީގެ ކުރިން ވެސް ސަރުކާރުން ވަނީ ޓެލެކޮމް ކުންފުނިތަކާއި އެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެމަޝްވަރާތަކަށް ފަހު ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު އިންޓަނެޓްގެ އަގު ހެޔޮކުރާށެވެ.
ރަނގަޅު ބަދަލެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރަން. ދިނީމޭ ބުނަން އާތްވަށް އަރައިގެންދާ ކަހަލަ ލަޓޯ ފަޓޯ ބައު gb ގަނޑެއް ނޫން ދޭނީކީ
ނުވެސް ދޭނެ! ހައްދަންވެގެން! ޙަހަހަ އެހެން ކިޔާތާ ކޮންޒަމާނެއް! ބޯބަހައްޓްބަލަ
ތިޔައީ ބޭނުންކަމެއްނޫން ، ތިޔަނެޓް ބަލައިގެން ހިނަގަނީ ލަދީނީ ކަންކަމާ ލަދީނީ ވީޑިޔޯ ބެލުން .އަހަރުމެން އަޑުއެހިން މަސަހޫރުވެބްކެމް ގަ ގިނަބަޔަކު ބަސްޓް ވީވަހަކަ ތިޔައަކީ އަގުހެޔޮ ކުރަންޖެހޭ އެއްޗެއްނޫން.
ބޭނުންކުރާ ކަރަންޓްގެ ޚިދުމަތުގެ ބިލުން %40 ، ފެނުގެ ޚިދުމަތުގެ ބިލުން %30 ކަނޑާދޭން ނިންމާފައިވާއިރު ހަމަ ޢާއްމު ޚިދުމަތަކަށްވާ ފޯނުބިލުން އެއްވެސް % އެއް ކުޑަކޮށްދިނުމެއް ނެތީތޯ؟ މިހެން މިދެންނެވީ ފޯންޚިދުމަތުގެ ތެރެއިން ޕޯސްޓްޕެޑް ޕެކޭޖްތަކަކީ ބޭނުންކުރިއަސް ނުކުރިއަސްވެސް އެއްމެ މަދުވެގެން އެ ޕެކޭޖްގައިވާ ޢަދަދަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭ އެއްޗަކަށްވާތީ، ދެން ބުނެފާނެކަން ނޭނގެ ކަލޭމެން ކަލޭމެންގެ ޕެކޭޖް ކުޑަކުރީމަ ނިމުނީނުންހޭ، އެހެންކަމަށް ވަންޏާ ކަރަންޓާއިފެނަކީ އެބޭނުންނުކުރުމުން އެއްވެސްވަރަކަށް އަރާނެ އެއްޗަކަށްނުވާއިރުވެސް ރައީސް އިބޫ ޞޯލިހުގެ ހެޔޮފުޅުކަމުން އެވަނީ ކުޑަކޮށްދެއްވާފަ، އެހެންވީ އިރު ބޭނުންކުރިއަސް ނުކުރިއަސް އެނަގަން އޮންނަ ވަރަށް ނަގަމުންދާ އެއްޗެއްގެ އަގު ކުޑަނުކުރަންވީ ޞަބަބަކީ ކޮބާތޯ؟ އެއްމެންވެސް ގޭގައި ތިބޭއިރު ގާތްތިމާގެމީހުންނާއި އަދި ވަކިންދިރިއުޅޭ މައިންބަފައިންނާއި ދަރިންގެ ޙާލުބެލެންވެސް މިއޮންނަނީ ފޯނުކޮށްގެންކަމަށްވާތީ ކޮވިޑް އާއި ފޯނާއި އޮތްގުޅުންވެސް ވަކި ކުޑައެއްނޫން ނުންތޯ؟
އަގުބޮޑުވާ ޒާތުގެ ބަދަލެއް ނާންނަންޏާ ރަނގަޅު
ބޭނުންކުރާ ކަރަންޓާއި ފެނުގެ އަގު ރައީސް އިބޫ ޞޯލިހު ކުޑަކޮށްދެއްވާފައިވާއިރު ހަމަ ޢާއްމު ޚިދުމަތަކަށްވާ ފޯނުބިލުން އެއްވެސް % އެއް ކުޑަކޮށްދިނުމެއް ނެތީތޯ؟ މިހެން މިދެންނެވީ ފޯންޚިދުމަތުގެ ތެރެއިން ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ބޭނުންކުރިއަސް ނުކުރިއަސްވެސް އެ ޕެކޭޖްގައިވާ ޢަދަދަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭ އެއްޗަކަށްވާތީ، އެއްމެންވެސް ގޭގައި ތިބޭއިރު ގާތްތިމާގެމީހުންނާއި އަދި ވަކިންދިރިއުޅޭ މައިންބަފައިންނާއި ދަރިންގެ ޙާލުބެލެންވެސް މިއޮންނަނީ ފޯނުކޮށްގެންކަމަށްވާތީ ކޮވިޑް އާއި ފޯނާއި އޮތްގުޅުންވެސް ވަކި ކުޑައެއްނޫން ނުންތޯ؟
އިންޓަނެތް ގެ އަގު ގެ މައްސަލަ އެ ނެތް.އެއީ އެކިއަގުތަކުގަ އެކި ޕެކޭޖު އެބަހުރި ވީމާ ކޮންމެ މީހަކުވެސް އެމީހަކަށް ކޮންމެ ހެން ބޭނުންވާ މިން ވަރުގެ ޕެކޭޖެއް ބޭނުން ކުރާނަމަ އަގު ބޮޑު ވެގެން އުޅޭކަށް ނުޖެހޭ. ތިމާކުރިން ކުރިހުރިހާކަމެއް ކުރަން ހިދުމަތް ތަކުގެ އަގުގެ މައްސަލަ ޖެއްސުން އެއީ ވަރަށް ތާކުން ތާކު ނުޖެހޭ ކަމެއް އޭގެ ބަދަލުގަ މިވަގުތަށް ބޭނުން ވާ ވަރު އިހުތިޔާރު ކުރަން ވީ.ވަކި ކަމެއް ގަ އެއްނުން ހުރިހާކަމެއް ގަ ވެސް. މުސާރަ ވިޔަސް އެލަވަންސު ވިޔަސް، ސާވިސް ޖާޖުވިއަސް،ކުލިވިޔަސް.... އެހިދުމަތް ތަށް ދޭފަރާތް ތަށް ސަލާމަތް ވެގެން ފަހުން ކަންކަން ރަނގަޅުވާނީ.
ހަމަ ޔަގީން އެއްވެސް ހެޔޮ ބަދަލެއް ނާންނާނެ. މިކަމުގައި ސަރުކާރުގެ އެއްވެސް އިޚްލާޞްތެރިކަމެއްނެތް. އަދިވެސް މި ސަރުކާރަށް ސަތޭކަ ދުވަސް ހަމަނުވޭ
ތީ މިނިސްޓަރ މަލީހުއަށްވެސް އެނގިނުލައްވާކަމެއް!
ދޮންކަލޯ އިންޓަރނެޓް އަގުހެޔޮކޮއްފަ ސްޕީޑް ދައްކުރީމަ ދެންމިވާގޮތަކީ މިހާރު މިދާ ހަރަދައްވުރެ އެތައް ގުނައެއް ހަރަދު ބޮޑުވަނީ ދިވެހިން ގަޅިޖެއްސުން ހުއްޓާކައް ނުވޭބާ
ތިޔަގެ އަގުހެޔޮ ވަނެ ކަމެށް މިބަލަނި
ބާބޫޖީ ލޯޑިންގައި އިންޓަނެޓް އަގުހެޔޮ ނުކުރިއަސް ވަރިހަމަ. ކޮންމެ ދެދުވަހުން އެއްދުވަހު ދިރާގު ނެޓް ނުލިބޭ . އެހާސްލޯކޮށް ހުންނަނީ. ދިރާގު ވަރަށްކަޑަ. ގެންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ. ދިރާގުން ގެންނަ ފަހުގެ ޓެކްނޮލޮޖީ ތައް ދުވަހެއް ދުވަހަކަށްވުރެ ފެންވަރު ދަނީ ދަށްވަމުން.