ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ފައްސި (ޕޮޒިޓިވް) ވި ދިވެހި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި 29 މީހަކު ހޯމް ކަރަންޓީން ވުމަށް އަންގާފައިވާ ކަމަށާއި އަދި ދެ ވަނަ އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިން ހަދައި ފަސް މީހަކު ވަނީ އައިސޮލޭޓްކޮށްފައި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ދެވަނަ މީހާ އާއި ކޮންޓްރެކްޓް ޓްރޭސިން ހަދައި 48 މީހުން ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް އެކަހެރި ވާން އެންގީ ފަސް މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ތިބީ ކަރަންޓީން ފެސިލިޓީތަކުގައި ކަމަށައި ދެ މީހަކު ތިބީ ގޭގައި އައިސޮލޭޓް ކޮށްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މޫސާ މުރާދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުން ނުދާކަން ކަށަަވަރު ކުރުމަށް، ސަވައިލެންސް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. މިހާތަނަށް ބަލާއިރު، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމަށް ބެލެވޭ ގޮތަށް ބަލި މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ.މުރާދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ނަމަ ކުއްލިއަކަށް އެތައް ބަޔަކު ބަލިވެ ހޮސްޕިޓަލްތަކާ ހަމަ އަށް ދާނެ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ރާއްޖެ އިން އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ފައްސވެފައި ވެއެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބި ކޮވިޑް-19 ގެ ދެބަލި މީހުންނެވެ. އެއީ ދެދިވެހިންނެވެ. އެދެމީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދެމީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޯ.އްމް.ޖީ

    48 މީހުންގެ ތެރެން 5 މީހުން؟! ބާކީ 43 މީހުން ގޭގަ ތިބޭނެތީ ހަރާން. ތި ވެވެނީ އިހުމާލެއް ނޫންތަ؟؟ އިތުރު އެތައް 43 މީހަކާ ތިމީހުން ބައްދަން ވެސް ބައްދާނެ

    34
    • ކުޢީރާންޠީނު ފިލް ވައްތީނި

      ރައްކާތެރި އެއްކިބާގަ ބާއްވާފަ އެއްގޮތަކަށް ކުރެވިގެންވެސް ވާނެ ކަމެއް ނޫން. މިވަގުތަށް އެކަށީގެންވާ ވަރަށް ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ކުޢީރާންޠީނު އެނދު ތައްޔާރު ކުރެވިފަހުރެފަ ތިޔަބުނާ އޮނަ ބަޔާޅީސް މީހުން ގެޔަށް ދޫކުރެވިފަ ތިބުމަކީ އެޗްޕީއޭ ދައިތަގެ ފަރުވާ ކުޑަކަން. އެދައިތަ ބޭނުން އަމުރެއް މިވަގުތަށް ނެރެގެން ރައްޔިތުންގެ ސަލާމަތަށް މަސްއްކަތް ކޮށްދޭން ގާނޫނު ލާޒިމުކުރާއިރުވެސް ދައިތަ އެހުންނަނީ އިތުރު ލެސަނެއް ހޯދަންށޭކިޔާފަ އެމީހުންތައް ގެޔަށް ދޫކޮށްލައިގެން. އިއްދައިން ކެނޑިފަތިބޭ މީހުންނާ ބޮޑެތި މަސްއޫލިއްޔަތު ހަވާލުކުރީމަވާނެ ހަތަރެތި އެވަނީ.

  2. ބޯކިބާ

    ބޭރުން އައިގޮތަށް ކަރަންޓީނުކުރިބަޔަކާއި މިހާވަރަށް މީހުން ކޮންޓެކްޓް ވެފަވަންޏާ ކަލޭމެން ރައްޔިތުންގެ ފައިސާ ތިޔަ އިސްރާފުކުރަނީ.

    46
    • ހަބޭސް

      ވަރަށް ބޮޑު ތެދުފުޅެއް. ކުރުކޮށް ފޮނިކޮށް ލައްކަ ވާހަކަ ތިބުނީ

  3. އަޑަފި

    ކޮންޓެކްޓް ވެފައި ތިބިމީހުން މާލޭގެ ތޮއްޖެހިފައި ހުންނަ ގޭގޭގައި ބޭތިއްބުމަކީ ރައްކާތެރި ކަމެއްނޫން. އެއިން މީހަކު ޕޮސިޓިވް ވާ ހާލަތެއް މެދުވެރިވާ އިރު އެގޭގައި އުޅޭ އެހެން މީހުން އެކިތަންތަނަށް ގޮސް ހަދާފަ ހުރެއްޖެނަމަ ވަރައްގޯސްވާނެކަން ހަނދާން ކުރަންވާނެ.

    44
    1
  4. ޢާދަނު

    ބޭރުން އައިސް އެންމެންނާ ބައްދަލުކޮށް ނިމުނީމަތަ ކަރަންޓީނު ކުރަނީ؟!؟!؟!؟