މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އީވް ކްލިނިކް ގޯޅި ތެރޭގައި ހުރި ގެއެއްގައެވެ. ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައިވަނީ މިރޭ 23:03 ކަންހާއިރު އެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މިރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ތިރިންގަލި ގޭގެ ފުރާޅު މައްޗަށް، އެގެއާ ޖެހިގެން ހުރި ގެއިން އެއްލާލި އެއްޗަކުން ތިރިންގިލި ގޭގެ ފުރާޅުމަތީގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމަންޒަރު ފެނުނު ބިދޭންސީންތަކެއް ކަމަށެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން އެއްވެސް މީހަކަށް އަދި އެއްވެސް މުދަލަކަށް ގެއްލުމެއްވެފައި ނުވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔާގޫތު

  ޒާތީ ރުޅިވެރިކަމެކޭ...

 2. ސީސީ

  ބިދޭސީންގެ ކިބައިގައި ރަނގަޅު ސިފަ ހުރޭ.

  11
  1
 3. Anonymous

  ރޯވި ގެއާއި ޖެހިގެންހުރިގެއިން އެއްލި އެއްޗަކުންކަން އަލިފާންރޯވީ އިނގޭއިރު ތިޔައީ މިހާރުން މިހާރަށްވެސް ބަލާ ތަހުގީގު ހިންގަންޖެހޭ ބޮޑުމައްސަލައެއް، އަނެއްވާހަކައަކީ މިގައުމުގައި އުޅޭ ބިދޭސީ މީހުންނަށް އަހަރުމެން ބައެއް ދިވެހިން ހާދަ ނިކަމެތިކޮށް ކަންތައްކުރެޔޭ އަދި އެމީހުން މިގައުމުން ފައްސާލަން ގޮވަމުންދާއިރުވެސްއެ ހިތަށްއަރާ އެމީހުންގެ ފަރާތުންވެސް މިގައުމުގެ ރައްުޔިތުންގެ ސާލާމަތާއި ރައްކާތެރިކަމަށް ފައިދާ އެބަވެޔޭ، އެއީ އެހާމެ ޚުކުލްޤު ނުބައި ބައެއްވެސް ނޫނޭ!!!

  5
  1
 4. ސަޓޯ

  ޕިސް ޕިސް ޕިސް ފުރާޅު މައްޗަށް ކުނިއަޅަންޔާ ވާނީ ތިހެން

  2
  1
 5. ސަޅި

  ގަލޮޅު މާލެހިޔާ2 ގައިވެސް އުޅޭ އެގޮތަށް ޖެހިގެން ހުރި ތަންތަނަށް ކުންޏާއި އޭތިމީތި ކަނޑިނޭޅި އުކާބައެއް. ކަމެއް ވީމާ، ނޫނީ ކަމެއް ކުރީމާ ބުނާނެ ވެއްޖެޔޭ!