ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތަކުގެ ވަޒީފާތަކުން ކަނޑާލާ ފަރާތްތައް ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިގޮތަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލޭ ގިނަ މައްސަލަތައް ފެންމަތިވަމުންދާ މި ދަނޑިވަޅުގައި އެކަމަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހުގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވައި ޖާބިރު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކަނޑާނުލުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށާއި، އެ ވާހަކަފުޅަށް ތާޢީދު ކުރައްވާ ކަމަށެވެ.
އަދި މުސީބާތުގެ މި ވަގުތުގައި އެފަދަ ގޮތަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފޮނުވާލުމަކީ އެފަރާތްތައް އިތުރަށް ހާލުގައި ޖެހޭނެ ކަމެއް ކަމަށާއި، އެއީ އިންސާނިއްޔަތާއިވެސް ޚިލާފު ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. މި ޓްވީޓުގައި ޖާބިރު އިތުރަށް ވިދާޅުވީ، ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް އޭނާގެ ކުންފުނިތަކަށް ދިއުމުގެ ފުރުސަތު އޮތް ކަމަށެވެ.
"މުސީބާތުގެ ވަގުތުގައި އިތުރަށް ހާލުގައި ޖެއްސުން އެއީ އިންސާނިއްޔަތާއި ޚިލާފު ކަމެއް. ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކަށް ވަޑައިގަންނަވާ،" ޖާބިރު ވިދާޅުވިއެވެ.
ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަ ކުރުމާއި މުސާރަ ނުދޭގޮތަށް ދިގު މުއްދަތަށް ޗުއްޓީ ދިނުން ފަދަ ކަންކަން ހިނގަމުން ދާއިރު، އެކަންކަން ގިނަފަހަރަށް ހިނގަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާއި ވެސް ޚިލާފަށް ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ވިދާޅުވީ، މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ނޯޕޭ ލީވްއަށް ފޮނުވާލުމާއި މުސާރަ އާއި އިނާޔަތްތައް ކުޑަ ކުރާ ކަމުގެ ޝަކުވާތައް ގިނަ މުވައްޒަފުންގެ ފަރާތުން އެ އޮތޯރިޓީ އަށް ލިބެމުންދާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ވަޒީފާގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެކަން ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ވަނީ އެދިފައެވެ. އެ މިނިސްޓްރީން ވިދާޅުވީ، ވައިރަސް އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާ ނަމަ "ޖޮބް.ސެންޓަރަ" ގައި ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.
މީ ހުރިހާވެސް މީހަކީ.
ޖާބިރުގެ މަސައްކަތުގަ ﷲ ބަރަކާއްލައްވާށި ރިޒޯޓް ތަކުގަ ވަޒީފާ އަދާކުރާ މީހުންގެ ޚައްގުގަ ތިވަރުގެ ބަހެއް ބުނެލަން ކެރުނު މީހަކުވެސް ނެތެއްނޫން. ހަމަ ޔަޤީނުންވެސް އެމީހުން ހާދަ ވަރަކަށް ދާ އޮހޮރުވައިގެނޭ ތިތިބަ މީހުން ބޮޑު މަހުޖަނުންނައް ވެފަ ތިތިބީ. ލަދެއް ހަޔާތެއް ހުރިބަޔަކު...............................ބޯމަތި ވަމުން މިއަންނަނީ ރޯދަމަސް އެމީހުންގެ އާއިލާތަކައް ހާދަ ބޮޑު ނިކަމެތިކަމެއް ލިބިގެން ދާނެޔޭ.
އަރާމު ހިތަށްފަސޭހަ ކޮމެންޓެށް ?
އޭ ޖާ ގިނަދުވަހަށް ދެމިހުންނާނީ ތިމަާ އަށްވުރެ އަނެކާ އިސްކޮށްގެން އިންސާނިއްޔަތަށް ޓަކައި ކޮށްދޭ މަސައްކަރް ކަލޭގަޔާ ކަލޭގެ ދަށުގައި ތިބި މުވައްޒަފުންނަށް މިދަނޑިވަޅުގައި އިހްސާންތެރިވެއްޖެނަމަ އެމީހުން ކަލޭގެ ނަން ދަމަހަށްޓާނެ
އާން ވަރަށް ރީތި ޖާބިރު އެވިދާޅުވަނީ އަހަރެންގެ ކުންފުޏާއިގުޅޭށޭ... އިތުރަށް ހާލުގައި ޖައްސަންތޯ އެއީ މުސާރަނުދީ މަސައްކަތް ކުރުވަންވެގެން.... އަލިދޫ ރިސޯޓް ހިންގިއިރު މުސާރަ ނުދީ ކިތަށް މީހުން ތިބިއިރު ވަޒީފާއިން ވަކިކުރިީ ކިތަށްމީހުން؟ މިހިސާބަށް ދިޔާމަވެސް ތިމާގެ އިޚްލާސްތެރިކަމެއް ނެތި ސިޔާސީ ސްޓަންޓް ޖެއްސުން ހުއްޓާލަން އިލްތިމާސްކުރަން
ބޭފުޅާ ގެ ވާހަކަ ވަރަށް ރަނގަޅު! އެކަމަކު ސްޓާފުންނަށް މުސާރަ ނުދޭ ކުންފުނި ތަކުގެ ތެރޭގައި ބޭފުޅާގެ ކުންފުނި އުޅެނީ ނަމްބަރު ވަން ގައި ކަމަށް ބުނު އުޅޭ
މާތް ﷲ ޖާބިރުގެ މުދަލުގައި ބަރަކާތްލައްވައި އިތުރުކޮށްދެއްވާށި. އާމީން...
މިފަހަރުވެސް ތިޔަ ދެއްކެވީ އެހެން މަހުޖަނުންނަށް ވަރަށް ހިތްގައިމު ރިވެތި މިޘާލެއް.
މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ބައެއް ރިސޯރޓް އޯނަރުން މުއައްޒިފުންނަށް އެހީތެރިވުމުގެބަދަލުގައި އިތުރަށް ނިކަމެތިކޮށްލާ މާޔޫސްކޮސްލުމަކީ ވަރަށް އިންސާނިއްޔަތުކަން ކުޑަ ޢަމަލެއް. މިފަދައިން ކަންތައް ކުރާ ފަރާތްތަކުގެ ވަޒީފާއަށް ދިއުމާމެދު ކުރިޔަށް އޮތްތަނުގައި ދިވެހިން އިތުރަށް ވިސްނާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫން.
ކަލޯ ކަލޯކިތައްމީހުނައް ކިތައްމަސްވަންދެން މުސާރަނުދީ ހުރިކަން ހަމަކަލޯއައްނޭގެނީބާ!.
ޖާބިރުތީ ހުސް އަގަ ތަޅާ މީހެއް.މުވައްޒަފުންނަށް މުސާރައެއް ނުދޭނެ. ބާ އެކަނި ހުރީމަ ނިމުނީ. ދެން ވިއްކާލާނީ ރިސޯޓް މުވައްޒަފުންގެ މުސާރައާ ސަރުކާރަށް ދައްކަން ޖެހޭ ލާރިއޭ ޢޭނައަށް ލިބޭ ވިޔަފާރި ފައިދާ
ޖާބިރަކީ އާއްމު ހާލަތްތަކުގަވެސް މުއަައްޒިފުންނަށް މުސާރަ ގަވާއިދުން ނުދޭ ފަރާތެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެއް. މިފަދަ ދައުވަތެއް ދިނީމާ ސުވާލު އުފެދޭ.
ކޮވިޑް 19 އެއީ ކޯޗެއްކަން މީހުންނަށް ނުވެސް އެނގޭ އިރުވެސް މުއައްޒަފުންނަށް މުސާރަ ނުދެވޭ މީހެއް ތީ. ދެން އަދި އަމުދުން ކިހިނެއް މުސާރަދޭނީ
ކޮވިޑް 19 އެއީ ކޯޗެއްކަން މީހުންނަށް ނުވެސް އެނގޭ އިރުވެސް މުއައްޒަފުންނަށް މުސާރަ ނުދެވޭ މީހެއް ތީ. ދެން އަދި އަމުދުން ކިހިނެއް މުސާރަދޭނީ މިހާރު
ޖާބިރު ދައްކާ ވާހަކަ ތެދުކުރާނީ ކިހިނެތް އެކި ފަހަރު އެކިގޮތައް ވާހަކަދައްކަންޏާ. ވަރަށް ސޭކު މީހެއް.އެއީ