ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، މިފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްރީލަންކާއަށް މޯލްޑިވިއަން އިން ކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓް ތަކުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، މިގޮތަށް ފޮނުވޭނީ ކޮންމެ އާއިލާއަކަށް ވެސް 15 ކިލޯގެ ތަކެތި ކަމަށާއި، އެތަކެތީގެ ތެރޭގައި ހަމައެކަނި ހިމެނޭނީ ޒަރޫރީ ބޭނުންތަކަކަށް ބޭނުންވާ، ލަންކާގައި ލިބެންނެތް ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތާ ދުވަހަކު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށް ހަމަޖެހިފައިވާތީ، އެ ފްލައިޓުން އެއްޗެހި ފޮނުވޭނެ އުސޫލެއް ފޮރިން މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައެވެ. ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ޑައުލްޑްކޮށް ހުށަހަޅަން ޖެހޭނެއެވެ.

ސްރީލަންކާއަށް ފޮނުވާ ތަކެތި ހުންނަން ޖެހޭނެ އުސޫލުގައި ބުނާ ގޮތުން ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ. އަދި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15kg ގެ ތަކެއްޗެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ

• ޑަކްޓަރީ ބޭސް (ޑަކްޓަރުގެ ޕްރިސްކްރިޕްޝަން ސިޓީ އޮންނަންވާނެ)
• މަސް ދަޅު ކޭސް
• ނޫޑްލްސް ކޭސް
• ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގ ގައި ހުންނަ ފުޅި)
• މަސް ޕެކެޓުފަތް ޕެކެޓު/ ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކުރެވިފައިވާ ކާބޯތަކެތި

އަންނަނިވި ތަކެތި ކާގޯގެ ގޮތުގައި ނުފޮނުވޭނެއެވެ.

  • ފައިސާ
  • ރޯމަސް
  • ކޭކް
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ސްރީލަންކާއަށް ތަކެތި ފޮނުވުމަށް އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

ކާގޯގެ ގޮތުގައި ފޮނުވުމަށް ބޭނުންވާ ތަކެތީގެ މައުލޫމާތު ހިމެނޭ ފޯމް ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކޮށް މިފޯމު ކޮންމެ ބުރާސްފަތި ދުވަހެއްގެ ކުރިން ފުރިހަމަކުރުމަށްފަހު އޮންލައިންކޮށް ހުށަހަޅަން ޖެހޭނެއެވެ. ކޮންމެ ފްލައިޓްއަކަށްވެސް ކާގޯގެގޮތުގައި ގެންދެވެނީ ވަކި އަދަދެއްކަމުގައި ވާތީ، ފޯރމް ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިނިސްޓްރީއަށް ހުށަހެޅޭ ފޯމް، އެޕްރޫވް ކުރުމަށްފަހު ފޯރމް ހުށަހަޅާފަރާތައް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ. ތަކެތި ގެންނަންވާނީ ފޮށިގަނޑެއްގައި، އެޕްރޫވް ކޮށްފައިވާ ފޯރމާއެކު(ބަންދު ކުރުމަށް ބޭނުންވާ ސާމާނު ގެންނަވަން ވާނެއެވެ.) ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ބަސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީސް އިން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 0900 އިން 1300 އަށެވެ.

މި ތަކެތި ފޮށިގަނޑުގައި ބަންދުކުރަންވާނީ މޯލްޑިވްސް ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީއިން ބެލުމަށް ފަހު ކަމަށާއި ފޯމުގައިވާ މަޢުލޫމާތުތަކަށް ބިނާކޮށް، ފޮނުވޭތަކެތި ލޭބަލް ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ރާއްޖެއިން ފޮނުވާތަކެތި ސްރީލަންކާގެ ކަސްޓަމްސްއިން ކްލިއަރ ކުރުމަށްފަހު، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ހަވާލުވާނެއެވެ. އަދި މިތަކެތި ލިބެންވީ ފަރާތްތަކަށް ރައްދު ކުރާނީ ހައިކޮމިޝަން މެދުވެރިވެގެންނެވެ.

ސްރީލަންކާގައި ކާފިއު އިއުލާން ކޮށްފައި އޮތުމުން ލަންކާގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބޮޑެތި ދަތިތަކެއް ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިބްރާހިމް ފުޅު

    ލަންކާގައި އެކަނި ތޯ ދިވެހިން އުޅެނީ ތީ ވަރަށް ބޭ އިންސާފުން ކުރައްވާ ކަމެއް އެހެންމިދެންނެވީ ހަމަ މެލޭސިއާ، އިންޑިޔާ ގައި އަދި އެހެން ޤައުމުތަކުގައިވެސް ދިވެހިން ހަމަ ދަތިހާލުގައި އެބަތިބި ތަކެތި އެފަދަ އާއިލާތަކަށް ފޮނުވަން ބޭނުުންވާގިނަ މީހުން ޢާއިލާތަކެއް އެބަތިބި، މިކަހަލަ ކަންތައް ކުރެއްވުމުގެ ކުރިން އެބަޖެހޭ މިކަމުގެ ދިރާސާއެއްކުރައްވަން ، ދިވެހި ރައްޔިތުން ކޮންމެތަކު ތިބިކަމުގައިވިއަސް ވާނީ ހަމަހަމ، އެހެން ނޫން ސަރުކާރުގެ އިއްޒަތްތެރި ބޭފުޅުންގެ ޢާއިލާ ލަންކާގައި ތިބީމަ ފޮނުވާ އެއްޗެކޭ ބުނީމަ އޯ.ކޭ ހަމަ. ޝުކުރިއްޔާ ޖާބިރު

    5
    6
  2. ހަސަދު

    ބޭރުގައުމެއްގައި އުޅޭ އެއްވެސް މީހަކަށް ހުރިހާ ޒުރޫރީ ބޭނުން ފުއްދައެއް ނުދެވޭނެ. ބައެއްފަހަރު ދަތީގައި ވެސް އުޅެން ޖެހޭނެ. ގައުމު ދޫކޮށް ދިޔއީ މޮޅަށް އުޅެންވެގެން. ކަންދިމާކުރި ގޮތުން ކާރިސާ އަކާ ދިމާވީ. ދެން ސަރުކާރުގައި އެދޭނެ ކަމެއް ނެތް ތަކެތި ފޮވާދޭކަށް. ކާރިސާ ނިމެންދެން ކެެއްކޮށްލާނީ.

    11
    4
  3. ޟިޔާ

    މީ މަކަރުވެރިކމައެކު ބޮޑުންގެ އާއިލާ ތަކަށްތަކެތި ފޮނުވަންހީލތްތެރިކމާއުކ
    އުލަތުންހޭދަކޮށްގެންހިންގާޖަރީމާއެއް އާދައިގެ އާއްމު ރައޔިތަކަށްހެޔޮ އެދި ކުރާކމެއްނޫން.

    8
    3
  4. ވެރިން

    މިއުޅެނީ ކާނެއެއްޗެއް ބޯނެ އެއްޗެއް ގައްނަން ބޭރަށް ނުދެވޭތީ،ތި ލިސްޓުގަ ގެނދެވޭނަ ކަމަށް ބުނެފަހުރި ރިހާ ކުރު،މަސްފަތް ޕެ ކެޓް، ޕެ ކެޓް ކޮއްފަަ ހުއްނަ ކާބޯތަ ކެތި މީ ކީ ޒަރޫރީ އެއްޗެހި ކަމަ ކަށް ނުދެ ކެން، މި އެއްޗެހި ނޫނީ ދެންހުރި އެއްޗެހި ލަން ކާ އިން ގަންނަން ލިބޭ. ހީ ކުރަން އަދި ތި ލިސް ރިވިއު ކުރާނެ ކަމަށް

    3
    2
  5. ހޫދު

    މިވަގުތު މިގައުމަ ކާގޯފުލެްިޓުއޮތީމަ އެހެންގައުމުތަކުގަވެސް އުޅޭކަންއިގޭ....

  6. hamaހަމަ

    ތިޔަ ހައްދަވަނީ ގޯހެއް. މާލޭ ގެ ގޯތި ބޮޑު އަގުގަ ކުއްޔަ ދީފަ ގޮސް ތިބޭ ކިތައް މީހުން ތިޔައިގެ ނާޖައިޒް ފައިދާ ނަގާނެ. އެހީ ވެދެން ޖެހޭނީ ހައްގު ވެރިންނަށް. ހިލޭ ސާބަހަށް ބަހަންޏާ ކޮންމެ ދިވެހި ގޭބިސީ އަކަށް ވެސް 15kg ދޭން ޖެހޭނެ

  7. މުބީނު މާރނީ

    އަޅެ ދެން ކީކޭ ބުނާނީ ! ތިޔަ މުރަނގަ ފަތެއް ނުކައި މިވަގުތު ތިޔަތާނގައި މަޑުކޮށްބަ !

  8. ޝައްފަ/ކޮލޮމްބޯ/ލަންކާ

    އިބޫ ގެ އާއިލާ ގެ ބައެއް މެމްބަރުނާއި އިބޫ ގެ މަންމާފުޅު ހުންނަވަނީ ލަންކާ ގައި. އާމިނަތު ސޯލިހު ގެ ފިރިމީހާ އަކީ ލަންކާ މީހެއް.