ފޯނުން ގުޅައިގެން މީހަކުގެ އަތުން ފައިސާ ހޯދި މީހަކު ފުލުހަށް ހާޒިރުވާން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ވިދާޅުވެފައި ވަނީ ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ޙާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޙާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ޙާޒިރުވުމަށް އަންގައި އިޢުލާނުކުރީ ކަމަށެވެ.

ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ވ.ކެޔޮދޫ، ހީނާމާގެ، މުޙައްމަދު ރަފީޢު (37އ) އަށެވެ. އޭނާ ފުލުހަށް ހާޒިރުހ ވާން އަންގާފައި ވަނީ ފޯނުން ގުޅައިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ތަޙްޤީޤަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް އޭޕްރީލް 06 ވަނަ ދުވަހުގެ 10:30 އަށް ހާޒިރު ވުމަށް ފުލުހުން އިއުލާން ކޮށްފައި ވެއެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ ބައެއް މީހުން ފުލުހަށް ހާޒިރު ނުކުރެވިގެން މިގޮތައް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސލާމ

  2009 ވަނަ އަަހަރު ކެއުދޫ މަސްހޫރު ވިޔަފާރި ވެރިއެއްގެ އަތުން ގިނަ އަދަދެއްގެ ފޯނުކާރޑް މަކަރާހީލަތުން އަތުލާފައި ވަނީވެސް މީނާ ކަމަށް ތުހުމަތު ކުރެވޭ

  4
  1
 2. އަހުމަދު

  ތީ ކާށިދޫ ކުއްޖާ މަރާލި ސޮރު

 3. ހަސަން

  ހޯދޭނެބާ. ފޮޓޯ އެބަހުރި. ރަށް އުމުރު މިހެން ގޮސް ހުރިހާ އެއްޗެއް އެބަ އިނގޭ. ސުވާލަކީ ހޯދޭނެބާ އޭ.