އިންޑިއާ އަށް ދަތުރު ކުރުމަށް ފަހު، ރާއްޖެ އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން އެމީހާގެ ނަތީޖާ ނައްސި (ނެގަޓިވް) ވެއްޖެއެވެ.

އެ ދިވެއްސަކީ އިންޑިއާގެ ކޮޗިންގައި އުޅުމަށް ފަހު، އައްޑޫ އަށް ދިޔަ މީހެކެވެ. އެމީހާ ހުން އައިސްގެން އެންމެ ފުރަތަމަ ދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި އޭނާގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކަމަށް ޝައްކު ކުރެވިގެން އެ ދުވަހުން ފެށިގެން އެކަހެރި ކުރިއެވެ.

އެކަމަކު، "ވަގުތަށް" ލިބިފައިވާ ސާމްޕަލްގެ ނަތީޖާ ދައްކާ ގޮތުން އެމީހާ ވަނީ ބައްޔަށް ނައްސި (ނެގަޓިވް) ވެފައެވެ.

ނަމަވެސް، މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން މިއަދު މެންދުރު ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިން ޑޮކްޓަރަށް ދެއްކި ދިވެހި މީހާ ބައްޔަށް ނައްސިވިކަން (ނެގަޓިވް) އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ދަރުބާރުގޭގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގައި އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮޗިން އިން ރާއްޖެ އައި ދިވެހި މީހާއާ ހޮސްޕިޓަލުން ބައްދަލުވި ދެ ނަރުހުންނާއި ޑޮކްޓަރަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާ އިން އައި މީހާގެ ނަތީޖާ ނައްސި (ނެގަޓިވް) ވުމާ ގުޅިގެން ދެ ނަރުހުންނާއި ޑޮކްޓަރަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަކަށް ނުބެލެވެއެވެ.

ރާއްޖެ އިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 އަށް ފައްސި މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ފަސް މީހަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން ދެ މީހަކާއި ކުރަމަތި މޯލްޑިވްސްއިން ދެ މީހަކާއި އަނަންތަރަ ދިގު މޯލްޑިވްސްއިން ދެ މީހަކާއި ސަފާރީ އަކުން ހަތަރު މީހެކެވެ. އެހަތަރު މީހުންގެ ތެރެއިން ދެމީހުންނަކީ ރާއްޖެ އިން ފުރައިގެން ދިޔަ ދެމީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށޭމް

    ޢަވަހަށް އެމީހާ ދޫކޮށްލާ ..ޖެހިޖެހިގެން ދެ ދުވަހު ހަދާފަ ނަ އްސި ވީ ދެން އެމީހާ ގެ އަލާމާތް ތަށް ހު އްޓަސް ފަ އްސި ވެދާނެ ކަމަށް ނުބަލާތި...ތިހާ ކަންފަސޭހަ ވެ އްޖި އްޔާ ތީ ގެ ހިތި ރަހަ ލާނެ

    6
    2
    • Anonymous

      އަހަރު ދުވަހު ކަރަންޓީން ކޮށް ފައްސި ވަންދެން ޓެސްޓް ހަދާލަބަލަ. އޭރައް ހުންނާނެ އައްސި އަރާފަ

      4
      7
  2. ޢަހުމަދު

    ކޮބާތަ ޕޮސިޓިވް އާއ އި ނެގަޓިވްގެ މަ އްސަލަ އަކީ. ޙުރިހަ އި ކަމެ އް ދިވެހިވަންތަ ކުރަންޖެހޭތަ.

    2
    1