ސްޓިމިއުލަސް ޕެކޭޖްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އަތް މައްޗަށް ލައިގެން ސަރުކާރުން ކުރާ ކަމެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ މި ދަނޑިވަޅަކީ ދައުލަތެއްގެ ޒިންމާ އެންމެ ބޮޑު ވާން ޖެހޭ ދަނޑިވަޅު ކަމަށްވީ ނަމަވެސް އެކަން އެގޮތަށް ނުކުރެވޭ ކަމަށެވެ. އަދި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލައިފި ކަމަށް ބުނެ، އެއީ މޮޅު އެއްޗެއް ކަމަށް ދައްކަން އުޅޭ އިރު، ރައްޔިތުން ތިބި ހާލު ނޭނގޭތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.

"2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކޮށްގެން އެކަމުގެ ވާހަކަ ދައްކާއިރު، މި ޕެކޭޖް ލިބުނީ ކާކަށްތޯ؟ މި ޕެކޭޖްގެ ދަށުން ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދާ ދިނުމަށްޓަކައި ކަމަށް ވިދާޅުވެ، މި ޕެކޭޖް ތައާރަފް ކުރީ. ނަމަވެސް މި ޕެކޭޖުން އެންމެ ބޮޑު ހައްލެއް ދިނުމަށްޓަކައި ސަރުކާރުގެ ވިސްނުން އޮތްކަމަށް ވިދާޅުވި ރިސޯޓް މިއަދު އެ ތަހައްމަލް ކުރަމުންދާ އުދަނގޫ އަޅުގަނޑުމެންނަށް އެބަ އެނގޭ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ މި ސަރުކާރުން މީގެކުރިން ކޮވިޑް-19 އަށް ދޭން ޖެހޭ ސަމާލުކަން ނުދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

" ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަމުގެ ވާހަކަ އަޅުގަނޑުމެން. އަޅުގަނޑު ވެސް ވާނީ ދައްކާފައި. ނަމަވެސް އޭރުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މި ބައްޔަކީ މާ ބޮޑު ބައްޔަކަށް ނަހައްދަވާ ވާހަަކަފުޅު ދެއްކެ ވިތަން އަޅުގަނޑުމެންނަަށް ފެނުނު. މުޅި ދުނިޔެއިން މި ބަލީގައި އަޅުގަނޑުމެންނަށް މި އިނގެނީ 37،830 މީހުން މިއަދު މީގެ ކުޑަ އިރުކޮޅެއް ކުރިން އަޅުގަނޑު ބަލާލި އިރު މި ދުނިޔެ ދޫކޮށްފި،" ޝިޔާމް ވިދާޅުވިއެވެ.

މިއަދު މަސް ނުކިރޭތާ އެތައް ދުވަސް ވެފައި ވާއިރު މަސްވެރިންގެ ލާރިކޮޅު ވެސް ނުލިބޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބަދަލުގެ ގޮތުގައި ސަރުކާރުން 2.4 ބިލިއަން ރުފިޔާ ހޭދަ ކުރި ކަމަށާއި އެއީ ވައްކަން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ސްޓިމިއުލަސް ޕެކޭޖަކީ ފަސް ބިލިއަނަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ހިލޭ އެހީ މި ދަނޑިވަޅުގައި ނުހޯދާތީ އެކަމަށް ވެސް ޝިޔާމް ފާޑު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަދުރޭ_09

  ސިޔާމް މެންގެ ހިތުގަ އަބަދުވެސް އިންނަނީ ވައްކަން، އެހެންތާ ވާނީ ވެރިކަމުގެ ދުވަސްވަރު މުޅިންވެސް ކޮށ އުޅުނީ ވައްކަން ވިއްޔާ، ކަމެއް ކުރަން ހިތު އެޅިޔަސް ހީވާނީ ވައްކަން ކުރަނީ އޭ، އެނޫން ކަމެއް ކުރާކަށް ނޭންގޭނެ ވިއްޔާ

  4
  17
 2. ސީދާތެދު

  ކޮވިޑާއެކު ރ.މަޑުއްވަރީ ދާއިރާގެ މެންބަރު މަޖިލީހުގައި ދެއްކެވީވެސް ހަމަ މި ވާހަކަ އެކަމަކު މިސަރުކާރަށް ތާއިދުކުރާ މެމްބަރުން އެކަމާކުރީ މަލާމަތް މީ ދޮގެކޭ ބުނާކަށް ރައީސަކަށް ނުކެރޭނެ

  19
  2
 3. އަލްޖިބްރާ

  ކަލޭމެންގެ ސަރުކާރެއް އޮތްއިރު ރާއްޖޭގެ ރައްތަށް ބޭރުމީހުނަށް ވިއްކައިގެން ލިބުނު ލާރިގަޑަށް ހެދިގޮތެއްވެސް ނޭގޭ ! ފެންނަން ހުރިތަނަކީ ޔާމީނު ނަގާ ކޮޅަށް ޖަހާ ބޮޑު ގަޑުވަރު ! މިއީ ކޮންބައެއްގެ ފައިސާއަކުން އަޅާ " ސައްދާދުގެ ސުވަރުގެ " އެއްތަ ؟

  8
  15
 4. ސާމް

  ސާބަހޭ ސިޔާމް

  20
  4
 5. ހުސޭނުބޭ

  އެހެން އުޅެފައި ދިރުވާލާނީ! މި ދުވަސްވަރު ދިރުވާލަން ދިމާކުރިއްޔާ ކަރުގައި އަޅާގަންނާނެ! އެހެންވެ އަދި އެކަން ނުވެގެން އެ އުޅެނީ!

  20
  2
 6. ކޮވިޑް

  ރާއްޖޭގެ ރައްތައް ވިއްކައިގެން ލިބުނު ފައިދާ މުޅި ރާއްްޖޭގެ ހުރިހާ ރަށަކުން އެހުރީ ފެންނަން. ބޮޑުޕރޮޖެކްތަށް ނުހިނގާ ރަށެއް އޭރު ފެންނަންނެތް، އެހުރީ ކަމެއް މިބައިގަނޑު އައިސް އެހުރީ ހުއްޓުވާފައި، ރައްޔިތުން އުޅުނީ ފުދިގެން ޕޯޓުގައި އުފުލަން އުޅޭމީހުންވެސް އުޅުނީ މުދަލާހެދި ވަރުބަލިވެގެން . މިހާރުތަން މުޅިން ފަޅު . މުދަލެއް ނުގެނެ މިރޯގާ އައުމުގެ ކުރިންވެސް މިކަންއޮތީ މިހާލުގައި، އަދިވެސް ތިއުޅެނީ ރ. ޔާން ކިބައިން ނުނެއްޓިގެން ޒެބުރާ.

  9
  2
 7. މަތިގަ ޑު

  ދެންކޮންމެ ކަމެއް ވެސް އަޅުވާ ކިޔާނީ މިބައްޔާ އެބައިގަނޑު ދެން ކަންތައް ނުކުރެވުނީމަ އެކަން ފޮރުވުމަށްވެސް ބޭނުން ކުރާނީ އުޒުރަކަށް ދައްކާނީ ކޮވިޑް-19