ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑްގެ މުވައްޒަފުންނަށް ކުރީގެ ބޭސިކް ސެލަރީއަށް ވުރެ ބޮޑު މުސާރައެއް ލިބޭ ގޮތަށް އެލަވަންސެއް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި އެންމެ އަގު ބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާ އިން ނިންމާފައި ވަނީ މިވަގުތު ރިސޯޓު ބަންދު ނުކުރުމަށެވެ. އަދި އެއްވެސް މުވައްޒަފަކު ވެސް ވަޒީފާ އިން ވަކި ނުކުރަން އެ ރިސޯޓުން ވަނީ ނިންމައިފައެވެ.

އެލަވަންސްތައް ދޭ ގޮތަށް ބަލާ އިރު، ރިސޯޓުގައި މިހާރު ތިބި މުވައްޒަފުންނާއި ރިސޯޓުން ބޭރުގައި މިހާރު ތިބި މުވައްޒަފުންނަށްދޭ ގޮތް ތަފާތެވެ. ރިސޯޓުގައި ތިބި މުވައްޒަފުންނަށް ސާވިސް ޗާޖް ދޭ އިރު، ރިސޯޓުގައި ނެތް މުވައްޒަފުންނަށް ދޭނީ ހާއްސަ އެލަވަންސެކެވެ. ރިސޯޓުގައި ނެތް މުވައްޒަފުންނަށް ލިބޭނީ މުސާރަ އާއި އެލެވަންސެކެވެ.

އެހެންކަމުން ވެލާ ވާނީ ފަތުރުވެރިން ނެތި ސާވިސް ޗާޖް ދޭ ފުރަތަމަ ރިސޯޓަށެވެ. ވެލާ އިން ބުނީ ކޮވިޑް-19 ގެ ސަބަބުން އެކި ރިސޯޓުގައި އާއި ރިސޯޓުން ބޭރުގައި މުވައްޒަފުން ތިބިކަން ފާހަގަ ކުރެވޭ ކަމަށާއި މި ދަނޑިވަޅު މުވައްޒަފުންނަށް ގެއްލުންވާ އެއްވެސް ކަމެއް އެ ރިސޯޓުން ނުކުރާނެ ކަމަށެވެ.

ވެލާ އިން ނިންމާފައި ވަނީ ރިސޯޓުގައި ނެތް މުވައްޒަފުންގެ ތެރެއިން 600 ޑޮލަރު (9،252ރ.) އިން ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް 200 ޑޮލަރު (3،084ރ.) ގެ ފިކްސްޑް އެލަވަންސެއް އަދި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް 100 ޑޮލަރު (1،542ރ.) ދިނުމަށެވެ.

މީގެއިތުރުން 600 ޑޮލަރުން ފެށިގެން 1000 ޑޮލަރާ ދެމެދުގެ (9،252ރ. އިން ފެށިގެން 15،420ރ.) މުސާރައެއް ލިބޭ މީހުންނަށް 100 ޑޮލަރު (1،542ރ.) އިތުރު ފިކްސްޑް އެލަވަންސަކާއި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ނަމަ، 100 ޑޮލަރު (1،542ރ.) ދިނުމަށް ވަނީ ނިންމައިފައެވެ.

ރިސޯޓުގައި މިވަގުތު ތިބި މުވައްޒަފުންގެ ތެރެއިން 1000 ޑޮލަރަށް (15،420ރ.) ވުރެ ދަށް މުވައްޒަފުންނަށް މަދުވެގެން 500 ޑޮލަރު (7،710ރ.) ގެ ސާވިސް ޗާޖެއް އަދި ދިގުމުއްދަތަކަށް ހިދުމަތްކޮށްފައިވާ ނަމަ، އިތުރު 100 ޑޮލަރު (1،542ރ.) ދިނުމަށް ވެލާ އިން ވަނީ ނިންމައިފައެވެ.

އަދި 1000 ޑޮލަރާއި 2000 ޑޮލަރާ ދެމެދު (15،420ރ. އާއި (30،840ރ.) މުސާރައެއް ލިބޭ މުވައްޒަފުންނަށް މަދުވެގެން 300 ޑޮލަރު (4،626ރ.) ގެ ސާވިސް ޗާޖެއް އަދި ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ނަމަ، 100 ޑޮލަރު (1،542ރ.) ދިނުމަށް ވަނީ ނިންމައިފައެވެ.

ވެލާގެ މުވައްޒަފުންގެ ތެރެއިން އައުޓް ސޯސް ކުރާ މުވައްޒަފުންނާއި ވެލާއާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ. މި ދަނޑިވަޅު މި މުވައްޒަފުންގެ ކޮންޓްރެކްޓްތައް ވެސް ބާތިލް ނުކުރާނެ ކަމަށް ވެލާއިން ބުންޏެވެ. އަދި ހުރިހާ މުވައްޒަފުންނަށް ވެސް ޗުއްޓީ އާއި އޮފް ދުވަސް މިހާރު އޮންނަ އުސޫލާ އެއްގޮތަށް ބަދަލު ނުގެނެސް ލިބޭނެ ކަމަށް ވެސް ވެލާއިން ބުންޏެވެ.

ވެލާ ރިސޯޓަކީ ސާވިސް ޗާޖު ދިނުމުގައި ވެސް އެހެން ރިސޯޓުތަކަށް ނަމޫނާއެކެވެ. މިދިޔަ މަސްތަކުގައި އެންމެ ގިނައިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި ވެލާއޮވެއެވެ.

ވެލާ އިން މިގޮތަށް ނިންމި އިރު، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 50 އަށްވުރެ ގިނަ ރިސޯޓު ވަނީ ހުއްޓާލައިފައެވެ. އަދި އެ ތަންތަނުގައި ތިބި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުންދާ އިރު، އެހެން ބައެއް މީހުންގެ މުސާރަ ކުޑަކޮށް، ނޯޕޭ ލީވްއަށް ދަނީ ފޮނުވަމުންނެވެ. އެކަމާ ގުޅިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހެޕީ މާކެޓުން ހިންގާ 4 ރިސޯޓު މުވައްޒަފުންނަށްވެސް ޕޭ ލީވް ދީފި

ބައެއް ރިސޯޓުތަކުން އެގޮތަށް އަމަލު ކުރި ނަމަވެސް، ހެޕީ މާކެޓް ކޮމްޕެނީގެ ދަށުން ހިންގާ ހަތަރު ރިސޯޓު މުވައްޒަފުންވެސް ގެއަށް ފޮނުވާލަން ނިންމާފައި ވަނީ މުސާރަ ލިބޭ ގޮތަށެވެ. އެ ކުންފުނީގެ ދަށުން ހިންގާ ހަތަރު ރިސޯޓަކީ ތުޅާގިރި އައިލެންޑް ރިސޯޓް އެންޑް ސްޕާ، އަންގާގަ އައިލެންޑް ރިސޯޓް އެންޑް ސްޕާ ސަފާރީ އައިލެންޑް ރިސޯޓް އެންޑް ސްޕާ، ޑްރީމްލޭންޑް ދަ ޔުނިކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އައިސާ

    ކޮބާ ރަަަަ އްޔިތުންނަށްޓަކަ އި ވެރިކަމާތެޅޭ ގާސިމްބެ ފެނޭތަ މު އަ އްާޒަފުންގެ ހަ އްގުގަ އި އުޅޭކޮންޕެނީތަ އް، އިބުރަތެ އް ހާސިނލްކޮ އްބަލަ މިކަމުން މި އީ ފަހުދުވަހއްނޫން މީހުންތައ އް މުސާރަނުދީ ފޮނުވާލީ ފަހުން ވާނެ ގޮތެ އްނުބަލާ

    74
    3
    • ޙައްގުބަސް

      މިއީ އަޅުގަނޑުމެން މިދައްކާ ވާހަކައަކީ! މިރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރިތެރޭ ފެށުނީއްސުރެން އުޅޭ ފުންނާބު އުސް ފަސް ވަރަކަށް ކުންފުނި މިއޮންނަނީ!! އޭގެތެރޭ ޗަމްޕާ ކުންފުންޏާ ވިލާ ކުންފުންޏާ ޔުނިވަރސަލް ކުންފުންޏާ ސަން ކުންފުނިވެސް ހިމެނޭ!! ކިހިނެތޯ މިކުންފުނިތަކުން މުވައްޒަފުންނާ ދޭތެރޭ ޢަމަލުކުރަމުން އެގެންދަނީ! ވަރަށް ވިޔާނުދާކޮށް އެހަދަނީ!! މިކުންފުނިތަކުގައިނހުންނާނެ އެތައް މިލިޔަން ޑޮލަރު ފާއިތުވެދިޔަތާ ރައްކާކޮށްފަ!! ކީއްތަވާނީ ދެ މަސް ދުވަހުގެ މުސާރައާ އެލަވަންސްއާއެކު ނުވައްޒަފުންނަށް ޕޭ ލީވް ދިންނަމަ!! މިމީހުން ބަލަނީ ރާއްޖޭގެ ފަޅުރަށެއް އަދި ފަޅެއް އޮތްނަމަ އެތަނެއް ދަމައިގަންނަން!! ވިލާ ކުންފުނި މިއީ މިކަމުގައި އަރާހުރި ކުންފުންޏެއް! މުޅިންވެސް އަމިއްލަ އެދުން ކުރިއަށް ނެރެނީ! ދެން ގާސިމް ކީކޭތަ މިކިޔަނީ ޕާޓީއެއް ހަދައިގެން ދެއިރު ދެދަޅައަށް ޓީވީއަށް އަރާ! މިރާއްޖޭގެ ކުންފުނިތައް ލަދުގަންނަންޖެހޭނެ! ޗަމްޕާ އާ ގާސިމްވެސް! ކޮންމެ ސަރުކާރެއްގައިވެސް މިމީހުން ބަލަނީ މިމީހުންގެ އަންބޮޑި ބޮޑުކުރެވޭތޯ! ރައްޔިތުންނަށް ހެވެއް އެދޭ ބައެއްކަމަކަށް އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލެއް ނުކުރަން! ކުއްޗުވެސް ބަންގާޅީންގެ ޅަފިރިހެން ކުދިން ލައިގެން އެކުރާ ކަމެއް ކުރަނީ! ދިވެހި ރައްޔިތު މީހާ ހުންނަން މިޖެހެނީ މިބައި މީހުންގެ ކައިރީ ދެވަނަ ދަރަޖައިގެ މީހެއްގެ ގޮތުގަ! ބަންގާޅީންނަށް އެއްވަނަ ދަރަޖަ ދީފަ މިބައިތިއްބަނީ! ސަރުކާރަށް ގޮވާލަން މިދަނޑިވަޅުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް! ގަވާއިދާ ޚިލާފަށް ބިދޭސީންވެސް މިރާއްޖޭގައި ގެންގުޅުމުގައި މި ބޮޑެތި ކުންފުނިޔަކުގެ އަތެއްވާނެ!!

      26
      • ސޮރީ ބުރޯ

        ޔޫ ގެ މެސެޖް މާ ދިގު. ނުކިޔޭނެ

  2. އަހުމަދު

    ތިޔަ ރިސޯޓަށް ބަރަކާތް އޮއްސަވާނދޭވެ! އާމީން

    111
    2
  3. އަހްމަދުބިންސައީދު

    އަލްހަމްދު ލިﷲ، ތިޔަރިސޯޓް ހިންގަނީ ކޮންމެ ދީނެއްގެ ކޮންމެ މީހެއްކަމުގައި ވިއަސް އެފަރާތަށް ތަނަވަސްކަން އިތުރުކޮށްދެއްވުންއެދި ﷲގެ ހަޒްރަތުގައި ދުޢާ ދަންނަވަން. ޔާﷲ! މި ރިސޯޓް ހިންގާ ފަރާތަށް ރިޒުގު އިތުރުކޮށްދެއްވާ ތަނަވަސްކަމާ ތިޔާގެކަން ދެއްވާދޭނވެ.އާމީން.

    105
    2
  4. ކޮރަލް

    ވެލާ އަށް ގިނަ ދިވެހި މުވައްޒަފުން ލާން ވީ އެވެ. ބޭރު މީހުންގެ ޕަސެންޓް ބަލާލަ ބަލާށެވެ.

    63
    2
  5. ފަހީމްބެ

    ހުރިހާ ރަށްތަކެއް އަތުލާފާ ވެލާ އާއި ހަވާލް ކުރަންވީ ބަދަލުދިނަސް ފަހުން ރަގަޅުވާނެ

    76
    2
  6. ގުޑް ޕީޕަލް

    ފެށުނީއްސުރެ ނަމޫނާ ރެޒޯޓެއް. ނެތޭ ނެތޭ ކިއާ މީހުން އަތަކު ދަތި ހާލު އެއްޗެއް ނޯންނާނެ. ވެލާ އައް އިތުރު މަންފާ އާއި ކުރި އެރުން ﷲ މިންވަރު ކުރައްވާށި.

    13
    1
  7. ާސުރެން ސުރެން

    މީއަޅެ ކޮން ދިވެއްސަކުގެ ހިއްސާއެއްގެ ކުންފުންޏެއްބާ. ކޮންމެސް މީހަކު ބުނެލަ ދީބަލަ

  8. ަހައްގު

    ނެއްތަ ތި ރިޒޯތުން ވަޒީފާ އެއް. އަހަރެންނަކީ ދެކުދިންގެ ބައްޕަ އެއް. އަހަންނައް މިހާރު އަންގާފަ އޮތީ މިއަންނަ މަހު ރޯދަ އިނާޔަތާ މޫސާރަ ނުލިބޭނެ ކަމައް. އަހަރެން ކިހިނެއް ދެން ދަރިންނައް ކާންދޭނީ. ރުފިޔާ ލިބެން އޮތް ދޮރު ބަންދުވީ?

  9. އަހުސަން

    އަސްލު ތިޔައޮތީ އޯޅިފައި
    ތާރަފްކުރީ ޕެކޭޖެއް
    މުސާރަ 1000 ޑޮލަރ
    ސާވިސް ޗާޖް 300 ޑޮލަރ
    ލޯގް ސާވިސް (5 އަހަރުނަމަ) އެލަވަންސް 100 ޑޮލަރ
    އެއްކުރީމާ މެނޭޖްމަންޓް ސްޓާފަކަށް ލިބޭނީ 1400 ޑޮލަރ
    މިއީ ހާއްސަ އިނާޔަތެއްވީމައި އެއްވެސް މުއައްޒިފަކަށް ޕެންޝަނެއް ނުލިބޭނެ
    މުޅިންވެސް އޮޅުވާލުން

    • ޕިސް

      ދޮންކަލޯ މުޅިން ނުބައި. ލިއުން ރަނގަޅަށް ކިޔާލަބަލާ