ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ ކާރުކޮޅު އެކްސިޑެންޓްވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިއަދު މެންދުރު އަމީންގެ ކާރުކޮޅު އެކްސިޑެންޓްވީ ސޯސަން މަގާއި ރޯޝަނީ މަގާއި ގުޅޭ ހިސާބުގައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ހިސާބުގައި މީހަކު ދުއްވި ސައިކަލެއް، ރޯޝަނީ މަަގުގައި ހުރި އެހެން މީހެއްގެ ސައިކަލުގައި ޖެހި ވެއްޓުމުން، ތެދުވެގެން ދުއްވަން އުޅުމުގެ ތެރޭގައި މިނިސްޓަރުގެ ކާރުކޮޅުގައި ޖެހިގެންނެވެ.

އެނގިފައިވާ ގޮތުން މިނިސްޓަރުގެ ކާރު ކޮޅުގައި ޖެހުނު ސައިކަލުގައި އިން މީހާ ހުރީ މަސްތުހާލުގައެވެ.

މި އެކްސިޑެންޓް ހިނގި އިރު، ކާރުކޮޅުގައި މިނިސްޓަރ އިންނެވި ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނޫނެވެ.

ފުލުުންގެ މީޑިއާ އޮފީޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު މެންދުރު 12:00 ހާއިރު ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް މަސްތުގެ ހާލުގައި ހުރި ކަމަށް ބެލެވޭ މީހެއް ސައިކަލެއްގައި ދާތަން ފެނިގެން ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުން ސޯސަން މަގާއި ރޯޝަނީ މަގާއި ގުޅޭ ކަންމަތިން ތުހުމަތު ކުރެވޭ ފަރާތް ފިލަން އުޅުމުގެ ތެރޭގައި އޭނާ ދުއްވި ސައިކަލުން ރޯޝަނީ މަގުގައި މަޑުކޮށްލައިގެން އިން ސައިކަލެއްގައި ޖެހި އޭނާ ވެއްޓުނު ކަމަށެވެ.

އަދި އަނެއްކާވެސް އޭނާ ތެދުވެ ސައިކަލު ދުއްވަން އުޅުމުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ދަތުރުތައް ކުރުމަށް ހެލްތް މިނިސްޓްރީން ބޭނުން ކުރަމުންދާ ކާރެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި އެކްސިޑެންޓުގައި ކާރުގެ ޑްރައިވަރު ސީޓާއި ދިމާލުން ދެ ތަނަނުން ދެ އިންޗް ހާތަން ކުލަ ކަހައިގެން ގޮސްފައިވޭ، ކާރު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮވޭ".އެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވީ ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮވެލި 19

    ވަރަށް ބޮޑު ކަމަކަށް ތިކަންތައް މިހާރ ވެއްޖެ. އަހަންނަ ފެނުނީ އާކާރެއް އިހަކަށްދުވަހު ދުއްވަން ފެއްޓިތަން. ކުރީގެ ކާރުވެސް ވަނީ އަމިއްލައަށް ދުއްވައިގެން ފުނޑާލާފައި

    14
    2
  2. ދިމަލެއްނުވޭ

    ޚަބަރުގެ ސުރުޚީގަ އޮތްވާހަކައާއި ޚަބަރުގެ ތަފްސީލްގަ އޮތް ވާހަކައެއް ދިމަލެއްނުވޭ ސުރުޚީގައޮތީ މިނިސްޓަރު ކާރު އެކުސިޑެންޓްވީކަމައް ތަފްސީލްގައޮތީ ކޮވިޑްނަވާރައާގުޅެ ކަންކަމުގަބޭނުންކުރާ ކާރެއްކަމައް