ގއ. މާމެންދޫ އިން ރޯގާގެގެ އަލާމާތްތަކެއް ހުރި ދެ ކުއްޖެއްގެ ސާމްޕަލްތައް ނަގައިފިއެވެ.

އެ ކުދިންގެ ސާމްޕަލްތައް ނެގީ އިއްޔެއެވެ. އެއީ އުމުރުން ތިން އަހަރުން ދަށުގެ ދެ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ ޓެސްޓު ހަދަން ފަށާފައިވާ ދެކުދިންނަކީވެސް އުމުރުން ތިން އަހަރު ނުފުރޭ ދެކުޑަކުދިން ކަމަށާއި، އެމީހުން ޓެސްޓު ކުރަން ފެށީ ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޓެސްޓު ކުރި މީހާއާއި ދިމާވެފައި ވާތީ ކަމަށެވެ. އަދި އެދެކުދިންގެ ކިބައިންވެސް ރޯގާގެ އަލާމާތްތައް ފެންނަމުން އަންނަ ކަމަށް އެރަށުގެ ސިއްހީ މަރުކަޒާއި ހަވާލާދީ ޒައީމް ވިދާޅުވިއެވެ.

ތިނަދޫއިން އަލާމާތްތައް ފެނުނު މީހާގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް) ވެފައެވެ.

ޒައީމް ވިދާޅުވީއެރަށުން މިހާރު ވަނީ ފަސް މީހަކު ކަރަންޓީން ކޮށްފައި ކަމަށާއި، އިތުރު މީހެއްގެ ކިބައިން އެފަދަ އެއްވެސް އަލާމާތެއް ފެންނަމުން ނުދާތީ ޓެސްޓު ނުކުރާ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވި އެންމެންވެސް މިހާރު ވަނީ އެބަލިން ރަނގަޅުވެފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކު އަދި ދޫކޮށްލާފައެއް ނުވެއެވެ. ހެލްތު މިނިސްޓްރީ އިން އިއުލާންކޮށްފައިވާ ގޮތުގައި، ބައްޔަށް ފައްސިވި މީހުން ދޫކުރާނީ ހަދާ ޓެސްޓު ނައްސި (ނެގެޓިވް) ވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ކަރަންޓީނުގައި ބޭތިއްބުމަށް ފަހުއެވެ.

މިހާތަނަށް ރާއްޖެއިން ވައިރަސް ޖެހިފައި ވަނީ 18 މީހުންނާއެވެ. މީގެ ތެރެެއިން ތިން މީހުންނަކީ ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެނަދު

    ޢެމީހާ ނައްސި ވީމަ ވެސް. .. މާމެންދު މީހުން ހާދަ މޮޅެ

    5
    3