ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ފެއްޓެވި ގުރުއާން ޗެލެންޖްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ދެއްވައިފިއެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން "#ސްޓޭއެޓްހޯމްޗެލެންޖު" ގައި ބައިވެރިވެޑައިގަތުމުން ޝަހީމް ވަނީ "ގުރުއާން ހަތިމް ކުރާ ޗެލެންޖް" ނަމުގައި ޗެލެންޖެއް ފައްޓަވައިފައެވެ. ސްޓޭ އެޓް ހޯމް ޗެލެންޖަގައި އޮންނަނީ ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު "ޖަގްލް"ކުރުމެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި ވަނީ ނައިބު ރައީސް ފައިސަލާއި މަޖިލިހުގެ ރައީސް ނަޝީދުގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެސް ގުރުއާން ކިޔެވުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ.

މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ޕްރޮގްރާމްގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގުރުއާން ހަތިމް ކުރުމުގެ ޗެލެންޖަށް ތައްޔާރީ ކޮން ބައެއްތޯ ސުވާލު ކުރައްވައި ޝަހީމްގެ ޓުވިޓާ އާއި ފޭސްބުކްގައި ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ތާއީދު ލިބުނު އިރު، ޝަހީމް ވަނީ ގުރުއާން ކިޔަވާ ވިދާޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކުރައްވައިފައެވެ.

ވީޑިއޯ އާންމު ކުރައްވަމުން ޝަހީމް ވިދާޅުވީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެންވެގެން ހަތިމް ކުރަން ފެށުނީ ކަމަށެވެ. މިކަމުގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ފާދިގު މަކުނު

    ނަސީދު ކިހިނަކުންތޯ ގުރުއާން ޗެލެންޖްގައި ބައިވެރިވާނީ އޭނަގެ މުޅިސިކުޑި ލާދީނީ ތިކަހަލަ ކަމެން އޭނަ ނުކުރާނެ އެކަމަކު ރާބުއިމުގެ ޗެލެންޖެއްބާވަބަލަ ނަންބަރު 1 އޭނަ ހުންނާނެ!!!!!

    110
    10
  2. ޑެއިލް

    ގުރު އާން ޗެލެންޖެ އްގަ އި ބަ އިވެރިވާނެ ޝައުގެއް ނުހުންނާނެ. ޢަކުރެ އް ކިޔަން އެނގިގެންތާ އެހެންކަމެއް ވާނީ. ގޭގައި ތިބެގެން ނާޗަރަންގީ ކުޅޭނީ.

    84
    8
  3. ބައިވެރިވެ ފުރިހަމަކޮށްލާ

    ގޭގައި ތިބެގެން ކުރެވޭނެ މިއަށް ވުރެ ވަކިން ރަނގަޅު ޗެލެންޖެއް ކޮބާ؟ ހަށިގަނޑުން މާބޮޑު ހަކަތައެއް ދުއްވާނުލާ، އަނިޔާއެއް ނުލިބި ފުރިހަމަ ކުރެވޭ ޗެލެންޖެއް. އަދި މިޗެލެންޖު ފުރިހަމަކުރުމުން ދަރުމައާއި ޘަވާބުލިބޭނެ. އަނެއްކާ ކޮންމެ އަކުރަކަށް 10 ދިހަ ހެޔޮކަން.. ހަމަ ކިޔަވަން ކެރުނު ވަރެއް އޮތީ..

    111
    3
    • ހޫރޭ

      އެއަކުން ވާނެ ކަމެއް ދައްކަބަލަ

      5
      62
      • ބީތާ

        އެއިން ވާނެ ކަންކަން ފެންނާނެ މަރުވީމަ. މަރު ވީމަ ތި ލާދީނީ ބީތާތައް ފޮކާނީ ކޮން އަނގަ އެއް. ކަލޭމެން ތީ މި އިސްލާމީ އުއްމަތައް އުފަންވެ ހުރިހާ ކަމެއް އެނގި ތިބެ ﷲ އައް ފުރަގަސް ދިން ތަންދޮރު ނޭނގޭ ބުރާންތިން

        15
  4. އައްޔު

    ކޮބާ އަވަސްކުރޭ ރައްޔިތުންގެ ރައީސް މީ ހުނަރު ދައްކާލަން ރަނގަޅު ފުރުސަތެއް

    103
    4
    • ާަާަަައަސްލު

      އިސްލާމްދީންގަ ގުރުއާންވެސް ދެއްކުންތެރިގޮތުގަ ކިޔެވުން މީކޮންކަހަލަބޮޑު ބިދުއައެށް..!؟!! އެއްބަޔަކު ކާފަރުންހެން ޓިޝޫއިންތަޅަނީ އެނެއްބަޔަކު ގުރުއާން ދެއްކުންތެރިކަމުގަ ކިޔަވަންވެގެން...ލިﷲއަށްޓަކާކުރާކަންކަން ދެއްކުންތެރިކަމުގަ ނުކުރައް..

      11
      61
      • ޟ

        ހެޔޮކަންކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރަން ރަގަޅުކަމެއް. ތިބޭފުޅާއަށް އޮޅިގެން ތިއުޅުވަނީ. ތިބޭފުޅާވެސް ބައިވެރިވެލާ?

        41
        2
      • ޖިނާހް

        ޑރ. ގެ ނިޔަތް ވަރަށް ސާފު ދެއްކުންތެރި ކަމެއް ނެތް

        17
      • ކޮން އަސްލެއް ކިޔާކަށް

        މީސްތަކުންގެ ނިޔަތްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ދެއްކުންތެރިންނަކީ ކޮންބައެއް ކަންވެސް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެ. މިއީ ދެއްކުންތެރިންނޭ، ދެއްކުންތެރިކަމޭ މިކިޔަނީ ހަމަ ޤްރުއާނާއި ނަމާދުދެކެ ފޫހިވާ އިބްލީހީ ބައިގަނޑު.

        17
  5. މުހައްމަދު

    ނައިބުރައީސަށް ވެދާނެ. އެކަމަކު މުހައްމަދު ނަޝިދާއި މެދު ވަރަށް ޝައްކު.

    57
    5
  6. ޑަކައިތަ

    ކެނެރީގޭ ބުއްޅަބެއަކީ ތިކަމާ ލައްކަފޫޓުދުރަދާނީ އެހެނީ އަރަބިއަކުރެއް ކިޔަންއެގިގެންތާ ކިޔޭނީ ކިޔޭވެސް އަ އާ ޯ ޫ މިކަހަލަގޮތެއް އެއީ ލަދީނީ ޖަހިލަކަށްވުމުން ދެން ފައިސަލްގެ ވިއްޔަ ކޮއްޓައި ކިއިދާނެކަން

    38
    2
  7. ވަތަނީ

    ޑރ ޝަހީމްގެ ޤުރްއާން ޗެލެންޖުގައި ބައިވުމަށް ކެނެރީގެ
    ނަޝީދަށް ގޮވާލަމެވެ.

    50
    1
  8. ނަބާ

    ކޮބާ “ ޖާބެ” އޭނަ ވާނެ ކޮންމެހެންވެސް މީގަ ބައިވެރިވާން ، ހުނަރު ދައްކާލަން ، ތަފާތު މީހެއް ވިއްޔާ ? ޘަވާބު ގިނަގިނައިން ހޯދަން މިދުވަސްކޮޅު މަސައްކަތް ކުރަންވާނެ !! ކޮންމެ އަކުރަކަށް 10 ޘަވާބު ،

    43
    2
  9. ޝަފީން

    ކީރިތި ގުރްއާނައް އިހްތިރާމް ކުރުމައް ގޮވާލަން. އެއީ ތިޔަހެން ޗެލެންޖު ހައިގެން އެކަކު އަނެކަކާއި ކުޅިވަރުކުޅެ ގަދަ ދައްކަން އޮތް އެއްޗެއްނޫން. އެއީ ހަތް އުޑުމަތީން ބާއްވާލައަވާފައިވާ މޫޖިޒާތެއް.

    21
    38
    • އަލީ

      މީހަކު ގުރުއާން ކިޔަފާނެތީ 7ތް އުޑޭ ކިޔައިފި. އެބާއްވާލެއްވީ އެ ކިޔަވާށޭ. ގަދަ ދައްކަންވެސް ކިޔަވަންވީ ހަމަ އެ. ކިޔަވަފާނެތީ ބިރުންތަ ތިއުޅެނީ؟

      48
      2
      • ފެކްޓް

        ރަގަޅު! އެ ކަމަ ކު އެ ބާވާލެއްވީ ތިޔަހެން ކިޔަވާ ކަށް ނޫން! ކިޔަވަން އަންގަވާފައިވާ ގޮތުގެ މަތިން ކިޔަވަންވ! ތިޔަހެން ކުޅިވަރު ކުޅޭ ކަށް ނޫން! ތިޔައިން އެއްވެސް ބައެއްގެ "ކަރުތެރެއިން" ތި ޤުއާން ދާނެ ކަމާމެދުބިރުވެތިވާން ޖެހޭ!
        އެހާވެސް ކުޑަ، ކަމެއެއް ގޮތުގައި ލުއިގޮތަ ކަށް ތި އުޅެނީ!

        5
        9
    • ޞުރޯ

      ހެޔޮކަންކަމުގަ ވާދަކުރަން ޖެހެއޭ ބުރޯ

      20
    • ޖިނާހް

      ކިޔަވަން ނޭނގެނީތަ

  10. Anonymous

    ރައްޔިތުން ނޭ އެކަންވާރަކުން ތިކިޖަހާނީ އެކަންވާރުގައި ހުރި އެއްޗަކުން ޑރ.ޝަހީމަކީ ދީންވެރި ބޭފުޅެއް ނަޝީދަކީ ލދނ ބޭފުޅެކޭ ކޮމެންޓް ތަކުގައި ހުއްޓަ ފެންނަނީ.

    38
    • ފެކްޓް

      ހެހެ! ދީންވެރިކަން މާނަ ތިކުރައްވާގޮތެއް ދެއްތޮ!!!

      3
      10
  11. ހުސޭނުބޭ

    ބުއްޅަބޭ އެންމެ ފުރަތަމަ ޖެހޭނީ ވޮށިފިލާ ދީފައި އިލޮށިފަތިން ތަޅާރޯނާގަންނަވާފައި އެދުރުގެއަށް ފޮނުވަން!

    42
    2
  12. އިބުރާހީމް

    އަޅުގަޑަށް ޤަބޫލުކުރެވޭގޮތުގައި ގިނަބައެއްގެ ލޯތްބާ، އިޙުތިރާމާ، މިހާރުގެ ނަމުންނަމަ ސަޕޯޓާ، ތާއީދާ، ވޯޓު ހޯއްދެވުމަށް ވަރަށްގިނަ އުދަގޫ މަސައްކަތްތަކެއް ކުރައްވައިގެން ނޫނީ ޑރ. ޝަހީމުއަށް ރައީސް ނަޝީދުގެ މައްޗަށް ރާއްޖެއާއި ބޭރުގެ ޤައުމު ތަކުގައި ކުރި ހޯއްދެވުމަކީ ދަތި އުދަގޫ ކަމަކަށްނޫނީ ނުވާނެ.

    ބައެއްފަހަރު ހީވޭ ޑރ. ޝަހީމުއަކީ ރައީސް ނަޝީދުއަށް ފާކުރައްވާފައިވާ ދާއްބައެއްނޫން ބާވައޭ! ކޮންމެ ކަމެއްގައި ކޮންމެ ވަގުތެއްގައިވެސް ރައީސް ނަޝީދުއަށް ގޮންޖައްސަވަން އުޅުއްވުމާއި ބަދު ދުޢާ ކުރެއްވުމާއި އެފަދަ އެތައްބައިވަރު ހަޑި ހުތުރު ކަންކަން ކުރެއްވުމަކީ ޑރ. ޝަހީމުއަށް ލިބިލައްވަވާ އުފަލަކީ ނޫންބާވައޭ!

    އަޅުގަޑުގެ ނަސޭހަތަކީ ޑރ. ޝަހީމުވެސް އަދި ރައީސް ނަޝީދުވެސް ބޮޑާވެ ކިބުރުވެރިވެ ނުލައްވަވާ އެކަހެރިތާކު އިށީދެ ވަޑައިގެން މާނޭވާއެއް ލައްވަވާފައި އިންސާނުންގެ ނުކުޅެދުންތެރިކަން ހިތްޕުޅަށް ގެންނަވާ ލޮލަށް ނުފެންނަ ކުދި ކުދި ސޫފި ތަކުން ސަލާމަތްނުވެވިގެން މިއުޅޭ ޙާލު ވިސްނަވާ ލައްވާ ޚާލިޤްވަންތް ﷲއަށް ބިރުވެތި ވާން ނުވޭތޯއ؟

    15
    70
  13. ކޮސްވެއްޖެ!

    ޑރ. ޝަހީމް ފަދަ ދީނީ ޢިލްމުވެރި އެ އްގެ ތާކިހާ އަޅު އްވަ އިގެން ހުންނެވި ބޭފުޅެ އްގެ، ކިބަ އިން، ބުލީ ކުރުމުގެ ދަށު ދަރަޖަ އިގެ ސިފަ ފެނިފަ އި ކޮސްވެ އްޖެ އެވެ. ޑރ. ޝަހީމަކީ ރީތިކޮށް މޮޅަށް ޤުރް އާން ވިދާޅުވާ ބޭފުޅެ އް ކަމުން، ކޮންމެ ތާކު ވެސް ކިޔަވާ ވިދާޅުވާކަށް ޖެހިލުންވެ ވަޑަ އެއ އް ނުގަންނަވާނެ އެވެ. ނަމަވެސް މާޒީވެ ދިޔަތަނަށް ބަލާފަ އި، ގަ އިމު ވެސް ތި ޗެލެންޖް ރަ އީސް ނަޝީދު ޤަބޫލުފުޅެ އް ނުކުރަ އްވާނެ އެވެ. ފަ އިޞަލް ނަޞީމްގެ ގޮތެ އް ނޭނގެ އެވެ. ތިމާ އަށް މޮޅަށް ކަމެ އް ކުރެ އްވޭތީ އެކަމާ ބޮޑާވެ، ދެ އްކުންތެރި ކަމާ އެކު އެހެން މީހުން ލަދުގެންނެވުމަށް މަސަ އްކަތް ކުރެ އްވުމަކީ އަޚުލާޤީ ހުތުރު ސިފަ އެކެވެ.

    15
    55
    • އަލީ

      ލޮލް. ކާކު ބުނީ މަހްރަޖަށް ރީއްޗަށް ރާގަށް ކިޔަވާށޭ؟ ނަޝީދު ނުކިޔަވާނެކަން އިނގޭތީ ޑިފެންސް އެއް ހަދަނީދޯ؟

      48
      5
    • ޟ

      ކޮސްވާނެކަމެއްނެތް. ޤުރުއާންކިޔަވާ ކޮސްކަންފިލާނެ.

      20
    • ރިޕޯރޓު

      މޑނ އިން ރިޕޯރޓު ނެރުނީމާ ކޮހެއްނުވިތާ ދޯ!

  14. މީހާ

    ހުރިހާ އެންމެންނަކަށް ހުރިހާ ކަމެއް މޮޅަކަށް ނުކުރެވޭނެ. ނަޝީދު ޗެލެންޖް ކޮށްފާނެ މޫދު އަޑީގައި އުޅެލަން ނޫނީ ފަތާލަން. ނޫނީ އެނޫންވެސް އެތުލެޓިކް ހަރަކާތެއް. ތިބޭފުޅާއަށް ކުރެވޭނެތަ؟
    މިހުންނަނީ މިފަދަ ހައްސާސް ދަނޑިވަޅެއް އައި އިރުގަވެސް މިމީހުންނަ ހުންނަ ބޮޑާ ކަމާ ހަސަދަވެރިކަމާ ނަފުރަތުކަން ހާމަކޮށްދޭ ކަހަލަ ކަންތަކެއް.
    މިއުޅެނީ ގައުމުތަކުގެ ރައީސުން ބޮޑުވަޒީރުންނަށް ދާނދެން ސަލާމަތް ނުވެގެން. މިއަކުން ނެއްޓޭނީ ކާކުކަން އެނގެނީ އެއްނު. މީނާއަށް ޖެހުނަސް ހެޔޮދުއާ ކޮށްދޭނީ ތިބި ބަޔަކު. ވެކްސިނެއް ބޭހެއް ހޯދުނަސް މީނާއަށް ވެސް އެފޯރުކޮށް ދޭނީ އެމީހުން.

    1
    10
  15. ފެކްޓް

    ޤުރްއާން ކިޔެވުންވެސް އޮތީ ތިފަދައިން ކުޅިވަރަކަށްތޯ! އަޅުކަމުގައި ވާދަވެރިކަން އޮންނަންޖެހެނީ ތިފަދައިންތޯ؟ އަޅުކަންތަކުގައި ވާދަވެރިކަން ޞަހާބީންގެ މެދުގައި އޮތްގޮތަށް ނުބަލަނީތޯ! ނުވަތަ ތިފަދައިންތޯ އެބޭކަލުންގެ މެދުގައި ވާދަވެރިކަން އޮތީ؟ އަޅުކަމުގައި ޘަވާބާއި ދަރުމައަށަ އެދިގެން އަޅުކަމާއި ޛިކުރު ކުރުން އޮތީ ތިފަދައިންތޯ! މި ޤުރްއާނައި ސުންނަތުގެ އަހުލުވެރޛން (ޞަޙާބީން) ޢަމަލުތަކަށަ ބެލުމަކީ ނެތްކަމެއްތޯ!
    ތިޔައިން އެއްވެސް ބައެއްގެ "ކަރުތެރެއިން" ތި ޤުއާން ނޮގޮސްދާނެ ކަމާމެދު ބިރުވެތި ނުވަނީތޯ!

    4
    11
  16. ހަސަދު

    ހިސާބު ހެދުމުގެ ޗެލެންޖަކަށް ޝަހީމަށް ގޮވާލަން

    3
    19
  17. ޟ

    ކޮސްވާނެކަމެއްނެތް. ޤުރުއާންކިޔަވާ ކޮސްކަންފިލާނެ.

  18. މުބީނު މާރނީ

    ކުކުޅަށް ވުރެ ވިސް ދޮށި ވެގެން ތިއުޅެނީ ކިހިނެތް ވެގެން ؟

  19. ކަލޯބެ

    މިތަަނގަ ގިނަ މީހުން ނަށް މިކަމަށް ގޮވާލި މީހާ ނުބައި ވީ ކީއްވެ!! ހެޔޮ ކަމަކަށް ގޮވިމަ ތޯ؟؟ ގޮވި މީހާ އަށް ނުބަލާ! ގޮވުނު ކަންތަކަށް ބަލާ! ހެޔޮ ކަމެއް ވިއްޔާ ކިޢްވެ ބަހަނާ ދައްކަނީ!! ޢިބްރާހިމަކަސް ކާސިމަކަސް!! ހެޔޮ ކަންތަކުގަ ވާގިވެރިވާންވީ ނޫންތޯ؟ ރާބޯން ގޮވާލެވުނު ނަމަ މުސްލިމަކަށްވީތީ ހަމަ ވަގުތުން ހުތުރު އެއްޗުެހި ގޮވަންވީ!! ޢެކަމަކު ހެޔޮކަމަކަށް ޗެލެންޖް ކުރީމަވެސް މުސްލިމުންނަށް ވެގެން ތިބެ އެކަމަށް ހިތްވަރު ނުދީ ޕާޓީ ލޯބި ގަދަ ކުރަނީ ހާދަހާވާ ލޯބީ ނެތީ އޭ އިސްލާމް ދީނާއި އެދީންގެ ހުކުމްތަކަށް !! ބަލަގަ !! ޙިސާބު އަކުރެއް އެނގިގެން ނުވަތަ މޫދުގައި ފަތަން އެނގި ޖަލްސާ ބެއްވިއަކަސް ސަވާބެއް ނުލިބޭނެ އޭ!! ޢެކަން ކުރަން ނޭގިނަސް މުސްލިމަކަށް ވެއްޖިއްޔާ މިކަން ކުރަން އެނގެން ޖެހޭޔޭ އެބަ!! ޢެމް ޑީ އެން އުވާލި ކަހަލަ ގޮތަށް ބައެއް އިލްމު ވެރިން އުފަލުން ތިއްބަސް ސަރުކާރުގެ ބޮޑުންނާއި އެމް ޑީއެން ގެ ފައުންޑަރުން އެތިބީ އުފަލުގަ މަލާމާތުގެ ރާގަށް ހީ ހީ!! ! ޢިލްމް ވެރިން ކިޔައިގެން ތިބި ބައެއް މުނާފިގުންވެސް އަހަރުމެންގެ ތެރޭގައި ތިބި ކަމީ އަހަރުމެން ނުދަންނަ ކަމެއް ނޫން!! ޢެނގޭ އެއްޗަކީ ﷲ ގެ ރަސޫލާ އަށް ވުރެ ބޮޑަށް އެހެން އިންސާނަކު ދެކެ ލޯބި ވެއްޖިއްޔާ އެހެރީ ގެއްލެނި ވެފަ!! އެމް ޑީ ޕީ މެމްބަރުންގެ ތެރެއިން ގިނައީ ﷲ ގެ ދީން ގަބޫލް ނުކުރާ މީހުން!!

    3
    3
  20. ސާބަސް

    ދީނީ އިލްމުވެރިން ނުދެނަހުރިން މީހުންނާ ދިމާކޮށްލަ އިގެން އުޅޭނެހެނެ އް .

    3
    1
  21. މީމްވާވް

    ލަވަބާޒީ ކުޅޭހެން ކުޅެން އޮތް އެއްޗެއްނޫން ކީރިތި ގުރްއާން އަކީ.. ކީރިތި ގުރްއާނަކީ އެގުރްއާނުގެ މާތް އާޔަތްތަކާއި މެދު ފިކުރުކޮއް ވިސްނުމާއި.. ހިތުގެ އިޚްލާތެރިކަމާއި އެކު ބިރުވެތިކަމާއި ލޯތްބާއިއެކު ކިޔެވެންޖެހޭ ނުހަނު ހުރުމަތާއި އިޚްތިރާމް ދެވެންޖެހޭ މާތް ފޮތެއް. އަދި އެއީ މަތިވެރި އަޅުކަމެއް..އަދި ކޮންމެ އަޅުކަމެއްގެވެސް އެންމެ ފޮނި ލައްޒަތު ލިބެގެންދާނީ އެއީ އެއްވެސް ދެއްކުންތެރިކަމެއްނެތި ހިތް ނިޔަތް ޚަލިސްކޮއް ހަމަ އެކަނި މާތްރަސްކަލާނގެ ވަޖުހުފުޅައްޓަކައި ކުރެވޭކަމަކައް ހެދިގެން. ޣައިރު މުސްލިމުން ކަންކަން ކުރާ ބީދާއިން އަދި އެފަދަ އުސޫލުތަކައް ކީރިތި ގުރްއާން ހުށަނޭޅުމައް ގޮވާލަން. އަދި އޭގެ ބަދަލުގައި އެގުރްއާން އޭގެ އެންމެ ހެޔޮ ގޮތުގައި ކިޔަވައި އެ އާޔަތްތަކާއިމެދު ފިކުރު ހިންގުމައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނައް ގޮވާލާ ނަސޭހަތްތެރިވަން.

    5
    2
  22. މާރިޔާ

    ޝަހީމޫ އަނނިކައިރީ ތިޔަހެން ބުނުމާ މިއުޅޭ ގެރިމޯދީ ކައިރީ ތިޔަހެން ބުނުމާ ތަފާތެއްނެއް.

  23. ޤަބުކުއްޖާ

    ތިމީހުންގެ ދުލާއި ހިތް އަދިވެސް މައިތިރި ވާކަށްނުވޭބާ؟ ދެންވެސް ﷲ އަށް ބިރުވެތިވެ ތިމާގެ ދުލާއި ހިތް ތެތްމާލުމަށް ޒިކުރު ކުރުން ގިނަ ކޮށް ބަލަ މީހުންނަށް ބަދުބަސް ބުނުމުގެ ބަދަލުގައި ބިރުވެތިވެ ބަލަ ކޮންފަދަ ބާރުގަދަ ބައެއް ކުޑަ ކަކޫ މައްޗައް ތިރިވެފައި އެތިބީ ދެންވެސް މައި ތިރިވެ އަނގަ މަޑުން ލައިގެން ތިބެވޭތޯ ބަލާ ބަލަ

  24. ހިހި

    ތީ ހުރިހާއެންމެން ވެސް ތީ ހަމައެކައްޗެއް....ފައިސާ ،ދެއްކުންތެރިކަން ،ނުވަތަ އަނެކާ ދައްކޮލުން..ގިނައިން މުސްތަގުބަލް ގަ ވޯޓު ބޭނުމުގަ......

  25. ހިހި

    ކީއްކުރަން ނަޝީދު އަށް ގުރުއާން ޗެލެންޖު ފޮނުވަންވީ.މިދުވަސްވަރު....ބޮލުގަ ތެއް ކަމެއްހުރިމީހެއް ވެއްޖެޔާމު އެގެންޖެހޭނެ.......ރަޔިތުން ކޮމެންޓު ކުރުމުގަ މުރުތަދުވާނެކަން.....މި ކޮމެންޓު ތަކުގެ ޒިންމާ އެޅޭނީ ޑރ ގެ ބޮލުގަ ވއ