ޝަހީދު އަބްދުﷲ ހިނގުމުން ނުކުމެގެން ބޮޑުތަކުރުފާނު މަގަށް އެޅި ލޮރީއެއް ކޮންޓްރޯލް ނުވެ ގޮސް ރައީސް އޮފީހުގެ މެއިން ގޭޓު ފާރުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސީޑެންޓް ހިނގައިގެން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 11:07 ހާއިރުއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން މި އެކްސިޑެންޓް ހިނގާފައިވާކަމަށް ބެލެވެނީ ލޮރީގެ ހުންގާނު ތާށިވެގެން ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގިއިރު، ލޮރީ ދުއްވަން އިނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ނަމަވެސް ކެޓަގަރީ ނެތް ކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ލޮރީގެ ވާތް ފަރާތް ގޭނިފާއިވާ ކަމަށާާއި،ރައީސް އޮފީހުގެ ފާރުގައި ލޮރީ ޖެހިފައިވާ ތަނުން ސިމެންޓި ކޮޅެއް ނެއްޓިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.