މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މި ސަރުކާރުގެ ބައެއް އިސްވެރިން ފާހާނަ ޓިޝޫ އިން ފުޓުބޯޅަ ކުޅުން ޗެލެންޖެއްގެ ގޮތުގައި މަގުބޫލުކަމާއި އެކު ކުރިއަށް ގެންދަން ފެށުމާއި އެކު ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ސައީދު އަލީ ސައީދު ފައްޓަވާފައިވާ ގުރުއާން ޗެލެންޖުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބައިވެރިވެވަޑައިގެންފިއެވެ.

އަދުރޭ އެ ޗެލެންޖުގައި ބައިވެރިވެފައި ވަނީ ޑރ. ޝަހީމް ޗެލެންޖުކުރުމާއި ގުޅިގެންނެވެ. ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ގުރުއާން ޕްރޮގްރާމްގައި ބައިވެރިވުމަށް އަދުރޭ އަށް ދައުވަތު އަރުވާ ކަމަށާއި، އެ ދައުވަތު ގަބޫލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަދުރޭ މިހާރު ވަނީ އެ ޗެލެންޖުގައި ބައިވެރިވެވަޑައިގެން ގުރުއަން ވިދާޅުވެ މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

https://www.facebook.com/735360863262300/posts/1874314316033610/

މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފަސީނާ

    ކީރިތި ގުރްއާން އެއީ ކަލޭމެން ހިތުހުރިގޮތަކައް ގެންގުޅެން އޮތް އެއްޗެއްނޫން. ޣުރްއާނަށް އިހްތިރާމް ކުރުމައް ނަސޭހަތްދެން. އެ މާތްފޮތް އެއީ ކުޅިވަރުކުޅެން ބޭނުންކުރެވޭ އެއްޗަކައް ހެދިގެން ނުވާނެ. މިރާއްޖޭގަ ޝޭހަކުވެސް ނެތީތަ ބުއްދި ހަމަޖެހޭ.

    10
    51
    • ބުނަން

      ޤުރްއާން ކިޔެވުމަކީ ކުޅިވަރުކުޅުން ކަމަށް ދެކޭ ބަޔަކާ މެދު ހިތާމަކުރުންހުރި. ޤުރްއާނަށް އިޙްތިރާމްކުރުމަކީ ޤުރްއާން ކިޔަވައި އެ ޤުރްއާނާ އެއްގޮތަށް ޢަމަލުކުރުން.. ތިމާ ކިޔަވަން ބޭނުން ނޫނިއްޔާ ނުކިޔަވާ ހުރީމާ ނިމުނީ.. ކިޔަވަން ބޭނުން މީހުން ކިޔަވާތީ އެކަމާ ހިތަށް ތަދުވެގެން އުޅޭ އެއްޗެއްނޫން!

      14
      1
  2. ޓިނު

    މިކަހަލަ ސޭކެއް ބައިވެރިވެދާނެ ތޯއްޗެއް

    4
    49
  3. މޮޔަގޮލާ

    ކޮންމެ މީހަކީ ޤާރީއެއް ނޫން! އެހެންވީމަ އޯކޭ އޭ ބުނެވޭނީ.

    55
    2
  4. ސައީދު

    ކަލޯ ކީރިތިޤާުރުއާނަށް ފުރައްސާރަނުކުރާތި މާސިޔާސީވެގެން ޓިނުކޮޅު ނެގިގޮތަށް

    6
    47
  5. ކިނބޫ

    މިކަން ފެށީމަ މިއަށް މަލާމާތް ރައްދުކޮށް، ފާއިތުވި 30 އަހަރު ކޮންމެ ދުވަހަކު ގުރުއާން ކިޔަވާ ކަމަށް ބުނެ އިޝްތިހާރުވާން އުޅޭ މީހުން، ޓިޝޫ ތެޅުން ވައިވެ ގުރުއާން ޗެލެންޖް ކުރި ހޯދާތަން ފެނުނީމަ ވަރަށް އަސަރުކޮށް ހަސަދަވާނެ.

    62
    2
  6. ުއުނދުޅި

    މީ ދެއްކުންތެރިކަން އިތުރު ކުރަންވީ ވަގުތެއްނޫން

    2
    41
  7. ސޯބެ

    ގަދަ ގޮލަޔެއް

  8. ދުންމާރި4

    ސޯޓުބުރިއަކާ ޓީޝާތެއް ލައިގެން ޓިޝޫ ބޮނޑިއެއްގަ ފައިންތަޅާ ވީޑޮއޯކޮށް އިސްތިހާރުވުމަށް ސޯސަލް މީޑިޔާއަށް ދޫކޮށްލުމަށްވުރެ ﷲގެ ކަލާމްފުޅު ކިޔަވައި ސޯސަލް މީޑިޔާއަށް ދޫކުރުން މާ ހެއުކަން ބޮޑު އެއީ އެކަލާންގެ ކަލާމް ފުޅުން އެންމެ އަކުރެއްކީ މީހަކަށް ﷲ 10 ދަރުމަ ނުވަރަ ސަވާބު ދެއްވާނެކަމަށް އަންގަވާފަ ވަނީ އަދުރޭވިޔަސް ރައީސް މީހާވިޔަސް ނައިބުރައީސްވިޔަސް ހާއްސަކޮށް މިކަހަލަ މުސީބާތުގެ ވަގުތުގައި ﷲ ގެކަލާމްފުޅު ކިޔެވުން ހެއުކަން ބޮޑުވެގެންވޭ ހަޖަމުވިޔަސްނުވިޔަސް މީޙަޤީޤަތަކީ

    37
  9. އައްބާސް

    ސޯޝަލް މީޑިއާގެ ޒަރީއާއިން ގުރުއާން އަޑުއަހާ މީހުން މަދެއްނޫން. އެކަމުގެ ސަބަބުން ވެސް ކުރާނީފައިދާ. ގުރުއާން ކިޔަވާމީހާގެ ނިޔަތް ސާފްނަ މައްސަލައެއްނެތް. އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ.

  10. ސަމީރާ

    ގުރްއާން ކިޔަވާ އޱު އިވުނީމަ ހަޖަމް ނުވާ މީހުން ވެސްއެބައުލޭ.

  11. ޑައެލޯގް

    ބަލަ ޝަހީމު ބަރާބަރު ޓިޝޫއިން ބޯޅަކުޅޭތަން ދެއްކުމަކީ ދެއްކުންތެރިމަކަށްނުވެ ޤުރުއާން ކިޔަން މީހަކު ބުނެފިނަމަ އެއީ ދެއްކުންތެރިކަމަކަށް ހަދައި މީހުން އެކިޔުނަނުދިނުމަށް ބާރުއެޅުމަކީ ޝައިތޯނީ ޢަމަލެއް ބަލަ ދީނުގައި އަންގަވާފައިވޭ ހަދާންކޮށްދޭން ވީއިރު މިދަޑިވަޅުގައި ޤުރުއާން ކިޔަވަން ހަދާންކޮށްދިނުމަކީ 100 ގެކަމެއް