ކޮވިޑް-19 އާ ގުޅިގެން ސަފާރީތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުޒާހަރާ ކުރަން ފަށައިފިއެެވެ.

ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި ކުދި ޑިންގީ ފަހަރުތަކުގައި ފަޅު ތެރޭގައި އެ މުވައްޒަފުން މުޒާހަރާ ކުރަން ފެށީ މިއަދު ހަވީރު އެވެ.

މުޒާހަރާގައި ބައިވެރިވެޔަކު "ވަގުތު"އަށް ބުނީ، މުޒާހަރާ ކުރަމުންދަނީ ސަފާރީތަ ކކުގައި އުޅޭ މީހުން ރަށަށް ފޭބުން މަނާކޮށްފައިވާތީ 14 ދުވަސް ހަމަވުމުން ރަށަށް ފޭބޭނެތޯ ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ފޮނުވި މެއިލްގެ ޖަވާބު ނުލިބޭތީ ކަމަށާއި، މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި ގެސްޓުން އެތައް ދުވަހެއް ވަންދެން ނައިސް ތިބި ސަފާރީތައްވެސް އެބަ ހުރި ކަމަށެވެ. އަދި ދުވަހަކު ގެސްޓުން ފުރިފަހުން 14 ދުވަސް ވެފައިވާ ސަފާރީތައްވެސް އެބަ ހުރި އޭނާ ބުންޏެވެ.

އެހެން ނަމަވެސް އެޗްޕީއޭގެ ހުއްދަ ނުލިބިގެން ރަށަށް ނުފައިބާ ހުރީ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ ވަޒީފާ އިން ވަކި ކުރާ މައްސަލާގައި ކަންބޮޑުވުންތައްވެސް ބޮޑުކަން ފާހަގަކޮށްފައެވެ.

ސަފާރީތަކުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"ފަސް ވަރަކަށް ސަފާރީން މުވައްޒަފުން ނޯ ޕޭއަށް ފޮނުވާލާފައި ވަނީ، އަދި ސަފާރީތަކުގެ ދެ މަހުގެ މުސާރަވެސް ނުލިބި އެބަހުރި" ވަގުތު އަށް މައުލޫމާތުދިން މީހާ ބުންޏެވެ.

ސަފާރީތަކުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އޭނާ ބުނީ، މިއަދާއި ހަމައަސް އައިއިރު ހުޅުމާލޭގައި ފަޅުގައި ސަފާރީތައް ބާއްވާނެ ރަނގަޅު ޖާގައެއްވެސް ނެތް ކަމަށެވެ.

އެ މުޒާހަރާއާ ގުޅިގެން ސާފާރީތަކުގެ ބަލަދުވެރި ފަރާތް ބޯޓިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު "ވަގުތު"އަށް ވިދާޅުވީ، އެ އެސޯސިއޭޝަނަށް ކޮންމެ ސަފާރީއަކުން މުވައްޒަފަކު ގުޅިކަމުގައިވިޔަސް މިހާތަނަށްވެސް ހުންނާނީ އެ ސަފާރީއަކުން ނުވަތަ އެ މުވައްޒަފަކު ބޭނުންވާ މައުލޫމާތެއް ފޯރުކޮށްދީފައި ކަމަށެވެ. ނަމަވެސް އަދި މިހާލަތުގައި ބޯޓިންގ އެސޯސިއޭޝަނަށް 14 ދުވަސް ހަމަވުމުން ރަށަށް ފައިބާން ދާން ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަފާރީތަކުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"އެކަމަށް އެބައޮތް އުސޫލެއް ކަނޑައަޅާފައި، އެހެންވީމަ ވަކިވަކި ސަފާރީތަކުން އެޗްޕީއޭއަށް މެއިލް ކުރުމުން އެޗްޕީއޭއިން އެ ބޭފުޅުންނަށް ޖަވާބު ދެއްވަމުން ގެންދަވާނެ. އެހެންވީމަ އެއީ ބޯޓިންގ އެސޯސިއޭޝަންގެ ބާރެއް ނޫން، އެޗްޕީއޭއިން އަންގާ ގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރަމުން ގެންދަންވާނީ"، ހަމީދު ވިދާޅުވިއެވެ.

މުސާރަ އިން ކެނޑުމާއި ވަޒީފާއިން ކެނޑުމާއި ގުޅޭގޮތުން ހަމީދު ވިދާޅުވީ، އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަންގާފައިވާގޮތަށް ޖޮބް ސެންޓަރަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭކަމަށެވެ.

މި މުޒާހަރާ އާ ގުޅިގެން ފުލުހުން ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާ ނުބޭއްވޭނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޭލިއަން

    މިދެން ބޮޑުވަރު ، އެންމެންގެ ރައްކަލަކަށް އަޅާފައި ހުރި ފިޔަވަޅުތަކެއް ކަމެއް މި ބައިގަނޑަކަށް ނޭގޭހާ ގަމާރީތަ، ޖާހިލުކަން އިންތިހާ....

    5
    5
  2. ާސުރެން ސުރެން

    ތިތާ އަޅައިގެން ދުވަހަކުވެސް ސަފާރީ ނުކުރާ އުޅަނދުތައް އެބަހުރި. ޢެމީހުން އެ އުޅަންދު ދަހަރަށް ފައިސާ ހޯދާ ގޮތެއް ބަލަންވެއްޖެނޫންތަ

    4
    1
  3. ޥީރަސިންގަ

    ސަފާރީ ކީއްކުރަން، ގޭގަ ކަރަންޓީން ކޮށް،14ދުވަސް ހަމަވީމަވެސް،ހެޗްޕީއޭގެ ހަބަރެއް ނުވެގެން އެބަ ތިބި ނިކަމެތި ރައްޔިތުން. ކޮބާ އެމީހުންގެ ހައްގު! ވަޒީފާއަށް ނުދެވި،ޖަލުގެ ތޭރީގަ ހިފަހައްޓައިގެން ތިބެންވީދޯ. އެޗްޕީއޭއިން ގަރުނެއް ކޮއްފަ މެއިލް ކުރިޔަސް އޯކޭދޯ!؟ ނުފޯރާ ފަ ތިން އަދިވެސް ލައްކައިން މީހުން ބޭރުން ގެނެސް ކަރަންޓީނު އަދި އެހެން ޓީނު ވެސް ކުރާ ތި އިނގޭ!!!

    6
    5
  4. އެކްޓަރ

    ހައްގު ހޯދަން އަޑު އުފުލަންޖެހޭ....ރައްޔިތުންނޭ މިއީ ފަހު ޒަމާނުގެ ބޮޑް ތަދުގަޑު، މިކަމުން ސަލާމަތްވާނީ ގުޅިގެން މަސައްކަތްކުރެވިގެން... ސަރުކާރުން ކުރިއޮތް 1 މަސްފަހުން ޑޮލަރ ނުލިބި އިމްޕޯޓަށް ބުރުއަރާނެ.. ޤައުމުތައް ލޮކް ޑައުންކޮށްފައޮތުމުން ކުރެވޭނެ ޑިޕޮލޮމަޓިކް ކަމެއްނެތް... މާލޭގައި ދިރިއުޅުއްވާ ރަށްތަކުގެ ބޭފުޅުންނަށް ވަރަށް ދަތިވާނެ، ކުލީގެ އެއްވެސް ލުޔެއްނެތް.. މިފަދަ ހާލުގައި އިގުތިސާދީ އެންމެ ރަގަޅު ވިސްނުމަކީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ހުރިހާމަގެއްކޮށުން... މަސްވެރިކަން އިތުރަށް ކުރުމާއި، ހިކިމަސް، އަދި ލޮނުމަސް އަޅާ ރައްކާކުރުން މިވަގުތުން ވަގުތަށް ދަނޑުވެރިކަން ބޮޑް ސްކޭލެއްގައި ފެށުން... ބެންކުގައި ސޭވިންގް އެއް ހުއްޓަސް ފައިސާއިން ކުރެވޭނެ ކަމެއްނެތް... ކައިރި މިއޮތް ބޮޑްބޭބެ ޤައުމުގެ ހާލަތު ވަރަށްގޯސްވެދާނެ.... ޚަރަދު ވީހާވެސް ކުޑަކޮށް ސިގިރޭޓަށްކުރާ ޚަރަދާއި ، ކޮންމެހެންކުރަންޖެހޭ މުހިންމު ޚަރަދެއްނޫނީ ނުކުރެއްވުމުގެ އަޒުމް ކަނޑައަޅުއްވާ... ސަރުކާރުން ހުރިހާކަމެއް ކޮށްދެއްވާނެކަމަށް ނުބައްލަވާ... ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި އަދި 99.99 % ލިޔަންކިޔަން ދަންނަ ، ރައްޔިތުން ތިބި ޤައުމެއް، ޚާއްސަކޮށް ޒުވާނުން.... ވަޒީފާ ގެއްލޭނެ، އަދި ވަކިހިސާބަކުން ރައްޔިތުން ދަރަނި ކާޑަށް އެދެންޖެހޭނެ... ސަރުކާރުގެ ބޯހަރު ސިޔާސަތު މިސް މެނޭޖް ކުރެވިއްޖެނަމަ ޤައުމު ހޯދަން އުޅޭނެކަމެއްނެތް.... ލޮބްވެތި ރައްޔިތުންނޭ މާޔޫސްކަމުގައި އަޅުވެތިކަމާއި ދުއާކުރުން ދޫކޮށްނުލައްވާތި....

    10
    • އެމްޑީޕީ ބުރޯ

      އެކްޓްކުރާނެކަމެއްނެތް މިއީކީ ސިޔާސީވާންވީ ވަގުތެއްނޫން އެންމެންވެސް ބަލަންވީ ވީހާވެސް އެކުވެރިކާމާއި އެއްބައިވަންތަ ކަމާެި އެކު އުޅެވޭތޯ

      5
      5