ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބާއްވަން ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ގާނޫނުގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެނޫޅުމަށް އެންގޭނެއެވެ.

ފުލުހުން ދެންމެ ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ނިންމާފައިވާ ކަމަށެވެ.

އަދި އެންމެންގެ ރައްކަލަށްޓަކައި ހުރިހާ އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރޭގައި އަމަލުތައް ބެލެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިއަދު ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި ކުދި ޑިންގީ ފަހަރުތަކުގައި ފަޅު ތެރޭގައި މުޒަހަރާ ކުރަން ފެށުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލަި

    މުޒާހަރާކުރަނިީކީއްވެގެންކަން ލިޔެލިނަމަ ވަރެްފުރިހަމަވީސް. މުވައްޒަފުންގެ މުޒާހަރާައި ކީއްވެތޯ ސަފާރިތަކުގެ ޑިންގީ ބޭނުންކުރަނީ.

    10
  2. ވިސްވާ

    ހެޔޮނުވާނެ މައިންންބަފައިނާ ދަރިންދެކެ ލޯބިވާނަމަ ތިސަފާރީތަކުގަ ތިބިތާ އިހަށްތިބެބަލަ ބޭނުންވަނީ މުޅި އާއިލާ ނުރަށްކަލުގެ ތެރެއަށް ވައްޓާލަންތަ ތީ އަބިދަރިން މައިން ބަފައިންދެކެ ލޯބިން އުޅޭ ބްއެއްނުން މި ބައްޔަކީ ގައިންގަޔަށް އަރާ ނޭގި އެތަށްދުވަހެއް ވަންދެން ހަށިގަނޑުގަ ހުންނަ ބައްޔެއް ﷲޓަކަ ތިބިތާ އިހަށްތިބެބަލަ މިނބަލާ މުސީބާތުން ސަލާމަތް ވަންދެން

    15
    4
  3. ޢާމިނަތު

    އެމީހުން ސަފާރީގަ ތިބެންވީ އުމުރު ދުވަހުގަތަ؟؟
    ތަންކޮޅެއް އަވަހަށް ސާމްޕަލް ނަގާފަ ރިޒަލްތް ލިބޭތޯ އުޅެންވީނު....... އަނބިންނާ ދަރިންނާ ތިބޭ ބަޔެއް ވިއްޔަ އެއީވެސް