އިންޓަނެޓާއި ގުޅިގެން ސަރުކާރުން ބޭނުންވާ ގޮތް ހާމަކޮށްފި އެވެ.
އެކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރި ސްކޫލްތައް ބަންދުކޮށް ގެއިން ނުކުމެ ނޫޅުމަށް އަންގާފައިވާތީ މުއާޞަލާތީ ޚިދުމަތްތައްކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންގަަވާފައިވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އެ ކުންފުނިތަކާއި ބައްދަލުކޮށް މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުންވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަންގާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު،
- ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
- ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
- މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
އަދި ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ނުވަތަ
ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުމަށް ސަރުކާރުން ހުށަހަޅާފައި ވެއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރުން އުންމީދުކުރަނީ އެގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލު ކުރާނެ ކަމަށް ކަމަށެވެ.
މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް ސަރުކާރުން ވަނީ ކުންފުނިތަކަށް އަންގާފައެވެ.
އަދި ކޯވިޑް-19 އާއި ގުޅިގެން އުފެދިފައިވާ ޙައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާއި މުއާޞަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މުއާސަލާތީ ކުންފުނިތަކަށް ސަރުކާރުން ވަނީ އަންގާފައެވެ.
"މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާޞަލާތީ އަދި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ވަކީން ޚާއްޞަކޮށް މުއާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް ގޭގައި މަސައްކަތްކުރުމާއި ކުދީންނަށް ކިޔަވައިދިނުމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދެމުން ގެންދަވާ ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރަން". ރައީސް އޮފީހުން ވިދާޅުވިއެވެ.
އެންމެންނަށް ފްރީ ކޮށްދިންނަމަ ގައިމު?. ކިޔަވާ ކުދިންނަށް ފްރީ ކޮށްދިންނަމަވެސް ސަޅި☺️
ސަރުކާރުގެ %100 ހިއްސާދިރާގުގައޮތްނަމަ މިއަދު ރައްޔިތުންއެދޭގޮތައް ހުރިހާކަމެއްވެސް ކޮއްދއވުނީސް.
އިބޫވަރެއް ހަމަނެތް ޝުކުރިއްޔާ
ވަގުތު ނޫހުގަ ހުންނަ ޙަބަރުތަކުގަ އެކަނި ކީއްވެބާ ސަރުކާރަށް މީހުން ތާއީދުކޮށްފަ ހުންނަ ޙަބަރު ތަކަށް ގިނައިން ޑިސްލައިކް ލިބިފަ ހުންނަނީ
ކިތަންމެ ހަޖަމް ނުވިޔަސް ތެޅިތެޅި ތިބެން ޖެހޭނީ މި 5 އަހަރުގަ
ޔާމީން ޖަލުންނެރެވޭނެ ވަރުގެ މީހަކުވެސް އިދިކޮޅުގަ ނެތް...
އެމީހުންނަށް ވެސް ރަގަނޅީ އޭނަ ޖަލުގަ އޮތީމަ
ކެނެރީގޭ ނަޝީދުއަށް ވެރިކަމަށް ނާދެވޭނެހެން ގާނޫން ހަދައިން އެއްމެ ފަހުން އަތަށް ގޮވީ....
ގައިމް އޭނަ އަށް ފުރުސަތް ދިންނަމަ ޔާމީން ހުންނާނީ މިހާރު ވެރިކަމުގަ
އަމިއްލަ އަށް ފޭހުން އިލޮށި އަމިއްލަ ލޮލަށް ވަދެ ޔާމީން ޖަލުގަ އޮންނަން ޖެހުނީ
ދުނިޔޭގެ ނިސްބަތުންވެސް އިންޓަރނެޓްގެ އަގު އެއްމެ ބޮޑު އެއްޤައުމުގައި އިންޓަރނެޓް ލިބޭ ސްޕީޑަށް ބަލާއިރު ރައީސް ތިޔައެދިލެއްވި ގޮތަށް އަގުހެޔޮ ކުރީމާ ފައިލެއް އަޕްލޯޑް ކޮއްލަން ނުވަތަ ޑައުންލޯޑް ކޮއްލަން ކިތައްގަޑިއިރު ބޭނުންވާނެބާ؟ މިހާރުވެސް ތިންހަތަރު ގަޑި އިރުން ނޫނީ ފައިލެއް އަޕްލޯޑް ނޫނީ ޑައުންލޯޑެއް ނުކުރެވޭ! މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނާހެން
މަހުގެ ކުރީކޮޅު: ފިރުކިލާނެ! މަހުގެ މެދުތެރޭ ކުކުރާލާނެ!
މަހުގެ ފަހުކޮޅު ގުޑާވެސް ނުލާނެ!
ބޮޑު މުސާރަ ލިބޭ މީހުންނަށް ހިލޭ. އެޔާ ޖެހުނު މީހުންނަށް %70. ދެރަ ނިކަމެތި މީހާ އަށް %50. ތިވަރު ވެއްޖެއްޔާ ވެސް ޝުކުރު.
އދިރާގު އުރީދު ބަ އިތި އްބާފަ އެހެން ބަޔަކަ އްވެސް ހު އްދަ ދޭންވެ އްޖެނު ލަ އްކަ އާދޭސް ކުރެވި އްޖެނު.
ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
މީ އޮޅު ވާލުމެ އް . މި ޕަސެންޓް ލިބޭ މީހެ އް ނޫޅޭނެ. ހަމަ އެކަނި ފެން ނާނީ ލިޔުމުން އެކަނި.
އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ސައިޓް ތަކަށް ވަންނަ މީހުން ވ ގިނަ އެވެ.
100% ދިވެހިންގެ ޝެއަރ އޮތް ކުންފުނީގެ ޝެއަރ ވިއްކާލުމާ ގައުމު އެންމެ ބޭނުންވި ދުވަހުވެސް ރައީސް މިޖެހުނީ އާދޭސްކުރަން! މިވެސް އެމްޑާޕާގެ ފުރަތަމަ ވެރިކަމުގައި ކުރި މޮޅުކަމެތް! މިހާރުވެސް ގައުމުގެ މިނިވަންކަމާ ދެމެދަށް ބޭރުމީހުން ބޭނީމާ ފެން ނަތީޖާ ވިސްނާ
މި ރައީސަށް އެނގިވަޑައި ނުގެންނެވީ ކަމެއް ނޫނީ، ސިޔާސީ މީހުން އެހެންޏާވެސް "ހިހޫތަނުން ކާލާ އުސޫލުން" މިފަހަރުވެސް، މުވާސަލާތީ ކުންފުނިތަކުން އިންޓަނެޓް ޕެކޭޖްތަކުގެ އަގުހެޔޮކުރުމާއި އަދި އެނޫންވެސް "ހެޔޮނިޔަތުގައި" ތަފާތު ޕްރޮމޯޝަނަލް، އަދި އަގުހެޔޮ ކަންތައްތަކެއް ފަހިކޮށްދޭން ފަށާއިރަށް، ވަގުތުގެ ބޭނުންކޮށް އަވަހަށް މިއޮތީ ބަޔާނެއް ނެރެލާފައި. ދެން ވިދާޅުވާނެ، ތިމަން މަނިކުފާނުގެ އެދިވަޑައިގަތުމަށް ހާދަހާވާ އަވަހަކަށޭ ފިޔަވަޅު އަޅާފައި މިވަނީ. ހަމަ ތެދެއް ސަހަރޯ ހީވޭ.
ސައްކެއްވެސް ނެތް، މިއޮތީ މޮޅުކަމެއް ކޮށްލާނަމޭ ހިތާ، ޗިޕްސީ ބަޔާނެއް ނެރެފައި. ދެން ރައްޔިތުން އަތްޖަހާންވީ. މިޔަށްވުރެ މާ ތާހިރުވާނެ، ކޮވިޑް އަލާމަތް ފެންނަ އެންމެން ޓެސްޓް ކުރެވޭނޭގޮތް ހަދައި، ސެލްފް އައިސޮލޭޝަންގައި ތިބޭ މީހުންނަށް، ޓީވީން އެދައްކާ އިސްތިހާރުގައި ބުނާ ގޮތަށް، ވަކިން ކޮޓަރިއެއްގައި، ވަކިފާހާނާއަށް ގޮސް، އަމިއްލަ ކޮޓަރިއެއްގެ ކުޑަދޮރު ހުޅުވާލެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސައިދީ، ބޯހިޔާވަހިކޮށްދިނިއްޔާ. ސިޔާސީ ބޭނުން ފުއްދޭތޯ އަދިވެސް.
ރިސޯޓްތަކުގެ އޯނަރުން މުވައްޒަފުންނަށް ދެމުންދާ ދެރައާދޭތެރޭ އެއްޗެއް ބުނެލަން ނުކެރޭނު ކުޑަމިނުން.
ގަރުނުގެ ބޮޑު ޖޯކު.....އެއް ކަމެއް ވެސް ނުވާނެ
ބަލަން ތިބޭތި
މިކަލޭގެ ކިހާވަރެއްގެ ބޮޑިއެއް ލިބުނީމަބާ ހޭއަރާނީ!
ދެން މިވާވަރުވެސް ނުވާނެ. އަބަދު ލޯޑިންގަ. އެކަމަކު 50 ޕަސެންޓް ހިލޭ. ލޯޑިންގ..... ލޯޑިންގ މިނޫންވަރެއް ނުވާނެ.
70 ޕަސެންޓް ގޭގެއާ ، މޯބައިލް 50 ޕަސެންޓް ކަސްޓމަރުންނަށް ތިޔަ ކިޔަނީ ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް އެކަން އެގޮތަކަށް ނުކުރެވޭނެ މިކަން މިގޮތަށް ކޮށްފިނަމަ ގާނޫނުއަސަސީގެ 97 އާ 17 އާ ހިލާފް ވެވޭކަމަށް ބެލުމުގެ ފުރުސަތާ މަގާމު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާހޯދާދިނުންކަމަށް ތުހުމަތު ކުރުމުގެ ޖާގަ ވެސްއެބައޮތް. ވިސްނަވާނެކަމަށްދެކެން ކޮންމެ ގޮތަކަށް ވިޔަސް ޑާޓާ ކިޔަސް ނެޓް ކިޔަސްމިދެވެނީ ދަވްލަތުގެ ފައިސާ. ހިލޭ ނެޓް ދިނު މަށް ކަނޑައަޅާފައިވާ ކޮވިޑްމީހުނާ ކަރަންޓީ ނުގަ ތިބޭފަރާތްތަކަށް ހިލޭ ޑާޓާ ދެވިދާނެ އެއީ މައްސަލައެއްނޫން.
ކިނބޫ ވަޢްދު.....
ގުންޑާ ސަރުކާރުން ވައްކަން ކޮށްކޮށް ހައްދުފަހަނަ އަޅަދިއު މުން މިބައިގަނޑަށް މާތްﷲ ހުރިހައި ދޮރެއް ބަން ކުރެއްވީ ރައްޔަތުންނަށް ހާން ކޯރުވުމުގެ ނަތީޖާ!
މެލޭޝިޔާ ސަރުކާރުން ހެދިގެން މުޅިގަ އުމުގެ އިންޓަނެޓް ހިލޭ ކޮ އްދެ އްވާ. މި އީ އެންމެ 4 ލަ އްކަ މީހުން އުޅޭތަނެ އއް.. ޓޫރިޒަމުން އަހަރަކު ބޮލަކަ އް އެތަ އއް ހާހެ އް ވަންނަތަނެ އް. މެލޭޝިިޔާ ކަހަލަ 24 މިލިޔަން މީހުން އުޅޭ ގަ އުމަކަ އް އެންމެންނަ އް ހިލޭ ދެވޭ އިރު ރާ އްޖޭގަ އި 4 ލަ އްކަ މީހުންނަ އް ނުދެވެންޖެހޭ ސަބަބެ އްނެތް. މި އީ ބިލިޔަން ޑޮލަރުގެ ޓޫރިޒަމް އިންޑަސް ޓުރީ ހިންގާތާ 40 އަހަރު ވެފަ އިވާ ގަ އުމެ އް.
އިންޓަރނެޓްގެ އަގު ހެޔޮ ކުރުން އެއީ ދިވެހިންގެ ސިކުނޑި ތަކުން މަދު އެއް ހިއްސު އެމެންނަށް ލިބިގެންދާނެ ކަމެކޭ މަމެން އުއްމީދު ކުރަމޭ ރައީސްޑާންސް...
ޢުއްމީދުކުރިގޮތެއްނޫން މުޅިންވެސްއޮޅުވާލުން
ދިވެހި ދައުލަތުން އެބަޖެހޭ މުއާސިލާތީ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ރާއްޖެއަށް ގެންނަން.
ކިހިނެތޯ މިވީ ނެޓް ބިލް ދެއް ކިތާ މީ 4 ވަނަ ދުވަސް މިރޭ މެސެޖް މި އައީ %90 ބޭނުން ކުރެ ވުނު ކަމައް މީހަގީގަތަށް މިލިއުނީ 38 ޖީބީ 4 ދުވަސް ތެ ރޭ ހުސް ވީމަ މިހިރީ ހައިރާން ވެ ފަ ކިހިނެއް ބާ މިވީ !؟
ޓ ތިޔަށްވުރެ ރަނގަޅުވާނެ ރަށްޔަތުންގެ ގެދޮރުގެ ކުލީގެ ބައެއް ސަރުކާރުން ދައްކަ ދިނިއްޔާަ
އިހުލާސްތެރިނަމަ ސަރުކާރަށް ހިލޭ ކުރިފަދައިން ކިޔަވާކުދިންނަށް ހިލޭކުރިނަމަ ކިހާ ހަމަހަމަ ގޮތަކަށްވީސްދޯ