ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީުމަށް ފިނިމޫސުމުގައި އެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާކުރުމުގެ ހަރަކާތުގައި ލިިބުނު 1800 މަސްދަޅު ކޭސްތައް ރޯދަ މަހާއި ދިމާކޮށް ބެހުމަށް ނިންމައިފިއެވެ.
ދިވެހިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށްދޭ މަސްދަޅުގެ މިހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ، އިންސާނީ އެހީދޭ ތުރުކީގެ ޖަމިއްޔާ އެއް ކަމުގައިވާ، އިންސާނީ ޔަރްދިމް ވަޤުފީ (އައިއެޗްއެޗް) މެދުވެރިކޮށެވެ.
މިގޮތުން މަސްދަޅުކޭސްތައް މިހާރު ގުދަން ކުރެވިފައި ވަނީ އެޖަމިއްޔާ އިން ތުރުކީގައި ޤާއިމްކޮށްފައިވާ ގުދަނެއްގައައި ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ން މައުލޫމާތު ދެއެވެ.
އެ ޖަމިއްޔާއިން ބުނީ، އެންމެ ފުރަތަމަ މަސްދަޅު ބެހުމަށް ނިންމާފައި އޮތީ، ފިނިމޫސުމުގައި ކަމަށް ވީނަމަވެސް، މިމަސްދަޅު ކޮންޓެއިނާ އެޤައުމަށް ފޯރާފައި ވަނީ ފެބުރުވަރީމަހުގައި ކަމަށެވެ. އަދި އެގޮތަށް ދިމާވެފައި ވަނީ ފެތުރެމުންދާ ކޯވިޑް-19 ރޯގާގެ ސަބަބުންނާއި، ސިއްހީގޮތުން ބޭނުންވާ ލިޔެކިޔުންތައް ލިބުމުގައި ދިމާވި ދަތިތަކަކުގެ ސަބަބުން ކަމަށެވެ.
އަދި ކުރިން މަސްދަޅު ބަހަން ނިންމާފައި އޮތީ ފިނިމޫސުމާއި ދިމާކޮށް ކަމުގައި ވީނަމަވެސް، ފިނިމޫސުމްވެސް ނިމުމަކަށް އައުމާއި ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުގައި ވާތީ، މަސްދަޅު މިހާރު ބެހުމަށް ހަމަޖެހިފައިވަނީ މި ރޯދަމަހާއި ގުޅިގެން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސީރިއާގައި ދަތި ހާލުގައި ދިރިއުޅެމުންދާ އަޚުންނާއި އުޚުތުންނަށް ދިވެހިރައްޔިތުންގެ ފަރާތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އައިއޭސީގެ ފަރާތުން މި ރަމަޟާން މަހާއި ދިމާކޮށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިދަޖެހި މީހުންގެ ވަޒިފާތައްގެއްލި ކަންބޮޑުވެގެންދާއިރު އެއްބަޔަކު މިއުޅެނީ ކޮންގަނޑެއްގަންނާކަށްހޭ މާ މުއްސަދިބަޔަކަވެގެން ތިތަކެއްޗަށް މިހާރު މިއޮތީ ދިވެހިންނަށް މާބޮޑަށް ބޭނުންޖެހިފާ..
އިޚްލާސްތެރިންނަކީ ދަތިހާލުގައިވެސް އަނެކުންގެ ބޭނުންތައް ފުއްދާދީ ޞަދަގާތްކުރާ މީހާ!
ދިވެހިންގެ ވަކި ބައެއްގެ ވަޒީފާ ގެއްލުނީ އިއްޔެ. ސީރިޔާގެ މުސްލިމް އަހުންނާއި އުހުތުން ހާލުގައި ޖެހުނުތާ 9 އަހަރު ވީ. ވަންނާގެ ގެދޮރެއް ތިން އިރު ހަމަ އަށް ކާނެ އެއްޗެއް ދަރިންނަށް ތައުލީމެއް ބަލި ވީމަ ބޭސް ފަރުވާ ނުލިބެ. ތި ގޮތަށް ތިހެން ބުނާ އިރު ޓެންޓެއްގައި ތިބޭފުޅާ އަށް ކިތައް ދުވަސް ކެތްކޮށްލެވޭނެތޯ. ފިނި މޫސުމުގައި ވިއްޔާ ގަދަ ފިނީގައި ވާރޭ ވެހެންޔާ ވާރޭގައި ހޫނު މޫސުމުގާއި ގަދަ ހޫނުގައި. ކޮންބައެއްތޯ ބޮޑަށް ހާލުގައި ޖެހިފަ ތިބީ. ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީ ވީމައި ﷲ އެމީހެއްގެ މުދަލުގައި ބަރަކާތް ލައްވާ އެކަމުގެ އަޖުރު ދެއްވާނެ އިންޝާﷲ އެއީ ގެއްލި ދާނެ އެއްޗެއް ނޫން
ވަރައް އުފާވެރި މަންޒަރެއް. ސަދަގާތް ކުރުން އިތުރު ކުރީމަ މުސީބާތް ތަކުން ސަލާމާތް ވާނީ.