އަންނަ ހަފްތާގައިވެސް ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަންނަ ހަފްތާގައިވެސް ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވެފައި ވަނީ،މިކަން މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށެވެ.

އަދި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން އެދުނު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަންވެސް މަޖިލީހުން ވިދާޅުވިއެެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތް ކުރަން ޖެހޭ ގޮތަށް ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައެވެ.

ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން "ޔެސް ޓީވި" މެދުވެރިކޮށް ކްލާސްތައް ގެނެސް ދިނުމަށާއި އޮންލައިން އެހެން ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދިނުމަށް ނިންމައިފައެވެ.

އަދި މިހާރު ބައެއް ކޮލެޖްތަކުގެ ކިޔެވުންތައްވެސް ކުރިއަށްދަނީ އޮންލައިންކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފައިސަލް

  ހެޔޮނުވާނެ ތިހެންނަހަދާ އިރުއިރުކޮޅާ.. އޮފީސްތައް ބަންދު ނުކުރިޔަސް ސްކޫލުތައް ރޯދަމަސް ނިމެންދެން އެއްކޮށް ބަންދުކޮށްލާ އަދި ތަންކޮޅެއް ކުރިން މިކަން އަންގަދީބަލަ އޭރުންތާ ރަށަށްވެސް ދެވޭނީ ތަންކޮޅެއް ހަރަދު ކުޑަކޮށްލަން.

  51
  2
 2. ފިހާރައިގަ މަސައްކަތް ކުރާ ކުއްޖާ

  އާން އެންމެންގޭގަ ތިބެން އެންގީ.....އެކަމް ފިހާރަތައް ތޮއްޖެހިފަ.....ވަރަށް ވާހަކަމީ....

  24
  2
 3. Anonymous

  ބަންދު ކުރަން ނިންމަނީ ކިހާ ދުވަހެއްކަން އަންގާލަން ވީ އެއް ނުން

  32
  1
 4. ރާއްޖެތެރޭ ކުއްޖާ

  ތިހެން ހަފްތާއަކުން ހަފްތާއަކުން ބަންދު ނުކޮށް ނިކަން މަހެއްދެމަހެއްވަރު ސްކޫލްތައް ބަންދުކޮޮށްބަލަ. އޭރަށްތާ ކަންކަން ހަމަޔަކަށް އެޅިލަންދެން ރަށުގަ މަޑުކުރެވޭނީ. ހުރިހާ އެންމެން ކުލި ކުޑަ ކޮށްދޭނީކީ ވެސް ނޫން. މިއޮށް ހިރިހާ ދުވަހު ގުލާނު ކޮށްދިން ވަޒީފާގަނޑުންވެސް ތިން މަސްދުވަސް ނޯޕޭ އަށް ފޮނުވާލީ.

  47
  2
 5. ދިވެހިން

  ނޯންނާނެ ހެޔޮ އެއްގޮތެއްވެސް. ?‍♀️

  5
  4
 6. ޝިއަންނާ

  އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ބަންދު ނަމަ އެއީ ކޮވިޑް އިން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި ރައީސް އިބޫގެ ސަރުކާރުން އެޅި ޕާރފެކްޓް ފިޔަވަޅެއް ކަމަށޭ ...

  10
 7. Anonymous

  މިއޮތް އެޑްވާންސްޑް ޒަމާނުގައި ގޭގަތިބެގެންވެސް ދަރިވަރުންނަށް ކިޔަވައިދެވޭނެ! ޓެބްލެޓް ބޭނުންކުރަން ބޭނުންނުވަންޏާމު ކޮންމެ ކުއްޖެއްގެ ބެލެނިވެރިއެއްގެ އަތުގައޮންނަ ސްމާޓްފޯން ތްރޫކޮށްވެސް ފިލާވަޅުދެވިދާނެ! އެއްވެސް ތާކުންތާކުނުޖެހޭ ދޯހަޅިގޮތްގަށް ހިނގަމުން ދާ އެޑިއުކޭޝަން މިނިސްޓްރީއެއްބާ މިއޮތީ!

 8. ޜއޔތއ

  މި އަހަރު ދެން ސްކޫލު ނުހުޅުވުން އެންމެ ރަަަަަ އްކާތެރި ގޮތަކީ.....

 9. ފިރާޝާ

  ރޯދަ މަސް ނިމެންދެން ސްކޫލުތައް ބަންދުކުރުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ ރަނގަޅުވާނެގޮތް. އަބަދު ތިހެން ހަފްތާ ހަފްތާ ނުކިޔާ ރޯދަ މަސް ނިމެންދެން ބަންދުކުރުމުން ކަންކަން ހަމައަކަށް އެޅެންވެސް ފަސޭހަވާނެ. އާދޭސްކޮށްފަ މިބުނަނީ ބަންދުކޮށްލަދޭށޭ.