ރިހިވެލި ދަ ޑްރީމް ހޮޓެލް މޯލްޑިވްސް އިން މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް އެ ރިސޯޓް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
މޮނިޓަރިންގެ ހާލަތައް ގެނައުމުން އެރަށަކަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަޒީޒް ވިދާޅުވީ އެރަށުން މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ސާމްޕަލް ނަގަނީ ދިވެއްސެއްގެ ގައިން ކަމެއް ނުވަތަ ބިދޭސީއެއްގެ ގައިން ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ މިއަދު ރާއްޖެއައީ ދެ ދިވެހިންކަމަށާއި އޭގެތެރެއިން އެކަކު ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން، ވެލިދޫ އައިސޮލޭޝަނަށް ގެންގޮސްފައިވާކަމަށެވެ. އަދި ދެވަނަ މީހާ ކުޑަބަނޑޮހުގައި ކަރަންޓީން ކުރަން ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މޮޔަވެގެންތަ ތިއުޅެނީ؟ ކީއްކުރަންށޯ ތިގެންނަނީ ބަލި ޖެހިފަ ތިބޭ މީހުން. އެއްވެސް ކަމެއްކުރުމުގެ ގާބިލުކަމެއް ނެތް.....