ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި އުޅުނު ޑޮކްޓަރަކު ކަރަންޓީނުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި އުޅުނު ޑޮކްޓަރެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި 6 މީހަކު، ބަލީގެ އަލާމަތްތައް ފެނިގެން އައިސޮލޭޓްކުރި ކަމަށާއި، އެމީހުން ޓެސްޓުކޮށް، ނަތީޖާ ލިބުމާއެކު މިހާރު މަސައްކަތަށް އަނބުރާ ނެރެފައިވާ ކަމަށެވެ.

ރާއްޖެއިން ޑޮކްޓަރަކު ކަރަންޓީނުކުރިމަށް މަބްރޫކް ވިދާޅުވި ނަމަވެސް، ކަރަންޓީނު ކޮށްފައި ހުރީ ކޮންތާކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަފީސާ

    އަވަސް ޝިފާ މިންވަރުކުރައްވާށި. އާމީން.

    11
  2. ޢަދުރޭ

    860 މީހުން ބަންދުގަ މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ ބާކީހުރިކިޓް ފޮރުވާފަ ރައީސްއޮފީހުގަ ވެރިން ޓެސްޓްކުރަންތަ

    5
    1
  3. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން.