7 ފެބްރުއަރީއާއި، އެދުވަހާއި ގުޅިގެން 22 ދުވަސް ވަންދެން ރާއްޖޭގައި ހިނގި ހަމަނުޖެހުމުގައި ޑރ. ޝަހީމް ބައިވެރިކަން ސާބިތުކޮށްދިނުމަށް ރައީސް ނަޝީދަށް ޗެލެންޖު ކުރައްވައިފިއެވެ.

ޑރ ޝަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 7 ފެބްރުއަރީގެ ބަގާވާތުގެ އެއްވެސް ކަމަކުން، މަންޒަރާއި އަޑުންވެސް އެމަނިކުފާނުގެ ފޮޓޯއެއް، ވީޑިޔޯއެއް ނުވަތަ އޯޑިޔޯއެއްވެސް ދައްކައިފިނަމަ ރައީސް ނަޝީދަށް 150،000 ރުފިޔާއާއި، އުމްރާ ދަތުރުގެ ދެކޮޅު ޓިކެޓް އަދި ހުރުމުގެ ޚަރަދު ދޭނެ ކަމަށެވެ. އަދި ޑރ ޝަހީމް އެ ދަތުރުގައި އެއްޗެހިތައް އުފުއްލަދޭނެ ކަމަށްވެސް ޝަހީމްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިއީ ފެބްރުއަރީ 7 އާއި ގުޅިގެން، ޑރ ޝަހީމް ރައީސް ނަޝީދަށް ކުރައްވާ ޗެލެންޖެއް ކަމަށެވެ. އަދި ޝަހީމް އަކީ ބަޤާވަތްކުރާ މީހެއް ނޫން ކަމަށާއި، ޝަހީމްގެ ބައްޕަ އަދި ކާފަވެސް ބަޤާވާތް ކުރުރާ ކަމަށާއި، ފިސްތޯލަ އެތެރެ ނުކުރާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ރައީސް ނަޝީދުވަނީ ޝަހީމްއަކީ ބަޤާވާތް ކޮށްގެން ހުރި މީހެއްކަމަށާއި، އެކަމަށް ތައުބާނުވެ ހުރި މީހެއްކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ޯއަދުލީ

    ތިޔަލާރި އެސޮރުބޭނުންވާނެ ނަމަވެސް އުމްރާއަކައްނުދާނެ

    119
    13
  2. އިބްރާ

    މި ދެމީހުން ވެސް މީ އެއްކަހަލަ ދެމީހުން. ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ! ޝަހީމް އަށް ރީތިކޮށް ގުރުއާން ކިޔަވަން އެގުނަސް ގުރުއާން ދައްކާ މަގުން ހިގަން އެގޭހެން ހިޔެއްނުވޭ!

    39
    173
    • މޮޅު

      ތިބޭފުޅާއަކީ ވަރަށް ދީން އިނގޭ ބޭފުޅެއްހެން ހީވޭ. ދަރުސް ދެއްވަން ވީނޫންތޯ.

      12
  3. މުހައްމަދު އަބުދުﷲ

    ޤުރުއާން ކިޔެވުމަށް އާބިދާ ދަރިއަށް ޝަހީމް ކުރި ޗެލެންޖު ނުވާވަރުގެ ކަމެއް ކަމަށް ޤަބޫލް ކުރެވޭތީ އެކަމުން ރެކެން އާބިދާގެ ދަރި މޮޅު ވާހަކަ ދެއްކީމަ މި އޮތީ އަތަށް ގޮވާފަ. ރޫހާނީ ލީޑަރު ބޯކޮޅަށް ނަގާގެން އުޅޭ ބައިގަނޑު މިރޭ ނުނިދާ މުޅި އިންޓަރ ނެޓް ހާވާ ބޭލުމުގަ. ނުފެންނާނެ އެކެއްޗެއްވެސް. ލޮލް

    111
    18
  4. އައްމަޑޭސަމީރު

    އަދި ލަންކާގަހުރެ އަވަށްޓެރި ގައުމެއްގެއަސްކަރިިިިއްޔާއަކުން ދިވެހިރާއްޖެ
    އަށްއަރާ ދިވެހިރާއްޖެ ހިފާކަށް ދައުވަތެއްނުދޭ

    77
    2
  5. ބޮކި

    ކެނެރީ ނަށީދު ބަގާވާތޭ ކިޔައިގެން ވާހަކަދައްކަން ރީއްޗެއްނޫނޭ! ބަލަ ދިވެހީންނަށް އެނގޭ ބަގާވާތްކުރުމަށް ފައިގެ ފަލަމަސްގަނޑުގައި ފިސްތޯލަ ބަނދެގެން އެތެރެ ކުރީ ކާކުކަން ދެންވެސް އެބާވަތުގެ މަުޑުދާރު އަމަލް ހިންގީ ކޮންބައެއްކަން ލަދު އަރުއްވާފަ ހުރި އެއްޗެއްތަ މިނަށީދަކީ؟

    96
    9
  6. ލިއުޝާ

    ރުފިޔާގަ ހިފާނެ ގައިމުވެސް އުމްރާ ދަތުރު ދޫކޮށްލާނެ.

    94
    9
  7. ނަޖީބު އައްބާސް

    މިކަހަލަ މީހޫނާހެދި ދީނުގެ އަގުވެއްޓެނީ ސަހީމު ގައިން ދީނީ އިލުމުވެރިޔެއް ގައިން ފެނައް ޖެހޭއެއްވެސް ސިފަޔެއް ނުފެނޭ

    41
    148
  8. Anonymous

    ނަޝީދު އަކީ ވަރަށް ބޮޑާ ކިބުރުވެރި މީހެ އް، ތިމާނޫން އެހެން މީހުންނަކީ އެއ އްވެސް މީހެއ އް ނޫންކަމަށް ދެކެނީ، އެހެންވެ މީހުންގެ އަގު ވަ އްޓާލަން އަބަދުވެސް މަސަ އްކަތް ކުރާނެ.

    107
    21
  9. ކެލާކުރޮޅި

    ސާބަހޭ ޝަހީމް ހަމަ ހަބޭސް ތިހެންވާންވާނެ ބުއްޅަބޭ ބުނާއެއްޗެއް މިހާރު މަބަލާހިތްވަނީ

    131
    16
  10. ސީސީ

    ޑރ. ޝަހީމް ސަޅި! މާޝާ ﷲ.

    131
    18
  11. ބުއްޅަ އެކްސް

    ޝަހީމޫ ފޮޓަޔަކީ ބޭނުން ގޮތަކަށް ހެދޭ އެއްޗެއް ބުއްޅަބޭ ހަދާލަފާނެ ބަޣާވާތުގެ ތޮތްޕެއް އަޅުވާފަ އަތަށް ބަޑިއެއް ލާފަ އޭރުން ހިކިނެއް ހަދާނީ

    57
    15
  12. ސައިއްޓޭ ރ އުނގޫފާރު

    ސާބަހޭ ތީހަޤީޤީ މުސްލިމް ދިވެހި ދަރިންނަކީ ތިކުރެއްވި ޗެލެންޖުންވެސް އެކަން ސާބިތު ކޮއްދެއްވައިފީމް ގޯސް ކަންކަމައް ހިއްވަރު ލިބޭގޮތައް ވާހަކަ ދައްކަމުންދާ މީހާއައްވެސް ޗެލެންޖް ތިކުރެއްވީ ކޮންފަދަ މާތް އިސްލާމީ ރިވެތި އަޅުކަމަކުން ސުކުރިއްޔާ ޑރ ސަހީމް

    106
    18
  13. ޓްވީޓް

    ބޮއްޅަ މި އުޅެނީ ޑރ ޝަހީމް ގްރުއާން ޗެލެންޖްގެ ދައުވަތު ދިނީމަ މީހުން ކައިރީ އެ ޗެލެންޖާ ދެކޮޅޭ ނުބުނެ ބަގާވާތެކޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މިކަމަށް ތަރުހީބު ކުޑަކުރެވޭތޯ ކަމާމެދު ޝައްކެއް ނެތް

    101
    12
  14. ހަތާ

    ސާބިތުނުވާ ކޮންމެ ކަމަކީ ނުކުރާ ކަމެއް ނޫން.

    33
    78
  15. ޑރ

    މިމުގުރިހަ ޓީމު ޝަހީމު ދެކެ މިއޮއްގަންނަ ބިރެއް.... ހަމަކަށަވަރުން ﷲ ތަޢާލާ ނަޞްރު ދެއްވާނީ އެކަލާންގެއަށް އެންމެ ފުރިހަމައަށް ތަބާވާ ފަރާތްތަކަށް، އަދި އެފަރާތަށް އުރެދޭ މީހުންނާށް ނާކާމިޔާބާއި ގަދަފަދާ އަޒާބުކަން ކަށަވަރު......

    39
    1
  16. މުބީނު މާރނީ

    ކުކުޅަށް ވުރެ ބިސް ދޮށި ވެގެން ތިޔަ އުޅެނީ ކީއްވެ ؟ އައްނި ކިޔެވީ އިނގިރޭސި ވިލާތު ގެ މުޅި ދުނިޔެ ގަބޫލު ކުރާ ޔުނިވަރސިޓީ އަކުން. ކަލޭ ކިޔެވީ ޕާކިސްތާނުގެ ދުނިޔޭ ގަބޫލު ނުކުރާ ތާކުން. ހާހަކާ ސުމަކާ ހުރި ފަރަގު އެބަހުރި ؟ ޕާކިސްތާނު، މެލޭޝިއާ، އަރަބި ގައުމު ތަކު ގެ އިސްލާމިކު ޔުނިވަރސިޓީ އެކޭ ބުނެފިއްޔާ މީހުން ކައިރިއަށް އަންނާނީ ހިނި. އެއީ ރޭންކިންގ ދައްކަމުން. ރޭންކިންގ ދެނީ ޕްރޮފެސަރުން ތިބި އަދަދާއި ކޮޕީ ކުރެވޭ ތޯ ނުކުރެވޭ ތޯ އާއި ކިކަހަލަ އެތައް ކަމެއް ހޯދާ ބަލާ ސާރވޭ ކޮށްފައި.

    4
    65
  17. އަލްޖިބްރާ

    މިއީ ބަޣާވާތުގެ ވާހަކަ ދައްކަން އެންމެ ރަގަޅު ވަގުތު ކަމަށް ޝަހީމަށް ހީވަންޏާ ކަލޭގެ ފެންވަރު ވަރަށް ރަގަޅަށް އެހެންމީހުނަށް އެގޭނެ !

    6
    39
  18. ސިކުނޑި

    އިބްރާ އަށް އެނގިލައްވައިތޯއެވެ؟ ދޮގުވެރިން ތަކުރާރުކޮށް ދޮގުހަދައި ފަސާދަ އުފައްދަމުން ދާއިރު، އެއީ ދޮގެއް ކަމަށާއި، އެމީހުން އަކީ، ބޮޑުވެގެންވާ ފަސާދަ އުފައްދާ ބައެއްކަން، މައުސޫމު ފަރާތުން ސާބިތުކޮށް ދިނުމަކީ، ފާސިދު މީހާއާ އެއްދަރަޖައެއްގައި ހުރުންތޯ އެވެ.

    18
    1
  19. ޝައްފަ/ކޮލޮމްބޯ/ލަންކާ

    ބާއްޖުމެރުން (ބެޓުކުރުން) މިއީ ހަރާން ކަމެއް ކަން ނޭންގެނީ ތަ ؟ ކޮންމެ ދުވަހަކު ނޫސް ހުޅުވާލާ އިރު ޝަހީމް ގެ ކޮންމެސް މިކަހަލަ ހާސަރެއް ފެނޭ. ކިޔަވައިގެން ތިބި ފަދަ ބޭފުޅުން އުޅުއްވަންވީ ގޮތެއް ނޫން. އިއްޔެވެސް އޮތް އައްނި އަށް ގުރުވާން ކިޔަވަން ޗެލެންޖު ކޮށްފަ. ތިޔަ ގޮތަށް އުޅެގެން ހަމަ ވެއްޓޭނީ އަގު. ރާއްޖޭ އެންމެން ދަނޭ އައްނި ގުރުއާނަކާ މާ ބޮޑު ސަމާލު ކަމެއް ނެތް ކަން. ނުދައްނަ ވާހަކަ އެއް ބުނީމަ ތާ ސަހަރޯ އޭ ވެސް ހީވާނީ. ވީމާ ތިމާ ގެ ފެންވަރުން ތިމާ ބަސްބުނެ ކަންކަން ކުރުމަށް ނަސޭހަތް ތެރިވަން. މިހާރު ތިޔަ އުޅޭ ގޮތުން ތިޔަ ނަށަނީ މޮޔައެއްގެ ބެރަށް. ކިޔުން ތެރިންގެ (އައްނި ސަޕޯޓަރުން ގެ) ބޮލަށް އުނދަގޫ ވުން ނޫން ކަމެއް ނުވާނެ !

    2
    30
    • އަލީ

      ކަލޭމެން ގެ ބޮލަށް ވަރަށް އުދަނގޫވާނޭ ދީނޭ ގުރުއާނޭ ކިޔައިފިއްޔާ. ރާއްޖޭގަ ހަމައިގަ ތިބޭ އެންމެން ދަނޭ އެކަންވެސް.

      18
      1
  20. އަލިފު!

    ކެނެރީގޭ ނަޝީދުއަށް ޢުމުރާ، ޙައްޖު ދަތުރަކީ އެންމެ ވިހަގަދަ ދަތުރު، ފައިސާ އަށް ބަލާއިރު އެއަށްވުރެ ގިނައިން ފައިސާ ލިބޭ މީހަކު މި ދިވެހިއުޑުދަށުގައި ނުހުންނާނެ!

    22
    1
  21. ގަރާ

    ބަޢާވާތާ ބާޢީންނަކީ ކެނަރީ އާއިލާގެ މިލްކެއް ވޭތުވެ ދިޔަ 50އަހަރަށް ބަލައިލީމަ ސާފު 19ދިވެހިންގެ ލޭ އޮހޮރާލީ އެޖެންޑާ19 ކޮވިޑް19 މީ އިއްތިފާގެއްނޫން މިހާރު ވެރިކަމުގަތިބި ސެކިއުލާ ބައިގަނޑަކީ މިައުމުގެ އަދުއްވުން ސެއިކު އިމްރާނު ވަރަށް ސާފުކޮށް ކިޔާދީފަވާނެ އިސްލާމް ދީނުގެ އަދުއްވުންނާ ބާއީންނަކީ ކޮބައިކަން

    27
    1
  22. ސަދސަ

    ލަދުން ނޫޅެ ކިޔަވާލާ.
    މީހަކު ބަޢާވާތެއްކޮށް އޭނާ ތައުބާވަންދެން ތިބައިގަނޑު ނަމާދުނުކޮށް ގްރްއާން ނުކިޔަވައި ތިބުމަކީ ހަމަޖެހޭ ކަމެއް ؟

    22
    1
  23. ހުސް

    ޑރ ސަހީމް ހެޔޮނުވާނެ މަޑުން ހުންނަވާ މިހާރު މިއޮށް ފަޑިޔާރުގެއިން ތިކަން ނަސީދު ބޭނުން ގޮތްކަށް ހުކުންކުރާނެ ސަދޫމުގެ އަދުލު އިންސާފު މިތާ މިއޮތީ ބީޖޭޕީގެ ގެރިމޯދީ ގެ ވެރިކަމެއް މިތަަގަ އިސްލާމީ ސަރީ އަތެއް އަދުލެއް އިންސާފެއް މިތަކު ނެއް ނޫންނަމަ ރ ޔާނުގެ މައްޗަަށް އިސްލާމްދީނާ އެއްގޮތަށް ސަރީއަތް ކުރިނަމަ ޖަލުގަ ނުހުނނާނެ އިސްލަަމްދީނުގަ ބޮޑެތި ކުއްވެރިންނާ މުޖުރިމުނގެ ހެކިބަހެއް ގަބޫލެއްނުކުރެވޭނެ ނަސިދަކީ ސެކިއުލާ ވިސްނުމުހެ އަދުއްވެއް

    27
    1
  24. ބައިވެރިޔާ

    ޝަހީމް ތިޔަހާ ފައިސާ ގިނަވެން އުޅެންޏާ ސަރުކާރަށް ހަދިޔާ ކޮށްލާ، ކޮންމެހެން ނަށީދު ނުއުޅޭ 150000ރ ނުލިބިގެންނެއް.

    1
    13
  25. ނޫޑުލްސް

    ޝަހީމު އެކަމަކު އެބުނީ 7 ފެބްރުަރީގެ “ބަގާވާތޭ” ، އެހެންކަމުން އެމީހުން ވެސް ގަބޫލު ކުރޭ އެއީ ބަގާވާތެއްކަން

    10
  26. ވަހީދާ

    ޝަހީމްއަށް އައްސަރިބަހާސާބަސް. ތިއީމިދިވެހިރާއްޖެފަޚުރުވެރިވާ ފަދަ ދީނީ ޢިލްމްވެރިބޭފުޅެއް. ބަޔަކުކިޔާއެއްޗަކަށްނުބައްލަވާކުރިއަށްވަޑައިގަންނަވާ. ގަދަކީރިތިވަންތަ މާތްﷲ ސަލާމަތްކަންދެއްވާފައިވާ ގިނަ ދިވެހި ރައްޔިތުން މަނިކުފާނަށްސަޕޯޓްކުރާނެ. ކިތަންމެ ވަރަކަށްއަގުވައްޓާލުމަށް މަސަައްކަތްކުރިނަމަވެސް ކީރިތިޤުރުއާން ކުރިއެރުވުމަށްމިހާރުކުރައްވަމުންތިޔަގެންދަވާމަސައްކަތްކުރެއްވުމަކީއަޅުގަޑުމެންގެ ދުޢާ.

    15
    1
  27. ބަރުގޮނު

    ނަޝީދު ތިޔަ ޗެލެންޖްގައި ބައިވެރިވެއްޖެ ނަމަ ޔޫރަޕް ކުދި ން އޭ ނަޔާ ރުޅިވެ އެހީތެރިކަ ން ކަޑާލާ ނެ. އެވެ ނިމިވެ ނި ކަ ންކަ ން ނުކުރާ ން ނަޝީދުވަ ނީ އެއްބަސްވެފައި ތޯއްޗެއް. ބަޣާވާތެކޭ އަ ނެކެއްޗެކޭ މިކިޔަ ނީ ހަމަ ފިޑިކަމު ން. ނޫނ ނީ ނަޝީދު އެހުރީ ވޮށުފިލައި ން ނުކިޔަވާ.

    12
    1
  28. ރައީސުގެ މީހާ

    ތިޔަ ކެރުނީ އަދި ނަޝީދު މައިތިރު ކުރަން.. އެންމެންވެސް ތިގޮތަށް ކެރިގެން އޭނާއަށް ރައްދު ދޭނަމަ.. އެކަލޭގެ ސައިޒުވާނެ..

    ތެންކިޔޫ ޝަހީމް..

    14
  29. މަރިޔަން ހިޖާމާ

    ތިޔަހެން ގުރުއާން ޗެލެންޖް ކޮށްގެން ވެސް މި ބަލާ މުސީބާތުން އަރައިގަނެވޭނެގޮތެއް ފެނޭތޯ ބަލާބަލަ. ބުނޭވިއްޔަ ދުނިޔޭގައި ހުރިއްޔާ ހުރިހާ އިލްމަކާއި ބޭސް ފަރުވާއަކާއި ޝިފާއެއް ހުރީ އޭގައޭ

    11
  30. ހަސަދު

    ޝަހީމޫ ހުރިހާ ކަމަކީ ކޯޓުން ސާބިތު ކުރެވޭނެ ކަންކަމެއްނޫން. ޝަހީމު ވެރިކަން ވައްޓާލަން ވަރަށް މަސައްކަތް ކުރިކަން އެބަ އެގޭ.

    1
    20
  31. މުހައްމަދު ޙަބީބު . ލައިޓްހައުސް، ބ.އޭދަފުށި

    ޝަހީމްގެބަސްމަގަކީ މިއީކަމަށްވާނަމަ، މީނާއަކީ އެއްވެސްމިންވަރަކަށް އަޚުލާޤެއްހުރިމީހެއްނޫން. ބާޒާރުމަތީ ބަހުރުވައިން ވަރަށްގިނައިން ވާހަކަދައްކާމީހަކީ ހުތުރުބަސްމަގު ގެންގުޅޭ މީހެއް. ޙިލްމުވެރިކަމަކީ ބައެއްފަހަރު އެއްޗެއްނުބުނެހުރުން.

  32. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ނަޝީދުއަ ކީމިގައުމު ފަސާދަ ކުރާ އަދުއްވެ މީފެންނައްހުރި ހަގީގަތް

  33. ޏަމް

    އަންނި ތިކަމަށް އެއްބަހެއް ނުވާނެ ފުރަތަމަ ވެއްޓުނު ކަމަށްވެސް އެއްބަހެއް ނުވޭ .

  34. ކާޅު

    ކުކުޅަށް ވުރެ ބިސް ދޮށި ވެގެން ތިޔަ އުޅެނީ ކީއްވެ ؟ އައްނި ކިޔެވީ އިނގިރޭސި ވިލާތު ގެ މުޅި ދުނިޔެ ގަބޫލު ކުރާ ޔުނިވަރސިޓީ އަކުން ނެގީ ދެ ސެޓެފިކެޓް 1ސެކަންޑް މޭޓް 2 ކައިވެނި

    2
    1