ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ފުރަބަންދުކުރަން (ލޮކްޑައުން ކުރަން) ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދެންމެ ނެރުނު ބާޔާނެއްގައި ވިދާޅުވީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މީހުން މަގުމައްޗަށް ނިކުމެ އުޅުން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް މަނާކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި މީހުން ނިކުމެ އުޅުން މަނާކޮށްފައިވަނީ އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށެވެ.

މިގަޑިތަކުގައި އެއްވެސް ގޮތަކަށް މީހުނަށް މަގުމަތީގައި ނޫޅެވޭނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޙިދުމަތް ދިނުން މަނާވާނެއެވެ.

ތިން ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި ނަމަވެސް ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތައް އިސްތިސްނާ ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް އިސްތިސްނާ ވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅު އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ސިޓީތަކާއި އަވަށްތައް މިހާރު ވެސް ވަނީ ފުރަބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މުދިބެ

    ނޫނޭ 24 ގަޑި އިރަށް ހަދާލަ..މަލާ ބާރިން ނޫސްބަޔާން ނެރޭ ގަޑި މި.

    32
    5
  2. ޑެލްބޯއި

    ޤާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ އެއް ވެސް ހައްޤެއް ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކުއްލި ނުރައްކާ އިއުލާން ނުކޮށް ހަންޏެއް ނުުކުރެވޭނެ. ޤާނޫނެއްގެ ދަށުން ސިއްހީ ނުރައްކާތެރިކަން އިއުލާން ކުރިއަސް އެ ގާނޫނުގެ ދަށުން އިއުލާން ކުރާ ސިއްހީ ނުރައްކާގެ ދަށުން ރައްޔިތުން ގޭގައި ބަންދެއް ނުކުރެވޭނެ. ޤާނޫނު އަސާސީގެ ދަށުން ކުއްލި ނުރައްކާ އިއުލާން ކުރުމަށް ސޯލިހަށް ދަންނަވަން އެހެން ނޫންނަމަ އަސާސީ ހައްޤަށް އުނިކަން އަންނަ ކަންކަން ކުރަން ކުރާ އިއުލާންތަކަކީ ބާތިލް އިއުލާން އެއްޗެއް، އެޓަރނީޖެނެރަލް ވިދާޅުވަނީ ކީކޭތޯ؟

    29
    40
    • ޢަލިބެ

      ޤާނޫނު އަސާސީއޮރީ ޑެލްބޯއި އަތުގައެކަނިތަ؟ ޙައްޤު އެބައޮތޭކިޔާފަ ނިކަން ނުކުމެލަބަލަ ވާގޮތް ބަލާލަން. ރައީސްގެ އެޑްވައުޒަރުތަތީ؟

      11
      12
    • އެޓާނީއެޑްވައިޒަރ

      ޑެލްބޯއީ ދާންފެނޭ އެމެރިކާއަށް. ޕްލޭބޯއީއެއްގޮުގަ ދާ މީހުން އެމެރިކާއިން ނުހިފަހައޓާނެ މަގެއްގެ މަތީންވެސް

      1
      1
  3. މޮޔަބެ

    ހޫނ ރ.ޔާމިން ނުހައްގުން ހައްޔަރުކޮށް އަނިޔާވެރިވަމުންދަނިކޮށް.. އަމިއްލަޔަށް ހުރިހާ މީހުން ބަންދުވީ...ނުލަފާ ވެރިންވެސް ފަހެ ދާނީ ކޮންތާކަށްބާ؟
    މަރުވެސް ބައްދަލުކުރާނެ މަރަކަށް ނުފިލޭނެ، 3 ވަނަ ހުކުރުއަޅާލަނީ....ނުވިސްނޭތަ...މޯޑީގެ ޕްލޭންތައް ވާނީ ފެއިލް. ﷲ ސބވތއ މިބަލިމަޑުކަމުން އަހަރަމެން ސަލާމަތްކުރައްވާތޯ ގިނަގިނައިން ދުއާކުރައްވާ.....

    64
    20
    • ށ

      ސާބަސް. ޢަދިވެސް ޔާމީނު ގެ މޮޅު ވާހަކަ ދައްކަންވީ ވަގުތެއްނޫން.

      9
      31
  4. ﷲ ގެ އަޅާ

    ކީއްކުރާ 3 ގަޑި އަރެއް ތޯ.
    އެ ތިން ގަޑިއިރު އެކަނި ތޯ މި ބަލީގެ ނުރައްކާ ތެރިކަން އޮތީ.
    ހެޔޮނުވާނެ ކެތްތެރިކަމާއި ނަމާދު ކުރުމާ ﷲ އައް ދުޢާ ކުރުން މަތީ މިކަމުން އަލިމަގެއް ފެންނަން ދެނން ގޭގައި ތިއްބަވާ.⁦

    34
  5. ނަން

    އެއަރޕޯޓު ސްޓާފުސް ނެތީމަ ހަމަ ހައިރާންވެއްޖެ

    19
  6. މޯޑް ޝާނީ

    ތިޔަ ނިންމުމަށް ތާއީދު.މާލެ ސަރަހައްދު މިހާރު ވެސް ވަނީ ނޭގުމެއްގެ ތެރޭގަ. ވަގުތު ފާއިތު ވުމުގެކުރީން އަޅަންޖެހޭ ފިޔަވަޅެއް ވެއްޖެއިޔާ މޫނަކައް ކަނދުރާޔަކައް ބެލުމެއްނެތި ސަރުކާރުން އަޅަންވީ.އެންމެން ހިންހަމަ ޖޭހޭގޮތައް ހުރިހާ ކަމެއް ނުވާނެ. ފެންނަ ނުފެންނަ ވޯޓެއް ނަގަންވީ ވަގުތެއް ނޫން މިވަގުތަކީ. މިވަގުތަކީ މުޅި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންވީ ވަގުތު.އެއްރަށުން އަނެއް ރަށައް ދަތުރުވެސް ނުކުރެވޭ ގޮއް ހަދަންވީ.

    14
    4
  7. ޢަލިބެ

    ޖީ ބޯޑާއި އެހެންބޯޑުތައް ހަރުކޮށްގެން އުޅޭމީހުންނަށް ފަހިކޮށްފަ މިއޮތީ ކީއްވެބާ؟ މިހާރުވެސް ތިފާޑުގެ ބޯޑުޖެހި އެއްޗެތީގައިއުޅޭ އިނގިރޭސި ވިލާތުގައި ނޫނީ ނުނިދޭ ބަޔަކު މިއުޅެނީ މިޤައުމަށް ކޮވިޑް ގެނެސްގެން.

    19
  8. ސަނީފް

    3 ގަޑި އިރައް ބަންދު ކުރުމާއި 1 ގަޑި އިރައް ބަންދު ކުރުމުން ކޮން އިންފެ ކްޝަނެއް ހުއްޓޭނީ. ބަންދު ކުރަން ޖެހޭނީ 20 ގަޑި އިރު ނޫނީ 24 ގަޑިއިރައް އިންފެ ކްޝަން އައް ހުރަސް އަޅަން ބޭނުމިއްޔާ. ބުއްދީގެ ބޭނުން ކުރައްވާށެވެ. ކޮރޯނާ ވައިރަހަ ކީ ޓައިމްޓޭބަލް ބަލައިގެން ގައިންގަޔައް އަރާ ވައިރަހެއްނޫނެވެ.

    22
    1
  9. ޢމޑ

    ކުއްލިނުރައްކަލުގެހާލަތުއިއުލާންނުކޮއް ރައްޔިތުންގޭގަބަންދެއްނުކުރެވޭނެ ތިގޮތަކައް ރައްޔިތުންނައް އަނިޔާވެރިއެއްނުވެވޭނެ ތިގޮތައްއަނިޔާވެރިނުވަންގޮވާލަން

    6
    5
  10. ކޮތަރު

    ޑެލްބޯއީ އަސާސީ ހައްގުބޮނޑިވަރު ހިއްޕަވައިގެން ފަޅުރަށަކަށް ވަޑައިގަންނަވާ. ކޮޅެއް މެދެއް ނޭނގޭ މިބަލިމަޑުކަމުގައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކެތްތެރިކަމާއިއެކު ކިޔަމަންވެ އަމަލު ކުރުމަކީ އެންމެންގެވެސް ޒިންމާއެއް. މިފަދަ އަމުރުތައް ނެރެފައިނުވާ ޤަވްމު ތަކާއި، މިފަދަ އަމުރުތަކަށް ކިޔަމަންނުވެ ހިތުހުރިހާ ގޮތަކަށް މީހުން އުޅުނު ޤަވްމު ތަކުގައި މިބަލި ކޮންޓްރޯލުން ނެއްޓި މިހާރުވަމުންދާގޮތް އެއްފަހަރުވެސް ޑެލްބޯއީ ވިސްނާލިބާ؟ މާތްﷲ އަޅަމެންނަށް ހެޔޮވިސްނުމާއި ކެތްތެރިކަން ދެއްވާ، މިނުރައްކާތެރި ވަބާއިން އަޅަމެން ނަޖާކުރައްވާށި. އާމީން.

    3
    4
  11. ލުޓޭރުންގެ ސަރުކާރު

    އޭ ނޫސްވެރިންނޭ އަހަރެމެން ރައްޔިތުންގެ ހައްގުގަ އަޑުއުފުލަދީބަލަ ރައްޔިތުން ހަނާވަނީއޭ ސަރުކާރުން ރައްޔިތުންނަ ގޯނާކުރަނީއޭ..ރާއްޖެތެރޭގަ ދިރިއުޅޭ ރައްޔިތުންނަށޭ ހުރިހާދަތި ކަމެ..ރައްރަށުގަނެތޭ ކާޑެ..ޑޮ ކްޓަރެ ބޭހެއް..އަސާސީ ގިނަ ކަންތައްތަ ކުން ރައްޔިތުން މަހުރޫމުވަނީއޭ....މާލެ ފުރަބަންދު ކުރީމަ ރައްރަށަށް މުދާބަރު ނު ކުރެވޭނޭ...ވިޔަފާރިވެރިންނަ މުދާ ޑެލިވާރ ނު ކޮއްދެވޭނެ....އޭ މީޑިޔާތަ ކުގަތިބި ދަރިންނޭ ސަރު ކާރުން މި ކުޅޭ ގޭމް ހުއްޓުވާދީ....ދވެހިރާއްޖޭގެ ކަންތައްތަ ތަރުތީބުވެފަ ހުރީ ބޭރުތަންތާންގަ އޮތްގޮތަ ކަށްނޫން...ދިވެހިން ތަރުބިއްޔަތުވެ ތިބީ ބޭރުމީހުން އުޅޭގޮތަ ކަށްނޫން....އަސްލުވެސް ހާދަގިނަބަޔަ ކަށް ދަތިވާނޭ...އިންޑިޔާ ލޮ ކްޑައުން ކޮށް އެގައުމުގެ ރައްޔިތުން މަރަށް އެތެޅެނީ މަގުމަތީގަ...އެގޮތަށް މިތަނަށް ވިޔަނުދީ...އާދޭސް މި ކުރަނީ ނޫސްވެރިންނަ.. ރައްޔިތުންގެ ހައްގުގަ އަޑުއުފުލަދީ...

    7
    1
  12. އިދުރީސް

    އޮފީސްތަކުގެ ތެރޭގައި (އެމް.ޕީ.އެލް) ނުހިމެނެނީ ކީއްވެގެންބާ؟ ގައިމު 24 ގަޑިއިރު ހިދުމަތް ދެމުން ގެނދާ ކުންފުންޏެއް. ކާގޯ އޮޕަރޭސަން ފަތިހު 4 ޖަހަންދެންވެސް ކުރިއަށް ދޭ. މާދަމާ އަށް ކަނޑަން ހުއްނަ ކޮންޓެއިނާ ބާޖުން މާލެ އިން ހުލުމާލެ އަށް ގެނައުމާއި މާލެ ބަނދަރުގައި އޮއްނަ ކޮންޓެއިނާ ބޯޓަށް ހުސްކޮންޓެއިނާ ލޯޑިން/އަންލޯޑިން ކުރުން ބަރާބަރަށް އޮޕަރޭޓް ކުރޭ! ކޮންކަހަލަ ނިއްމުމެއް! 0

    7
    1
  13. ތީތި

    ތިހެން ކުރާ ލޮކްޑައުންއަކުން ކޮން ރަނގަޅު އަސަރެއްކުރާނީ. ކަމެއްކުރީމޭ ބުނަން ކުރާކަމަކާ ވައްތަރީ. މި ބަލި ކޮންޓްރޯލް ކުރަން އަޅާފިޔަވަޅެއް ކަމަށްވަންޏާ މަދުވެގެން 21 ދުވަހަށް ބަންދުކުރަންޖެހޭނެ. އެހެން ނޫނީއްޔާ ކޮންމެހެން ތިން ގަޑިއިރަށް ބަންދުކުރުމުގެ މާނައެއް ނެތް.

    12
  14. ލާމު

    މާޗް 20ގަ ޔޫކޭ އިން މާލެ އައިސް އަންނި ދިޔައީ ގެއަށެވެ. މިހާރު މީނަގެ އުނދަގޫ ރައްޔިތުންނަށެވެ.

    14
  15. ައާއްކޮ

    ކޮރޯނާ ވައިރަސް . ،،ޢަރާނެ ގަޑިތައް. ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށެވެ.

    11
    1
  16. ާދެރަކަމެއް

    ދެރަ ކަމުގެ ކޮޅެއްނެތް. މަގުމައްޗަށް ނުނު ކުމެ ގޭގަ ތިބެބަލަ. މި އިންޑިޔާގެ ކޮޗިންގެ މި ސަރަހައްދު ހާދަރަނގަޅޭ. މަގުތައް މިއޮތީ ފަޅުވެފަ. އަލްޙަމްދުﷲ...

    3
    2
  17. ފައިސަލް

    އިންޑިއާއިން ކަންކުރިގޮތަން މިކުރަނީ

  18. ނަފީސާ

    އިރުއިރު ކޮޅުން ކީކޭ ކިޔާބައެއްތަ؟ 3 ގަޑިއިރަށް ފުރަބަންދު ކުރުމާ ، ކާފިއު ހިނގުމާ ، އެއް ހަފްތާ ނިމުމުން އަނެއް ހަފްތާ ބަންދު ކުރުން މީކިހިނެތް ކުރާ ކަންތައްތަކެއްތަ؟ ސިއްހީކުއްލި ނުރައްކާ އިއުލާންކޮށްފަ އޮތްވާ ބޮޑެތި މީހުން، ކޯޓު ތުރުކުރައްވާ ވެރިން، މަހުޖަނުން ރާއްޖެއިން ބޭރަށް ގޮސް އިތުރު މީހުންނާއެކު އެނބުރި ރާއްޖެއައިމަ އެޅުނު ފިޔަވަޅެއް ނެތް. ކަރަންޓީނެއް ނުކުރޭ. ބަންދުކޮށްބަލަ މުއްދަތެއް ނެތް ގޮތަށް އޮފީސްތަކާ ސްކޫލު ކޮލެޖް ފަދަ ތަންތަން. އަސާސީ ހިދުމަތްދޭ ތަންތަނަށް ހަފްތާގެ ވަކިވަކި ދުވަސްތަކަށް ވަކިގަޑިތަކަށް. ގޭގަ މީހުން މަޑުކުރުވަބަލަ މުއްދަތެއް ނެތް ގޮތަކަށް. ބޭނުމެއް ނެތި މަގުމަތީގަ އުޅޭ މީހުންނާ ސުވާލުކޮށް އެމީހުން ގެއަށް ވައްދަބަލަ. ޔާ ﷲ މިވަބާއިން އަޅަމެން ސަލާމަތް ކުރައްވާ އަޅަމެންގެ ފާފަ ފުއްސަވާ އިބަ ﷲ ރުހިވޮޑިގެންވާ މަގުގައި ސާބިތުކުރައްވާ އިބަ ﷲގެ ރަޙުމަތުގައި އަޅަމެން ލައްވާދޭ. އާމީން.

  19. ޙުސޭން

    ޢިސްލާމް ދީނުގައި ކަންކަންކުރާ ގޮތައް ބަލާފައި ތިޔަ ތިއަރީ ގޯހެއްނޫން. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް. ކަޑައީ ކަންކުރާގޮތް. މިހާރު ބަންދުކުރާ ގަޑިއަކީ އެންމެން ވިޔަފާރި ބަންދުކޮށް ގޭގައި ތިބޭގަޑި. ފަތިހު 5ން ހެނދުނު 7 ކަށް މީހުން މާ މަދުކަމަށް ދައްކާ. މީޑިއާއަށް މީހުން މަދުކަން ދައްކަންޏާ މިބުނާގަޑި ބަންދުކުރޭ.

  20. ވަޒީރެއާލާ

    މިހާރުވެސް ގޭގޭގައި ތަންދަތިކަމުގެ ސަބަބުން އާންމުކޮށް ނަމާދު ކޮށްއުޅޭ ގިނަމީހުން މަޣްރިބު ނަމާދަށް މިސްކިތަށްގޮސް ޢިޝާ ނަމާދު ކޮށްލައިގެން އަންނަން ވެގެން އެތިބެނީ މިސްކިތުގައި ޤުރްއާން ކިޔަވަން. މިއަމުރުގައިވާގޮތުން މިސްކިތްތަކުގެ މުދިމުން އިސްތިސްނާއެއްނުވޭ. އެހެންކަމުން މިގަޑީގެ ދެނަމާދުގައި މުދިމު މިސްކިތަށްގޮސް ބަންގި އެއްނުގޮވޭނެ. އެއީ މަނާކަމެއް. ވީމާ ބޮޑަށް ބެލެވެނީ ގިނަ މީހުން މިގަޑީގައި މިސްކިތުގައި ތިބޭތީ އެކަން ސަރުކާރަށް ބޮޑުވެގެން ކުރިކަމެއްހެން. ބަންގީގެ އަޑުވެސް ކަނޑުވާލަން.

  21. ނަމަ

    މިހިރަ ވިސްނާފަ އަޅާ ފިޔަވަލު ތަކާދޭތެރޭގަ ވިސްނާ އަންތަރީސްވާވަރުވޭ