ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު ބާޔާނެއްގައި ވިދާޅުވީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ.

މި ބަޔާނުގައި ވާގޮތުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހުޅުވުން މަނާވާނެއެވެ. އަދި ހުރިހާ ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާއި ދޭތެރޭގައި ހިންގުން މަނާވާނެއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދު ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ފުރަބަންދުކުރަން ނިންމާފައެވެ. އެގޮތުން އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ހަމައަށް މާލޭގައި ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޙިދުމަތް ދިނުން މަނާވާނެއެވެ.

ތިން ގަޑިއިރަށް މާލެ ސަރަހައްދު ފުރަބަންދުކުރި ނަމަވެސް ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތައް އިސްތިސްނާ ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް އިސްތިސްނާ ވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މި ބައްޔަށް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ފައްސިވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޑެލްބޯއި

  މާނައަކީ ރޭގަނޑު 8 ކުން 11 އަށް ފިހާރަތައް ހުޅުވިފައި ހުންނާނީ. 5 ކުން 8 އަށް ހުޅުވިފައި ހުއްޓަސް މީހުން ނުކުތުން މަނާވާންޏާ ހުޅުވުމުގެ ބޭނުމަކީ ކޮބާ؟ ލަންކާ އަށް ވީ ގޮތަށް ތިކުރި ކަންތަކުން މީހުން އެއްފަހަރާ ފިހާރަ ތަކަށް ގިނަވާނެ އަަދި ބަލިފެތުރެން އިތުރު ފުރުސަތުތައް ހުޅުވޭނެ.

  70
  6
 2. ޙަސަނު

  ތާ ކުންތާ ކު ނުޖެހޭނިންމުމެއް.

  57
  2
 3. ޢަދުރޭ

  މޯދީ ލިޔެފަފޮނުވީ ގޮޑިކޮއްކޮސަރުކާރު

  10
  1
 4. މޫސަ

  ޥަކިބަޔަކައްނުމެއުޅެވޭ ވަރައްބޭއިންސާފު ސަރުކާރެއް

  6
  4
 5. ޑީޑީ

  މޯދީގެ ޢޯޑަރައްބަންދުކުރީމި ވަކިބަޔަކައް ބޭރުގައުޅެވޭގޮތައް

  6
  2
 6. ޢާދޭސް

  ބަލަ ފަާޑުފާޑު ޤަވައިދާ އިއުލާންތައް ނެރެވިދާނެ ، ތިކަން ތަންފީކުރަނީ ކާކ ކު ، ކޮންބަޔެއް ، ހޮޓާތަކާއި ފިހާރަތއް ބަންދުކުރަން ކުރިންވެސް އެންގި ، ކާކުކ ކު ބަންދުކުކ ކުރީ ، ކާކުކ ކު އެކަން ބެލީ ، ނުވާނެ ނުވާނެ ނުވާނެ ، ތަންފީޒު ނުކ ކުރަންޏާ ނުވާނެ ، ބަންގާޅިންވެސް ހަމަ ބުރުތަޅަނީ ،އުޅޭނެގޮތަކަަ ކަށް އުޅެނީ ، ނުވާނެ، ނުވާނެ، ނުވާނެ، ނުވާނެ ، ދެން ފިހާަރަތައް ތިއޮތީ ބަންދުވާ ގަޑި ހަދާފަ ، ބަލަ މީގެކުރިންވެސް ގިނަތަންތަން ތިގަޑީގައި ނުހުޅުވައޭ،

 7. ކޮރަލް

  މާޗް 20ގަ ޔޫކޭ އިން މާލެ އައިސް އަންނި ދިޔައީ ގެއަށެވެ. މިހާރު މީނަގެ އުނދަގޫ ރައްޔިތުންނަށެވެ.

  13
 8. ނައީމް

  މަސްނުވި ސިކުނޑި މިވެރިން ގޭގެ ކަރަންޓީން ކޮށްފާ އަދި މިބުނަނީ އޯޅިގެނޭ ކޮންކަހަލަގެ ބައެއް ޓިސޫތަޅާސަރުކާރު ހުސްވެރިން ރޯނުއެދުރުން ކަމެއްދިމާވީމާ ރޭވުންތެރި ވިސްނުމެއްވެސް ނެތް އައްނި އިގިރޭސިވިލާތުން ނައިސްގެން ޓެސްޓް ކުރަން އިއުލާން ނުކުރެވިފަ މިމީހާގެ ނުބައި ޖައްބާރުކަމުން ގައުމުވެސް ރައްޔިތުންވެސް ހަލާކު

 9. ނައީމް

  އަޅެ ހާދަހާ ގަމާރޭ ހެއުނިޔަތެއް ހުރިނަމަ މީހުން ނިކުތުން މަނާގަޑިއަކުނޫންތަ ފިހާރަވެސް ބަންދުކުރަންވީ އޭރުން މީހުން ނިކުމެ ނޫޅުމަށްވެސް އިތުރު ހިތްވަރެއްލިބޭނެދޯ .
  12އިން6ކަށްފިޔަވާ

  6
  1
 10. ކަމަނަ

  ޑެލްބޯއި މުޅި ދުވަސް އެެއްކޮން އެއޮތީ ގަންނާނެ އެއްޗެއް ގަންނަން، އެންމެން ނުޖެހޭ ހަވީރު ފިންޏަށް ޗޯކުޖަހަިގެން ދިހާރައަށް ދާކަށް، ނޫނީ 8 ޖެހީމަ ފިނިބުރަށް ޝޮޕިންނަށް ނުކުންނާކަށް، ފިހާރަތައް ބަންދުވަނީ ރޭގަނޑު 11 އިން ހެނދުނު 6 އަށް އަހަރުމެނަށް އޯކޭ އެގޮތް މަމެން ތިބޭނީ ނިދާފަ

  5
  3
 11. ކިޔާލާ

  މި ބަޔާނުގައި ވާގޮތުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހުޅުވުން މަނާވާނެއެވެ. އަދި ހުރިހާ ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާއި ދޭތެރޭގައި ހިންގުން މަނާވާނެއެވެ.

 12. ނަންޖެ

  އެހެން ނޫނަސް ރޭގަޑު 11ޖަހާއިރަށް ފިހާރަތަށް ބަންދު ކުރާނެ ދަންވަރު 12 ފަހުން މީހުން ވިޔަފާރި ކުރަން ދާ ކަމެއް ނުދެނެހުރިން

 13. ވިސްނާ

  ލިޔެފަ އޮންނަ އެއްޗެއް ފަހުމްނުވާ މީހުން ގިނައީ. ޤަވާއިދެއް ހެދީމަ އަމަލުކުރީމަ ނިމުނީނުން އޭނަ ނިކުމޭ މީނަ ނިކުމޭ ނުކިޔާ. ޢަހަރެމެން އެންމެންގެ އަހުލާގީ ފެންވަރަށް ކިހިނެއްވެފަތަ މިވަނީ. ތިމާއާއި އަނެކާއަށްވެސް ފައިދާއަށް ކުރާ ކަންކަމެއްނޫންތަމީ. ބޯހަރުކަމާ ގޮތް ދޫނުކުރުމުން ވާނެ މޮޅެއް ނޯންނާނެ. ތަންކޮޅެއް ޕޮޒިޓިވްވެ ތިމާގެ ޒިންމާ ތިމާ އަދާކޮށް އަނެކާ އެކަން ކުރޭތޯ ބަލާނެކަމެއްނެއް. ތިމާއާއި ހަމައިން އެކަން އަދާވިކަން ޔަޤީންކޮށްލުން ކޮންފަދަތޯ.

  6
  1
 14. ކުޅުދުއްފުށީގޮލާ

  މި ފިޔަވަޅު އެޅުމާ ނޭޅުން ހަމަހަމަ ވާނެ ، މާ ބޮޑަށްވެސް ވަނދީ ، އިބޫ ސަރުކާރަކީވެސް ވަނދު ސަރުކާރެއް

 15. ހަސް

  ކިހިނެއް އިމާމުން މިސް ކިތަށް ދާނީ
  އެމީހުން ދުއްވަން ކޮންތާކުން ހުއްދަހޯދާނި

 16. އިބްރާހިމް ފުޅު

  ދަންނަވަންތޯ އާއްމުކޮށް ދިވެހިންނަކީ ވަރަށް ކިޔަމަންތެރިބައެއް ނަމަވެސް ބައްލަވާ މިމާލޭގައި އުޅޭ އަސްލު މީހުން މިދެންނެވީ ބޭރު މީހުން ބޭނުންގޮތަކަށް މިހާރުވެސް މަގުތަކުގައި އުޅެމުންގެންދަނީ އެމީހުންނަށް އަންގާނެ ފަރާތެއްނެއް އިއްޔެ ހެނދުނުވެސް ސޯސަންމަގު ސިޓީ ބޭކަރީކައިރީގައި 15 ވަރަކަށް ބޭރު މީހުން (ބަންގާޅުން) މަގުމަތީގައި ސަިބޯންތިބި އެމީހުން އެބޯނިމިގެން ކަރުދާހުތަށިތައް އުކަމުންގެންދިޔައީ އެތަގެ ގަސްބުޑަށް ނިކަން ބައްލަވާ މިހާރު މާލެ ގެ ގިނަ މަގުތައްމިގޮތައް ހުރީ ދެން އެތަކެތި ކުނިކަހާމީހުން ނަށް މިޖެހެނީ ސާފުކުރަން ، ދެން މީގެ ޕޮއިންޓްތައް ވަރަށް ގިނަ ، ރިންގ ރޯޑް ހެންވޭރު ޑައިނަމޯ ކެފޭކުރިމަތީ ކަންމަށްޗަށް ހުންނަ ކަޑައަކުންވެސް ކޮފީ ބޯން ތިބޭނެ ނިމިގެން ބޭރަށް މަގަށް ކުނިއެއްލާނީ މިކަހަލަތަންތަން ނުފެނޭ މަނާކުރާނެ މީހަކުނެތް ، ސާބަހޭ އެޗް.ޕީ.އޭ، އެސް،އެމް،އެސް ފޮނުވަން ތިވަރެއްނެތް..