ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ 10 އަތޮޅަކަށް ހުދުސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ޅ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގުގުރާނެ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު 6:00 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށެވެ.

މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންއެވެ. ބައެއް ރަށްތަކުގައި ރެއިން ފެށި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ރަށުތެރޭ ފެންބޮޑުވެފައެވެ.