ކޮވިޑް-19 އާ ގުޅިގެން ގައުމު މި ހާލަތަށް ވެއްޓުނީ ހަމައެކަނި ޓޫރިޒަމަށް އެކަނި ބަރޯސާވީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ އިއްޔެ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ޓޫރިޒަމް އިންޑަސްޓްރީ އަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. ފަތުރުވެރިން ރާއްޖެ އަށް އައުން މަނާ ކުރުމުގެ ސަބަބުން ގިނަ ރިސޯޓުތަކެއް ވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ހިޔަނި އެޅިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރާއީ ވިދާޅުވީ ގައުމު ހިންގުމުގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ބަރޯސާ ވާންޖެހޭ ކަމަށެވެ. ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އަށް ނުކުންނަ ޒުވާނުން ވެސް މިއަދު ގިނަވެފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.

މިވަގުތަކީ ޓޫރިޒަމް އިންޑަސްޓްރީގެ ވެރިންގެ އެހީ ގައުމަށް ބޭނުންވާ ވަގުތު ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެނަށް އެބަ ފެނޭ އިއްޔެ އާއި މިއަދާއި މި ވާހަކަތައް މަޖިލީހުގެ ބައެއް މެންބަރުން ދައްކަން ފެށި ހިސާބުން ބައެއް ރިސޯޓުތަކުން މުސާރަދީ ކަންތައްތައް ކޮށްދީ ހަދާ ތަން. ރިސޯޓުތަކުގަ މަސައްކަތް ކުރައްވާ ބޭފުޅުން ދެން އެނބުރި ގޮވާލީމަ އެކަންއުންޓަށް ވެސް ތިން މަސް ދުވަހުގެ މުސާރަ ލާފަ އެ ގެރެންޓީ ލިބޭނެ ގޮތަށް އެކަން ކުރުން މުހިންމު،" ރާއި ވިދާޅުވިއެވެ.

ރާއީ ވިދާޅުވި ގޮތުގައި ދުވަހުން ދުވަހަށް މުސާރަ ދޭނެ ގޮތްތައް ރިސޯޓުތަކުގެ ވެރިންގެ ނެތުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާއި މިފަދަ ގޮތްތަކަށް އަަމަލުކުރި ރިސޯޓްތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެއްވެސް ބައެއްގެ ހައްގު ގެއްލޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމު މިފަދަ ހާލަތަށް ވެއްޓޭ އިރުގައި ކޮޅަށް ނަގަން ތިބޭ ބަޔަކީ މިއަދު ދަނޑުވެރިންނާއި، މަސްވެރިން ކަމަށާއި އެމީހުންނަށް އެހީވާން ޖެހޭ ކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މި ވަގުތަކީ ގައުމު އެހެން މިސްރާބަކަށް ދިއްލާލަންވީ ވަގުތު ކަމަށާއި ރާއްޖޭގައި ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި އޮތް ޓޫރިޒަމްއަށް ހަމައެކަނި ބެލެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލީ

    ބުނަންތަ. ގައުމު މިހާލަތަށް ވެއްޓުނީ ކަލޭމެންގެ ސިޔާސީ މީހުންގެ ނާޗަރަންގީއާއި ކާނެ ލާރި މަދުވެގެން ތެޅޭވަރުން. 80ހާސް ރުފިޔާ މުސާރަނަގާ މަޖިލިހުން ކައިބޮއެ ހަދާ މީހުން ގައުމުގެ ހާލަތޭ ނުކިޔާ މައިތިރިވެގެން ތިބޭ.

    39
  2. ސަލާމް ރާއީ

    އިއްޔައަކު މިއަދަކު ނޫން ތި ކަންބޮޑުވުން ފާޅުކުރަންފެށީ. އިހަށް ވެސް ފަހުން ވެސް ތިވާހަކަ އަޑުއެހި މީހަކު ހުރިބާ. އަދި ވެސް ރަށްރަށުގެ ހުރި ހުރިވާ އުފެއްދުންޔެރިކަމެއް ބިދޭސީން އަތްމައްޗަށް ވާރުތަކުރުވާފަ ކަންނެއްކަންމަތީ ތިއްބަވާ. އަދިވެސް ގެސްޓްހައުސް އެލޭތޯ ބަލާ. ބައެއްފަހަރު ހިތައްއަރާ ތި ވާހަކަ ތި ދައްކަނީ ދިވެހިން ބާވައޭ ވެސް.

  3. ސޯކާބެ

    އަދިކިރިޔާތޯ ތިޔަހޭވެރިކަންވީ ބަލަ މިގައުމުގައި 1978 އަހަރާ ހަމަޔައް މުޅި މިއޭސިއާގަ އޮއްކަމައްބުނާ ބޮޑު ޝިޕިންގް ލައިނެއް 98 ބޯޓް އާ އެކީ މިގައުމުގެ މިލްކިއްޔާތުގައޮއް މިގައުމުގެ ކާޑް ކޮޅުވެސް ގެންނަނީ މިގައުމުގެ އަމިއްލަ ބޯޓްފަހަރުގައި މިގައުމައް އެންމެ ގިނަ ބޭރުގެ ފައިސާވަންނަނީ އެކުންފުނިން މިއަދު އެވާހަކަ ައްކާނެ މީހަކުނެއް ހިއްތިރި ކުރުމުގައި ދުއްވާލީ ތިމާމެންވެން ހަމަ އެގޮތައް ގައުމު ދުއްވަލަންވެގެން ފުރަތަމަވެސް އެއަރޕޯޓް ބޭރުގެ ބަޔަކައްދިނީ ފެންކުންފުނި ދިނީ ދިރާގް ދިނީ މިހެން ކިޔަން ވެއްޖެއްޔާ އިރުއަރާ އިރުއޮއްސެން ދެއްވެސް މިކަހަލަ ރައްޔަތުންނަށާ ގައުމައް ވެފައި ހުރި ޙިޔާނާތްތައް ކިޔިދާނެ އިޙްލާސްތެރިޔަކުނެއް

  4. ހިޔާލު

    ދަވްލަތުގެ އިސްރާފާއި ވައް ކަން ގިނަވެ އިކޚްލާސްތެރި ވެރިންނާއި ރައްޔިތުން މަދުވެ އަމިއްލަ އުފެއްދުންތައް އުފެއްދުމުގެ ވިސްނުންނެތި ދަނޑުވެރިކަމާއި މަސްވެރި ކަމުން ނަފާ ހޯދުމަށް އެ ކަށީގެންވާ މަސައްކަތެއް އެއްވެސް ސަރުކ ކާރަ ކުން މިހާތަނަށް ކޮށްފައި ނެތުމަ ކީ މިފަދަ މުސީބާތަ ކުން އިދަޖެހޭނެ ސަބަބެވެ. ދެންވެސް މިހާރު އަވަހަށް ދަޑުވެރި ކަން ފަށަށްވީ ދަވްލަތާ އެންމެންގުޅިގެން.

  5. Anonymous

    ބަދަލު ދީގެން ގައުމުގެ ހަޒާނާގަ ހުރި 900 މިލިެަން ޑޮލަރާ، އެއަރޕޯޓް ފަންޑިގެ 150 މިލިއަންޑޮލަރު މިސަރުކާރުން ހުސްކޮށްނުލިނަމަ މިހާލަތުގައިވެސް ސަރުކާރަށް ރައްޔިތުންގެ ކަންކަން ބަލަހައްޓާދެވުނީސް. އެކަމަކު ގާތް ރައްޓެހިންގެ ކުންފުނިތަށް މުއްސަނދިކޮށްދޭން ރައްޔިތުންގެ ފައިސާކޮޅު ބަހާލީ. އަމާނާތަށް ހިޔާނާތްތރެިވާ ގައްދާރުންގެ ސަބަބުން ދިވެހިން ހަލާކުވެގެން ދާނީ.

  6. މުހައްމަދު

    މީބޯބުރާތިވެ ހަމައިންނެއްޓޭ ގުރޫޕްދޯ..
    ކބާލަދު. ދައުލަރުގެ ބަޖެޓުން 80000 ރުފިޔާ ބަނޑުއަޅާއިގެން ތިބެއައުގުރާނަ ގޮވުންނޫން ކަމެއްނުކުރޭ..

  7. އަސްސަދު

    ޔާމީން ސިލްކްރޫޓް އަޅަން އުޅުނީމަ ވީދުނީ ކަލޭމެން ހަމަ ކެނެރީގޭ ކޮކަޑިކުމާރު މެން ގެރި މޯދީއާއި ގުޅިގެން . މިހާރު އެއްޗެއް ވިސްނޭތަ އެބަ؟

  8. އަޙްމަދު

    މިވެސް މީ ޔާމީނުގެ މައްސަލައެއް!

    3
    3
  9. ގަމީރާ

    ކުރިއަށް އޮތްތާންގައި ދަނޑުވެރިކަން ފުޅާކޮށް، އެމީހުންގެ މާކެޓު ފަހިކޮށްދީ، މަސްވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް މަހުގެ އަގުނުވައްޓާނުލާ، ކުންފުނިތަކަށް ފައިދާވާގޮތަށް އަގުތައް ބައްޓަންކޮށް، މަސްވެރިންނަށް ރަނގަޅު މާކެޓެއް ލިބޭނެ ގޮތަކަށް ސަރުކާރުން މަސައްކަތްކުރަންޖެހެއެވެ.

  10. ކަސްޓަމަރު

    ރާއްޖޭގައި ކުކުޅުބިހުގެ ވިޔަފާރިއަށް ބައެއް ފަޅުތަށްތައް ދޫކޮށް، ރާއްޖެއަށް ބޭނުންވާ މިންވަރަށް ބިހުގެ ވިޔަފާރި ކުރިއަރުވަން ފެނޭ.

  11. ލޯބިވާ ވަޠަން

    ތިކަން ނޭގޭ މީހަކު ނެތް. ނެތީ ތިކަން ބަދަލު ކުރަން މަސައްކަތް ކުރާނެ މީހެއް.

  12. ޙަސަނާ

    ދިވެހިން މަސައްކަތައްނެރުމުގެ ބަދަލުގަ ސިޔާސީ ލީޑަރުމް ބޭނުންވީ ސިޔާސީމަސައްކަތުގަ އުޅޭނެމީހުން އިތުރުކުރަން ރަށުކައުންސިލް ތަކާ އާންހެ ލައުންސިލްތާކާ ގައުމައްނުކަތާވަރައް ސިޔާސީމަގާމުތައް ސިޔާސީ ކުންފުނިތައް މިހާރު ދިވެހިންމިތިބީ މިކަހަލަ ކަންނެތްވާޒީފާ ބޭނުމުގަ ބޭނުންވަނީ އޭރެއްގަ ސަރުކާރު އޮންނަފަރާތެއްގަ ތިބެވަޒީފާ އެއްހޯދުން މިކަމަކާހެދި ދަޑުހައްދާނެބަޔަކު ނެތް އެކަންވެސް ބިދޭސީން ރިސޯޓުތަކުގަ 80 ޕަސެންޓަކީ ބިދޭސީން މަސްދޯނިފަހަރުގަ ބިދޭސީން ކޮންސްޓުރަކުސަން މަސައްކަތުގަ ބިދޭސީން ގައުމައްވަންނަ ހުރިހާ ޑޮލަރެއް ގައުމުންބޭރައް މުއްސަދިންނާ ފަގީރުން އަތުން ނަގާޓެކުހުގެ ބޮޑުބައި ދައުލަތުގެ މުސާރަ އައް މީގެންވެސް ބޮދުބަޔަކީ ސިޔާސީ ނުފޫޒުވަރުގަދަކުރަން ކުރާހަރަދު ...ވިސްނަވާ މިކަމާ އަޑުއުފުލާބަލަ...

  13. ދުމައިން

    މި ކަލޭގެއަށް މާއެނގެނީ. މި ކަމުގަ ހުއްޓުނީ ޓޫރިޒަމް އެ ކަންޏެއްނޫން ކަން މީނަޔަށް ނޭގުނީތަ؟ ސިންގަޕޫރު، ޗައިނާ ، އިންޑިއާ، ޔޫއޭއީ، ޖަރުމަނު މިވެސް ޓޫރިޒަމަށް އެ ކަނި ބަރޯސާވީމަ؟ ކޮންމެވެސް ކޮސް ވާހަ ކައެއް ދެއްކޭތީބަލާތި އެކައްޗެއް ނޭގުނަސް.

  14. މުހައްމަދު ޝާހް ރ.ވާދޫ

    ކަލޭ ތިވާހަކަ ނުދެއްކިޔަސް ތިކަން ނޭންގޭ މީހަކުނެތް! ކަލޭ ދައްކަދީބަލަ މާލޭގެ މީހުން އަބަދު ރީޒަނަކަށް އެދައްކާ ބޮޑުލޯނުގެ ވާހަކަ މިހާރު ލޯނުތައް 6 މަހަށް އިންޓަރެސްޓް އިތުރުނުކޮށް (އަލަށް ނެރުނު ނޫސްބަޔާނުގަ އެއޮތީ) މިހާރު ފަސްކޮށްދީފައޮތްއިރު މާލޭގެ ގެދޮރުގެ ކުލި ތިރިނުކޮށްދީ އެތިބީ ކީއްވެތޯ، އެކަމާބެހޭގޮތުން އަނގަހުޅުވާލަން ކެރޭތޯ ބަލާބަލަ!

  15. އެމީހާ

    ޤައުމައްހެޔޮއެދޭވެރިއަކު ޓްއަރިޒަމުނޫން އެހެންޞިނާއަތަކަށްޤއުމުގެންދަންކުރިވަރުގަދަމަސައްކައް ހުރިހާގޮތަކައް ތިޔަރީދޫބައިގަނޑުހުރަސްއަޅާ ޖެއްސުންކޮށް ކުރިމަސައްކަތުގެ ހިތިކަން މިއަދު ތަޙައްމަލުކުރައްޖެހުމުން މިޢީތިމާމެންގެނުލަފާނުބައިކަމުންވީކަމެއްކަމައްރައްޔިތުންގެކުރިމަތީއިޢުތިވެ ރައްޔިތުންގެކިބައިން މަޢާފުއެދޭށެވެ. އަދި މިކަމުގެ ހިތިތިމާމެންއަމިއްލައައް ތަހައްމަލުކުރަންޖެހުމުން އައްލާހުގެ ކުޅަދުންވަންތަކަން ދެކި އެކަލާނގެއަށްތައުބާވާށެވެ. މިކަހަލަކަންތަކަށް މީހުންކިޔަނީ ފޭހުނު އިލޮށި އަމިއްލަ ލޮލައްހެރުން.

  16. އަހުމަދު

    ދަޮޅު އަހަރު ވީއިރު މޮޅު މަސްރޫއެއް ނުފެށުނު
    ކުރިން ވާ މިހާލަތައް އަތުވެދާނެތީ ފ. އަތޮޅު މަސްރޫ ފަށަން އުޅުނީ
    މިހާލަތަށް އަތުވެދާނެތީ އައިހެވަން މަސްރޫ ފަށަން އުޅުނީ ރާއީ ގެ ދާއިރާގެ އެންމެނަށް
    ވަޒީފާ ލިބުނީސް ރަނގަޅު ސިކުނޑިއެއް ނެތި ގަައުމު ކިހިނެއް ހިންގާނީ ޝައުނާ އާއި ނޫޝީން އެއީ ރައީސް އަށް މޮޅު ލަފާ ދޭ މީހުން
    ބަލަ ރާއީ ކަލޭ ބުނެދީބަލަ މޮޅު ގޮތެއް
    ބަލަ ރާއީ.... މިހާރު ކަލޭމެންގެ ސަރުކާރުން ސައުދީ ގައި ފ. އަތޮޅު މަސްރޫއު ފަށައިދޭން ކިތަންމެ އާދޭސް ކުރި އަސް އެމީހުން ޖަވާބެއް ނުދެ އެއްނު މިއީ މިކަން ދަންނަ ވަރުގެ އެތެރެކޮއިލުގެ މީހެއްގެ ވާހަކަ އިނގޭ

  17. ޖަވާދު

    ތިކަން އެގޭއިރު ކީއްވެ ކުރިން ނުބުނީ!

  18. ޜޖ

    އަދިވެސް ފަތުރުވެރިކަން ބޯއިކޮޓުކޮށް ދިވެހިން ބަނޑަށްޖައްސާ ދަތިކުރުމުގެފިޔަވަޅު އަޅަން ގޮވި ހަނދާން އާކޮށްލުން ރަނގަޅުވާނެ.
    މާތް ﷲ ގެ ރޭއްވެވުމުގެ މަތިވެރިކަމާއެވެ.

  19. ށަަޑްރާ

    ހުރިހާ ގައެމެއް ގެ ވެސް ހާލަތު ހުރީ މިކަހަލަ ގޮތަކަށް. ދިވެހިންނަށް ވުރެ ހާލުގަ މީހުން އެބަ އުޅޭ ވަޒީފާ ތައް ގެއްލި އުފެއްދުން ތެރި ގައުމު ތަކުގަ. މީ އިމްތިހާނެއް. އަބަދު ތަނަވަސް ކަންމަތީ ވެސް ނޫޅެވޭނެ ކަމުގެ ފިލާވަޅެއް. ވިސްނާ ފިކުރު ހިންގާ ބަޔަކަށް އިބްރަތެއް. ގުދޯ ގުދޯ ނުގޮވާ ކެތްތެރިވޭ

  20. ޤައުމުގެ ދުލުން

    މިކަން މިހެންދިމާވީ ދުރާލާ އެގޮތަށް ވިސްނާފަ ނެތީމަ. ޗައިނާައިން ދެވަނަ ގައުމަކަށް ފެތުރުނު ހިސާބުން ފިޔަވަޅު އެޅިނަމަ . ފިޔަވަޅު އަޅަންވަނީ ކަމެއް ފެނުނީމަ.

  21. Anonymous

    ތިަކަހަލަ ލާދީނީ މީހުން ގިނަވީމަ މުސީބާތް ވެސް އަންނާނެ