ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ދަށްވެ، މާލޭގައި އާއިލާ ގޮވައިގެން އުޅެވޭނެ ގޮތެއް ނެތިގެން ބައެއް މީހުން މާލެ ދޫކޮށް އެމީހުންގެ ރަށަށް ބަދަލުވާން ފަށައިފިއެވެ.

މާލެގައި ގިނަ ދުވަސްތަކެއް ވަންދެން ޓެކްސީ ކުރުމުގެ މަސައްކަތް ކުރަމުން އައި އަހްމަދު ހަސަން ނަމަކަށް ކިޔާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ ދަށްވެ، މާލޭގައި އުޅެވޭނެ ގޮތެއް ނެތިގެން އޭނާގެ އާއިލާ ގޮވައިގެން މިއަދު ރަށަށް ފުރާ ކަމަށެވެ.

"ރަށުގައި ނެތް އެކަށީގެންވާ ތައުލީމެއް ދަރިންނަށް ދެވޭނެ ގޮތެއް. ބޭސްފަރުވާއެއް ލިބޭނެ ގޮތެއް ނެތް. އަދި ވަޒީފާއެއް ވެސް ނެތް. ނަމަވެސް މާލޭގައި ގެއަށް ކުލި ދައްކާނެ ފައިސާ ނުލިބެންޏާ ނޫޅެވޭނެއެއްނު. ރަށަށް މިދަނީ މިވަގުތު އިތުރު އެހެން ގޮތެއް ނެތުމުން. ރަށުން ވަޒީފާއެއް ލިބޭނެ ގޮތެއް ނެތް ނަމަވެސް އެހެން ގޮތެއް ހޯދަން އޮތީވެސް މިވަގުތު ރަށަށް ގޮސްގެން. މާލޭގައި ހުރެއްޖެނަމަ ހާލަތު އިތުރަށް ގޯސްވާނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ ކޮވިޑް-19 ފެތުރެން ފެށުމުން ކުރިން ކޮންމެ ދުވަހަކު 1500 ވަރަކަށް ރުފިޔާ އޭނާ އަށް އާމްދަނީގެ ގޮތުގައި ލިބެމުން އައި ކަމަށެވެ. ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމުން އާމްދަނީ ދަށްވެ މުޅި ދުވަހު މަސައްކަތް ކޮށްގެން ލިބެނީ 200 ވަރަކަށް ރުފިޔާ ކަމަށް އޭނާ ބުންޏެވެ.

އެއާޕޯޓްގައި ރެޕެއްގެ ވަޒީފާ އަދާކުރަމުން އައި މީހަކު ވެސް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 ފެތުރެމުން ދާތީ އޭނާގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އެހެންވެ އާއިލާ ގޮވައިގެން އަންނަ ހަފްތާގައި ރަށަށް ފުރާނެ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން ވަރަށް ރަނގަޅު އާމްދަނީއެއް އައީ ލިބެމުން. މާލޭގެ ގޭގެ ކުލި ދައްކާފައި ދެދަރިންނާއި އަނބިމީހާ ގޮވައިގެން އުޅުނީ ވަރަށް ހަމަޖެހިގެން. ނަމަވެސް މިހާރު މިއޮތީ އެއްކޮށް އާމްދަނީ ލިބޭނެ ގޮތް ހުސްވެފައި. ކުރިއަށް އޮތް ހަތަރު ފަސް ވަރަކަށް މަސް ދުވަހު މިގޮތައް ދާނެ ކަމަށް ބެލެވެނީ. އެހެންވެ ދެން މާލޭގައި ތަނަކަށް ކުލި ދައްކައިގެން އުޅެވެން ނެތުމުން ގޮތް ހުސްވެއްޖެ. ދަރިންކޮޅު ސްކޫލުން ވެސް ކަނޑާލަން ޖެހިފައި މިއޮތީ." އޭނާ ބުންޏެވެ.

މާލެ ކައިރީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައި ވާތީ އޭނާގެ އާއިލާ ވެސް ރަށަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މަންމަ އަކީ ދިގު މުއްދަތަކަށް ބޭސް ކުރަން ޖެހޭ ބައްޔެއްގެ ވޭން ތަހައްމަލް ކުރަން ޖެހިފައިވާ މީހެއް. ޑޮކްޓަރަށް ދައްކަން ކޮންމެ ފަހަރަކު މާލެ އައުން އެއީ މަންމަ އަށް ކުރަން ދަތި ކަމަކަށް ވާތީ މަންމަ އާއި އަޅުގަނޑުގެ އަންހެނުން އަދި ދަރިފުޅު މާލެ އަށް ބަދަލު ކޮށްގެން މިއުޅުނީ. ނަމަވެސް މިހާރު އަޅުގަނޑުގެ ވަޒީފާ ގެއްލުމުން އާއިލާ ރަށަށް ބަދަލު ކުރަން ޖެހިފައި މިވަނީ." އޭނާ ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ވަރަށް ގިނަ ވިޔަފާރިތަކަށް ވެސް ދަނީ އެކަމުގެ ނޭދެވޭ އަސަރު ކުރަމުންނެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތަކުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް އިއުލާން ކޮށްފައި ވީނަމަވެސް އަދި އެޕެކޭޖްގެ ތަފްސީލްތަކެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިހާރު އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން ގެންދާ ފަރާތްތަކުން އިންތިޒާރު ކުރަމުން ގެންދަނީ ސަރުކާރުން ދެއްވާ އެހީގެ ތަފްސީލްތައް ހާމަކުރާނެ ވަގުތަކަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިޤުތިޞާދަށް ވެސް ދަނީ އެކަމުގެ އަސަރު ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މީން ދުވަހަކު ދުނިޔެ ދެކެފައި ނުވާފަދަ އިޤުތިޞާދީ ތަދުމަޑުކަމަކާއި ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ރޮބޮޓް

    އަޞްލު މިވަގުތަށް ނެގެން އޮތް އެއްމެ ރަނގަޅު ޑެސިޝަން ތި ނަގަނީ، އަދި ފިލާވަޅެއް ކަމުގައި ދެކިގެން ކުރިއަށް އޮތްތަނުގައި ބޭކާރު ޚަރަދު ނުކޮށް ފައިސާ ރައްކާކުރެވޭތޯ ބަލަންވީ، އަދި ގޯތީގައި އޮންނަ ހުސްތަންތަނުގައި ދަނޑުވެރިކަންކުރެވޭތޯ ބަލަންވީ، ކޮފީ ބޯންދިއުމާއި މާރކެޓަށް ނުކުންނަށް އަގުބޮޑު ފޯނުއާއި ސައިކަލްފަދަ ތަކެތި އިންސްޓޯލްމަންޓަށް ނުނަގާ، އަދި ބޭންކުތަކުން އެދޫކުރާ އިންޓަރެސްޓް 18 ޕަސެންޓްގެ ލުއިލޯނުތަކުގައި ނުޖެހި އަދި އެހެނިހެން ބޭކާރު ޚަރަދުކުރުން ހުއްޓާލާ އާއިލާއާއިއެކު ވަޤުތު ހޭދަކޮށް އަޅުކަން ކުރުމާއިއެކު އުފާވެރި ދިރއުޅުމެއް އުޅެވޭތޯ މަސައްކަތްކުރަންވީ ވަޤުތު މިއީ،

    566
    12
    • އެމްޑީޕީ ބުރޯ

      ވަރަށް ރަނގަޅުވާހަކައެއް! ދިވެހިންގެ ވިޔާނުދާ އުޅުމަށާއި އާދަކާދަޔަށް ހެޔޮބަދަލެއް ގެންނަންވީވަގުތެއްމިއީ! ރަށުގަ ވަޒީފާއެއްނެތޭ ތައުލީމެއްނެތޭ ބޭސްފަރުވާއެއްނެތޭ ކިޔާފަ މާލެއައިސް ލިބޭހާއެއްޗެއް ތަޅާބުރުއްސާއިރުހީވަނީ މިޔަށްވުރެން ތަނަވަސްބަޔަކު މިދުނިޔެއިގަ ނެތްހެން! ދިވެންނަކީވަރަށް ބޮޑާ އަދި ކިބުރުވެރިބައެއް! އެކަން އެނގޭނެ އިންޑިޔާ އަދި ލަންކާ ފަދަ ގައުމުތަކަށްގޮސް އުޅޭ ދިވެހިންގެ ހާލަތުބާލާލީމަވެސް އަބަދުވެސް ދެއްކުންތެރިކަން ކުރިޔަށްނެރިގެން އުޅޭބައެއް! ގޭތެރޭގަ ކާއެއްޗެއް ކެއްކިޔަސް އޭގެ ފޮޓޯނަގާފަ ފޭސްބުކަށް ހުލެވިއްޖިއްޔާ އެދުވަހަކު ލޮލަކަށް ނިދިވެސްނާންނާނެ އެހެންމީމަ މިބުނެވެނީ ދިވެހިންގެ ވިޔާނުދާވާހަކަ މިކޮމެންޓްކިޔާފަ އަޅުގަނޑަށް މާފުކުރާނެކަމަށް އުންމީދުކުރަން! އަދި މިއީ ނަސޭހަތެއްގެ ގޮތުގަ ބަލައިގަންނާނޭކަމަށްވެސް އުންމީދުކުރަން! ވަރަށްވެދުން!

      316
      6
    • ކޮރަޕްޝަން

      މިޑެސިޝަނަކީ އެންމެ ރަނގަޅު ޑެސިޝަނަށް ވިޔަސް ރާއްޖޭގެ/މުޅިދުނިޔޭގެ ކޮރަޕްޝަނާއި އިސްލާމީ ޝަރީއަތާ ހިލާފް ގާނޫންތަކުގެ ސަބަބުން މުއްސަދިން މުއްސަދިވަނީ. ފަގީރުން ދުވަހަކަށް ވުރެ ދުވަހެއް ފަގީރުވަނީ. ރަށަށް ދިޔައިއްޔާ ދަރިންގެ މުސްތަގުބަލް އެދިޔައީ. މައުމޫނުގެ ވެރިކަމުން ފެށިގެން ހުރިހާ ސަރުކާރަކުންވެސް ކުރަމުންއައި ކަމަކީ ހަމައެކަނި މާލެ ތަރައްގީކުރުން. އާސުކޫލްތައްވެސް ހަމައެކަނި މާލޭގައި. "ރާއްޖެތެރޭގެ" ރައްޔިތުންނަކީ މާދަށްބައެއްް. މާލޭގެ އުޅޭ މުއްސަދި ވިޔަފާރިވެރިންގެ ކަމަކީ ކުލިތައް އަގުބޮޑުކުރުން. ތެލުގެ އަގު އުފުލުނަސް، ކާބޯތަކެތީގެ އަގު އުފުލުނަސް، ސިގިރެޓްގެ އަގު އުފުލުނަސް، ކޮފީގެ އަގު އުފުލުނަސް އެހިސާބުން ކުލީގެ އަގު ދެގުނަ ބޮޑުވީ. ދެން އެއެއްޗެހީގެ އަގު ހެޔޮވިޔަސް ކުލީގެ އަގުހެވެއްނުވާނެ. މިފަދަ ވިޔަފާރިވެރިންނަށް މިބަލިމަޑުކަމުންވެސް އެންމެ ބޮޑު ފައިދާމިވަނީ. ސްޓެލްކޯއާއި ފެނަކައާއި ދިރާގަކީވެސް މިފަދަ ވިޔަފާރިވެރިން ހިންގާތަންތަން.

      96
      15
      • ނާއީ

        ރަށަށް ބަދަލް ވީމަ ދަރިންގެ މުސްތަގްބަލް ހަލާކު ވާންވީ ކީއްވެ؟ ރަށުގަ ހުރެގެން އޯ ލެވެލް/އޭ ލެވެލް އަށް ކިޔެވޭ... ރަގަޅަށް ކިޔަވާ ކުދިން ރަށުގަ ތިބެގެން ޓޮޕްޓެން އަށް އަރާ... ނުކިޔަވާ ކުދިން ނުކިޔަވާނެ މާލެ އެއް ނޫން ރަށެއް ނޫން އެހެން ގައުމެއްގަ ވެސް.... ދަރިންނަށް ރަގަޅު ތަރުއްބިއްޔަތު ދޭންވީ...

        162
        6
      • ޣޖހސސ

        ރަށްތައް ތަ ރައްޤީ ނުވީ ހަމަ ރަށް ރަށުގެ މީހުންގެ ގޮތްކުޑަ ކަމުން. ރަށް ރަށުގަ ކިޔަވާނެ ދަ ރިވަ ރުން ނެތިގެން ސްކޫލްތައް ބަންދު. އެންމެން މާލޭގަ. ރރ

        38
        6
    • ރިޔާ

      ކޮރަޕްޝަން އާ ގޯސް ގާނޫން ތަކާ އެކު ފަގީރުންގެ މުދާ ކެއުމަކީ ކިހާ އަނިޔާވެރި ނުލަފާ ކަމެއް... އިރާދުކިރެއްވިއްޔާ ރަގަޅު ގޮތުގަ ވެސް މުއްސަދި ވެވިދާނެ... އެތައްބަޔަކު ކޮރަޕްޝަންގަ ނުޖެހި މުއްސަދިވޭ.... މާލެ އެކަނި ތަރައްގީކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން... ވަރަށް ބޭއިންސާފުން ކުރިކަމެއް.. ހުރިހާ އަތޮޅެއް ތަރައްގީކުރަން ޖެހޭނެ....

      45
      2
    • ތ

      ސަރުކާރުން ރަށްރަށުގަ ސިއްހީ ހާލަތު ރަގަޅު ކުރަންޖެހޭ.... އަބަދު ޖަޒީރާ އޭ ކިޔާއިރު ޑޮކްޓަރަށް ދައްކަން މާލެ އަންނަން މި ޖެހެނީ އަދިވެސް.... ވަރަށް އުންމީދު ކުރަން ރަގަޅު ކުރާނެ ކަމަށް

      49
      2
  2. ސަޓޯ

    މިވަގުތައް ރަށަށްދޭ.. ތިނޫން ގޮތެއް މިވަގުތަކު ނެތް.. ތީގަ ނޯންނާނެ މީހަކު ކުރާނޭ ކަމެއް.. މާތްﷲ އަށް ވަކީލު ކުރޭ.. ޝުކުރުކޮއްލާ މިގައުމުގަ ކޮރޯނާ ފެތުރިއްޖެ ނަމަ މާލެ އެކަންޏެއް ނޫން މިދުނިޔެ ދޫކޮއްވެސް ދާން ޖެހިދާނެ

    212
    5
  3. ރިޒާ

    ރަންގަޅު މާލޭގައި ދެކޮޓަރި ހިފައިގެންވެސް އުޅެވޭނީ ގާތްގަނޑަކަށް 30000ރުފިޔަ ލިބިގެން އެހެންވީމާ ވަރަށް ރަނގަޅަށް ތިކަންތައްކުރީ :

    161
    4
    • ކުއްޖެއް

      300000 ހާސް ވެސް މަދު...އަހަރމެން މިއުޅެނީ 40000 ލިބޭ އިރުވެސް 2 ކުދިން ގޮވައިގެން ނޫޅެވިގެންހުވާ ކޮށްފަ މިބުނީ ބޭ ކާރު އެ ކައްޗެއްވެސް ނުގަންނަން... ?ހ

      82
      21
  4. ޢެޑްމުންޑޯ

    މަދުރަށެއްގައި ނޫނީ ތައުލީމް ރަށުގައި ތިބެގެން ދެވޭނެ މިހާރު ، ރަށައްބަދަލުވުމަކީ ބުއްދިވެރިގޮތެއް ، މިވަގުތު މުޅިރާޢްޖޭގެ ހާލަތުވެސް މިވަނީ ނިކަމަތިވެފައި ، ނަމަވެސް އަދިވެސް ރައްރަށުގައި ކުޑަޚަރަދަކުން އުޅެވޭނެ

    152
    2
  5. އަލިފުޅުބެ

    މީސްތަކުންގެ ޢަމަލުތައް ނުބާވީމާ މިކަލަ މުސީބާތްތައް މެދުވެރި ވާނެ. ޓެކްސީ ޑްރައިވަރުންނަކީ ވެސް ލިބޭ އާމްދަނީ ދައްކަމަށް ބުނެ ސަރުކާރުން އަންގާ އެންގުން ތަކަށްވެސް ބޯ ނުލަނބާ ބައެއް. ޓެކްސީގެ ޚިދުމަތް ހޯދާ މީހުންނަށް އެމީހުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ގިނަ ޝަކުވާ. ލިބޭއާމްދަނީ މިހާރު އެބުނީ ދުވާލަކު 1500 ރުފިޔާ އެއީ މަހަކު 45 ހާސް. އެވަރު ލިބޭއިރު ޓެކްސީ ދަތުރެއްގެ އަގު އަދިވެސް ކުޑަވެގެން އުޅެނީ.
    ވިސްނާ ފިކުރު ކޮށްބަލަ ކީރިތި ޤްރުއާނުން ޢިބްރަތް ޙާޞިލް ކޮށްބަލަ. ކުރީގެ އުއްމަތްތައް ހަލާކު ކުރެއްވީވެސް އެ މީހުންގެ ތެރޭގައި ހިންގި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން.

    169
    5
  6. މޮޔަބެ

    ޖަޒީރާވަންތަ ސަރުކާރުގެ ވައުދު...ރާއްޖެތެރޭ ބޭފުޅުން މާލެ ދޫކޮށްދިއުމުން މާލޭގެ ބޮޑްކުލީގައި ދީފަ ހުންނަ ކޮތަރ ކޮށިތަކުގައި ދެން އުޅޭނީ ކޮންބަޔެއްތޯ...އަދި ބަންޑާރަ ބިންތައް ވިޔަފާރި އުސޫލުން ހަދަން ނެގިފައިވާ ބޮޑެތި ލޯނުތައް މާލޭ ބޭފުޅުން ދައްކަން ދަތިވާނެ.
    އެޅިދާނެ ފިޔަވަޅުތައް.
    ލޯނުތަކުގެ މުއްދަތު އިތުރުކޮށް ރިބާގެ % ދަށްކުރުން.
    މިހާރު 20 އަހަރަށް ނަގާފަހުރި ލޯނުތައް 25 އަހަރަށް ދަމާލުން... ކުލި ކުޑަކޮށްލުން... ނިވްޔޯކާއި މާލެ އާއި ކުލި އެއްވަރު....

    71
    8
    • އެމްޑީޕީ ބުރޯ

      ކޮތަރުކޮށިތަކުގަ އުޅޭނީ ކޮންބައެއްތޯ ސުވާލުނުކޮށް ރަށަށްދޭބަލަ! އެއީކީ ކަލެޔާބެހޭކަމެށްނޫނެއްނު!

      6
      13
  7. މާޝާ

    ސަރުކާރުން ދެއްވާނީތޯ ނުވަތަ ދޭނީތޯ؟

    21
    2
    • ވިސްނޭ

      ޕެންށަން ފާސާ ނެގޭނެ ގޮތް ހަދާދީ

      40
  8. ޢާޞިދަ

    މޮޅު ނަތީޖާ ހޯދަނީ ހަމަ އހކަނި މާލެއިން ކިޔަވައިގެނނެއް ނޫން.. ރާއްޖެ ތެރޭ ކުދިން ގިނަވާނީވެސް މޮޅު ނަތީޖާ ހޯދާ އިރު.... މާލެ ގަ އުޅެނި ހިސާބަށް ވުރެ ކަން ނެތް މީހުން ކައިކައިގެން ތިބެވޭނެއެއްނު.. ރަށުގަ ބޮޑު ގޯތި ހުރެ އުޅޭނިތަން ހުރެ މާލެ ގަ ކުޑަ ގޮޅިއެއް ގަ އުޅެނީ ހިސާބަށް ވުރެ ފޮނިކަން ބޯޑީ....ނޫޏީ މައިންބަފައިން ބަލަން ޖެހޭތި ވެ ...............

    133
    9
    • ކެޔޮޅު

      ކުއްޖާ ކޮންރަށެއްތޯ ނުބަލައި ކިޔެވި ސްކޫލަށް ބަލަން ޖެހޭނީ. ރައްރަށުން ކިޔަވާ ކުދިންވެސް ރަނގަޅު ނަތީޖާ ހޯދާ. އެކަމަކުވެސް މި ނިސްބަތަކީ ވަރަށް ދަށް ނިސްބަތެއް. މިހެން ދިމާވަނީ ރަށްރަށުގައި ވަޞީލަތްތައް ނެތުމުން. އެންމެ ކުޑަމިނުން ކިޔަވަން ބޭނުންވާ ސްޓްރީމްގެ މާއްދާތައްވެސް ނުކިޔެވޭ ތަންތަން އަދިވެސް ގިނައީ. ކުއްޖާއަކަށް ނޯވޭ ބޭނުންވާ މާއްދާ ކިޔެވޭނެ ގޮތްވެސް.

      26
      6
      • ނޫރު

        ނިސްބަތުން ގިނައީ ރަށް ރަށުގަ ކިޔަވާ ކުދިންގެ ނަތީޖާ ރަގަޅުވުން. އޮޅުވާނުލާ

        17
  9. ެއެޑްވަޑް ބާމުންޑޭ

    އަނދުން ޙުސޭނު ވަރަށް އުފާވާނެ، ރާއްޖެތެރޭ މީހުން މާލެދޫކޮށްފަ ރަށަށްދާތީ.

    119
    6
    • މާލޭ މީހެއް މަވެސް މީ އެކަމަކު

      ރަނގަޅު ވާހަކައެއް ހުސޭނު އެކަންޏެއްނޫން ސަރަގު އާދަނުވެސް ...މިމީހުންނަށް ހީވާކަހަލަ މާލެއާ ހުޅުމާލެ މީ މިމީހުންގެ ވާރުތަ މުދަލޭ

      61
      14
  10. ހަސަދު

    އިކޮމިސްޓުން ވެރިކަން ކުރި 5 އަހަރުވެސް ރަށެއްގައި އިންސާނަކަށް އުޅެވަރު ކުރާކަށް އެއްވެސް މަސައްކަތެއް ކޮށްފައެއްނެތް. ދެންވެސް އިކޮނޮމިސްޓް އަކަށް ސިޔާސީ ކޮސްގޮވާ މީހަކަށް މަހުޖަނަކަށް ވެރިކަން ދޭން ހެޔޮނުވާނެ.

    33
    86
  11. ރޯނު

    އެއް ބަޔަކު އުފާވާނެ. މަވެސް މިހިރީ ދާން. ނިދާލަން އޮންނާނެ ތަނެއް ފެނިއްޖެއްޔާ

    71
    2
  12. ކައްޕިތާން

    މިވަގުތުގެ ބޭނުން ހިފައިގެން ރައް ތަރައްގީ ކުރެވޭތޯ ބަލަންވީ ރަށުގެ އާބާދީ އިތުރު ކުރީމާ ސަރުކާރައް މަޖުބޫރް ވާނެ ރައްތަރައްގީ ކޮއްދެން ކޮންމެސަރުކަރަކުންވެސް ބަލާނީ އާބަދީ ގިނަ ރަށަކައް އިސްކަންދޭން އެއީ ވިބޭވޯޓް ގިނަވާނެތީ ރައްދޫކޮއްލާފަ މާލެ އައިމާ ރައްއޮންނާނީ ފަޅައް ފަޅުރަށަކައް ސަރުކާރުން އަޅައެއް ނުލާނެ ބަލާނީ މީހުންކޮޅު ހުސްކޮއްލާފަ ރިސޯޓެއް ހަދަން ދެވޭތޯ މީމިހާތަނައް ވަމުން އައިގޮތަކީ ކުރިޔައް ވާނެ ގޮދެއް ނޭންގޭނެ ވެދުން

    95
    1
  13. ނުބުނާ

    އަހަރެން ހީކުރީ ޓެކްސީ ދަތުރުކުރާ މީހުންނަށް ލިބެނީ ދުވާލަކަށް 500 ރުފިޔާ ވަރު ކަމަށް.

    67
    2
  14. ބީރު

    މަ ދާނީ ދަރުމަވަންތަ ހޮސްޕިޓަލް އަހަރެމެން ރަށަށް ބަދަލު ކޮށްދިނީމަ .

    25
    26
  15. ޙަސަނާ

    ވަރައްރަގަޅު ނިންމުމެއްތީ މިޢީ ގައުމު ހަމަގައް އެޅެންލިބުނުފުރުސަތެއް އެބައެއްގެވަޒަނައް އެބަޔަކު އެބުރިގޮސް އަމިއްލަގެދޮރު ބިނާކުރަންވީ އެހެންބައެއްގެ ގެދޮރު އަޅަންނަގާފަ ހުންނަ އިންޓަރެސްޓޔ ބޮޑެތިލޯނު ތައްދައްކަދޭން ތިބޭނެ ލަމެއްނެތް ސަރުކާރުން ރައްޔިތުންނައް ހަމަ ހަމަ ކޮއް ކަންތައްކޮއްދެން ޖެހޭނެ ވީމާ މިކަމުގާ މީ ދިވެހިން ގޮތްނިންމަންވީ ވަގުތު ރަށުގަހުރި ގެދޮރު ވީރާނާވަން ދޫނުކޮއް އެބުރި ރަށައްގޮސް ހިތްވަރޔ ކުރޭ އިންޝަﷲ ދެރަގޮތެހްނުވާނެ މާއުފާވެރި ދިރިއުޅުމެއް އޭރުން އުޅެވޭނެ....

    38
    1
  16. ގުރާމް

    އަހުމަދު ހަސަން ކައިރީ ބުނެލަންބޭނުންވަ ނީ ތިބުނާ އެއްވެސް ހިދުމަތެއް ނެތްގާ ވެސް އުފާވެރި ދިރިއުޅޭބަޔަކު ރަށައް ދިއުމުން ފެންނާނެޔޭ އަހުމަދު ހަސަނައް ހީވެފަ ތިއޮތީ ވަރައްބޮޑު ކުއްހީއެއް

    32
    5
  17. މަރީ

    މާލެ ނައިސް ކުރންވެސް އަމިއްލަ ވަޒަނުގ ތިބިނަަމަ..މިހާރު ރަށްރަށުންވެސް ޖީސީގަ ގެންނަ މަތީވަނަތްއް ފެނިފަ އޭގެން ދޭހަވަނީ ތައުލީމީ ފެންވަރުވެސް ރަނގަޅޭ ރާއްޖެ ތެރޭގަވެސް..ފޮނިވާން މާލެ އަންނަނީ ހަމަ ދެންވެސް ގޮސް ރަށުގަ މައިތިރިވެގެން ތިބޭ

    52
    13
    • ފޮވިވާން

      ސިއްޙީ ޚިދުމަތްވެސް ހަމަ އެހާރަނގަޅު ދޯ؟ ރަށުގަ ހުންނަ ޑޮކްޓަރ ލިޔާ ބޭސް ސިޓީގަ ޕެނެޑޯލް ލިޔެފަ އޮތިއްޔާ އެދުވަހު ރަށު ބޭސް ފިހާރައިން ފަހަރެއްގައި ލިބިދާނެ، އިތުރައް ބޭހެއް ލިޔެފަ އޮތިއްޔާ ދެން ފެންނަހާ މީހެއްކާރި މާލެއިން އަންނަމީހެއް އިނގޭހޭ އަހަމުން ބަލިހާލުގައި އުޅެންޖެހޭނީ. އެވެސް ހަމަ ފޮނިކަމުން.

      26
      7
  18. ހައްގު ތެދު

    މިވަގުތު ލޯނު ނަގައިގެން ކުލި ދެއްކުމަކީ މޮޔަކަމެއް! ޓެކްސީ ޑްރައިވަރު ޢަމަލު ކުރި ގޮތަށް އެހެން ބޭފުޅުން ވެސް ޢަމަލު ކުރެއްވުން ވަރަށް މުހިންމެވެ. މި ބަލިން ދުނިޔެ ސަލާމަތް ވާނެ ދުވަހެއް ނޭނގޭ! ސްކޫލް ތައް ހުޅުވޭނެ ދުވަހެއް ނޭނގޭ! ދެން ލޯނު ނަގައިގެން ދަރަނިވެރިވެގެން އަނދުން ހުސައިން ކަހަލަ މީހުން އަށް ކުލިދައްކާ ދިނުމުގެ ބޭނުމަކީ ކޮބައިތޯ؟ މިވަގުތު ރަށަށް ގޮސް ދަނޑުވެރިކަން ކުރުންވެސް މާރަނގަޅުވާނެ!

    29
    1
  19. ނަޖީބު އައްބާސް

    އަގަނޑު މާކުރިން ދެއްކިވަހަކަޔެއްތިއީ! އިންޑި ޔާގަ ކާބޯތަކެތި އެއްބިލިޔަން މީހުނައް އުފައްދާފަ ބާކީކޮއް ރާއްޖެ ފޮނުވޭނެކަމައް ގަބޫލުކޮއްގެން މާލޭގަ ކޮތަރު ކޮށިތަކުގަ ތިބުމަކީ ވަރައް މޮޔަކަމެއް! ދިވެހިން ބިންބޮޑެތި ރައްތަކައް ފެތުރިގަނެ އަމިއްލަޔައް އުފައްދާ އެޗަކުން އުޅުމުގެ ފުލޭނު ކުރަންވީ ވަގުތު އައިސްފި

    19
    1
  20. ފިޔަވަޅު

    މަމި ބުނަނީ އެނމެން ނެތޭ ރަށުގަވެސް ވަންނާނެ ތަނެއް

    26
    2
  21. ބީރު

    މަރީ ! ހުސް އެކަނި ތައުލީމެއްނޫން ދޯ ބޭނުންވާނީ .
    ވަޒީފާ އާ ސިއްޙީ ހިދުމަތެއް ނެއްތާކު ކިހިނެއް އުޅޭނީ .
    މާ ލެ އަންނަނީ ވެރިން ހަމަހަމަ އަށް އަސާސީ ބޭނުންތައް ވެސް ފުރިހަމަ ނުކޮށްދޭތީ !

    އެކަމް ދެން މަވެސް މިއުޅެނީ ރަށަށް ދާން .
    އެންމެން ރަށަށް . މިޝިއާރު ޕްރޮމޯޓް ކޮށް އެބަޖެހެ މާލެ މީހުންނަށް ކުލި ދިނުން ހުއްޓާލަން .

    30
    3
  22. ހައިރާން

    ސަރުކާރު މުއައްޒަފުންނައް ބަރާބަރު މުސާރަ .
    ޢެއީ އަހަރެމެންގެ ފައިސާ .
    އޙަރެމެން ރިސޯޓްމުއައްޒަފުންނާ ،އަމިހްލަ މަސައްކަތްތެރިން ޙާލުގަ ޖެހިއްޖެ. ސަރުކާރައް މިތަނެއް ނުފެނެ.
    ރައީސް މީހާ އަށް ހީވާކަހަލަ ރައްޔިތުންނަކީ ސަރުކާރު މުއައްޒަފުންނޭ .

    8
    6
  23. ރަށު މީހާ

    ހާލުގާ ޖެހުނީމާ ދާން ޖެހުނީ ރަށަށް. ތިހީކުރާ ވަރަށް ވުރެ ރައްފުށުގެ ދިރިއުޅުން މާ އަރާމުވާނެ.

    22
    5
  24. މުހައްމަދު ޝާހް ރ.ވާދޫ

    މާލޭގެ މީހުން އަބަދު ރީޒަނަކަށް އެދައްކާ ބޮޑުލޯނުގެ ވާހަކަ މިހާރު ލޯނުތައް 6 މަހަށް އިންޓަރެސްޓް އިތުރުނުކޮށް (ބީއެމްއެލްގެ އަލަށް ނެރުނު ނޫސްބަޔާނުގަ އެއޮތީ) މިހާރު ފަސްކޮށްދީފައޮތްއިރު މާލޭގެ ގެދޮރުގެ ކުލި ތިރިނުކޮށްދީ އެތިބީ ކީއްވެތޯ، އެކަމާބެހޭގޮތުން އަނގަހުޅުވާލަން ކެރޭ މަޖިލީހުގެ ވޯޓުބޭނުންވީމަ ރައްޔިތުންނާހެދި ހޭކެނޑޭ މެންބަރަކު ނެތީތަ؟

    12
    3
  25. ނަދީމާ

    އަހަރުމެން އުޅޭ ގޯޅިތެރޭން މަށާ އަދި އެހެން ތިން ކުދިންނާ ނަގަގެން އެއްބިލްޑިންގެއްގައި ހުންނަ އޮފީހަށް 10 މިނިޓުގެ ދަތުރަކުން ގެންގޮސްފައި ކޮންމެ ކުއްޖެއްގެ އަތުން 25 ރުފިޔާ ނެގިދުވަސް ހަނދާން އެބަހުރިތަ؟ އަހަރުމެން ގަޑިޖެހޭތީ އެކަމާ މައްސަލަޖައްސަން ގިނައިރު ނުތިބެ ލާރި ދީފައި ވަނީ.
    އެގޮތަށް ފެލައިގެން އުޅުނު ބަޔަކަށް ތިހެން ވީމާ އެހާ ދެރައެއްނުވޭ. އެކަމަކު މަދޭނީ ނަސޭހަތް .ތީ މިއަދަށް އޮތްގޮތް. ކެތްކޮށްލާ. މާދަމާ ރަނގަޅުވާނެ

    17
    1
  26. ޑިކްޓޭޓަރ

    އަހަރެމެނަށް ރަށަށްދެވޭކަށް ނެތް. އަންގަނީ ވަޒީފާގަ ގޭގަ މާލޭގަތިބެން. ކްރައުޑަށް މެއިލްކުރާއިރު ރަށް އާއިލާކައިރިއަށްދެވޭ. ދާން ހުއްދަ ހޯދަން ވަކިން އެހީމަ އެހުއްދައެއް ނުލިބޭ.

    3
    2
  27. ހިލޭ

    ޓޮއިލެޓް ޕޭޕަރ ނުތަޅާ ފަަޤީރު ދަތިހާލުގައިތިބި ޢާއިލާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުން ރަނގަޅު ބައެއް މީހުނަށް 5 ރުފިޔާ އަކީވެސް މިވަޤުތު ވަރަށްބޮޑު އެއްޗެއް.

    14
    4
  28. ނަސޭހަތް

    ވ. ރަނގަޅު ނިންމުމެއް. މިދުވަސްކުޮޅު އަތުގަ ރައްކާކޮއްފަ ހުރި ރުފިޔާ ކޮޅު ބޮޑު ކުއްޔައް ހަރަދު ނުކޮއް ރަށައް ދޭ އެންމެން ވެސް. މިހާލުގަ ދުނިޔެ ވާނެ ދުވަހެއް ވެސް އެނގެނީކީ ނޫން. ރަށުގަ 2 ރޫމް ގެ ތަނެއް ކުއްޔަށް ލިބުނަސް 12000 ރފ ކުލިން އެކަނި ސަލާމަތް ވާނެ.

    9
    1
  29. ބެއްޔާ

    މާލެ ނައިސް ވާނެ އެއްގޮތެއްވެސް ނެތް! ޖެހޭނީ އަންނަން!

    7
    9
  30. ދީމް

    މިހާރު ރައްފުށުގައި ވެސް ތަޢުލީމީ ފެންވަރު ވަރަށް ރަގަޅު ވަޒިފާ ވެސް ލިބޭނެ ރަގަޅު ވާހަކަ އެތް ސިއްހީ ބައެތް ފަރުވާ ނުލިބޭ .

    12
    6
  31. ނާއީ

    ރާއްޖޭގެ ގިނަ ރަށްރަށުގަ ރަގަޅަށް ކިޔެވޭ... އޭ ލެވެލް ވެސް ހެދޭ... ރަށްރަށުގަ އޭ ލެވެލް ހަދާ ދަރިވަރުން މާލޭގަ ހަދާ ކުދިންނެކޭ އެއްވަރު، ޓޮޕް ޓެންގަ ހިމެނޭ... ރަށަށް ބަދަލް ނުވާންވީ ކީއްވެ؟

  32. ސަމޭދާން

    އަޚުންނޭ... ކުރީގެ ބޯދާވިސްނުން ދޫކޮށްލާ... ދަރިންނަށް ކިޔަވައިދޭން މާލެއަށް ބަދަލުވުން ހުއްޓާލަންވެއްޖެ. ރަށު ސްކޫލިން ކިޔަވާކުދިންވެސް މިހާރު ޓޮޕްޓެންއަށްދޭ.

    22
    1
  33. އަފޭ

    ހާލުގައި ޖެހުމުން ރަށުގެ މަތިން ހަދާން ވަނީދޯ؟ ރަށުގައި ފެންވަރު ރަގަޅު ކުރަން މަސައްކަތް ކުރިންތަ ؟ ރަށުގައި ހުރިގޭ ފަޅުކޮއް ވީރާނާ ކޮއްލާފަ މާލެެ ގޮސް ތިބެގެން ރަށުގެ ގޯތީގައި ހުރި ކެޔޮލާއި ކާއްޓާއި ކުރުބާ އާއި އެއްޗެހިތައް ވިއްކާގެން ތިއުޅެނީ ހަމަ މާލެ ތަރައްގީކުރާ ކައްނޫންތަ؟ ރަށުގެ ހާލަތު ދައް ކުރީ ކޮންބައެއްތަ؟ ދެން ކީކޭތަ މިމީހުން މި ކިޔަނީ؟

    24
    2
  34. ޙެޔޮ

    މާލެ އަންަނީ ކޮންމެހެން ދަރިންނަށް ތައުލީމުދޭ ކަށް ނޫން ، ހަމަ ބުރުތަޅާ މަޖާކޮށް ފޮނިކޮށް އުޅެން ، މިހެން ބުންޏަސް ބަެފަރުވަް ނެތިގެން އަންނަ މީހުންވެސް މަދެއްނޫން
    ސިއްހީ ނިޒާމް ރަނގަޅު ކުރާ ކަށް އެއްވެސް ސަރުކ ކާރަ ކުން މަސައްކަތެއް ނު ކުރޭ، ކުރާނަމަ ކުރެވޭނެ
    ބަލާ މިހާރު ހޮސްޕިޓަލް ފރންވަރުގައި ހުޅުމާލޭގައި އާއު ރިސޯޓްތަ ކިގައި އެތިބެ ތަންތަން ހަދަނީ ، ހަފްތާއަކުން އެނިންމާލަނީ ، ވަކި ބައްޔެއް އަަމަ ކަނޫން މިހެން ވާންވީ

    12
    1
  35. އަހުމަދު

    ސާހިބާ އަޅުގަނޑު މެންވެސްމާލޭގާ ނޫޫޅެނީ ބޭނުންވާ ބަޖެޓް ނުލިބޭތީވެ

  36. Anonymous

    ލާދީނީ ބަޔަކު އިސްކުރި ފަހުންމުސީބާތް މިވަނީ އައިސްފައި

    10
    5
  37. ބީރު

    ކުދިންނޭ ވަޒީފާ ގަނޑެއް ސިއްޙީ ހިދުމަތެއް ރާއްޖެ ތެރެއިން ނުލިބެއއޭ .
    ދެން އަހަރެމެން ރަށަށް ދާއިރަށް އެއްކަލަ މާލެ ބޭފުޅުން ޗުއްޓީ ހޭދަ ކުރާ ތަނަކަށް އަހަރެމެން ރަށްތައް ވާނީ.
    ދެން ގޭގޭގަ އޮނަނާނީ އރމީހުންނަށް ކައްކާފަ ސައި ދިނުން .
    ހުވާ .މަ މާލެ އަންނަންދެންވެސް އީދު ޗުއްޓީ ތަކުގަ އުޅެންޖެހެނީ އެމީހުންނަށް ކާންދީ އެއްޗިހި ދޮވެދެން.
    ގޭގަ ހުންނަ އެންމެ ރީތި ކޮޓަރި ދޭންޖެހޭނީ ވެސް

    16
    4
  38. ޟާރިރު

    ޢާމްދަނީ ހުއްޓުމެއްނެތި ލިބެމުން ދާ ފަރާތްތަކަކީ ގޭތަކުގެ ވެރިން އަދި އެޕާރޓްމަންޓްތަކުގެ ވެރިން.

    9
    3
  39. ފަޅުވެރިން

    ޓެކްސީ ޑްރައިވަރުންނާއި، ރެޕުންގެ ތެރޭގައި އެންމެ ގިނަވާނީ އެމްޑީޕީ ފިކުރު މީހުން. ރަނގަޅުތާ. އެމްޑީޕީ އަށް ތާއީދުކުރި މީހުންނަށް ތިދަނީ އެމްޑީޕީގެ ހެޔޮފުޅުކަން ފެންނަމުން. ޢިބްރަތަކަށް ވާނެކަމަށް ހީކުރަން. ދެންވެސް އެމްޑީޕީ އަށް ތާއީދު ނުކުރާތި. ރައީސް ޔާމީން ހުންނެވި ނަމަ ރަސްމީ ރިޒާރވްގައި މަދުވެގެން 1.5 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެ. އަހަރު ދުވަހު އެންމެ ގެސްޓެއް ނަޔަސް ދިވެހި ކޮންމެ ޢާއިލާއެއް ވެސް އޭރުން އުޅޭނީ އުފާ ފާގަތިކަމުގައި.

    8
    2
  40. ކަފަބުރު

    ޖަޒީރާ ތަންތާގަ ޑޮކްޓަރެއް އަދި ކިޔެވޭނެ ގޮތެއްވެސް އަދި ވަޒީފާ ލިބޭނެ ގޮތެއްވެސް ނޯންނާނެ.

    11
  41. ކީސް

    އަދިވެސް ސިޔާސީވެގެން އެއްބަޔަކު އަނެއް ބަޔަކައް ހަޖޫޖަހާ މަލާމާތްކޮއް އުޅޭ.

  42. މާމޮޅޭ

    ކުލިކުޑަ ކުރަންވެއްޖެއްނު މާލެއައިސް ވަޒީފާޔައްގޮސް ބުރަމަސައްކަތް ކުރަނި ގެޔައް ކުލިދައްކާކައްނޫން ހަމައެކަނި

  43. ފާޒިލް

    މާލެއާ ރާއްޖެތެރެ ފަރަގު އެއްވަރުކުރަން އަޑުގަދަކޮއް ވެރިކަން ހޯދަން އުޅުނު މީހުނަށް ވެރިކަމާ މަޖްލިހާ ޝަރީއަތް ލިބުމުން ރާގު ބަދަލުވެ ރާއްޖެތެރޭމީހުންގެ ބޭނުން މިވަގުތަށް ކެނޑިފައިވާތީ ގޮވަނީ ރަށަށް ދާން.

  44. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ސަރުކާރުން ކުލި ދައްކައި ބިލްދައްކައި ރައްޔިތުންގެ ދިރިއުޅުމުގެ ޟަރޫރީ ބޭނުންތަކަށް ފައިސާދެއްވައި، ރައްޔިތުން ބަލަހައްޓައި ދެއްވާނެކަމަށް ހީނުކުރެއްވުން އެދެމެވެ. އަދި މިހާރު ޢިމާރާތްކޮށް ނިމިފައިވާ ފްލެޓްތަކަށް ހަމަ މިހިނދުން މިހިނދަށް މީހުން ވައްދާނެކަމަށް ނުދެކެށޭވެ. މިއީ ރައްޔިތުން ސަރުކާރު ދެކެ ލޯބިވާ ދުވަހެއްނޫނެވެ. ރައްޔިތުން ސަރުކާރު ދެކެ ލޯބިވީ ދުވަހު، ކަންތައްތައް ކޮށްއުޅުނު ގޮތަކަށް މިހާރު ކަންތައްތައް ނުކުރެއެވެ. މިސާލަކަށް އޭރު މާލެއިން ރާއްޖެތެރެއަށް ސަރުކާރުން ފޮނުވާ ތަކެތިން ނާލެއް މަޖޫރީއެއް ނުނަގައެވެ. އަދި ސަރުކާރުން ފޮނުވާ އެއްވެސް މީހެއްގެ އަތުން ފެސެޖްފީވެސް ނުނަގައެވެ. އަދި ރަށުތެރެ ކުނިކަހައި ސާފުކޮށް ހަދަނީ އެއްވެސް އުޖޫރައެއްނެތި ހިލޭ ސާބަހަށް ކުރެވޭ ބުރަ މަސައްކަތުންނެވެ.