ހެންވޭރު ކާނިވާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތަރު ފުރޮޅުލީ ވެހިކަލްތައް އެތަނުން ނެގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކާނިވާ ޞަރަހައްދުގައި ޕާކިންގ ޒޯނެއް ހެދުމަށްޓަކައި، އެސަރަޙައްދުގައި މިހާރު ޕާކުކޮށްހުރި ހަތަރު ފުރޮޅުލީ އުޅަންދުތައް ބަހައްޓާފައިވާ ފަރާތްތަކުން 08 އޭޕްރީލް 2020ވާ (ބުދަ) ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން މިތަކެތި ނަގައި މިސަރަޙައްދު ހުސްކުރުމަށް އެދޭކަމަށެވެ.
ކާނިވާ ސަރަހައްދު ހުސްކުރަނީ ކާނިވާ ސަރަހައްދުގައި ފީއެއް ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ހެދުމަށެވެ.
މާލެ ސިޓީ ކައުންސިލުން ކުރިން ބުނެފައި ވަނީ ކާނިވާ ސަރަހައްދުގައި ޕާކް ކުރުމަށް 52 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕާކިން ސްލޮޓަކަށް މަހަކު 3000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ކުރިން ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
ފައިސާ ދައްކައިގެން ކާނިވާ ސަރަހައްދުގައި ވެހިކަލް ޕާކް ކުރެވޭނެ ޒޯނެއް ހަދަން ސިޓީ ކައުންސިލުން ނިންމާފައި ވާއިރު، މާލޭގައި އެކަށީގެންވާ އަދަދެއްގެ ޕާކިން ޒޯން ނެތް ކަމުގެ ޝަކުވާއަކީ ގިނަ ބައެއްގެ ޒަމާންވީ ޝަކުވާއެކެވެ.
ތިއަގު މާކުޑަ 6000 އޯކޭ އޯގާތެރިސަރުކާރު ކޮބައިތޯ 70ހާސް ރުފިޔާ ދައްކާފަ ގަރާޖުހޯދާ އުޅަނދުތައް. އެކަން ފުލުހުން ބަލަންވެއްޖެނު ..ގަރާޖު ރަޖިސްޓަރީ އުޅަނދުތައް ޕާކުކުރަން ޖެހޭނީ ގަރާޖުގަ މަގުމައްޗަކުނޫން. ނޫނީ އެކަން ހުއްޓާލާ މާލޭ މީހުންގެ ޖީބުފުރާލުން ހުއްޓާލާ
މިދެން މިވަގުތަށް ކުރަން އެންމެ ރަގަޅުކަންތައް؟ ތިހާކަމެއް ކުރާހިތުން އުޅެންޔާ ގޭގޭގެ ވަޅުދިހިއްކަ ދީބަލަ...
މިވަގުތު އެއްކަަލަ ނުހޮވުނު ސޯބެޔާ ނުހޮވުނު ސިފާޔާ މިއުޅެނީ ރައްޔިތުން ރުޅިއަރުވަން. މިރޭ ހުއްދަދޭނެ މަގުމަތި ކޮންނަން .