މަނީ ލޯންޑްރިންގެ ކުށުގެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ފޮޓޯފުޅަށް ބަލަން އެމްޑީޕީ އަށް ކެތެއް ނުވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް އިޝާރާތް ކުރެއްވީ، އޮންލައިންކޮށް އިއްޔެ ބޭއްވި މަޖިލިހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަ ދެއްކެވި އިރު، ފަހަތުގައި ހުރި ފާރުގައި ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕޯސްޓަރުތައް ހަރުކޮށްފައި ހުރުމުން އެ ފާރު ނުފެންނަ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމާ ގުޅިގެންނެވެ. ނަޝީދު އެގޮތަށް އެންގެވީ މަޖިލިހުގެ ގަވައިދު އެފަދަ ކަމެއް ކުރަން ތަން ނުދޭތީއެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އިއްޔެ ވާހަކަ ދައްކަވަނީ

ނަޝީދު ވިދާޅުވީ މަޖިލިހުގެ މަސައްކަތްތަކުގައި އެއްވެސް ލޯގޯއެއް، ނިޝާނެއް، އަދި ޝިއާރެއް ބޭނުން ކުރުމަކީ މަޖިލިސް ގަވައިދު ހުއްދަދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ، އެމަނިކުފާނު އަރިހުގައި ދަންނަވާފައިވާ ކަމަށެވެ. އެހެންވެ، ބެކްގްރައުންޑް ފުސް ކުރެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

މަޖިލިހުން އެގޮތަށް އަމަލު ކުރުމާ ގުޅިގެން ނައިބު ރައީސް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުގެ ފޮޓޯއަކަށް ބަލަން އެމްޑީޕީ އަށް ކެތެއް ނުވާ ކަމަށެވެ. އަދި އެމްޑީޕީން އިދިކޮޅުގައި ތިބިއިރު ކޮންމެ ކަހަލަ ހުތުރު ކަމެއް ވެސް ވެގެން ދިޔައީ މިނިވަން ކަމެއްގެ ގޮތުގައި ޖަމީލް ވިދާޅުވިއެވެ.

"ނޫސްވެރިންނާ މެދު ވެސް ފިޔަވަޅު އަޅަން މިހާރު ކެތްމަދުވެފައި. ނަމުން ޑިމޮކްރެސީ، ކަމުން ޚުދުމުހުތާރު،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ޓުވީޓުގައި ވަނީ ކުރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިހުގެ މޭޒު މައްޗަށް ކޮޅަށް އަރައިގެން ހުންނެވި މަންޒަރު ދައްކައިދޭ ފޮޓޯއެއް ވެސް ޓުވީޓު ކުރައްވައިފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ވަޑައިގެންނެވި ދުވަހެއްގައި އިދިކޮޅު މެމްބަރުން ކުރެއްވި އިހުތިޖާޖްގެ ފޮޓޯއެއް ވެސް ޖަމީލް އާންމު ކުރެއްވިއެވެ.

ޖަމީލް އެގޮތަށް ވިދާޅުވި އިރު، މިހާރުގެ އިދިކޮޅު މެމްބަރުން ވެސް މީގެކުރިން ވަނީ މަޖިލިހުގެ ތަޅުމުގައި ޔާމީން މިނިވަން ކުރަން ގޮވާލައްވައި އިހުތިޖާޖް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލްޖިބްރާ

    ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް ޔާމީނަކީ މިހާރު ބޮޑުވަގެއްގެ ކުށް އޭނާގެ މައްޗަށްސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހެއް ! ކުށްވެރިންގެ ފޮޓޯ މަޖްލިސްގެ ޖަލްސާތަކުގައި ބޭނުންނުކުރެވޭނެ ! ކަލޭމެންގެ ވެރިކަމުގައި އަންނި ޖަލަށް ލާފައި ހުއްޓާ ސްކޫލެއްގެ އޮފީސްތެރޭ އޭނާގެ ފޮޓޮއެއް ބަހައްޓާފަ ވަނިކޮށް " ޓެރަރިސްޓް " އެކޭ ކިޔާފަ އެފޮޓޯ އެތަނުން ނެގިހަދާން ނެތުނީތަ ؟ ކަލެއަކީ ވަރަށް ލަދުހަޔާތް މަދު މީހެއް !

    7
    19
    • އިއްބެ

      ހެޔޮކޮށް

      އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުރެ ޔާމީނާ ދިމާއަށް އެއްޗެހި ކިޔާފައި ގައުމަށް އަަަންނަން ބިރުން އެދުވަހު ހުރެފަ ވެރިކަން ބަދަލުވެގެން މީނަ އަށް ބައިވަރު ލިބޭނެ ކަމަށް ހީކޮށް އައިސް ވަޒީރުކަމާއި ބޮޑެތި މަޤާމް ލިބޭނެ ކަމަށް ހީކޮށް ހުއްޓާ މަޤާމެއް ނުލިބުނީމަ ޤާސިމް ކައިރިން ސަލާން ޖަހައިން ވިލިމާލެ ޓިކެޓް ހޯދައިން މަޖްލިސް އިންތިހާބުން ފެއިލް ވީމަ ބޯ ގޮވައިން މިއަދު ޔާމީން ވަރެއް ނެތިގެން މިއުޅެނީ...........

      ޔާމީން ވެރިކަމުގަ ހުރިނަމަ މީނައަށް މިރާއްޖެ އަންނާކަށް ނުކެރޭނެ..
      ޔާމީން ވެރިކަމުގަ ހުއްޓާ ޔާމީނަށް ބަވާފަ ޖަލުގަ ހުރީމަ މީނަ ޔާމީން ވަރެއް ނެތިގެން މިއުޅެނީ

      ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުން ވަނީ ކަންނޭގެ......

      އެ ނުލިބޭނެ... ބޮޑިބަތް ކާލާ

      5
      4
  2. ުއުނދުޅި

    އެމްޑީޕީގަ ލޯ ފެޅީ ކޮންއިރަ ކުތޯ؟ ވަގުންނައް ހައްގު އަދަބު ލިބެމުން އެދަނީ

    6
    18
  3. ބޯ ބުރާންތި

    މޑޕ ވީމަ ގަވައިދާ ހިލާފު ވިޔަސް އޯކޭ ދޯ...މަޖްލިސް ރައިސަކަށް އިންނަވާ ބޭފުޅާ މެމްބަރުން ދައްކާ ވާހަކައްއް މަސާލާ އެއްކުރުމަކީވެސް މަޖުލީހުގެ ގާނޫނާ ހިލާފު ކަމެއް ކަން އިގިރޭސި ވިލާތުން ކިޔަވާވިދާޅުބެގެން އައިސް ރިޔާސަތުގަ އިންނެވި ބޭފުޅާޔަކަށް ނޭގޭ...ދެން ކޮން ގަވައިދެކޭ ކިޔާކަށް...ގަވައިދުތަކަކީ ވަކިމޯހަކަށް ވަކިތަނަކަށް ވީމަ އޮންނަންޖެހޭ އެއްޗެއް ނޫނޭ...ތިމާޔައް ތިމާ އުޅެންޖެހޭ ގަވައިދުން ނުއުޅެވޭ މީހަކު އެހެން މީހަކަށް ނުވަތަ ބަޔަކަށް ގަވައިދު ބުނެދިނީމަ ވ ތާހިރުދޯ....ހަމަ ބޯ ބުރާންތި... ޭ

    13
    2
  4. މުސާފިރު

    މީދެން ކޮންވަގުތެއް ސިޔާސީ ކަންތަަަަަގަނޑު ހިލުވަން. މިފަދަވަގުތެއްގަ މިބަލިމަޑުކަމުން ސަލާމަތް ކޮައްދެއްވުންއެދި اللّه އަށް ދަންނަވަންވީ މުޅި އިސްލާމީ އުއްމަތް އެކުގަ
    .ޖަމީލު މެންކަހަލަ ދެފުއްކެހެރިން ގިނަވީމައޭ އެއްވެސްކަމެއް ގަައުމުގަ ރަނގަޅުނުވެގެން މިއުޅެނީ

    10
    9
  5. ޖަމްބޯ

    ޖަމީލު ކޮންތާކުންތޯ ޤާނޫނު ކިޔެވީ؟ ޤާނޫނު ހަމަ އަސްލުވެސް ދަންނަމުތޯ؟ ނޫނީ ނުކިޔަވާ ސެޓިފިކެޓެއް ބައްލަވައިގަތީތޯ؟ މަޖިލިސްގެ ޤަވާއިދު ކުޑަކޮށް ބައްލަވާލެއްވިނަމަވެސް ދެއްތޯ؟

    3
    5
  6. ައޮފްބެ

    މިއަދި ކާކުތަ!!ރައީސް ކަމަށް ހޭބަލިވެފަ..ޔާމީންދައުރުގަ މިފަކީރަށް ހެދި ގޮތް ހަނދާންނެތުނީ ކަންނޭގެ!!!

    4
    5
  7. ނައީމް

    އެއީ ކޮއެފުޅާ އިހްލާސްތެރިން ހަމަޔާމިންވަރެއްނެތް މިފަދަ ކަންކަމުން އަރައިނަތުމަށް ޔާމީން ގެ ވިސްނުން ވަރަށް މުހިންމުވާނެ އެއީ ހިކުމައްތެރި ރޭވުންތެރި ބޭފުޅެއް. ފރ

    6
    2