ރާއްޖެ އިން ބޭރުގައިތިބި ދިވެހިން ރާއްޖެ ގެންނާތީ އެކަމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކަށް، ރާއްޖޭގެ ޓީޗަރުން ތަމްރީން ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ލީލާ އަހްމަދު ވަރަށް ފުރިހަމަ ރައްދެއް ދެއްވައިފިއެވެ.

އޭނާ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި މީހުން އަނބުރާ ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީގައި ތިއްބާ ޕޮޒިޓިވް ވެއްޖެއޭ ބުނާއިރަށް ކީއްވެހޭ އެމީހުން އަންނަން ފުރުސަތު ދިނީ ބުނާ ކަމަށެވެ. ތިބިތަނަކު ތިބޭށޭ ބުނި ނަމައޭ ވެސް (ބައެއް މީހުން ބުނާކަމަށް) އޭނާ ވިދާޅުވިއެވެ.

ދެން ލީލާ ވިދާޅުވެދެއްވީ އަމިއްލަ ދަރިއަކު މިވަގުތު ރާއްޖެ އިން ބޭރުގައި ހުރިނަމަ ކުރެވޭނެ އިހްސާސެވެ.

"ހިތައް އަރާ އެއްޗަކީ ބޭރުގައި ހުރީ މަގޭ ދަރިފުޅު ނަމަ އޭނާ އަނބުރާ ރާއްޖެ އަންނަން އަހަރެން ބޭނުން ވާނެއޭ. ސަބަބަކީ މިއީ ކިހާ ދުވަހެއް ވަންދެން ދެމިގެން ދާނެ އެއްޗެއް ކަމެއް ނޭނގޭތީ. އޭނާ އަށް ފައިސާ ފޮނުވާނެ ގޮތްތައް ހުއްޓިދާނެއޭ ހިތައް އަރާތީ. އޭނާ ހުންނާނީ އެކަންޏޭ ހިތައް އަރާތީ. އޭނާ ނުކައި ހުރެދާނެއޭ ހިތައް އަރާތީ. އޭނާ ބަލިވެއްޖެއްޔާ ހާދަ އެކަނިވެރި ވާނެއޭ ހިތައް އަރާތީ. އޭނާ އަކީ އެންމެ 18/19 ނުވަތަ 20 އަހަރުގެ ކުއްޖެކޭ ހިތައް އަރާތީ. ވީހާލެއް ވާން މަގޭ ގާތުގައި ހުރިއްޔާއޭ ރަނގަޅީ ހިތައް އަރާތީ. އަދިވެސް އިތުރު އެއްޗެހި ހިތައް އަރާތީ." ލީލާ ވިދާޅުވެފައި ވެއެވެ.

ލީލާގެ ޕޯސްޓް 460 އަށް ވުރެ ގިނަ މީހުން ވަނީ ޝެއާ ކޮށްފައެވެ.

https://www.facebook.com/Leelachmed/posts/10163466124730464

އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުން ބައެއް ދިވެހިން ގެންދަނީ ކޮވިޑް-19 ފެތުރެމުންދާ ގައުމުތަކުން ދިވެހިން ވެސް ރާއްޖެ އައުން މަނާ ކުރަން ޖެހޭ ކަމަށް ގޮވާލަމުންނެވެ. ނަމަވެސް މިހާރު ފުރަބަންދު (ލޮކްޑައުން) ކޮށްފައި ހުރި ގައުމުތަކުން ވެސް އެގައުމުތަކުގެ ރައްޔިތުން ގައުމަށް ވަނުމުގެ ހުއްދަ އޮންނަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙައްގުބަސް

    ރާއްޖެއިން ބޭރުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ!! ބޭރުގައި އެކިއެކި ބޭނުންތަކުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމަށް އަންނަން ތިބި ހުރިހާ މީހުން ވީހާވެސް އަވަހަކަށް ރާއްޖެ ގެނަައުމަށްޓަކައި ވަރަށް ބާރަށް ދައުލަތުން މަސައްކަތް ކުރަންޖެހޭނެ!! ދުނިޔޭގެ ހާލަތު މިބަލީގައި މިދަނީ ދުވަހެއް ދުވަހަކަށް ގޯސް ވަމުން! އެގައުމުތަކުގައި އެއުޅެނީ އެގައުމު ތަކުގެ ރައްޔިތުންނަށް ބޭނުންވާ ބޭސް ފަރުވާ އާއި ވަސީލަތްތައް ނެތި ހޮސްޕިޓަލްތަކާއި ތަންތަން ފުރި ބާރުވަމުން! މިފަދަ ޙާލަތުގައި އެފަދަ ގައުމެއްގައި އުޅޭ ބޭރު ބަޔަކަށް އަޅާނުލެވޭނެ!! ކާބޯތަކެތި ލިބުމުގައި މިހާރުވެސް ވަރަށް ތާށިބޮޑު! ބޭރުގައުމުތަކުގައި އެކަނި ކިޔަވަން އުޅޭ ދަރިވަރުން އެބަތިބި! މާލެ ނުގެނެވިގެން މައިންބަފައިންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑު! ކުދިންތައް ކަންބޮޑުވެ ހަދާނެގޮތް ހުސްވަނީ! މިދަނޑިވަޅުގައި ސަރުކާރުން މެލޭޝިޔާއަށާ އެހެން ގައުމުތަކަށް ފްލައިޓެއް ބާއްވަން އެބަޖެހޭ ލަސްވުމުގެ ކުރިން!! ދުރާލާ އިއުލާން ކުރަންވީ މިވެނި ތާރީޚެއްގައި މިވެނި ގައުމުތަކަށް ޕްލައިޓް އެބަ ބާއްވަމޭ ގައުމަށް ގެންނަން ބޭނުންވާ މީހުނާ އަންނަން ބޭނުންވާ މީހުން މޯލްޑިވިއަންއިން ޓިކެޓް ނަގަން! މިހެން ހަދާލުމުން ކޮންމެހެން ގައުމަށް އަންނަން ބޭނުންވާ މީހުން ޓިކެޓްނަގާނެ! ދެން ދައުލަތުން އެބަޔަކު ގެނައުމަށްޓަކައި ފޮރިން މިނިސްޓްރީތަކާއި ކޯޑިނޭޓް ކުރަންވީ! އަންނަން ބޭނުން ނުވާ ބަޔަކު ޓިކެޓް ނުނަގާނެ! މިއީ ސަރުކާރުން މިހާރުން މިހާރަށް ބޭރުގައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނަށްޓަކައި ކުރަންޖެހޭކަމެއް!! ދެން ދައުލަތަށް ދިމާވެނެ ގޮންޖެހުމަކީ ކޮރަންޓީން ފެސިލިޓީގައި ޖާގަ ނެތުންހެން ހީވަނީ!! އެކަމަކުވެސް މިއީ ލަސްވިމުގެ ކުރިން ކުރަންޖެހޭ ކަމެއް!!

    4
    1
  2. މނމނ

    ކޮންފަދަ ލީލާއެއްތަ ސުރުޚީ ތަކަށް މި އަރަނީ

    18
    7
    • Anonymous

      އެއީ ޓީޗަރ އެޑިޔުކޭޓަރއެއް. މުސްލިމެއް ނޫން މީހެއްނަމަވެސް ހެޔޮބަހެއް ބުނެފިނަމަ ގަބޫލު ކުރަންވާނެ. ލީލާއަކީ ދިވެއްސެއް. އޭނާއަކީ އެތައް މުދައްރިސުންނެއްގެ މުދަރިސް. އަދަބު އިޙްތިރާމާއެކު އޭނާއާ މުހާތަބު ކުރަންވާނީ.

      2
      1
  3. މުބީނު މާރނީ

    ނޫން ލީލާ ތިއީ އޮޅުވާލުމެއް. ދުނިޔެ މިއޮތީ ކުނބުރަކަށް ވެފައި. ވީމާ ނެޓުން ވެސް ފައިސާ ފޮނުވޭނެ. މާހިރުން އެ ބުނަނީ މިދުވަސް ކޮޅު އޭ ބާރު ބޮޑުވާނީ. ވީމާ ލީލާ ތިޔަބުނާ "ކިހާ ދުވަހަކަށް ދެމިގެން ދާނެ" ތަން ކޮޅަކީ އަދި ލީލާ ގެ މުޅި ޓްވީޓް އަކީ ވެސް އޮޅުވާލުމާ މަކަރާއި ދޮގު. ލީލާ އަށް އިނގޭތަ އެއްމެ މީހަކުގެ ކިބައިން ކިތައް ކިތައް މީހުނަށް ފެތުރި ދާނެކަން ؟ ފޯނުން ވާހަކަ ދައްކާ ކުއްޖާ އުޅެން ވާނެ ގޮތް ބުނެނުދެވޭތީ ކުދިން "އިންފެކްޓް" ވަނީ. މައިން ބަފައިން ގެ ޒިންމާ އަދާ ނުކޮށް ޓްވީޓް ލުރިއަކަސް ކަމަކު ނުދާނެ !!!

    40
    10
  4. ނަފީސާ

    ކަލޭމެންނަށް އައްޔޫބުގެފާނުގެ ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަން ނޭގޭތަ؟

    29
  5. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ޗައިނާ ވެސް ހަރުކަށި ފިޔަވަޅު އަޅައިގެން ކޮރޯނާ ކޮންޓްރޯލް ކުރީ. ސައުތު ކޮރެއާ ވެސް. މި ބާރު ބޮޑު ދުވަސް ކޮޅު ގައި މަތިންދާ ބޯޓު ތައް އަންނަން ހުއްދަ ދިން އެއްވެސް ގައުމެއް ނެތް ސަލާމަތް ވެފަކާ. ސަލާމަތް ވި ގައުމު ތަކުން ފިލާވަޅު ހޯދަން ޖެހޭނެ. އިންޑިއާ ވެސް އެއޮތީ މާހިރުން ބުނާ ބާރު ބޮޑު ދުވަސް ކޮޅަށް 21 ދުވަހަށް މަތިންދާ ބޯޓު ނައުމަށާއި ލޮކްޑައުން އަކަށް ގޮސްފައި. އެކަމުގެ ސަބަބުން އިންޑިއާ އިން ފެންނަލެ ގައުމުގެ ބޮޑު ކަމާ ބަލާފަ ވަރަށް މަދު.

  6. އާދަމް ޒާހިރު

    ލީލާގެ ވާހަކައަށް ތާއީދު. ކަމެއްގެ ބޮޑުކުޑަމިން އެނގޭނީ އެ ކަމުގައި އިސްވެ ތިބޭ މީހުނަށް. ކަންކަން އެކަކުވެސް މިދަނޑިވަޅުގައި ކަމެއް ނުކުރާނެ އަނެކާއަށް ފައިދާއަށް މެނުވީ.

    2
    2
  7. ޙަސަނު

    މީނައަށް އިގޭނީ މިކަހަލަ ފޮނި އަގަތަޅަން. މީނަގެ ވިސްނުމަށް އެހެން އެންމެން ވިސްނަން ޖެހޭނީ. މީނަ ވަޒީފާ އަދާކުރާތަން ހަލާކު ކޮށްލައިފި، ކިލާސްމޭޓުން މަތީމަގާމު ތަކުގަ ބަހައްޓައިގެން، މީނަ ބޭނުން ވާހާގޮތަކަށް ތަންހިންގުމަށް ނުފޫޒުފޯރުވައިގެން.

    7
    2
  8. ހާ

    ޢާދެ.ތެދުފުޅެއް. ތިއުމުރުގެ ދަރިއަކު ބޭރުގަ ހުރިމީހަކަށް އެނގޭނީ ކުރެވޭ އިހްސާސް. ޢަޅުގަޑުގެ ދަރިފުޅު ބޭރުގަ ހުރީމަ. ޢެބޭފުޅާގެ ވާހަކައަކީ އަރެންގެ ހިތުގެ ވެސް ޝުއޫރު . ޢެކަމަކު ވެސް މިވަގުތު އޮތީ ﷲ އާއި ވަކީލް ކޮށްގެން ދަރިންނަށް ހެޔޮ ދުއާ ކުރުން.

  9. ހުވާ ކޮށްފައި ބުނަން!

    މަގޭ ފިރިހެން ދަރިއާ، އަންހެން ދަރި ވެސް ކިޔެވުމަށް ގޮސް ތިބީ، އިންތިހާއަށް ކޮވިޑް 19 ފެތުރެމުންދާ ބޭރު ގައުމެއްގަ އެވެ. ވަރަށް އަސަރު ކުރެއެވެ. ނަމަވެސް އެކުދިންނާއި، އަހަރެން ވެސް ކެތްތެރިވެ، ބަލައިގަތީ ކީރިތި ރަސޫލާ (ޞވމ) ދެއްވެވި އިރުޝާދެވެ. އެއީ (އެފަދަ ބައްޔެއް މައިތިރި ނުވަނިސް އެރަށަކުން ބޭރަށް ނުދިއުމަށާއި، އެފަދަ ރަށަކަށް އެހެން މީހުން ވެސް ނޭރުމަށެވެ.) އެއަށްފަހު އެޗް ޕީ އޭ ގެ އިރުޝާދެވެ. (ޙަސްބުނަﷲ ވަނިޢްމަލްވަކީލް)

    15
    2
  10. ޢާދޭސް

    އިހްސާް ނުކުރެވެނީކީ ނޫން
    ޢެކަމަކު
    ދަރިގެނަސް 28 ދުވަހު ކަރަންޓީނުގައި ހުރީމަ ވާގެއްލުން އިހްސާސްވާނަމަ
    - 28 ދުވަހު މީހަކު ނުފެނި ކޮޓަރިއެއްގައި ބެދިފަ
    - ދެންވާނެގޮތެް ނޭނގި އެކަހެރިވެފައި

    ޢަހަރެމެން މުސްލިމުންނަށް ﷲގެ ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ހިފާނަމަ ނުވާނެ ގެއްލުމެއް ، އެވާހަކަ އެންމެން މިކިޔަނީ
    މިހާތަނަށް ބަލި އައީވެސް އެ އިރުޝާދުތައް އަޑުނޭހީމަ

    2
    2
  11. ހުސެއިން

    މީހެއްގެ ނުވަތަ ބައެއްގެ އިހުމާލުން އިންސާނެއްގެ ފުރާނަ ގޮސްފިނަމަ މަރުގެ ދިޔަ ނުވަތަ މަރައް މަރު ވަނީ ކަޑައެޅި ބަޔާންވެގެން. ޤައުމުން ބޭރުގައި ތިބި މީހުން ތިޔަބުނާ ބަލިޖެހިފައި ތިބިކަން ނުވަތަނޫންކަން ނޭގޭ. ގިނަމީހުން ދާންބޭނުންވަނީ ބަލީގެ ނުރައްކާ ބޮޑުކަމުން އެމީހުންގެ ފުރާނަ ސަލާމަތްކުރަން. ދިވެހި ކޮންމެ ރައްޔިތެއްގެ ބަލަދުވެެރި ފަރާތަކީ ދިވެހި ދައުލަތް. މި ދަޑިވަޅުގައި ރައްޔިތުމީހާއަށް އޭނަގެ ފުރާނައިގެ ހިމާޔަތުގައި މާކަބޮޑުކަމެއް ނެތް ކުރޭޥޭކައް. ޢެރައްޔިތުމީހާ އަށް ޔަގީންކަން އޮތީ އޭނަގެ ގައުމައްގޮސްގެން އޭނަގެ ފުރާނަ ސަލާމަތްކުރެވިދާނެ ކަމައް. ގައުމުގެ ބޯޑަރުތައް ބަންދުވެ ދާނެގޮތްތައް ހުސްވެފައިވާ މި ދަނޑިވަޅުގައި އެރައްޔިތުމީހާ ސަރުކާރުގެ އެހީތެެރިކަމައް އެދިގޮވާއިރު އެއަޑު ނާހައި އެޝަކުވާއައް އިޖާބަ ނުދީ ތިއްބާ ރައްޔިތުމީހާގެ ފުރާނެ މިބަލީގެ ސަބަބުން ގޮސްފިނަމަ އެކުރެވުނީ ކުށެއް. މަގާމުގެ ބޭނުން ނަހަމަ ގޮތުގައި އެއޮތީ ކުރެވިފައި. މިއީހައްތާހާވެސް ވިސްނާލަންޖެހޭ ކަންތައްތައް. މިކަހަލަ ހައްސާސީ ކަންކަމުގެ ތެރެއަށް ވަދެ ބަސްބުނަންޖެހޭނީ އިލްމުވެރިންނާއި ފައްނީމީހުން. ޢަތުގައި ބޮޑު ފޯނެއް އޮތަތީ ހިތައް އެރިހާ އެއްޗެއް ލިޔެ ޝާއިޢުކޮއްގެން ނުވާނެ.

    3
    1
  12. ޣގގގ

    ވަރަށް ބޮޑު ތެދެއް. އަހަރެމެންވެސް ނޭދެން ދިވެހި ރައްޔިތަކަށް ދެރަގޮތެއްވާކަށް. އެކަމަކު ހޮތަށް އަސަރުކުރޭ ދަރިފުޅު ބޭރުގައި ހުރުމުން. ވާނެގޮތެއް ނޭނގޭތީ. ކުރެވޭނެ ކަމެއް ނެތުމުން.

  13. ޫހ

    ބުނާ އެއްޗަކީ ބުރުމާ ވިޔަސް، މައުމޫނު ވިޔަސް، ސަރުކާރު ގެ ޙަރަދުގައި ވިޔަސް ކިޔަވާފަ ބޮންޑް ފުރިހަމަ ނުކޮށް ދިވެހި ގައުމަށް ގައްދާރުވެ، ކިޔެވި ފައިސާވެސް ނުދައްކާ، ބޭރު ގައުމުފެނި ކާފަރުންނާ އިނދެގެން އުޅޭ މީހުން ދިވެހިންނަށް ރަނގަޅީ އެ ތިބި ގައުމެއްގަ ތިބިއްޔާއެވެ. 15 - 20 އަހަރު ބޭރުގަ އުޅެފަ ދިވެހި ދީބު ހަނދާންވެ އަންނަން ބޭނުމީ މި 2 ތިން މަސްދުވަހުތޯއެވެ. ލީލާއެވެ. ހޯހޯ ނުގޮވާށެވެ. އެފަދަ މީހުންނަކަށް ދިވެހިންގެ ހިތެއް ހެވެއް ނޫނެވެ. ބޭސްފަރުވާއަށް ނުވަތަ ކިޔަވަން ނުވަތަ އެހެން ބޭނުމަކަށް ބޭރުގަ އުޅޭ މީހުންނަކަށް އަހަރެން އެއްޗެއް ނުކިޔަމެވެ.

    4
    2
  14. ޑެޑީ

    ކިހާދެރަކަމެއް ތިމީހުންނަކީ މާލޭގަ ބޮޑުތި ބީޑިންގުތައް ކުއްޔައް ދޫކޮއްފަ އަރާމްކޮށް އުޅެންބޭނުންވެގެން ގޮސް ރާއްޖެދޫކޮއްފަ ގޮސްތިބިބައެއް ކަންތަކާއި ދިމާވީމަ ރާއްޖެ އަންނާނެ ކަމެއިނެތް ތިމީހުން ރާއްޖެ ގެނައުމުން ރާއްޖޭގެތިބި ރައިޔަތުންނަށް ނުރައްކާ

  15. އަހުމަދު

    އަހަރެންގެ ދަރި އަކު މެލޭޝިޔާގައި އެބަހުރި އަދި އަންހެން ކުއްޖެއް އޭނާ ކިޔަވާ ތަނުގައި ދިވެހި ކުދިން ވެސް ވަރަށް މަދު އޭނާ ޗުއްޓިގައި އައުމަށް މިމަހުއޮތީ ޓީކެޓް ވެސް ކުރިން ނަގާފައި އެކަމު އޭނާ ވެސް އަދި އަހަރެމެން ވެސް ހިތްވަރު ދިނީ މަޑު ކުރަން މިއަހަރު ކިޔަވުން ފެށުނީވެސް އޭނާ ޚާއްސް ވެގެން ރޮއި އަހަރެމެން ރޮއި ހެދުމަކުން މައްސަަލަ ހައްލު ނުވާނެ ކަން އިނގޭ ﷲ އަށް ހަމް ދުކުރަންވީ މި ދަނޑި ވަޅުގައި އަހަރެމެން އޭނާ ގެ ހިތްވަރަށް އުފާ ކުރަން އޭނާ ބުނީ ރޯދަ މަހަށް ވިއަސް އެކޮޅުގައި މަޑު ކުރާނީ އޭ މިކަން ރަނގަޅު ވަންދެން
    ކުދިން ބޮޑުވެ ތަސައްރަފު ފުދުނީމާ އެކަނި އުޅެން ދަސްކޮށްދޭން ޖޭހޭ