ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދޭ ނަމަ، ޓެސްޓް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހިވަޑައިގެންނެވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އިނގިރޭސި ވިލާތުން ރާއްޖެ އައި އެންމެން ޓެސްޓް ކުރަން އެޗްޕީއޭ އިން ނިންމުމާ ގުޅިގެންނެވެ. ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 11 އިން 14 އަށެވެ. އަދި އިނގިރޭސި ވިލާތަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަހު، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 15 ގައެވެ.

މަޖިލިހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގެންނެވި އިރު، އިނގިރޭސި ވިލާތުން ދަތުރުފަތުރު ކުރުމުގައި ހުރަހެއް ނެތް ކަމަށާއި އޭރު ޓެސްޓް ވެސް ކުރަން ނުޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ހުންނެވީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ތައްޔާރަށް: މަޖިލިސް

"އަޅުގަނޑު މާލެ އައި އިރުގައި ޓެސްޓެއް ކުރާކަށް ނުވަތަ އިނގިރޭސި ވިލާތުން މާލެ އަންނަ މީހުންނަށް އެއްވެސް ކަހަލަ ޓްރެވެލް ރިސްޓްރިކްޝަނެއް، ޑައިރެކްޝަނެއް ހަމަޖެހިފައެއް ނެތް. އެހެންވީމަ އަޅުގަނޑު އައިސް ޓެސްޓެއް ނުކުރަން." ރައީސް ނަޝިދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އޭރުގައި ޓެސްޓް ކުރަން އޮންނަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހުންގެއެވެ.

"އަޅުގަނޑުގެ އޭގެ ނިޝާނެއް ނެތް. ނަމަވެސް ޕަބްލިކް ހެލްތުން އެދޭ ނަމަ، އަޅުގަނޑު މި ހުރީ ވަރަށް ބޮޑަށް ޓެސްޓް ކުރަން ތައްޔާރަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އައިސްފައި ތިބި މީހުން ޓެސްޓު ކުރަން ނިންމީ ކޮން ސައިންޓިފިކް ރޭޝަނަލްއެއްގެ މައްޗަށް ބިނާކޮށްތޯ އެޗްޕީއޭ އަދި ޑޮކްޓަރުން ކިބައިން އެމަނިކުފާނު އައްސަވަން ބޭނުންފުޅުވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި އެ ދުވަސްވަރު ރާއްޖެ އައި 50 އަށް ވުރެ ގިނަ މީހުން ޓެސްޓް ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ޓެސްޓްކުރުމަށް ނިންމާފައިވަނީ އެ ގައުމަކީ މިބައްޔަށް ރިސްކު ބޮޑު ގައުމަކަށްވެފައި އެގައުމުން ދިވެހިންތަކެއް ފައްސިވެފައިވާތީއެވެ.

ނަޝީދު ވަނީ އިނގިރޭސިވިލާތުން ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިހާރު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާއިރު ވެސް ނަޝީދު އިންނަވަނީ މަޖިލިސް ކުރާ މާލަމުގައެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ވެސް ތިއްބަވައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މާބޭބެ ނޭފަރު

    މީނަމީ ދެން ކާކު

    62
    6
  2. ހަސަން ކޮއި

    ނޫސްތަކަށް ނާރައިގެން މީނާ ދެރެވީ ދޯ..
    މިހާދުވަހު ކޮރޯނާގެ ބިރުވެރިކަން ބޮޑުވާހެން ހީވާތީ ފިލާފަ އޮތީ.. ހަމަ ކުޑަކޮށްވެސް ބަލިފެތުރުން ކޮންޓްރޯލް ވީހެން ހީވާއިރަށް ހޮރުން ނިކުމެ.. މިއުޅެނީ ނޫސްތަކުގެ ހެޑްލައިން ހޯދަަން..
    އައްދޭ ކަމަކުނުދާނެ ޝަހީމު މާވަރުގަދަ އެބަކުރޭ.. އޭނާޔާ ދިމާކޮލްލީމަ ހެޑްލައިން މިފަހަރު ލިބޭނީ.. މީ މީނާގެ ފޭކްސްޓްރެޓަޖީއަކީ..
    އެނޫންނަމަ ކޮންބަޢަވާތަކޭ.. ތީރީގަ އޮތް އެއްޗޭ ކިޔާކަށް.. އަމިއްލަ ގާބިލުކަން ނެތިގެން ދޯކޮށް ލީ..
    އެކަން މި ފަހަރުވެސް ސާބިތުވެއްޖެ.. ކަމެއް ޖެހުނީމަ އިބޫ ބޮލަށް ކަނޑާފަ ފިލީ.. ހަމަ ނިމޭއިރަށް ހޮރުން ބޯދިއްކޮށް އަޑުގަދަ ކުރަނީ..!

    9
    1
  3. އަލީ

    ކަރަންޓީނަށް ނުދެވުނީ ކީއްވެ؟

    44
    1
  4. Anonymous

    ކަމާބެހޭ މާހިރުން ބުނާ އަޑު ނީވޭތަ މިބަލިޖެހޭ ކޮންމެ 3 މީހަކުން 1 ގެ ގައިން އެއްވެސް އަލާމާތެއް ނުފެނެޔޭ. އެހެން ވީމަ މިބަލިފެތުރުން ކޮންޓްރޯލް ކުރަން އިޖުތިމާއީ ގައިދުރުކަން އިޚުތިޔާރުކުރަންވީ. ބޭފުޅާ އެނގިނުލައްވާތޯ؟

    46
    1
    • ނަފީސާ

      ކކކކކކކކކީއްވެތަ މަގޭ ކޮމެންޓްތައް ކަލޭގެ ކޮމެންޓްތަކުގެ ގޮތުގައި ޕޯސްޓްކުރަނީ؟؟؟؟ ބޮޑުވެއްޖެ ކަމެއް.

      2
      1
  5. ޙަމަ ހަމަ

    ކުރީމާތާ ދޯ އެނގޭނީ ކުރަން މާލަސްވެސްވެއްޖެ

    40
    1
  6. ގަގަ

    ބަލި ފެތުރފައިވާ ގައުމަކުން އެތެރެވިނަމަ ކަރަންޓީނު ކުރުން އޭރުވެސް އޮތް. އަލާމާތް ނެތަސް. ބާރުގެ ބޭނުންކޮށްގެން ކަރަންޓީނުން ފިލީ. ބޭކާރު ވާހަކަ. ބަލީގެ އަލާމާތް ނެތަސް ބަލީގެ ކެރިއަރ އަކަށްވެދާނެތީ ކަރަންޓީނު ކުރަނީ

    46
    1
  7. އއ

    ބޮރިސް ޔެލްސިންގައިންވެސް ކޮވިޑް ފެނިއްޖެ. މީނާ ސަލާމަތްވާޖެހޭ ސަބަބަ ކީ ކޮބައިތޯ؟

    37
    1
    • ޏ.އަލީ

      ބ . ޖޯންސަން

  8. ހަސަދު

    ރައީސް އަކަސް ވިއަސް މޮޔައަކަސް ވިއަސް ކަންކަމުގައި ރީތި މިސާލު ދެއްކެން ޖެހޭނެ. ޔޫކޭ އިން ވަޑައިގަންނަވާ މަނަ އަމިއްލަ އަސް ކަރަންޓީވެލެއްވިނަމަ ރަނގަޅު މިސާލަކަށް ވީސް. މަނިކުފާނުވެސް ބަހާ އަމަލާ ދިމަލެއްނުވޭ.

    53
    1
  9. ކުނރުބީ އާދަނު

    ތިޔަމީހާ ޓެސްޓް ކުރަންވީ ބުއްދި ސަލާމަތުން ކިހާއިރަކު ރެއްކާދުވާލު ހުރޭތޯ

    52
    1
  10. ސަހީމު

    ޑަބަލް ނެގެޓިވް ވަންދެން މި ބޭފުޅާ ކަރަންޓީނުގަ ބަހައްޓައިގެން ޓެސްޓް ކުރުމަށް އެދެން.

    46
    2
  11. ދެބޯ ގެރި

    މީ ބޮޑު އަރަތައެއް މިކަލޭގެ ވީމާ އެކަހެރި ކުރުމެއވެއސް ނެތީ ދޯ.. މީ ކޮންކަހަލަ ނާއިނސާފުވެރި އެޗް ޕީ އޭ އެއްބާ... ރާއްޖޭގެ ނިކަމެތި ރައްޔިތުން އެކަހެރި ކޮށްފައި މިކަލޭގެ އުޅެނެ ގޮތަކަށް އުޅެން އާއްމުންގެ ތެރެއައް ދޫކޮށްލާފއަި ހުރުމީ އެޗް ޕީ އޭ ގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް...

    11
  12. ދެބޯ ގެރި

    މީ މިޤައުމަޢް ޖެހިފަިއޮތް ބޮޑު ވަބާއެއް...

    59
    1
  13. ބޯހަލާކު

    ކަލޭމެންވީމަ ޓެސްޓު ނުކޮއް ކަރަންޓީންނުކޮއް އޯކޭ،،އާއްމުމީހުންއެކަނިތަ ބަލިގެންނަނީ..!!؟

    11
  14. ނަފީސާ

    ކކކކކކކކކީއްވެތަ މަގޭ ކޮމެންޓްތައް ކަލޭގެ ކޮމެންޓްތަކުގެ ގޮތުގައި ޕޯސްޓްކުރަނީ؟؟؟؟ ބޮޑުވެއްޖެ ކަމެއް.

    1
    1
  15. ޣޯސް

    މީނާކީއްވެޖަރަބްޓީނުނުކުރީމީނާއަކީމިސާލުދެއްކޭވަރަށްވުރެއަހްލާްގުދަށް

  16. ބަނބޫ މީމު

    ރިސޯޓްތަކާއި ސަފާރީ ތަކުގައި އަދި ކަރަންޓީން ފެސިލިޓީ ތަކުގައި ބަސްގަބޫލުކޮށް އެމީހުން އެތިބީ ގައިން ހަންކެޑޭ ވަރަށް އަލާމަތް ފެނިގެންނެއް ނޫން. މިވެނި ދުވަހަކު މިވެނި ގައުމަކުން އާދެވުމުން. އެމީހުންނަށް ވެސް ފަސޭހަ އާއިލާ ކައިރީ ތިބެން ކަރަންޓީން ވެގެން ފަޅުރައްރަށުގައި ތިބުމަށްވުރެ. ނަޝީދުވެސް އެބަޖެހޭ ފިލްމު ކުޅެން ނޫޅެ ކަރަންޓީންގައި އޮންނަން

    13
  17. މަބޭ

    ކޮބާހީވޭކަމެއްހެން ކޮންސައިންޓިފިކް އުސޫލަކުންހޭކިޔާ ފުއްޕަންފެށީނު ބަލަންތިބެމާބަހީ މީނަގެ ޓެސްޓްހަދާތާ ސިކުންތުކޮޅެއްތެރޭ ނަތީޖާވެސް ލިބޭނެ.

    10
  18. ސލ

    ޓެސްޓް ކުރަން ތައްޔާރަށް ހުރުމުން ބަލިފެތުރުން ހުއްޓެނީހޭ
    އެހެންކަމަށްވާނަމަ ހުރިހާ އެއްމެންވެސް ޓެސްޓް ކުރަން
    ތައްޔާރަށް ތިބުމުން ފުދޭނެ ތާއެވެ.

  19. މަ

    ނަޝީދުގެ ސަބަބުން ކިތައް އާއިލާތޯ ބިރުވެރިކަމައްތިޔަ ދުއްވާލީ ސެކިއުރިޓީގަ މަސަތްކުރާ ހުރިހާކުދިންނާ އެމީހުންގެ އާއިލާތައް މަޖެލިސް މެންބަރުންނާއި އެމީހުންގެ އާއިލާތައް މަޖުލިސް އިދާރާގެ މުވައްޒަފުންނާއި އާއިލާތައް އަދިވެސް އެހެންމީހުންތޯ ޒިންމާދާރުވާންމިޖެހެނީ.

    13
  20. ޖަޒީރާމަނިކު

    ޓެސްޓްކުރަން ނިންމި ރޭޝަނަލްހޯދަން މަބުރޫކް އާ ސުވާލުކުރޭ.

  21. ޗައިވާލޭ

    މީނައައް އެގޭބާ މީނަގެ ގައިން ކިތައްމީހުންގެ ގަޔަށް މި ވަބާ އަރައިފިކަން .

  22. ކީކޭ ބުނާނީ

    ކަލެއަށް ރަނގަޅު އެއްގޮތްވެސް ނޯންނާނެ
    ވެރިކަން ކުރެވުނީކީ ނޫން
    ޓިޝޫރޯލެއްގަ ޖެހި ބިންމައްޗަށް ވެއްޓުނީ
    ގްރްއާން ކިޔަވަންވީމާ ބަހަނާ
    އަމިއްލަ ސަލާމަތާއި އާއިލާއާއި އެތައްބަޔަކަށް ޓަކައި ޓެސްޓްކުރަންވީމާ ޑޮކްޓަރުން މިޖެހުނީ ކިޔައިވައިދޭން

    10
    1
  23. ފާތުމަތް

    ރައިތުން ނައް އެގެންވީ ގަބޫލްކުރަންވީ މިނަޝީދަކީ މިގައުމުގެ ރައިތުން ނައް ދުވަހަކުވެސް ހެވެއެދުނު މީހެއނޫނުންކަން އަދި ނުވެސް އެދޭނެކަން އެކަމުގެ ހެކިމިހެނަނުނީ. މިކަލޭގެ އަނަނަދެން ގައުމު ގެ މައިދޮޜު ބަންދުނުކޮއްބާވާފަ އަދި އައަިސް ތެސްތުނުކޮއް ރަށުތެރައައްވަނީ މިއޮހުރާިހާދުވަހު ފިލައިގެން ހުރީ ރައިތުން ނައް ސިރު ކޮއްގެން. ނިކަނއދެކިބަލަ ހުރިނުބައިކަން. މިހާރު ދެން ކޮންޓެއްސްޓެއްކުރާކައް. ޕޮޒިޓިވްވިއަސް ނުބުނާނެ މިމީހުން ފޮރުވާނީ. ނިކަމެތި ރައިތުން ހާތިވާނީ .

  24. ރައީސުގެ މީހާ

    ތީ މާބޮޑަށް ސަހީމަށް މީޑިއާގެ މަސްހޫރު ކަން ލިބޭތީ އެކަލޭގެ މޭތެޅެންފެށީ..

    އެހެންވެ އޭނާގެ ވާހަަކަ ނޫސްތަކަށް އަރާނެ ފަދަ ބޮޑު ދޮގެއް ހަދާލައިގެން ނޫސްވެރިން ގެ ބޯގޮއްވާފަ ހެޑްލައިން އިން ޖާގަ ހޯދީ..

    އެނޫން އެއްވެސް ކަމެއް ނޫން.. މި އޮތް ހާދުވަހަު ރައްޔަތުން ބިކަވެ ގަނަ ތެޅުނު އިރު ކޮބާ.. އިބޫ ހަމަ އެކަނި އެކަމާ އުޅުނީ..

    ކޮވިޑް މަތިވެއްޖެހެން ހީވީމަ، ހޮރުން ނިކުމެ ހަޅޭއްޖަހަނީ.. ނޫސްތަކުގެ ހެޑްލައިން ހޯދަން މިނޫސްވެރިން ނަށް ނުވިސްނޭތީ ދެރައީ..

    6
    1
  25. މައިސް

    ޚީވެހޭ ޓެސްޓްނުވެ އެތެރެވީ ކީވެހޭ އިސޮލޭސަންއައްނުދިޔައީ. އަމިލައެދުމައް ރައްއިތުން ގުރުބާޏްކުރީ ކީވެހޭ؟

  26. ކޮރަލް

    ހަމަ އެއްޗެއް ނޫނެވެ. ބަޔަކު މީނަގެ މަޅީގަ ޖެހުނީ އެވެ.

  27. މާމީ

    ކަރަންޓީނަށް ނުދާން ވެގެން ފިލީތަ؟ ނޫނީ ކަރަންޓީނަށް ގެންދަނީ ވަކިބައެއްތަ؟ ނޫސްތަކުން ފެނުނު ރަށަކައް ސިނގިރެޓފަތާފަ ދިއަމީހާ ޕޮލިހުން ހައްޔަރުކޮށް 15ދުވަސް މުއްދަތު ޖަހާފަ ޖަލައްލިވާހަކަ. މީނާ ކަރަންޓީނައް ނުގެންދިއައީ މީނާއަކީގާނޫނައް ވުރެ މަތީގަ އުޅޭ މީހަކައްވާތީތޯ؟ މިކަމުން ފެއިލްވީ ކޮންބައެއްތޯ،،،،،،،،

  28. ދުންމާރި

    މީނަ ހައްޔަރު ކުރޭ ކޮބާ ޕީޖީ ނިދާފަތޯ އޮތީ.

  29. ހަސަދު

    ބަލަ އަހަރުމެން ކަރަންޓީނުގައި 14 ދުވަސް. ދިޔަ ބޭފުލާ ގެއަށް. މިއީ ކޮން އިންސާފެއް. ޓެސްތު ކުރުމަކުން ނުފުދޭ. ކަރަންޓީނުގައި 14 ދުވަސް މަޑުކުރައްވާ.