މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް އަލުން އަނބުރާ ފަތުރުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ގޮތުގައި މި އަހަރަށް އަންދާޒާކޮށްފައިވާ އަދަދަކީ 29.9 ބިލިއަން ރުފިޔާ ކަމަށްވީ އިރު، އެ އަދަދު މިހާރު ނުލިބޭނެ ކަމަށެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި ޓެކްސް ރެވެނިއުގެ ގޮތުގައި އަންދާޒާ ކުރި 17.8 ބިލިއަން ރުފިޔާގެ ތެރެއިން ވަރަށް ކުޑަ އަދަދެއް ނޫނީ ނުލިބޭނެ ކަން އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ރާއްޖެއަށް ފަތުރުވެރިން އައިސްގެން ނޫނީ ލިބޭނެ އަދަދެއް ނޫން ކަމަށްވާ އިރު، މިހާރު ހާލަތު އޮތް ގޮތުން އެ ފައިސާ ނުލިބޭނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"މި ޓެކްސްގެ ރެވެނިއު މި ލިބެން އަންނަނީ ރާއްޖެއަށް ޓުއަރިސްޓުން އައިސްގެން. ރާއްޖެ އަށް އަންނަ ޓުއަރިސްޓުން އަލުން އަނބުރާ ރާއްޖެއަށް އަންނަން ފަށާނެ ކަމަށް، އަންދާޒާއެއް ކުރެވޭކަށެއް ނެތް، މި އަހަރު ނިމުމުގެ ކުރީގައި އެކަން ވެދާނެ ކަމަކަށް. އަޅުގަނޑަށް ޔަގީން ކަށަވަރު ދިމާވެގެން މިއުޅޭ ކަމުގެ ހައްސާސްކަން ސާފު ވެވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތަށް ޓެކުހާއި އާމްދަނީ ކުރިއަށް އޮތް ތަނުގައި ލިބޭނީ ވަރަށް މަދުން ކަމަށާއި އެކަން ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފައިސާ ހޯދަން ދަރަނި ނަގާ އިރު، ދަރަނި ނަގަނީ ކޮންތާކުންތޯ އާއި ދަރަންޏަށް ފައިސާ ލިބޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ބަލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ހަނދުމަފުޅު ބަހައްޓަވާތި މުޅި ދުނިޔެ މިވަނީ މި ހާލުގައި ޖެހިފައި. އެހެންވީމާ ފުއްދުންތެރި ގައުމުތަކުން ވެސް ދޭ އެހީތެރިކަން ވެސް މި ވަގުތު މުޅި ދުނިޔެއަށް އެހީތެރިވެދޭން އެބަ ޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް ލިބޭ މިންވަރު ވެސް ކުރީގައި ލިބޭ މިންވަރާ އެއް މިންވަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ނެތް މަންޒަރެއް ކުރައްސަވައިގެން ނުވާނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް، ސާފުކޮށް ވަމުންދާ ގޮތް އެނގެން ޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމަކީ ބޮޑު ގޮންޖެހުމެއްކަން މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ދަނީ ފާހަގަކުރައްވަމުންނެވެ.

ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖާއި މެދު މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަަލަ އާއި ގުޅިގެން، ގިނަ މެމްބަރުން ދަނީ ރާއްޖެ މި ދަނޑިވަޅުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވަމުންނެވެ.

ޚާއްސަކޮށް ރާއްޖޭގެ ވަސީލަތްތައް ބޭނުން ކުރުމާއި، ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވާ މިންވަރު ވެސް ކުޑަ ކުރުމަށް މެމްބަރުން ދަނީ ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ރައީސުގެ މީހާ

    ތީ މާބޮޑަށް ސަހީމަށް މީޑިއާގެ މަސްހޫރު ކަން ލިބޭތީ އެކަލޭގެ މޭތެޅެންފެށީ..

    އެހެންވެ އޭނާގެ ވާހަަކަ ނޫސްތަކަށް އަރާނެ ފަދަ ބޮޑު ދޮގެއް ހަދާލައިގެން ނޫސްވެރިން ގެ ބޯގޮއްވާފަ ހެޑްލައިން އިން ޖާގަ ހޯދީ..

    އެނޫން އެއްވެސް ކަމެއް ނޫން.. މި އޮތް ހާދުވަހަު ރައްޔަތުން ބިކަވެ ގަނަ ތެޅުނު އިރު ކޮބާ.. އިބޫ ހަމަ އެކަނި އެކަމާ އުޅުނީ..

    ކޮވިޑް މަތިވެއްޖެހެން ހީވީމަ، ހޮރުން ނިކުމެ ހަޅޭއްޖަހަނީ.. ނޫސްތަކުގެ ހެޑްލައިން ހޯދަން މިނޫސްވެރިން ނަށް ނުވިސްނޭތީ ދެރައީ..

    45
    7
  2. މައިސް

    ބަލަ ކަލޭނުބުންޏަސް އެގެޔޭ މިއަންނައަހރުވެސް އަދި ކޮރޯނާ ފިލީމާ ގައުތަކުގެ ވައިގެ ބަދަރުތައް ހުޅުވުނީމަ އަންނާނެ. ކަލޭ ގޮވަންވީނު ރާއްޖެ ބޯއިކޮޓްކުރަން..

    59
    3
  3. ފިރުޝާން

    ކާކު ނޭގިގެން މިއުޅެނީ.. މީނާ ބުނާ ހާއެއްޗެއް މޮޔަގޮވިޔަސް މިނޫސްވެރިން ޖަހާތީ އޭނާ އެގޮތަށް މޮޔަގޮވަނީ..

    މަށަށް ގަޅީ މި ނޫސްތައް..

    49
    3
    • ޔެސް

      ވަރަށް ބޮޑު ތެދެއް. ނޫސްވެރިން ވެއްޖެ ދީނާ ދެކޮޅު ފަރާތްތައް ވީހާވެސް ވަރަކަށް ބޮއިކޮޓް ކުރަން

      6
      1
  4. ނަސީދު

    މޮޔަވެދާނެ މީނަގެ ވިސްނުން މިހިރަގޮތުން

    36
    2
  5. ސުމެއް

    އެހެން ވިޔަސް ކަލޭމެން ނިކަމެއްޗެއް ނުވާނެ .
    ދިވެހި ރައްޔިތުންގެ ލާރިތައް ކައިކައި ތިބޭ .
    އަހަރެމެން ރިސޯޓް މުއައްޒަފުން ތިބޭނަން ހިންދިރުވާލަ ދިރުވާލަ.
    ވެރިންނައް ހީވަނީ ރައްޔިތުންނަކީ ސަރުކާރު މުއައްޒަފުންނޭ .

    43
    2
  6. ކޮރަލް

    މީނަ އަށް އެނގޭ އަދި ނޭނގޭ ކަމެއް ވެސް ނެތެވެ.

    39
    2
  7. ކާފަބޭ2020

    ދުނިޔެއެއްނުހުއްޓޭނެ މިގައުމެއްނުހުއްޓޭނެ ދެން ފައިސާނުލިބޭންވީ ކީއްވެގެންތޯ؟؟؟؟؟

    41
    4
  8. Anonymous

    ތިޔަ ޚާއިނުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވަގޮވާ ތިބި ހަނދާން ނެތުނީތަ ، ކަލޭމެންގެ ބަލާ މި ރާއްޖެ އަށް ޖެހިފަ މިއޮތީ

    52
    3
  9. ޯނިކަމެތި

    ފަތުރުވެރިކަން ބޯއިކޮޓުކޮށް ދިވެހިން ބަނޑަށްޖައްސާ ދަތިކުރުމުގެފިޔަވަޅު އަޅަން ގޮވި ހަނދާން އާކޮށްލުން ރަނގަޅުވާނެ.
    މާތް ﷲ ގެ ރޭއްވެވުމުގެ މަތިވެރިކަމާއެވެ.

    55
    2
  10. ޞުއްޅަބޭގެ އަހައްމަދު

    ބަލަ ކަލޭ ނޫންތަ ޓޫރިޒަމް ބޮއިކަޓްކުރަން ގޮވީ މިހާރުދެން ކަލޭ ބޭނުން ކަންތައް ވީނު. މީނަވަރުގެ މީހަކު ނެތިގެން އުޅޭ ބަޔަކަށް މިވެސްވާނެ މޮޅު ޚަބަރަކަށް.

    46
    1
  11. އަޙްމަދު

    ކޮންމެވެސް ބަޔަކު މީނާ އަނގަ ކަރަންޓީނު ކޮށްބަލަ! ޓޫރިސްޓުން ނަޔަސް ކަލޭއުޅޭނީ ކައިގެންކަން އެންމެންނަށްވެސް އެނގޭ! މަޖްލީސް އިންތީހާބުގެ ކުރިން 5 މިލިއަން ރުފިޔާ އެކައުންޓުގައި ހުރިކަމަށް މީނާ ހާމަ ކުރި ރިޕޯޓްގައި އޮތް! މިހާރު ހުރި ޢަދަދެއް އެނގޭނީ މީނާއަށާ ބޭންކު މީހުނަށް!

    17
    1
  12. ޔާ އިބިލީސް

    ޔާ އިބިލީސް ކަލެއަކަށް ނޭނގޭނެ ވަމުންދާނެ ގޮތް ﷲ ގެ ރަހުމަތުން އިބިލީސް ބުނާހާ ގޮތެއް ނުވާނެ.

    19
    1
  13. ޖޮބޭ

    މިކަލޭގެ ބަލާ މާ ބޮޑުވެއްޖެ.

    21
    1
  14. އަލީ

    ވިލާތުގައުޅެފަ އައިސް ކޮރޯނާއަށް ޓެސްޓުނުކޮއް ކަރަންޓީނަށް ފިލާގެން އުޅޭމީހެއް އެބައުޅޭ ބުއްޅަބޭ ކިއާމީހެއް،،،،،،

    19
    1
  15. އެޑްވަޑް ބާމުންޑޭ.

    ތިޔަ ރިޒޯރޓް ތަކުގަ މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ، ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވި މުވައްޒަފުން، ދެން އަމިއްލަޔަށް ބޮއިކޮޓްވެގެން ގޭގަ މަޑުކޮށްލާ. ތިއޮތީ ބޮއިކޮޓްވެފަ.

    16
    1
  16. އެޑްވަޑް ބާމުންޑޭ

    ނަޝިދެއް ކިޔާ ބޭފުޅަކު ވިދާޅުވެފަ އޮންނާނެ ތިމަންނަ މެންގެ ވެރިކަމެއްގަ، ރިޒޯރޓްތަކުގަ މަސައްކަތް ކުރާ މުވައްފުންނަށް އަނބިދަރިން ކައިރީ ނިދޭނޭގޮތް ހަދައިދޭނަމޭ ތިއޮތީ އެފުރުޞަތު ތަނަވަސްކޮށްދީފަ.

    21
    1
  17. ޢަންސާރު

    ވިސްނާ ބަޔަކަށް އިބުރަތެއްވޭ

    16
    1
  18. އެމަންޖެ

    މި ރައްޔިތުންގެ މަޖިލީހޭ ކިޔާތާ އުޅޭ އެންމެންގެ މުސާރަ ދައުލަތައް ނަގަންވީ އަދި ހާއްސަކޮށް މި އަންނިބޭގަނޑު އެކައުންޓުގަ ހުރި ފައިސާވެސް.

    17
    1
  19. shhhhh

    ރާއްޖެ އަށް ގެސްޓުން އަޔަސް ނަޔަސް އަދި ކޮވިޑް އަޔަސް ނަޔަސް ކަލޭ ޔޫކޭ ގަ އެނިވާސަރީ ސެލެބްރޭޓް ކޮށްލާ އުފާ ކޮށް މަޖާ ކޮށް އެބަ އުޅެމެންނު. ކަލެއަށް ލިބޭ އެތި މަދެއް ނުވޭވިއްޔަ ގެސްޓުން އަޔަސް ނަޔަސް

    17
  20. އައްޑޫ މީހާ

    ދެން އެހެންވީމަ ތުން ދަމާލަ ދަމާލަ ޗަރުކޭސް ދައްކަ ދައްކާ އޮވޭ ، މަހީކުރީ މިގައުމަށް ދުވަހަކު ފަތުރުވެރިޔަކު ނަޔަސް ކަލެއަށް އޯކޭ ވާނެކަމަށް ޓުއަރިޒަމް ބޮއިކޮޓް ކުރި ހަނދާން ނެތުނީތަ؟

    23
    1
  21. އިބްރާހިމް

    އަނގަނުތަޅައި މަޑުންހުންނަވާ. ކަލެއަށް އެނގޭ ހިސާބުގައި ހު ރިކަންކަމުގެ ވާހަކައެއްނޫން ތިއީކީ.

    2
    1
  22. ބަރުގޮނު

    މީގެ 3-4 އަހަރު ކުރިން ރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓްކުރަން މަސައްކަތްކުރީ ނަޝީދާ އެމް.ޑީ.ޕީ ގެ އިސްމީހުން. ތަޤްދީރު ގެ ބަދަލަކުން ރާއްޖޭގެ ޓްއަރިޒަމް "ބޮއިކޮޓް" ގެ ޙާލަތަކަށް އައިރު އެކަމާމެދު އުޅެން މިޖެހުނީ އެކަންކުރަން މަސައްކަތްކުރި މީހުންގެ ސަރުކާރު. ރަޢިއްޔަތުން ވިސްނާ ފިކުރުކުރަންވީ ، މިފަދަ ދަތި ޙާލަކަށް ގަސްތުގައި ޤަވްމު ވައްޓާލަން އުޅުނު ބަޔަކާ ދޭތެރޭ. ޚިޔާލު ކޮށްލަންވީ ޤަވްމާ ޤަވްމުގެ ރަޢިއްޔަތުންނަށް ހެޔޮއެދޭ ބަޔަކު ޤަވްމު އަދަވަޅަކަށް ވައްޓާލަން އުޅޭނެތޯ ނޫޅޭނެތޯ ވަޒަންކޮށްލަން..... އެމް.ޑީ.ޕީ އަތުގައި ވެރިކަން ނެތިއްޔާ ޤަވްމުގެ އިޤްތިޞާދު ފުޑުފުޑު ކޮށްލާ ރާއްޖޭގެ މަސް ނުގަންނަން ގޮވާލާ ރާއްޖެއަކީ އައި.އެސް.އެސް ގެ ހަގުރާމަވެރިން އުޅޭ ޤަވްމެއްކަމަށް އަޑު ފަތުރާ ހަދަންވެސް އެޕާޓީ ހަމަ ތައްޔާރު... ކޮންމެއަކަށް އެމީހުން ގެންނަން އުޅުނު ދުވަހެއް މިއޮތީ އައިސްފައި. ރަޢިއްޔަތުން މިކަންކަމާ ވިސްނަވާލައްވާ...

    4
    1
  23. ދާއޫދު

    ހިތަށްއަރާ ކީއްވެގެން ބާއޭ އެހާ އަވަހަށް އެ އިތުބާރު ކަނޑާލީމާ!!!