ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރުއާން ޗެލެންޖުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ބައިވެރިވެވަޑައިގެންފިއެވެ.

އަލްހާން ވަނީ ޗެލެންޖުގައި ބައިވެރިވެވަޑައިގެން ގުރުއާން ކިޔަވާ ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފައެވެ. އެ ވީޑިއޯ ރީޓުވީޓު ކުރެއްވުމަށް ޝަހީމް ވަނީ އަލްހާންގެ ކިޔެވުމަށް ތައުރީފް ކުރައްވައިފައެވެ. ޝަހީމް ވިދާޅުވި ގޮތުގައި އަލްހާނަކީ އޭނާގެ ކުޑައިރުގެ ރަހްމަތްތެރިއެކެވެ. ޝަހީމްއާ އެކުގައި ގްރޭޑް ހައެއްގައި ކިޔަވަން އުޅުނު އިރު، ކައިރީގައި އަލްހާން ހުންނެވި ކަމަށާއި އޭގެ ހަނދާންތައް ހުރިތޯ ޝަހީމް ވަނީ ސުވާލު ކުރައްވައިފައެވެ.

https://twitter.com/AlhanFahmy/status/1245020504492093440?s=20

އަލްހާން ވަނީ އޭރުގައި ޝަހީމް ހަނދާން ހުންނަ ކަމަށާއި އެއީ ކުޑަ އިރުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވިދަޅުވެފައެވެ.

 

މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސި

    މަވެސް

    20
  2. ދދދދދ

    ސާބަހޭ އަލްހާން!

    30
  3. ކިޔާން

    ވަރަށް ރަގަޅު... އަލްހާންއެއް ކަމަކު ރަގަޅު ކަމެއް ކޮށްފޮއްޔާ ތާއީދު...

    46
    2
  4. އަލްހާން ފަހުމީ ފަޓުލޫނު

    ވެރީ ގުޑް

    33
  5. Anonymous

    އެބަރަނގަޅުވޭ. ހިތްވަރު މިދެނީ. ކުރިއަށް ގެންދަވާ.

    17
  6. ުއުނދުޅި

    ދެއްކުންތެ ރިކަމުގެގޮތުން ކު ރާ އެއްވެސް ކަމަކުން ހެވެއް ނުވެއެވެ.

    11
    7
  7. ޙަސަން

    މުސްލިމުންވެސް މިހާރު އެކަކޖ އަނެކަކަށް ޗެލެންޖަކަށް ޤުރުއާން ހަދައިފި

    1
    9