ކޮވިޑް-19 އާ ގުޅިގެން އަސަރު ކުރި މީހުންނަށް ސަރުކާރުން ދޭން ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ފައިސާ ލިބެން ޖެހޭނީ އަނބުރާ ދައްކާ ގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޣައްސާން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އައިސް، އަސަރު ކުރާ ފަރާތްތަކުގެ ތެރެއިން އާއްމު މީހުންނަށް ސްޓިމިއުލަސް ޕެކޭޖުން ފައިސާ ލިބެން ވާނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުރެވޭ ގޮތަށް ކަމަށާއި އެ ފައިސާ ލިބެން ޖެހޭނީ އެ މީހުންގެ އަތަށް ކަމަށެވެ.

"އެ މީހުންގެ ސީދާ އަތަށް. (ފައިސާ ލިބެން ޖެހޭނީ) އަނބުރާ ދައްކަން ޖެހޭ ގޮތަކަށް ނޫން. މި ނުރައްކާތެރި ދަނޑިވަޅުގައި މިސާލަކަށް ވިސްނާ ވަޑައިގަންނަވާ ޓެކްސީ ޑްރައިވަރެއް ދުވަހުން ދުވަހަށް ލާރި ހޯދައިގެން ދިރިއުޅެ އިރު ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ އާމްދަނީއެއް ޔަގީން ނުވާ އިރު، ސެލްފް އެމްޕްލޯއިޑް މީހެއްގެ ހައިސިއްޔަތުން ލޯނެއް ނަގާނީ ކިހިނެތްތޯ؟" ޢައްސާން ވިދާޅުވިއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ ކަމަށްވާ ނަމަ އެ ފައިސާ އަނބުރާ ދެއްކޭނެ ކަން ޔަގީން ނުވާ މީހުން ލޯނު ނުނަގާނެ ކަމަށް ޢައްސާން ފާހަގަކުރެއްވިއެވެ.

ޢައްސާން ވަނީ ރާއްޖެ މި ހާލަތުން އަރައިގަތުމަށް ސިއްހީ މާހިރުންގެ ލަފާ އައްސަވާ ފަދައިން އިގްތިސާދު ސަލާމަތް ކުރަން އިގްތިސާދީ މާހިރުންގެ ލަފާ ހޯއްދެވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން އަންނަ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވާލި ސްޓިމިއުލަސް ޕެކޭޖާއި މެދު މަޖިލީހުން ދެކޭ ގޮތް ހާމަކުރަން ބަހުސްކުރަމުންދާ އިރު އެންމެ ބޮޑަށް މެމްބަރުން ފާހަގަކުރާ އެއްކަމަކީ ރިސޯޓްތަކުގެ ވެރިން މުވައްޒަފުންނާއި މެދު ކަންކަން ކުރާ ގޮތް އިހާނެތިކަމުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޭންކު

    އެހެންތޯ އެހެންވިއްޔާމުން ޕެލެޓު ކަޓުވާލި ސޮރުއަތުން އެބައިގެނޭ.???

    9
    16
  2. ކައްބެ

    ވަ ރަށް ބަ ރާބަ ރު ރައީސް ޔާމީން ވެ ރިކަމުގައި ހު ރިނަމަ ތިކަންތަށް ކޮށްދިނީސް މިހާ ރު މިހު ރި މަ ރުމޯލަކަށް ތިކަމެއް ނުވާނެ.

    17
    5
  3. ޒީ

    5 އަހަ ރު ދުވަހުން ކިޔަވާ ނިމުނުއި ރު ފާޑެއްގެ ޤާނޫނެއް ފާސްކޮށް އޭގެ ސަބަބުން ވަޒީފާއެއް ނެތި ކު ރެވޭނެ އެހެން މަސައްކަތެއް ނެތި. ކެވޭނެ ފަދަ ނެތް ކިތައް ޢާއިލާ އެބައުޅޭކަން މިސަ ރުކާ ރަށް ނޭނގޭ. ދެން މިހިސާބުން ދަތު ރު ނަގާނީ ކިހިނެއް؟

  4. ނައީމް

    ތިޔަވާހަކަފުޅަށް ވަރަށްވަރަށް ތާއީދު ސަރުކާރުގެ އެއްވެސްމެންބަރަކު ތިކަމަކާ އެއްކޮޅެއްނުވާނެ ބަލަ ޔާމީން ވެރިކަމުގަ ސުނާމީ ކިތަށްލޯނުތޯ މައާފު ކޮށްދެއްވީ އެއީ މާހިރުންނަކީ ޖޫރިމަނާތަށްވެސް ގީއެސްޓީ ގޫރިމަނާވެސް ވިސްނަބަލަ

    6
    1
  5. ކައްޕިތާން

    މިއަދު ތިޔަ ވާހަކަ ރަނގަޅު އެކަމަކު މިއަދު މިހާލަތައް ދާން ޖެހުނީ އެދިގުރާސްތާ 30 އަހަރުގެ ވެރިކަމުގައި ހިންގި އަނިޔާވެރިކަމުން ކަން މިއަދު ކޮންމެ މިހަކައްވެސް އެނގޭނެ މިގައުމުގައޮތްކަމައް ބުނާ 98 އާގްބޯޓް ތަކުންވީ އިހުމާލް ރައްޔަތުން ހިލޭ ގެދޮރު އަޅައިގެން ދިރި އުޅެއުޅެ ތިއްބާ ބިންތައް ހިސޯރުކޮއް ޙައްސަކޮއް މާލޭގެ ރައްޔަތުންނައް ނުދީ ބިންހިއްކުމައް ރައްޔަތުންލައްވާ މަސައްކަތް ކުރުވާ ބިންތައް ހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރި ފެއްޓީ މާލޭގެ ރައްޔިތުންނައް ބޯހިޔާވަހިކަން ހޯދާދޭނަމުގައި ހިއްކި ހުޅުމާލޭންވެސް ބިންވިއްކީ ބިޑްކޮއްގެން ބުޑުއަގުގައި އަދި ވަކި ވަރަކައް ވިއްކާފަ ބިމުގެ އަގުދައްވެދާނެތީ ފަހުން ނުވެސް ވިއްކީ އިންޑަސް ޓުރިޔަލް އޭރިޔާއޭކިޔާފައި ބޮޑެތި ވިޔަފަރިވެރިންނައް އަގުހެޔޮކުއް ބިންތައްދިނީ އެބުނާ އިންޑަސް ޓުރިއަލް އޭރިޔާ އަކުން ދިވެއްސަކައް ވަޒީފާއެއް ނުލިބޭ ހުޅުމާލޭގައި ފަޅައް ބިންތައްހުރެ ރައްޔިތަކައް ނުދީ 100 އަކަފޫޓްގައި ރައްޔަތުން އުޅެންޖެއްސީ ނުވީތާކައް ދޭތެރެ ދުރކޮއް 3 ޖީލް ނައްތާލީ ރުކަކައް އަރާނެ މަހައް ފަރައް ދަނޑުހައްދާނެ މީހަކުނެއް މިކަހަލަ ވާހަކަ ރަގަޅުވަނީ ރޯދަ ކުރުކުރަން ކިޔުން އެއީ ކިޔާ ކޮޅުންނުލާނެތީ ކީއްތޯ ކުރާނީ ރައްޔިތަކު ދެކެ ލޯއްބެއް ވެވޭނީ ޙުދު ތިމާމީހާޔާ ތިމާމީހާގެ މާމަދަރިންދެކެ ލޯބި ވެވިގެންނުންތޯ ޙުދު ތިމާމީހާވަދެލެވޭނެ ހޮސްޕިޓަލެއްވެސް ނޭޅިނު