ރާއްޖޭގެ އިގްތިސާދުގައި ނުނިވި މިވަގުުތު ހުރި އިންޖީނަކީ މަސްވެރިކަން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ސަލީމް ވިދާޅުވީ މި ދަނޑިވަޅަކީ ރާއްޖޭގެ މަސްވެރިކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ވަގުތެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮންޖެހުމުގެ އިތުރުން އިގްތިސާދީ ގޮންޖެހުމާއި ކުރިމަތިވެފައިވާ ކަމަށާއި މި ދަނޑިވަޅުގައި ރާއްޖޭގެ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ކުއްލިއަކަށް ލޯމަތިން ގެއްލިގެން ގޮސްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މަސްވެރިން ކަނޑުތަކަށް ނުކުމެ ކުރާ ހިތްވަރު ފާހަގަ ކުރަން ޖެހޭ، ކަމަށާއި މި ދަނޑިވަޅުގައި މަހުގެ އަގު ވައްޓާލަން ފުރުސަތު ނުދީ މަހުގެ އެންމެ ދަށް އަގު ކަނޑައަޅަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މަސްވެރިންނަށް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް. އިގްތިސާދު ހީނަރުވެފައިވާ މިފަދަ ދަނޑިވަޅުގައި ގައުމުގެ އިގްތިސާދުގައި ފައިސާ ދައުރުވުން ނިކަމެތިވިޔަ ނުދިނުމަށް ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އަނެއް ކަމަކީ ބިލްތަކަށް ފައިސާ ދެއްކުން އަވަސް ކުރުން،" ސަލީމް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް އެއްވެސް ވަރަކަށް ބާކީ ވެގެން ނުވާނެ ކަމަށާ، މި ތިން މަސް ދުވަހަށް ނަމަވެސް މަހުގެ އެންމެ ދަށް އަގު ސަރުކަރުން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުން އެކަން ވަަރަށް ރަނގަޅަށް މޮނިޓަ ކުރަން ޖެހޭ ކަމަށާއި މިހާރުވެސް މަހުގެ އަގު ވައްޓާލުމުގެ ޝަކުވާ ލިބޭ ކަން ސަލީމް ފާހަަގަކުރެއްވިއެވެ.

އިގްތިސާދީ އަދި މާލީ ގޮތުން މަަސައްކަތް ކުރާ އިރު އެ މަސައްކަތުގައި މަޖިލީހުގެ ދައުރެއް އޮތުން މުހިއްމު ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފި ނަމަ އެތައް ބަޔަކަށް އަސަރު ކުރާ ކަމަށާއި އެ ފަދަ ފަރާތްތަކަށް ކައިބޮއެ ހަދާނެ ގޮތެއް ނެތިގެންދާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ގަވާއިދާއި ޚިލާފަށް މީހުން ވަޒީފާއިން ވަކި ކުރާ މައްސަލަ އާއި ގަވާއިދާއި ޚިލާފަށް ނޯޕޭއަށް ފޮނުވާ މައްސަލަ މަޖިލީހުން ބެލުމަށް ވެސް ސަލީމް ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޠ

    އަދިވެސް ފަތުރުވެރިކަން ބޯއިކޮޓުކޮށް ދިވެހިން ބަނޑަށްޖައްސާ ދަތިކުރުމުގެފިޔަވަޅު އަޅަން ގޮވި ހަނދާން އާކޮށްލުން ރަނގަޅުވާނެ.
    މާތް ﷲ ގެ ރޭއްވެވުމުގެ މަތިވެރިކަމާއެވެ.

    24
    2
    • ނޯސިޔާސީ

      ރާއްޖޭގެ އައްނިއާ ރީނދޫ ބޮޑޭންކޮޅު އެހެން ގޮވާލީމަ މުޅި ދުނިޔޭގެ ފަތުރުވެރިކަން ވެސް ހުއްޓުނީ؟؟ ހާދަ ގަދަ ބައެކޭ ދޯ؟؟ ތި ކަހަލަ ބުރާންތިން ހުރިހާކަމެއްވެސް ސިޔާސީކޮށް ކޮންމެ ކަމެއް ސިޔާސީ ކޮންމެވެސް ހާޖާނަކާ ގުޅުވާނެ އަބަދުވެސް.. ބޮއިކޮޓްގެ މާނަ އެނގޭތަ؟؟ ބޮއިކޮޓާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަންކަން ހުއްޓާލުމަކީ ތަފާތު ދެކަމެއް.. މޮޅ

      3
      7
  2. ދިދަ ދަނޑި

    ނުނިވި ހުރީމަ ކަންބޮޑުވީ އުތަ؟؟ ދެން އެވެސް ނިވާލަންވީނު....

    9
    1
  3. ޗާލު

    ސަލީމަށް ނުފެންނަތަ. ބާނާ މަހަކަށް ލާރިއެއް ނުލިބޭ. ފައިސާ ނުލިބޭތާ 4 ހަފްތާވެއްޖެ