ކޮވިޑް-19 އާ ގުޅިގެން މީޑިއާނެޓްގެ ކަސްޓަމަރުންނަށް ހިލޭ ލިބޭ އައު ޕެކޭޖެއް އެ ފަރާތުން ތަޢާރަފުކޮށްފިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ މީޑިއާނެޓުން، މިހާރުގެ ޙާލަތަށް ބަލައި، އޭޕްރީލް މަހަށް ޚާއްޞަކޮށް، ތަޢާރަފްކޮށްފައިވާ އެ ޕެކޭޖްގައި ބައެއް ދިވެހި ޗެނަލްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެ ޚަބަރާއި މުނިފޫހިފިލުވުމުގެ ބައެއް ޗެނަލްތައްވެސް ހިމަނާފައިވެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ، މީޑިއާނެޓުން ހިލޭ ޗެނަލްތައް ލިބޭ ޕެކޭޖެއް ތައާރަފްކޮށްފައި ވަނީ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޝަނުން ވަނީ، މިފަދަ ޕެކޭޖްތައް ނެރުމަށް އެހެން ރީބްރޯޑްކާސްޓަރުންނާއެކުވެސް މަޝްވަރާ ކުރަމުންނެވެ.

އަދި ވީހާވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ކޮމިޝަނުން އުއްމީދުކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންބެރު

    މީޑިއާނެޓުގެ މަކަރުވެރި ރޭވުމެއް މިމީހުންގެ މަޅީގައި ނުޖެހޭތި ދިރާގު ފިޔަވައި އެންމެ މަކަރުވެރީ މީޑިއާނެޓު ދޮގެެއްތޯ.

    17
  2. ނާހިން ނިހާން

    މީޑިއާނެޓުންނޭ !!!!!! ތީ މައްސަލައެއްޖެހިގެން އެންގީމަ 150ރ ދެއްކީމަ ނޫނީ ޓެކްނީޝަނެއްވެސް ފޮނުވާ ބައެއްނޫން. ތީގަވެސް އޮންނާނެ އަޑިނޭނގޭ ކަންތައްގަޑެއް.

    13
  3. ސަޔެއް

    ލާރި ކައިގެން ސިގްނަލް ނުދޭ ބައެއް ތީ. މަހަކު ކިތައް ފަހަރު ގުަަަޅަން ޖެހޭ.