އާންމު ފަރުދުންނަށް މުސާރަ އާ އިނާޔަތްތަކުގެ ގޮތުގައި ލިބޭ އާމްދަނީން އިންކަމް ޓެކްސް ނަގަން ފަށައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން ޓެކްސް ނަގަނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ އާއިއެކު ހުރިހާ އާމްދަނީ އަކުންނެވެ.

މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށަން އޮތީ މިއަދުން ފެށިގެންނެވެ.

މީގެ ކުރިން ޖެނުއަރީ އެެއް ވަނަ ދުވަހުން ފެށިގެން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން ވަނީ ޓެކްސް ނަގަން ފަށަފައެވެ.

މި ބިލްގައި ވާގޮތުން މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ.

އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

ނަމަވެސް މަހުޖަނުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނީގެ ޑިވިޑެންޑުން ޓެކްސް ނުނަގަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަހުމަދު

  ރައްޔިތުމީހާ ގަނަ ތެޅެނީ!

  67
  4
 2. ކިބޫ

  ޜައްޔިތުން ގައިގަ ޅިއަޖަހާ ފިހެލާ

  33
  4
 3. ނަސީދު

  ރައްއިތުން ހަނާވަނީ ވެރިން އަރާމުގައި 2023 އަންނައިރައް ރައްއިތުން ފެންނާނީ

  34
  4
 4. މުގައްދަރު

  މިއީ އެބުނާ މޮޅު ޑިމޮކްރަސީ ރައްޔަތުން އަޅުވެތިކޮއް ޖިޒީނެގުން މިގައުމު ގައި މީހުން ދިރިއުޅޭތާ 3000 އަހަރު ވީއިރުވެސް 2008 ވަނަ އަހަރާ ހަމަޔައް ރައްޔަތުން އަތުން ޖިޒީ ނަގައިގެންނެއް ނޫން މިގައުމު ހިންގަމުން އައީކީ އެބުނާ ތަހުޒީބު ގައުމުތަކުގެ މޮޅުވާހަކަ ދައްކާ އެކުރިސްޓިޔަން ފިލޯސަފީގެ ދަށުން ރައްޔަތުން ގެންގުޅެނީ އަޅުވެތިކޮއް ރައްޔަތުންގެ އަތުން ޖިޒީނަގަމުން އެކަމަކު އެންމެ ގިނަ ބޯހިޔާވަހިކަމެއް ނެއްގޮތުގަ މީހުން ދިރިއުޅެނީ އެގައުމުތަކުގައި މީޔޯ އެބުނާ ތަހުޒީބުގައުމުތަކުގައި ސަރުކާރުހިންގަން އާމްދަނީ ހޯދާގޮތް މިގައުމުގަވެސް މިޔޮތީ ފަށާފައި ސަރުކާރުގެ އާދައިގެ ވަޒީއެއްގައި އުޅޭ އެއްވެސަ މީހަކައް ނުލިބޭ ރައްޔަތު މީހާ ބުރަ މަސައް ކަތުން ހޯދާ ރުފިޔާކޮޅުން ޖިޒީ މިގައުމުގަ އުޅޭތީއޭ ކިޔާފަ ދެން ދުނިޔޭގަ ތިބި ބަޔަކައް ފެންނާނެނު ތިޔަ ނަގާ ރުފިޔާ ތަކައް ހަދާގޮއް ބައިކުދިންނައް މަގާމު ދިނުމާއި ބަދަލް ދިނުމުގައި މިހާތަނައް ފެނިފައި ހުރީ ބޮޑު ޙަރަދުކޮއްފައި ވައްސަލާމް

  35
  2
 5. މާލެ ބޭބެ

  ޖަޒީރާ ރާއްޖެ... ކޮބާ ދެން ބާރަށް އަތްޖަހާ... 30000 ރ ގެ މަތިން ލިބޭ ފުލުސް އޮފިސަރުންނާއި އެމް އެންޑީ އެފް އޮފިސަރުން މީގެ އެއްވެސް ޓެކުހަކަށް ފެތޭތޯ..މީރާ އެބަކިޔާ މިފަދަ ލަވަޔެއް.... ރައްޔިތުން ފެލާލާފަ ސިޔާސީ މީހުންނަށް މަހަކު 27 މިލިއަން ޚަރަދު އެބަކުރޭ...ހުރިހާ މަސައްކަތެއްކުރަނީ ސިވިލް ސަރވިސް ހީވާގި މުވައްޒަފުންނާއި ރެޔާދުވާލު ރައްޔިތުންގެ ހައްގުގައި ޤުރުބާންވާ ސިފައިންނާއި ފިލުހުން....

  32
  2
 6. މަސީހު

  ޓެކްސްނުދައްކާ ރިސޯޓްތަކުގެކުލިނުދައްކާ ނަމަވެސް ސަރުކާރުމަތީ މަގާމްތަކުގައިތިބެވޭ މަޖލިސްގައި ތިބެވޭ އާންމުރައްޔިތުމީހާ ޓެކްސް ނުދައްކައފިނަމަ ގެންދަނީ ކޯޓައް.

  35
 7. ކާމިނީ

  ޑިވިޑެންޓް ޓެކްސްނުނަގާތި. ޙުރިހާ ފަޤީރުންފެލާތި

 8. ވަގުތުން

  އެއްވެސް ގައުމެއްގަ ޑިވިޑަންޑުން ޓެކްސްނުނަގާނެ.. ފިތުނަ ނޫފައްދާ

  1
  3