ރޭ ހުޅުމާލޭގައި ޗައިނާ އަންހެނެއްގެ ދަބަހެއް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުނުން ވިދާޅުވީ، ރޭ 10:55 ހާއިރު ހުޅުމާލެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ސްޕައިސް ކެފޭ ކައިރިން ޗައިނާ އަންހެނެއްގެ ދަބަސް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ފޭރެން މަސައްކަތް ކުރި މީހާއަށް ޗައިނާ އަންހެން މީހާ އަތުން ދަބަސް އަތުލެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ހާދިސާގައި އަންހެން މީހާގެ އަތުން ދަބަސް ފޭރެން އުޅުމުގެ ތެރޭގައި އަންހެން މީހާގެ ކަނާތު ކަކޫ މަށައިގެން ގޮސް އަދި ކަނާތު އުޅަބޮށިން ހަންމަށައިގެން ގޮސްފައި ވެއެވެ.

މި މައްސަަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.